އީޕީއޭ ގާނޫނީ ގޮތުން މިނިވަންކޮށް، ބާރު ދިނުމަކީ ދައުލަތުން ކުރަންޖެހޭ ކަމެއް: ފަނޑިޔާރު ސުއޫދު

May 15, 2024, 3:36 PM
އީޕީއޭ ގާނޫނީ ގޮތުން މިނިވަންކޮށް، ބާރު ދިނުމަކީ ދައުލަތުން ކުރަންޖެހޭ ކަމެއް: ފަނޑިޔާރު ސުއޫދު

ގުޅީފަޅު ހިއްކުން މަޑު ޖައްސާލަން ނެރުނު ކޯޓު އަމުރު މިއަދު ސުޕްރީމް ކޯޓުން ބާތިލު ކުރިއިރު، އެންވަރަމަންޓް ޕްރޮޓެކްޝަން އެޖެންސީ ބާރުވެރިކޮށް ގާނޫނީ ގޮތުން މިނިވަން ކުރަންޖެހޭނެ ކަމަށް އެ ކޯޓުގެ ފަނޑިޔާރު ހުސްނުއްސުއޫދު ވިދާޅުވެއްޖެ އެވެ.

ގުޅީފަޅު ހިއްކާތީ ތިމާވެއްޓަށް ގެއްލުން ލިބޭ މައްސަލަ ކޯޓަށް ވެއްދީ ތިމާވެއްޓާ ވަކާލާތު ކުރައްވާ ހުމައިދާ އަބްދުލްޣަފޫރެވެ. އެ މައްސަލައިގައި ބިން ހިއްކުން ވަގުތީ ގޮތުން ހުއްޓަން އަމުރު ނެރުނީ ހައި ކޯޓުންނެވެ.

ބިން ހިއްކުން މަޑުޖައްސާލަން ކުރި އަމުރު ބާތިލު ކުރަން ކުރި ހުކުމުގެ ތެރެއިން ފަނޑިޔާރު ސުއޫދު ނެެރުއްވި އަމުރުގައި ވިދާޅުވެފައި ވަނީ، ސައިންސްވެރިންނާއި ސައިންސުގެ އަލީގައި ކުރާ ދިރާސާތައް ރާއްޖޭގައި ނެތުމުން އެފަދަ މައްސަލަތަކުގައި ކޯޓަށް ގޮތެއް ކަނޑައަޅަން ދަތި ކަމަށެވެ.

އަސްލު މައްސަލަ ދަށު ކޯޓުގައި އަދިވެސް ހިނގަމުންދާއިރު ގުޅީފަޅުގެ ބިން އެއްކޮށް ހިއްކާ ނިމިފައިވާކަން ވެސް ފަނޑިޔާރު ސުއޫދު ފާހަގަ ކުރެއްވި އެވެ. އެހެންކަމުން އެ މައްސަލައިގައި ވަގުތީ އަމުރެއް ނެރުމުގެ މުއާލާތް ކެނޑިފައިވާ ކަމަށް ވެސް ސުއޫދު ވިދާޅުވި އެވެ.

އެފަދަ މައްސަލައެއް އިތުރަށް ތަކުރާރު ނުކުރުމަށް މުޅި ދައުލަތް ޝާމިލުވެގެން ސްޓްރެޓެޖިކަލް އެންވަރަމެންޓަލް އެސެސްމަންޓެއް ހަދަންޖެހޭ ކަމަށް ސުއޫދު ވިދާޅުވި އެވެ.

"އެސެސްމެންޓް ހެދުމުގެ ބޭނުމަކީ މުޅި ދައުލަތުގެ ސަރަހައްދުގައިވާ އެންމެހާ ބިންތަކާއި ފަޅުތަކާއި ދިރުންތައް ދިރާސާކޮށް، އަންނަން އޮތް ޖީލުތަކަށް ދެމި އޮންނާނެ ގޮތަކަށް ހިމާޔަތް ކުރަންޖެހޭ ތަންތަން ފާހަގަކޮށް ކަނޑައަޅުން،" ސުއޫދު ވިދާޅުވި އެވެ.

ގައުމުގެ ތަރައްގީއަށްޓަކައި ބިން ހިއްކާނެ ތަންތަނާއި ތިމާވެއްޓަށް އަސަރު ކުރާނެ ގޮތަށް ދައުލަތުން ހިންގާނެ މަޝްރޫއުތައް ކަނޑައެޅުމަކީ ވެސް އެފަދަ އެސެސްމެންޓެއްގެ ބޭނުން ކަމަށް ފަނޑިޔާރު ވިދާޅުވި އެވެ.

"މިފަދަ ގައުމީ ސްޓްރެޓެޖިކަލް އެންވަރަމެންޓަލް އެސެސްމަންޓެއް ހަދައި ތަންފީޒު ކުރުމަކީ ގާނޫނުއަސާސީގެ 22 ވަނަ މާއްދާއަށް ދިރުން ދިނުމަށްޓަކައި ކުރަންޖެހޭ ކަމެއް ކަމަށް ވެސް ދެކެން،" ސުއޫދު ވިދާޅުވި އެވެ.

އެފަދަ ސިޔާސަތެއް ތަންފީޒު ކުރުމަށް ކުރަންޖެހޭ ދިރާސާތައް ކުރުމާއި ޕްރޮޖެކްޓުތަކުން ތިމާވެއްޓަށް ކުރާ އަސަރު ދަނެގަނެ، ގެއްލުންވާ ނަމަ އެކަމުގެ އަސަރު ކުޑަ ކުރުމަށް ފިޔަވަޅު އަޅާކަން ޔަގީން ކުރުމާއި ޕްރޮޖެކްޓުތައް ނިމުމުން ފެންނަ ބަދަލުތައް ދިރާސާ ކުރުން ގާނޫނުއަސާސީގެ 22 ވަނަ މާއްދާގެ ދަށުން ލާޒިމުވާ ކަމަށް ވެސް ސުއޫދު ވިދާޅުވި އެވެ.

"މިކަން ކުރުމަށްޓަކައި އެންވަރަމަންޓް ޕްރޮޓެކްޝަން އެޖެންސީ މާލީ ގޮތުންނާއި ވަސީލަތްތަކުގެ ގޮތުން ވާޖިބު އަދާ ކުރެވޭ މިންވަރަށް ފުދުންތެރިކުރުމަކީ އަދި އެތަންތަނަށް ބޭނުންވާ ގާނޫނީ މިނިވަންކަމާއި ބާރު ދިނުމަކީ ދައުލަތުން ކުރަންޖެހޭ ކަމެއް ކަމަށް ދެކެން،" ފަނޑިޔާރު ސުއޫދު ވިދާޅުވި އެވެ. "އަދި ދައުލަތުގެ ގްރީން ޓެކްސް މި އެޖެންސީ ރިސޯސްފުލް ކުރުމަށް ބޭނުން ކުރަންޖެހޭ ކަމަށް ވެސް ދެކެން."

އޭގެ އިތުރުނން، އެފަދަ ބޮޑެތި ޕްރޮޖެކްޓުތަކުގެ ކޮންޓްރެކްޓުގައި، ތިމާވެއްޓަށް ގެއްލުން ލިބޭތީ މަސައްކަތް ވަގުތީ ގޮތުން ހުއްޓާލަން ޖެހުނަސް ކޮންޓްރެކްޓަރަށް ގެއްލުމުގެ ބަދަލެއް ދޭން ނުޖެހޭނެކަން ބަޔާން ކުރާ މާއްދާއަކާއި ތިމާވެއްޓާ ބެހޭ އިދާރާތަށް ކޮންޓްރެކްޓަރު އެއްބާރުލުންދޭންޖެހޭ ކަމަށް ބުނާ މާއްދާއެއް ހިމަނަންޖެހޭ ކަމަށް ވެސް ސުއޫދު ވިދާޅުވި އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ގޮޅިތަކެއް އިމާރާތްކުރަން ޕޮލްކޯއާ ހަވާލުކުރުމުން ގެއްލުންތަކެއް

މާފުށީ ޖަލުގައި ގޮޅިތަކެއް އިމާރާތްކުރުމަށް ޕޮލްކޯއާ ހަވާލުކުރި މަޝްރޫއު، އެ ކުންފުނިން އެހެން ބަޔަކަށް ސަބް-ކޮންޓްރެކްޓް ކުރުމުގެ ސަބަބުން ދައުލަތަށް ބޮޑު މާލީ ގެއްލުމެއް ލިބިފައިވާކަން އޮޑިޓް ރިޕޯޓުން ހާމަވެއްޖެއެވެ. މީގެ އިތުރުން، ނުކުރާ މަސައްކަތްތަކަކަށް 2.9 މިލިއަން ރުފިޔާ ދައްކާފައިވާތީ، މި މައްސަލަ އޭސީސީއަށް ހުށަހެޅުމަށް އޮޑިޓް އޮފީހުން ވަނީ ލަފާދީފައެވެ.

ކުޅުދުއްފުށީގައި 'މަނަސްހަބް' ހުޅުވައިފި

ކުޅުދުއްފުށީ ސިޓީ ކައުންސިލާއި އޮސްޓްރޭލިއާ ހައިކޮމިޝަން ގުޅިގެން، ނަފްސާނީ ދުޅަހެޔޮކަމަށް ހޭލުންތެރިކަން އިތުރުކުރުމަށް "މަނަސްހަބް" ނަމުގައި ހާއްސަ މަރުކަޒެއް އެ ސިޓީގައި ހުޅުވައިފިއެވެ. މި މަރުކަޒުގެ މައިގަނޑު މަގުސަދަކީ ނަފްސާނީ ބަލިތަކަށް ހުރި ނުރަނގަޅު ތަސައްވަރުތައް ނައްތާލައި، އެހީތެރިކަން ބޭނުންވާ ފަރާތްތަކަށް ފަސޭހަކަމާއެކު ފަރުވާ ލިބޭނެ އިންތިޒާމު ހަމަޖައްސައިދިނުމެވެ.

ޔާމީނަށް އަބްދުއްރަހީމްގެ ހޫނު ރައްދެއް

ރަސްމާލެ މަޝްރޫއު ހުއްޓާލުމަށް ކުރީގެ ރައީސް ޔާމީން ގޮވައިލެއްވުމާ ގުޅިގެން، އެއީ ވެރިކަމުގެ ދަހިވެތިކަމުގައި ގައުމަށް ޣައްދާރުވުން ކަމަށް ވިދާޅުވެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް ވަނީ ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ. އަދި ޔާމީންގެ ވެރިކަމުގައި ފ. އަތޮޅު މަޝްރޫއަށް އެމްޑީޕީން ހުރަސްއެޅި ގޮތަށް، މިއަދު ޔާމީން ވެސް އަމަލުކުރައްވަނީ ހަމަ އެފަދައިންކަން އަބްދުއްރަހީމް ފާހަގަކުރެއްވިއެވެ.

ހައުސިން ޔުނިޓް ނިމޭއިރު ލިބޭ މީހުން ކަނޑަނޭޅޭތީ ކަންބޮޑުވުން

ލ. ގަމުގައި ތަރައްގީކުރާ 100 ހައުސިން ޔުނިޓްގެ މަސައްކަތް ނިމުމަކާ ގާތްވެފައިވާއިރު، އެ ތަންތަން ލިބޭނެ ފަރާތްތައް ކަނޑައެޅުމުގެ އެއްވެސް މަސައްކަތެއް ކުރިއަށް ނުދާތީ ކައުންސިލުން ވަނީ ކަންބޮޑުވުން ފާޅުކޮށްފައި. ކައުންސިލުން އެދެނީ މިނިސްޓްރީން ނުވަތަ ކައުންސިލް މެދުވެރިކޮށް ނަމަވެސް، ވީހާވެސް އަވަހަށް އެ ތަންތަން ހަވާލުކުރުމުގެ މަރުހަލާ ފެށުމަށް.

ތިނަދޫ ކައުންސިލް ރައީސްގެ މަގާމަށް ކުރިމަތިލުމަށް ހުޅުވާލައިފި

ވ. ތިނަދޫ ކައުންސިލްގެ ރައީސް ޝުޖާއު އަލީ ޕާޓީ ބަދަލުކުރުމާ ގުޅިގެން އޭނާގެ ގޮނޑި ގެއްލިފައިވާތީ، އެ މަގާމަށް މީހަކު އިންތިޚާބު ކުރުމަށް ބާއްވާ ބައި-އިލެކްޝަނަށް ކުރިމަތިލުމުގެ ފުރުސަތު އިލެކްޝަންސް ކޮމިޝަނުން ހުޅުވާލައިފިއެވެ. އޮކްޓޯބަރު 26 އާ ހަމައަށް ކުރިމަތިލުމުގެ ފުރުސަތު އޮތް މި އިންތިޚާބު ބޭއްވުމަށް ހަމަޖެހިފައިވަނީ ނޮވެމްބަރު 28 ގައެވެ.

ރަސްމާލެ މަޝްރޫއު ހުއްޓާލަން ޔާމީން ގޮވައިލައްވައިފި

އެކްސްގައި ޔާމީން ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އީގަލް ހިލްސް ކުންފުނިން ދަނީ، ރައްޔިތުންގެ ތާއީދާއި އިތުބާރު ގެއްލިފައި އޮތް ރާއްޖޭގެ ސަރުކާރުގެ ނާޖާއިޒު ފައިދާ ނަގަމުން ކަމަށް. ސަރުކާރުން ރަސްމާލެ ދޫކޮށްލީ ލޭންޑް އިކުއިޒިޝަން ފީއެއް އަދި ބިމު ކުުއްޔެއް ނުނަގާ ގޮތަށް.

އެމްޓީސީސީއަށް "މެގަ" ޑްރެޖަރު ގަންނަ އަގު ހާމަނުކުރި

އެމްޓީސީސީގެ "މަހާޖައްރާފު" އަށް ނުފޯރާ ފުންމިނުން ވެލިނެގުމަށްޓަކައި 75 މީޓަރު އަޑިން މަސައްކަތްކުރެވޭ އާ ޑްރެޖަރެއް ގަތުމުގެ ޕްރޮކިއުމަންޓް މަސައްކަތް އެ ކުންފުނިން ދަނީ ކުރަމުން. ނަމަވެސް، އެއީ ބޮޑު އެސެޓަކަށްވެފައި ޕްރޮސެސް ކުރިއަށްދާތީ އެ ޑްރެޖަރު ގަންނަ އަގު ހާމަކޮށްފައެއް ނުވޭ.

Newsletter

Get the latest news delivered straight to your inbox