އައިޕީއެލް: ޕްލޭއޮފްގެ ފަހު ދެ ޖާގަ އަށް ފަސް ޓީމަކަށް ފުރުސަތު

May 15, 2024, 7:13 AM
އައިޕީއެލް: ޕްލޭއޮފްގެ ފަހު ދެ ޖާގަ އަށް ފަސް ޓީމަކަށް ފުރުސަތު

މުމްބާއި (މެއި 15) - އިންޑިއަން ޕްރިމިއާ ލީގު (އައިޕީއެލް)ގެ މި ސީޒަނުގެ ޕްލޭއޮފް ހަތަރު ޖާގައިގެ ތެރެއިން، ފުރަތަމަ ދެ ޖާގަ، ކަށަވަރުވެފައިވާއިރު، ބާކީ ދެ ޖާގައިގެ ފުރުސަތު ފަސް ޓީމަކަށް އެބައޮތެވެ.

ދިއްލީ ކެޕިޓަލްސް އިން ރޭ 19 ލަނޑުން ލަކްނައު ސުޕަ ޖަޔަންޓްސް ބަލިކުރުމާ އެކު، ރާޖަސްތާން ރޯޔަލްސް އަށް ވަނީ ޕްލޭއޮފްގެ ޖާގައެއް ލިބިފަ އެވެ. ޕްލޭއޮފްގެ ޖާގަ އެންމެ ފުރަތަމަ ހޯދީ، ދެ ފަހަރު ޗެމްޕިއަންކަން ހޯދާފައިވާ ކަލްކަތާ ނައިޓް ރައިޑާސް އަށެވެ.

ތާވަލުގެ ކުރީގައި، ކަލްކަތާ އޮތީ، 13 މެޗުން 19 ޕޮއިންޓާ އެކު އެވެ. ދެ ވަނައިގައި އޮތް ރާޖަސްތާން ރޯޔަލްސް އަށް 12 މެޗުން ވަނީ 16 ޕޮއިންޓް ލިބިފަ އެވެ. ތިން ވަނައިގައި އޮތް، ޗެންނާއި ސުޕަ ކިންގްސް އަށް 13 މެޗުން 14 ޕޮއިންޓް ލިބިފައިވާއިރު، ހަތަރު ވަނައިގައި އޮތް، ސަންރައިޒާސް ހައިދަރުއާބާދަށް ވަނީ 12 މެޗުން 14 ޕޮއިންޓް ލިބިފަ އެވެ. ފަސް ވަނައިގައި އޮތް، ދިއްލީ ކެޕިޓަލްސް އިން ހުރިހާ މެޗެއް ހަމަވެފައިވާއިރު، 14 މެޗުން ހަމަކުރެވުނީ 14 ޕޮއިންޓެވެ.

ހަ ވަނައިގައި އޮތީ، 13 މެޗުން 12 ޕޮއިންޓާ އެކު، ރޯޔަލް ޗެލެންޖާސް ބެންގަލޫރު އެވެ. ހަތް ވަނައިގައި އޮތް ލަކްނައު އަށް 13 މެޗުން 12 ޕޮއިންޓް ލިބިފައިވެ އެވެ.

އެންމެ ފުލުގައި އޮތް ތިން ޓީމު ވަނީ ކަޓައިފަ އެވެ. އެއީ، އަށް ވަނައިގައި 13 މެޗުން 11 ޕޮއިންޓާ އެކު އޮތް ގުޖުރާތު ޓައިޓަންސް އާއި 13 މެޗުން އަށް ޕޮއިންޓާ އެކު، ނުވަ ވަނައިގައި އޮތް މުމްބައި އިންޑިއަންސް އަދި އެންމެ ފުލުގައި އޮތް ޕަންޖާބް ކިންގްސް އެވެ. ޕަންޖާބަށް 13 މެޗުން ލިބުނީ އަށް ޕޮއިންޓެވެ.

އައިޕީއެލްގެ ހަ މެޗާ ކުރިމަތިލާއިރު، ޕްލޭއޮފްގެ ފަހު ދެ ޖާގައިގެ ފުރުސަތު އޮތީ، ޗެންނާއި، ހައިދަރުއާބާދު، ދިއްލީ، ބެންގަލޫރު އަދި ލަކްނައު އެވެ.

ޕްލޭއޮފްގެ ބާކީ ދެ ޖާގަ އަށް ޓީމުތަކަށް ފުރުސަތު އޮތް ގޮތް:

ސަންރައިޒާސް ހައިދަރުއާބާދު

ސަންރައިޒާސް ހައިދަރުއާބާދަށް ބާކީ އޮތީ ދެ މެޗެެވެ. އެއީ މުބާރާތުން ކަޓާފައިވާ ގުޖުރާތު ޓައިޓަންސް އާއި ޕަންޖާބް ކިންގްސްއާ ދެކޮޅަށެެވެ. ދެ މެޗުން ވެސް ބޮޑު ތަފާތަކުން ބަލިވެގެން ނޫން ގޮތަކަށް ހައިދަރުއާބާދު ނުކަޓާނެ އެވެ. އެ ދެ މެޗުން، މޮޅުވެއްޖެނަމަ، ހައިދަރުއާބާދަށް ގަދަ ދެ ޓީމުގެ ތެރޭގައި ހިމެނުމުގެ ފުރުސަތު ވެސް އެބައޮތެވެ.

ޗެންނާއި ސުޕަ ކިންގްސް

ފަސް ފަަހަރު ޗެމްޕިއަންކަން ހޯދާފައިވާ، ޗެންނާއި ސުޕަ ކިންގްސް އަށް ވެސް އަމިއްލަަ ބާރުގައި ޕްލޭއޮފަށް ދިއުމުގެ ފުރުސަތު އެބައޮތެވެ. އެއީ ފަހު މެޗުގައި، ރޯޔަލް ޗެލެންޖާސް ބެންގަލޫރުގެ މައްޗަށް ކުރިހޯދައިގެންނެވެ. ބެންގަލޫރު އަތުން، ބަލިވިޔަސް، ނަތީޖާ ނުުކުންނަ ގޮތަކުން ވެސް ޗެންނާއި އަށް ޕްލޭއޮފްގެ ފުރުސަތު ލިބުމުގެ ޖާގަ އެބައޮތެވެ.

ރޯޔަލް ޗެލެންޖާސް ބެންގަލޫރު

މި ފަހަރުގެ އައިޕީއެލް ސީޒަނުގައި ރޯޔަލް ޗެލެންޖާސް ބެންގަލޫރު ކުޅުނު ފުރަތަމަ މެޗުތަކުގައި ނަތީޖާތަށް ނެރެން ދަތިވި ނަމަވެސް، އެ ޓީމުން ވަނީ އެންމެ ފަހުން ކުޅުނު ފަސް މެޗުން ވެސް މޮޅުވެފަ އެވެ. ބެންގަލޫރަށް ޕްލޭއޮފްގެ ފުރުސަތު އޮތީ، ފަހު މެޗުގައި ޗެންނާއި އަތުން ރަނގަޅު ނަތީޖާ އަކުން މޮޅުވެގެންނެވެ. މި މެޗުން ބެންގަލޫރު ބަލިވެގެން އެ ޓީމަށް ކުރިއަށްދެވޭނެ އެއްވެސް ފުރުސަތެއް ނެތެވެ.

ދިއްލީ ކެޕިޓަލްސް

ދިއްލީ ކެޕިޓަލްސް އަކީ މި ފަހަރުގެ ސީޒަނުގެ ލީގު ބުރުގެ ހުރިހާ މެޗެއް ހަމަކުރި ފުރަތަމަ ޓީމެވެ. ދިއްލީ އަށް ކުރިއަށް ދިއުމުގެ އަމިއްލަ ބާރެއް ނެތެވެ. އެ ޓީމަށް ޕްލޭއޮފްގެ ކިރިޔާ ވެސް ފުރުސަތެއް އޮތީ، ސަންރައިޒާސް ހައިދަރުއާބާދު ބާކީ އޮތް ދެ މެޗުން ފަރަގު ބޮޑުކޮށް ބަލިވެގެންނެވެ.

ލަކްނައު ސުޕަ ޖަޔަންޓްސް

ލަކްނައު ސުޕަ ޖަޔަންޓްސް އަށް ޕްލޭއޮފްގެ ޖާގަ އޮތީ ވަރަށް ހަނިކޮށެވެ. އެ ޓީމަށް ކިރިޔާ ވެސް ފުރުސަތެއް އޮތީ، ފަހު މެޗުގައި، މުމްބާއި އިންޑިއަންސް އަތުން މޮޅުވުމަށް ފަހު، ސަންރައިޒާސް ހައިދަރުއާބާދުގެ ދެ މެޗާއި، ޗެންނާއި ސުޕަ ކިންގްސް އާއި ރޯޔަލް ޗެލެންޖާސް ބެންގަލޫރު ބައްދަލުކުރާ މެޗުގެ ނަތީޖާ އަށް ބަލައިގެންނެވެ. ލަކްނައު އަށް އޮތް އެންމެ ބޮޑު ގެއްލުމަކީ، ނެގެޓިވް ނެޓް ރަން ރޭޓެއް އޮތުމެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޖަރުމަނުގެ ޒްވެރެވް އަށް ދުނިޔޭގެ ރޭންކިން އެއް ވަނަ ޔަގީންވެއްޖެ

ޝަންހާއީ މާސްޓާސްއިން ކާލޯސް އަލްކަރާޒް ބަލިވުމާ ގުޅިގެން، މި އަހަރުގެ ޓެނިސް ސީޒަން ނިމޭއިރު ދުނިޔޭގެ ރޭންކިން އެއްވަނަ ޖަރުމަނުގެ ޒްވެރެވަށް ވަނީ ކަށަވަރުވެފައި. މިއީ ޖަރުމަނުގެ ކުޅުންތެރިއަކު މި ޝަރަފު ހޯދާ ފުރަތަމަ ފަހަރު ކަމަށްވާއިރު، އޭނާ މި މަގާމަށް އަންނަ މަހު އަންނާނީ މުޅިން އަލަށް އެއް ވަނަ ހޯދާ އެންމެ ދޮށީ ކުޅުންތެރިޔާގެ ގޮތުގައި

ފުޓްސަލްގައި ރާއްޖޭން ޗައިނާ، ހޮންގް ކޮންގް އަދި ކޮރެއާއާ ކުޅެނީ

އަންނަ މަހު ޗައިނާގައި ބާއްވާ އިންޓަނޭޝަނަލް ފުޓްސަލް މުބާރާތެއްގައި ރާއްޖޭގެ ގައުމީ ޓީމުން ވާދަކުރާ ގޮތަށް ހަމަޖެހި، އެ މުބާރާތަށް ތައްޔާރުވުމުގެ ފަރިތަކުރުންތައް ފަށައިފި. މި މުބާރާތުގައި ރާއްޖޭގެ އިތުރުން ޗައިނާ، ހޮންގް ކޮންގް އަދި ދެކުނު ކޮރެއާ ވާދަކުރާއިރު، ރާއްޖޭގެ ފުރަތަމަ މެޗު އޮންނާނީ އަންނަ މަހުގެ ފަސް ވަނަ ދުވަހު

އޯޕަން ވޯޓާ ގައުމީ ޗެމްޕިއަންކަން ޝައިމް އާއި އަލްޔާ އަށް

ކުޑަގިރީގައި ބޭއްވި 17 ވަނަ ގައުމީ އޯޕަން ވޯޓާ މުބާރާތުގެ 5 ކިލޯމީޓަރުގެ ފިރިހެން ޗެމްޕިއަންކަން ޝައިމް ހުސެއިން އިބްރާހިމް އަދި އަންހެން ޗެމްޕިއަންކަން އަލްޔާ އަޝްރަފް ހޯދައިފި. މި މުބާރާތުގައި ތަފާތު އުމުރުފުރާތަކުންނާއި ކެޓަގަރީތަކުން ގިނަ ފެތުންތެރިންތަކެއް ވާދަކޮށް ވަނަތައް ހާސިލްކުރި، މިއީ ކުޑަގިރީގައި މި މުބާރާތް ބޭއްވި ހަތަރު ވަނަ ފަހަރު

ޓީސީ ބަލިކޮށް އީގަލްސް ދިވެހި ޕްރިމިއާ ލީގުގެ އެއް ވަނަ އަށް

ޓީސީ ސްޕޯޓްސް ކްލަބް 3-0 އިން ބަލިކޮށް، ކުޅުނު ތިން މެޗުން ވެސް މޮޅުވެގެން ކްލަބް އީގަލްސް އިން ދިވެހި ޕްރިމިއާ ލީގުގެ އެއްވަނައަށް ޖެހިލައިފި. އީގަލްސް 9 ޕޮއިންޓާއެކު ތާވަލުގެ ކުރީގައި އޮތްއިރު، ދެވަނައިގައި އޮތް ވިކްޓަރީ އާއި ތިން ވަނައިގައި އޮތް ނިއު ރޭޑިއަންޓަށް ލިބިފައިވަނީ 7 ޕޮއިންޓު

ޑޮކޫ މެޗު ބަދަލުކޮށްލައި ލިވަޕޫލް އަތުން ސިޓީ މޮޅުކޮށްދީފި

ޖެރެމީ ޑޮކޫގެ މޮޅު ކުޅުމާ އެކު ލިވަޕޫލް 3-0 އިން ބަލިކޮށް، މެންޗެސްޓާ ސިޓީން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް އަލުން ނަގައިފި. ލިވަޕޫލްގެ ގްރަވެންބާކަށް ރަތް ކާޑު ދެއްކި މި މެޗުގައި ސިޓީގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ހާލަންޑް، ޑޮކޫ އަދި ރަޔާން ޗާކީ.

ދީނާ އާއި ޝާޒް، ރާއްޖޭގެ ޕޫލް ބިލިއާޑްގެ ތާރީހު ލިޔެފި

އިންޑިއާގައި ބޭއްވި ކޮމަންވެލްތު ކިއު ސްޕޯޓްސް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ހަސަން ޝާޒް މުހައްމަދު އާއި ދީނާ އަހުމަދު ކުއާޓާ ފައިނަލަށް ދަތުރުކޮށް، ރާއްޖޭގެ ބިލިއާޑް ތާރީހުގައި ބޮޑު ކާމިޔާބީއެއް ވަނީ ހޯދައިފައި.

ބާސެލޯނާ އިން ފޯމުގައި ކުރިއަށް، ރެއާލަށް މޮޅެއް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުތަކުން ބާސެލޯނާ އާއި ރެއާލް މެޑްރިޑް މޮޅުވިއިރު، ބާސެލޯނާ އޮތީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެ ތާވަލުގެ އެއް ވަނައިގައި. ބާސެލޯނާ އިން ގެޓަފޭ އަތުން 3-0 އިން ކުރިހޯދިއިރު، ރެއާލް މެޑްރިޑް މޮޅުވީ ވިނީޝިއުސް އަށް ރަތް ކާޑު ދެއްކި މެޗުގައި ވިޔަރެއާލް އަތުން 1-0 އިން

Newsletter

Get the latest news delivered straight to your inbox