ކޮންޓްރެކްޓް އާ ނުކޮށް ޔުނައިޓެޑުން ވަރާން ދޫކޮށްލަނީ

May 14, 2024, 4:51 PM
ކޮންޓްރެކްޓް އާ ނުކޮށް ޔުނައިޓެޑުން ވަރާން ދޫކޮށްލަނީ

ޕެރިސް (މެއި 14) - މެންޗެސްޓާ ޔުނައިޓެޑަށް ކުޅެމުން އަންނަ ފްރާންސްގެ ޑިފެންޑަރު، ރަފައެލް ވަރާން، އެ ޓީމުގެ ކޮންޓްރެކްޓް އާ ނުކުރާނެ ކަމަށް އެ ކްލަބުން ހާމަކޮށްފި އެވެ.

ވަރާން، 31، ޔުނައިޓެޑްގެ ކޮންޓްރެކްޓްގައި ހުރީ މި ސީޒަނުގެ ނިޔަލަށެވެ. އެކަމަކު، އެ ކްލަބުން އާ އެއްބަސްވުމެއް ދިނުމުގެ ކަންކަން މަޑުޖައްސާލާފައި އޮތުމުން ވަރާން ވަނީ އެހެން ކްލަބްތަކާ ވެސް މަޝްވަރާކޮށްފަ އެވެ. އޭގެ ތެރޭގައި، ބަޔާން މިއުނިކް އާއި އިޓަލީގެ ބައެއް ޓީމުތައް ހިމެނެ އެވެ.

ޔުނައިޓެޑުން ނެރުނު ބަޔާނެއް މެދުވެރިކޮށް، އެ ކްލަބުން ވަނީ ވަރާން ކޮށްދިން ހިދުމަތަށް ޝުކުރުއަދާކޮށްފަ އެވެ.

ރެއާލް ދޫކޮށް، 2021 ވަނަ އަހަރު، ވަރާން، ޔުނައިޓެޑަށް ބަދަލުވީ 43 މިލިއަން ޑޮލަރުގެ ފީ އަކަށެވެ. ޔުނައިޓެޑާ އެކު މިދިޔަ ސީޒަނުގެ ލީގު ކަޕް ކާމިޔާބުކުރި ވަރާން ވަނީ އެ ޓީމަށް 93 މެޗު ކުޅެދީފަ އެވެ.

ތަޖުރިބާކާރު ޑިފެންޑަރު، ވަރާން، ރެއާލާ އެކު، ތިން ސްޕެނިޝް ލީގާއި ހަތަރު ޗެމްޕިއަންސް ލީގު ކާމިޔާބުކޮށްފައި، ޔުނައިޓެޑަށް ބަދަލުވިއިރު، އެ ޓީމުގެ ކޯޗަކީ އޮލެ ގުނަ ސޯލްޝެއާ އެވެ. ޔުނައިޓެޑްގެ ކޯޗުކަމާ އެރިކް ޓެން ހާގް ހަވާލުވި ފަހުން، ވަރާން އަށް އަނިޔާގެ ސަބަބުން ގިނަ މެޗުތަކެއް ވަނީ ގެއްލިފަ އެވެ.

ފްރާންސުން 2018 ވަނަ އަހަރުގެ ވޯލްޑް ކަޕް ކާމިޔާބުކުރި ޓީމުގައި އިސް ދައުރެއް އަދާކުރި ވަރާން ގައުމީ ޓީމަށް ކުޅުން ހުއްޓާލީ މިދިޔަ އަހަރު ފެބްރުއަރީ މަހުގަ އެވެ.

ވަރާން ހޯދަން ސައުދީ އަރަބިއްޔާގެ ކްލަބްތަކުން ވެސް މަސައްކަތްކުރެ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ލިވަޕޫލް ދަނޑުގައި މޮޅުވެ އާސެނަލަށް އެއް ވަނައިގައި ލީޑެއް

އިނގިރޭސި ޕްރިމިއާ ލީގުގައި ލިވަޕޫލް އަތުން 1-0 އިން މޮޅުވެ، އާސެނަލުން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް ނަގައިފި. ކައި ހަވާޓްޒް ކާމިޔާބުކުރި ލަނޑުން ހޯދި މި މޮޅަކީ ވޭތުވެދިޔަ 14 އަހަރު ތެރޭ ލިވަޕޫލްގެ ދަނޑުގައި އާސެނަލް ހޯދި ފުރަތަމަ މޮޅު

ވޯލްޑް ކަޕްގެ ތަޖުރިބާ، ރާއްޖޭގެ ފުޓްބޯޅަ އަށް ފުރުސަތުތަކެއް

އަޒަރުބައިޖާންގައި ބޭއްވި 15 އަހަރުން ދަށުގެ ވޯލްޑް ކަޕްގައި ރާއްޖޭގެ ޓީމު ވާދަކުރުމަކީ ޒުވާން ކުޅުންތެރިންގެ ކުރިމަގަށް ލިބުނު މުހިންމު ތަޖުރިބާއެއް ކަމަށް ކޯޗު ޝާކިއްޓެ ވަނީ ބުނެފައި. ޖުމްލަ 189 ޓީމު ވާދަކުރި މި މުބާރާތުގައި ރާއްޖެއިން 10 މެޗު ކުޅުނުއިރު، އެއް މެޗުން މޮޅުވެ، އެއް މެޗު އެއްވަރުކޮށް، މުޅި މުބާރާތުގެ 159 ވަނަ ވަނީ ހޯދާފައި

ބައެއް ހާލަތްތަކުގައި އަނގައިން ނުބުނުން ބުއްދިވެރި: މޮރީނިއޯ

ޗައިނާގެ ކުރީގެ ލީޑަރު މާއޯ ޒެޑެންގާ ބެހޭގޮތުން އެމްބާޕޭ ދެއްކި ވާހަކަތަކަކާ ގުޅިގެން، ޗައިނާގެ ކުންފުނިތަކުންނާއި މީޑިއާއިން އޭނާއާ ދެކޮޅަށް ފިޔަވަޅު އަޅަން ފަށައިފި. މި މައްސަލައިގައި ރެއާލް މެޑްރިޑާއި އެމްބާޕޭ މައާފަށް އެދިފައިވާއިރު، ކޯޗު މޮރީނިއޯ ބުނީ މިފަދަ ހާލަތްތަކުގައި އަނގައިން ނުބުނެ ހުރުމަކީ އެންމެ ބުއްދިވެރި ގޮތް ކަމަށް.

ވޯލްޑް ކަޕް ފައިނަލުގައި ސްޕެއިނާ މިހާރު ކުޅެފިނަމަ ބަލިކުރާނަން

ވޯލްޑް ކަޕް ފައިނަލުގައި ސްޕެއިން އަތުން ބަލިވި ނަމަވެސް، މިހާރު އެ ޓީމާ ކުޅެފިނަމަ ބަލިކުރާނެ ކަމަށް އާޖެންޓީނާގެ ކީޕަރު އެމިލިއާނޯ މާޓިނޭޒް ބުނެފިއެވެ. އޭނާ ފާހަގަކުރި ގޮތުގައި ސްޕެއިނަށް ވުރެ 2022 ވަނަ އަހަރުގެ ފައިނަލުގައި ބައްދަލުކުރި ފްރާންސް ޓީމު މާ ވަރުގަދައެވެ. އަދި މިފަހަރުގެ މުބާރާތުގެ ބޮޑުބައި އޭނާ ކުޅުނީ އިނގިލި ބިންދައިގެން ގޮސްފައި ހުރެގެން ކަމަށްވެސް މާޓިނޭޒް ހާމަކުރިއެވެ.

ކޭން އަތުން ޕެނަލްޓީ ނާކާމިޔާބު، ބަޔާނާއި ޑޯޓްމަންޑް އެއްވަރު

ޖަރުމަނު ލީގުގައި ބަޔާން މިއުނިކާއި ބޮރޫޝިއާ ޑޯޓްމަންޑް ބައްދަލުކުރި މެޗު 2-2 އިން އެއްވަރުވިއިރު، ބަޔާންގެ ހެރީ ކޭން އަތުން ވަނީ ޕެނަލްޓީއެއް ނާކާމިޔާބުވެފައި. މެޗުގެ ފަހު ވަގުތު ޑޯޓްމަންޑުން ލަނޑު ޖަހައި ނަތީޖާ އެއްވަރުކުރިއިރު، މި ނަތީޖާއާއެކު ދެ ޓީމަށް ވެސް 18 ޕޮއިންޓް ލިބިގެން ބަޔާން އޮތީ ތާވަލުގެ އެއްވަނައިގައި

މިލާން އަތުން ބަލިވެ އިންޓަ އަށް އެއް ވަނަ ގެއްލިއްޖެ

އިޓާލިއަން ލީގުގައި ރޭ ކުޅުނު މިލާން ޑާބީގައި އޭސީ މިލާން އަތުން 3-1 އިން ބަލިވެ، އިންޓަ މިލާނަށް ތާވަލުގެ އެއްވަނަ ގެއްލިއްޖެ. މި ނަތީޖާއާއެކު އިންޓަ ދެވަނައަށް ސޮއްސާލިއިރު، ލަނޑުގެ ތަފާތުން ލާޒިއޯ މިހާރު އޮތީ ތާވަލުގެ އެއްވަނައިގައި

އަލަވޭސް ބަލިކޮށް ބާސެލޯނާ އަލުން އެއް ވަނަ އަށް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުން ޑިޕޯޓިވޯ އަލަވޭސް 6-1 އިން ބަލިކޮށް، ބާސެލޯނާ އިން އަލުން ތާވަލުގެ އެއްވަނަ މަގާމު ހޯދައިފި. މި މޮޅާއެކު ބާސެލޯނާ އެއްވަނައިގައި އޮތީ 11 މެޗުން 30 ޕޮއިންޓް ހޯދައިގެން ކަމަށްވާއިރު، މި މެޗުގައި އެޓީމުގެ ލަމީން ޔަމާލް އަދި ރަފީނިއާ ވަނީ މޮޅު ކުޅުމެއް ދައްކާފައި

Newsletter

Get the latest news delivered straight to your inbox