ލޯކަލް ކައުންސިލުތަކުގެ ޖަމިއްޔާއެއް އުފައްދައި، މެމްބަރަކަށް ވުމުގެ ފުރުސަތު ހުޅުވާލައިފި

ލޯކަލް ކައުންސިލު އެސޯސިއޭޝަންގެ މެމްބަރުން ކައުންސިލް މިނިސްޓަރު އާދަމް ޝަރީފާއި އެލްޖީއޭއާ ބައްދަލުކުރަނީ: މި ޖަމިއްޔާގައި އަތޮޅު ކައުންސިލުތަކާއި ރަށު ކައުންސިލުތަކާއި ސިޓީ ކައުންސިލުތަކަށް ބައިވެރިވެވޭ -- ފޮޓޯ: އެމްއެލްސީއޭ

ލޯކަލް ކައުންސިލު އެސޯސިއޭޝަންގެ މެމްބަރުން ކައުންސިލް މިނިސްޓަރު އާދަމް ޝަރީފާއި އެލްޖީއޭއާ ބައްދަލުކުރަނީ: މި ޖަމިއްޔާގައި އަތޮޅު ކައުންސިލުތަކާއި ރަށު ކައުންސިލުތަކާއި ސިޓީ ކައުންސިލުތަކަށް ބައިވެރިވެވޭ -- ފޮޓޯ: އެމްއެލްސީއޭ

ލޯކަލް ކައުންސިލުތަކުގެ ހިންގުން ހަރުދަނާކުރުމަށްޓަކައި މޯލްޑިވްސް ލޯކަލް ކައުންސިލް އެސޯސިއޭޝަން (އެމްއެލްސީއޭ) އުފައްދައި، އެ ޖަމިއްޔާގެ މެމްބަރަކަށް ވުމުގެ ފުރުސަތު ލޯކަލް ކައުންސިލުތަކަށް ހުޅުވާލައިފި އެވެ.

އެމްއެލްސީއޭ އުފައްދައި ރަޖިސްޓްރީ ކުރީ މިދިޔަ އޭޕްރީލް 29، ގަ އެވެ. އެ ޖަމިއްޔާ އުފެއްދުމުގެ މައިގަނޑު މަގުސަދަކީ ކައުންސިލުތަކުގެ ހިންގުން ހަރުދަނާކުރުމުގެ އިތުރުން، ފަންނީ ގާބިލުކަން އިތުރުކޮށް ކައުންސިލުތަކުގެ ހައްގުގައި ވަކާލާތުކުރާނެ ޖަމިއްޔާއަކަށް ވުމެވެ.

ރާއްޖޭގެ ލޯކަލް ކައުންސިލުތަކުގެ މެދުގައި އޮންނަ ގުޅުން ހަރުދަނާކުރުމާއި، ދިމާވާ ގޮންޖެހުންތައް މަޝްވަރާކޮށް، ކައުންސިލުތަކުގެ މުވައްޒަފުންނަށް ރާއްޖެއިން ބޭރުން ތަމްރީނާއި ތައުލީމު ހާސިލުކުރުމުގެ ފުރުސަތު ހޯދައިދިނުމަކީ ވެސް އެމްއެލްސީއޭ އުފެއްދުމުގެ ބޭނުމެވެ.

އެމްއެލްސީއޭގެ އާއްމު މެމްބަރަކަށް ވެވޭނީ ދިވެހިރާއްޖޭގެ އިދާރީ ދާއިރާތަށް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ގާނޫނުގެ ދަށުން އުފައްދާފައިވާ ސިޓީ ކައުންސިލުތަކާއި، އަތޮޅު ކައުންސިލުތަކުގެ އިތުރުން، ރަށު ކައުންސިލުތަކަށެވެ.

ކައުންސިލުތަކުގެ ފަރާތުން އެމްއެލްސީއޭގެ ބައްދަލުވުންތަކުގައި ބައިވެރިވުމުގެ ފުރުސަތު ލިބޭނީ އެކަމަށް އައްޔަނުކުރެވޭ މަންދޫބަށް ކަމަށް އެ އެސޯސިއޭޝަނުން ނެރެފައިވާ އިއުލާނުގައި ބުނެފައިވެ އެވެ.

މި ޖަމިއްޔާގެ މެމްބަރަކަށް ވާން ބޭނުންވާ ކައުންސިލުތަކުން އެގޮތަށް ނިންމައި ގަރާރެއް ފާސްކުރަންޖެހެ އެވެ. މި ގަރާރުގައި މެމްބަރަކަށްވުމަށް އެއްބަސްވެ، ޗަންދާ ދެއްކުމަށް އެއްބަސްވުމުގެ އިތުރުން، ކަނޑައަޅާފައިވާ މަންދޫބުގެ މައުލޫމާތު ހިމަނަންޖެހޭނެ އެވެ. އަދި ގަރާރުގެ ކޮޕީއެއް މެއިލް ކުރަން ޖެހި އެވެ.

އެމްއެލްސީއޭގެ މެމްބަރުން ދައްކަންޖެހޭ ޗަންދާ

  • ސިޓީ ނުވަތަ އަތޮޅު ކައުންސިލެއް ނަމަ، ކޮންމެ މީލާދީ މަހަކަށް 5،000ރ.
  • އާބާދީ 3،000 އަށް ވުރެ ބޮޑު ރަށު ކައުންސިލެއް ނަމަ، ކޮންމެ މީލާދީ މަހަކަށް 1،000ރ.
  • އާބާދީ 3،000 އަށް ވުރެ ކުޑަ ރަށު ކައުންސިލެއް ނަމަ، ކޮންމެ މީލާދީ މަހަކަށް 500ރ.

އެމްއެލްސީއޭގެ ހިންގާ ކޮމިޓީގައި ހިމެނޭނީ އާންމު މެމްބަރުންގެ ތެރެއިން އިންތިހާބުކުރެވޭ ނުވަ މެމްބަރުންނެވެ. އޭގެ ތެރޭގައި:

  • ސިޓީ ކައުންސިލުތަކުން ދެ މެމްބަރުން
  • އަތޮޅު ކައުންސިލުތަކުން ތިން މެމްބަރުން
  • ރަށު ކައުންސިލުތަކުން ތިން މެމްބަރުން
  • ޖަމިއްޔާގެ ޗެއާޕާސަން

ހިންގާކޮމިޓީގެ މަގާމުތަކަށް ކުރިމަތިލުމުގެ ފުރުސަތު މި މަހުގެ 27، ގައި ހުޅުވާލާނެ އެވެ. އެމްއެލްސީއޭގެ ހުރިހާ މެމްބަރުންނަށް މައުލޫމާތު ފޯރުކޮށްދީ، ސޯޝަލް މީޑިއާގައި އެ މަގާމުތަކުގެ ތަފްސީލު އިއުލާނުކުރާނެކަމަށް އެ ޖަމިއްޔާއިން ބުނެ އެވެ.

އެމްއެލްސީއޭގެ މުއައްސިސުންނަކީ ހއ. އަތޮޅު ކައުންސިލު، ށ. އަތޮޅު ކައުންސިލު، ބ. އަތޮޅު ކައުންސިލު އަދި ފުވައްމުލަކު ސިޓީ ކައުންސިލެވެ. މީގެ އިތުރުން އެމްއެލްސީއޭ އެކުލަވާލުމުގައި ހދ. ކުޅުދުއްފުށި ސިޓީ ކައުންސިލާއި، ނ. އަދި ލ. އަތޮޅު ކައުންސިލުން އިސްކޮށް ހަރަކާތްތެރިވީކަމަށް އެ ޖަމިއްޔާއިން ބުންޏެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ސައުދުގެ މައްޗަށް ކުރާ ދައުވާތައް އަނބުރައި ގެންދަން ގޮވާލައިފި

އެ ޕާޓީން ބުނީ މިއީ ކައުންސިލްގެ ނިންމުމަކަށް ސައުދު ފަރުދީގޮތުން ޒިންމާކުރުވައި، އޭނާގެ މޭޔަރުކަމުގެ މަގާމު ގެއްލުވާލުމަށް ސިޔާސީ ބޭނުމެއްގައި ކުރާ ކަމެއް ކަމަށް. އަދި އެކަށީގެންވާ ހެކި ނެތް މި މައްސަލައިގެ ޝަރީއަތް އަވަސް އަރުވާލައިގެން ކުރިއަށް ގެންދިއުމަކީ ގާނޫނުއަސާސީއާ ހިލާފު ކަމެއް ކަމަށްވެސް އެމްޑީޕީން ފާހަގަކޮށްފައިވޭ.

ވެމްކޯގެ ބައެއް މުވައްޒަފުންނަށް އަދިވެސް މުސާރަ ނުދޭ

ވެމްކޯގެ ބައެއް މުވައްޒަފުންނަށް މިދިޔަ މަހުގެ މުސާރަ އަދިވެސް ނުލިބޭތީ، ބިލްތައް ނުދެއްކި ޖޫރިމަނާވުމާއި ކުލި ދެއްކުން ލަސްވުމުގެ ކަންބޮޑުވުން މުވައްޒަފުން ފާޅުކޮށްފިއެވެ. މުސާރަ ދިނުން ލަސްވާ މައްސަލަ މިދިޔަ އަހަރުން ފެށިގެން ކުރިމަތިވަމުންދާއިރު، މިހާރު ގިނަ މުވައްޒަފުންނަށް މުސާރަ ލިބެނީ ކޮންމެ މަހެއްގެވެސް 10 ވަނަ ދުވަހާ ގާތްވުމުންނެވެ.

ރަސްމާލެ ވިއްކުމާ ދެކޮޅު ހަރަކާތުން އަދާލަތަށް މަރުހަބާ ކިޔައިފި

އެ ހަރަކާތުން ބުނިގޮތުގައި، ގައުމުގެ ސަލާމަތާއި ދީނީ އެއްބައިވަންތަކަމަށް އުނިކަން ލިބޭ ގޮތަށް މި މަޝްރޫއު ކުރިއަށް ނުގެންދިއުމަށް އަދާލަތުން ގޮވާލި ގޮވާލުމަށް ފުރިހަމައަށް ތާއީދުކުރެއެވެ.

ރަސްމާލެ އެއްވުމުގައި ފައިސަލް ވެސް ބައިވެރިވަނީ

މި އެއްވުމުގައި ކުރީގެ ރައީސް ޔާމީން ވެސް ބައިވެރިވެވަޑައިގަންނަވާއިރު، މިއީ ރަސްމާލޭގެ ބޮޑު ސަރަހައްދެއް ބޭރު ކުންފުންޏަކަށް ވިއްކާލުމާ ދެކޮޅަށް ބާއްވާ ހަރަކާތެއް. ސަރުކާރުން މިހާރު ވަނީ މި މަޝްރޫއު ކުރިއަށް ގެންދިއުމަށް ބޭނުންވާ ގާނޫނީ ބަދަލުތައް މަޖިލީހަށް ހުށަހަޅައިފަ.

ދައުލަތުގެ އިއްޒަތުގެ ޝަރަފުވެރިންގެ މަޖިލީހެއް އެކުލަވާލައިފި

ރައީސް މުއިއްޒު ރިޔާސަތު ބަލަހައްޓަވާ މި މަޖިލީހަކީ މިނިވަން ދުވަހުގެ ޖަލްސާގައި އެމަނިކުފާނު ވެވަޑައިގެންނެވި ވައުދާ އެއްގޮތަށް އުފެއްދެވި މަޖިލީހެކެވެ. މީގެ އިތުރުން އެކި ދާއިރާތަކުގެ ތަޖުރިބާކާރުން ހިމެނޭ 150 މީހުންގެ ގައުމީ މަޖިލީހެއް އެކުލަވާލުމަށް ވެސް ވަނީ ނިންމާފައެވެ.

ކަނދެއް ހަލާކުވެ ޓީއެމްއޭގެ ސީޕްލޭނެއް ދިޔަވެއްޖެ

ހުޅުލޭ ސީ-ޕްލޭން ޓާމިނަލުން ފުރަން އުޅުނު ބޯޓެއް އެކްސިޑެންޓުވެ، އޭގައި ތިބި މީހުން މޫދަށް ފުންމާލި ނަމަވެސް އެއްވެސް މީހަކަށް އަނިޔާ ލިބުނު ކަމެއް މިހާތަނަށް ނޭނގޭ. މި ހާދިސާ ހިނގާފައިވަނީ ބޯޓު ފުރަންވެގެން ޑޮކުން ނައްޓާލި ވަގުތު. އަދި ކަމާބެހޭ ފަރާތްތަކުން މިހާރު ދަނީ އެ ސަރަހައްދުގައި ހަރަކާތްތެރިވަމުން.

ޒަޔަނިސްޓުންނަށް ރާއްޖޭގެ ވެލިފުކެއް ވެސް ދީގެންނުވާނެ: ހުސައިން

އޭނާ މިހެން ވިދާޅުވީ ރަސްމާލޭގެ ބޮޑު ބައެއް ބޭރު ކުންފުންޏަކަށް ދީ، އެތަނުގައި ބޭރު މީހުންނަށް ދާއިމީކޮށް ވަޒަންވެރިވެވޭ ގޮތަށް ރިއަލް އެސްޓޭޓް ބިލެއް ސަރުކާރުން ހުށަހަޅާފައިވާ ދަނޑިވަޅެއްގައެވެ.

Newsletter

Get the latest news delivered straight to your inbox