ލާމަރުކަޒީ ގާނޫނު އިސްލާހުކުރުމަށް މިމަހު ދިރާސާކުރަން ފަށަނީ

ލޯކަލް ގަވަމެންޓް މިނިސްޓަރު، އާދަމް ޝަރީފް: -- ފޮޓޯ: ރައީސް އޮފީސް

ލޯކަލް ގަވަމެންޓް މިނިސްޓަރު، އާދަމް ޝަރީފް: -- ފޮޓޯ: ރައީސް އޮފީސް

ލާމަރުކަޒީ ގާނޫނަށް އިސްލާހު ގެނައުމަށް ބޭނުންވާ ދިރާސާ ހެދުމުގެ މަސައްކަތް މި މަހު ގައުމީ ޔުނިވާސިޓީން ފައްޓާނެ ކަމަށް، ސިޓީތަކާއި އިދާރީ ދާއިރާތައް ހިންގުމާބެހޭ މިނިސްޓަރު އާދަމް ޝަރީފު ވިދާޅުވެއްޖެ އެވެ.

ދައުލަތުގެ ޕީއެސްއެމްގެ "ރާއްޖެމިއަދު" ޕްރޮގްރާމުގައި މައުލޫމާތު ދެއްވަމުން މިނިސްޓަރު ވިދާޅުވީ، ދުނިޔޭގެ ގިނަ ގައުމުތަކުގައި ގާނޫނުތައް ހަދަނީ ވަރަށް ބޮޑަށް ދިރާސާތައް ކުރެވި، އެކަންކަމުން ނިކުންނާނެ ނަތީޖާ ދެނެގަތުމަށް ފަހު ކަމަށެވެ.

އެގޮތުން ދިރާސާ ކުރިއަށް ގެންދާނީ މިނިވަންކަމާއިއެކު، އިލްމީ ދިރާސާއެއްގެ ގޮތުގައި ކަމަށް މިނިސްޓަރު ވިދާޅުވި އެވެ. އަދި މި ދިރާސާގެ ޒަރިއްޔާއިން ލާމަރުކަޒީ ގާނޫނުގައި މިހާރު ހުރި ކަންކަމާއި މެދު ކައުންސިލްތަކުން ދެކޭގޮތުގެ އިތުރުން، ކަންކަން ތަންފީޒުކުރުމަށް ހުރި ގޮންޖެހުންތައް އަދި ލާމަރުކަޒީ ނިޒާމާއި ގުޅިގެން އާންމުންގެ ހިޔާލުވެސް ހޯދާނެ ކަން މިނިސްޓަރު ފާހަގަކުރެއްވި އެވެ.

"ރަށްރަށް ކުރިން ހިންގަމުން ދިޔައީ ކުޑަކަތީބަކާއި ބޮޑުކަތީބަކާއެކު. އެހެން އޮތް ވެރިކަމެއް އޮވެފައި، ކުއްލިއަކަށް ފަސް ކައުންސިލަރުން ނުވަތަ ހަތް ކައުންސިލަރުންނާ އެކު މަސައްކަތް ފެށީމާ ހިދުމަތްތައް ވަކި އަވަހަށް ފަހިވެއްޖެތޯ، މީގެ ސަބަބުން އައީ ކޮން ބަދަލެއްތޯ. މިކަންކަމަށް ރައްޔިތުންނާ ސުވާލުކުރަން ބޭނުންވޭ،" މިނިސްޓަރު އާދަމް ޝަރީފު ވިދާޅުވި އެވެ.

ލާމަރުކަޒީ ނިޒާމްގެ ތެރެއިން ކައުންސިލުތައް ބާރުވެރިކުރުމަށް ސަރުކާރުން ކުރަމުން އަންނަ މަސައްކަތްތަކުގެ ތެރޭގައި ރަށްރަށުގައި ހިންގާ ގެސްޓުހައުސް ތަކަށް ލޯކަލް ޓޫރިޒަމްގެ ތެރެއިން ލިބޭ ޓީޖީއެސްޓީން ވަކި ޕަސަންޓެއް ކައުންސިލްތަކުގެ އާމްދަނީއަށް އިތުރު ކުރުމަށް ލާމަރުކަޒީ ގާނޫނު އަދި ޓޫރިޒަމް ގާނޫނަށް އިސްލާހު ގެނައުން ހިމެނެ އެވެ.

މީގެ އިތުރުން ފަޅުރަށްތައް ކުއްޔަށް ދޫކުރާ މުއްދަތު 25 އަހަރަށް އިތުރުކޮށްދިނުމާއި، ކައުންސިލުތަކުގެ ބަޖެޓު އިތުރުކުރުމާއެކު، ކައުންސިލުތަކަށް އޮފީސް އިމާރާތްތައް އަޅައިދިނުމަކީ ވެސް މި ސަރުކާރުން ކައުންސިލުތަށް ބާރުވެރިކުރުމަށް ކުރަން ނިންމާފައިވާ ކަންކަމެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ސައިކަލުގައި އިން އެކަކު މުއްދަތު ހަމަނުވަނީސް ބަންދުން ދޫކޮށްލި

ހުޅުމާލޭގައި ތިން މީހުން އަރުވައިގެން ވަންވޭއާ ދެކޮޅަށް ދުއްވި ސައިކަލެއް އެކްސިޑެންޓްވިއިރު، އޭގައި އިން އެކަކީ ކުށުގެ ރެކޯޑު އޮތް، ބަންދުގެ މުއްދަތު ހަމަނުވަނީސް ދޫކޮށްލާފައިވާ މީހެއް. މި ހާދިސާގައި ފަސް މީހަކަށް އަނިޔާވެ ދެ މީހަކަށް ވެންޓިލޭޓަރުގައި ފަރުވާދެމުންދާއިރު، އެ ސައިކަލަކީ ވަގަށް ނަގާފައިވާ ސައިކަލެއް ކަމަށް ބެލެވޭ.

އެމްޓީސީސީގައި 6،700 މުވައްޒަފުން، ކޮންޓްރެކްޓް މުވައްޒަފުން ގިނަ

އާރްޑީސީ އާއި އެމްޓީސީސީ އެއްކޮށްލުމުގެ ކުރިން އެމްޓީސީސީގައި 6،700 މުވައްޒަފުން ތިބިއިރު، އޭގެ ތެރެއިން ގިނައީ ކޮންޓްރެކްޓް މުވައްޒަފުން. ދެ ކުންފުނި އެއްކޮށްލުމުން އާރްޑީސީގެ 4،000 އެއްހާ މުވައްޒަފުން އެމްޓީސީސީއާ ގުޅޭނެ ކަމަށާއި، މިއާއެކު ރާއްޖޭގެ ހުރިހާ ރަށެއްގައި އެ ކުންފުނީގެ މުވައްޒަފުން ތިބޭނެ ކަމަށް އެމްޓީސީސީން ބުނޭ.

ހުޅުމާލޭ ސިންތެޓިކް ޓްރެކް މަރާމާތު ކުރުމުގެ މަސައްކަތް ފަށައިފި

ހުޅުމާލޭ ސިންތެޓިކް ޓްރެކް ބައިނަލްއަގުވާމީ މިންގަނޑުތަކަށް ފެއްތުމަށްޓަކައި މަރާމާތުކުރުމުގެ އަމަލީ މަސައްކަތް ޔޫތު މިނިސްޓްރީން މިހާރު ވަނީ ފަށާފައި. މި މަޝްރޫއުގެ ދަށުން ޓްރެކް ޕީޔޫއަށް ބަދަލުކޮށް، އެތުލީޓުން ހަދާ ރެކޯޑުތައް ބަލައިގަނެވޭ ފެންވަރަށް ތަރައްގީކޮށް އަންނަ އަހަރުގެ ޖެނުއަރީއަށް ނިންމުމަށް ވަނީ އަމާޒު ހިފާފައި.

ހުޅުމާލެ އެކްސިޑެންޓުގައި އަނިޔާވި ދެ މީހުން ދޫކޮށްލައިފި

ހުޅުމާލޭގައި ފުލުހުންނަށް ފިލަން އުޅުނު ސައިކަލެއް އެހެން ސައިކަލެއްގައި ޖެހި ހިނގި އެކްސިޑެންޓުގައި އަނިޔާވި ފަސް މީހުންގެ ތެރެއިން ދެ މީހަކަށް އަދިވެސް ފަރުވާދެނީ ވެންޓިލޭޓަރުގައި. މި ހާދިސާގައި އަނިޔާވި ދެ މީހަކު ފަރުވާއަށްފަހު ދޫކޮށްލާފައިވާއިރު، އެކްސިޑެންޓުވި އެއް ސައިކަލަކީ ވަގަށް ނަގާފައިވާ ސައިކަލެއް ކަމަށް ބެލެވޭ ކަމަށް ފުލުހުން ބުނޭ.

އީގަލް ހިލްސްއިން ހައުސިން ޔުނިޓުތައް އަޅަނީ އާބަން އައިލްގައި

ޔޫއޭއީގެ އީގަލް ހިލްސް ކުންފުނިން ހުޅުމާލޭ އާބަން އައިލްގައި ތަރައްގީކުރާ 5000 ހައުސިން ޔުނިޓުގެ އަގު ދައްކަނީ ސަރުކާރަށް މުސްތަގުބަލުގައި ލިބޭނެ ކަަމަށް ބުނާ ކޮމިޝަނުން.

ނޮވެމްބަރުގެ ތިން ދުވަސް: ނަވީ ޕިއްލޭ އަދި ދިވެހިރާއްޖެ

އދ. ގައި ފަހުން ބޭއްވި ރިވިއުއެއްގައި، ރާއްޖޭގެ އޮފިޝަލުން ވަނީ ހައްދު ޖެހުމަކީ އިސްލާމީ ޝަރީއަތުގެ ތެރެއިން ކުރާ ކަމެއް ކަމަށް ބުނެ އެކަން ދިފާއުކޮށްފަ އެވެ. ނަމަވެސް ޕިއްލޭ އާއި އެމްނެސްޓީ އިންޓަނޭޝަނަލް ފަދަ ޖަމާއަތްތަކުން ދިޔައީ އެކަން ހުއްޓާލުމަށް ގޮވާލަމުންނެވެ.

"މެދުއިރުމަތީ ހަނގުރާމަ ރާއްޖެއާ ގާތަށް އައުމުގެ ބިރު އެބައޮތް"

ރާއްޖޭގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށްޓަކައި އިންޑިއާ ފަދަ ބޭރުގެ ބާރުތަކުގެ އަސްކަރީ އެހީތެރިކަން ހޯދުމަކީ މުހިންމު ކަމެއް ކަމަށް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

Newsletter

Get the latest news delivered straight to your inbox