އައިޕީއެލް: ޕަންޖާބު ކަޓުވާލައި ބެންގަލޫރު ޕްލޭއޮފްގެ އުންމީދުގައި

May 10, 2024, 6:07 AM
ބެންގަލޫރު ޓީމުގެ ވިރާތު ލަނޑެއް ހެދުމަށް ފަހު އުފާފާޅުކުރަނީ.--- ފޮޓޯ: އޭއެފްޕީ

ބެންގަލޫރު ޓީމުގެ ވިރާތު ލަނޑެއް ހެދުމަށް ފަހު އުފާފާޅުކުރަނީ.--- ފޮޓޯ: އޭއެފްޕީ

ހިމާޗަލް ޕްރަދޭޝް، އިންޑިއާ (މެއި 10) - ޕަންޖާބް ކިންގްސް ކަޓުވާލުމަށް ފަހު، ރޯޔަލް ޗެލެންޖާސް ބެންގަލޫރު، އިންޑިއަން ޕްރިމިއާ ލީގު (އައިޕީއެލް) ކްރިކެޓް މުބާޜާތުގެ ޕްލޭއޮފްގެ ޖާގައެއް ހޯދުމުގެ އުންމީދު ދަމަހައްޓައިފި އެވެ.

ޕަންޖާބް އަތުން ރޭ ބެންގަލޫރު މޮޅުވީ، 60 ލަނޑުންނެވެ. މި މޮޅާ އެކު ބެންގަލޫރުން 12 މެޗުން 10 ޕޮއިންޓް ހަަމަކޮށް ހަތް ވަނަ އަށް ޖެހިލިއިރު، އެ ޓީމުން ގަދަ ހަތަރަަކަށް ވަދެ، ޕްލޭއޮފަށް ދިއުމަށް ދެން އޮތް ދެ މެޗުން ވެސް މޮޅުވުން މަޖުބޫރެވެ. އެކަމަކު، އެ ވަރުން ވެސް އެ ޓީމަށް އޮތީ ހަނި ފުރުސަތެކެވެ. އެއީ، އެހެން ޓީމުތަކުން ނެރޭ ނަތީޖާތަކަށް ވެސް ބަލަން ޖެހޭނެ އެވެ.

ރޭގެ ނަތީޖާއާ އެކު، ޕަންޖާބަކީ މި ފަހަރުގެ މުބާރާތުން ކެޓި ދެ ވަނަ ޓީމެވެ. ފުރަތަމަ ޓީމަކީ، ފަސް ފަހަރު ތަށި ހޯދާފައިވާ މުމްބައި އިންޑިއަންސް އެވެ.

ހިމާޗަލް ޕްރަދޭޝް ކްރިކެޓް އެސޯސިއޭޝަން (އެޗްޕީސީއޭ) ސްޓޭޑިއަމްގައި ކުޅުނު މެޗުގައި ޓޮސް ދިމާވުމުން، ޕަންޖާބް ކިންގްސް އިން ނިންމީ ހޮވާށެވެ.

ބެންގަލޫރުން ކުޅެން އަރައި، 20 އޯވަރު ތެރޭ ހަތް ކުޅުންތެރިން ނުބައިވެގެން 241 ލަނޑު ހެދި އެވެ. ވިއްސާރައިގެ ސަބަބުން ވަގުތު ކޮޅަކަށް މި އިނިންސްގެ ކުޅުން މަޑުޖައްސާލަން ޖެހުނުއިރު، އެންމެ ތަފާތު ފޯމެއްގައި ކުޅެލީ ބެންގަލޫރުގެ ތަރި ވިރާތު ކޯލީ އެވެ. ވިރާތު ވަނީ، 47 ބޯޅައިން 92 ލަނޑު ހަދައިފަ އެވެ. ދެން، އެ ޓީމުން އެންމެ ރަނގަޅު ކުޅުމެއް ދެއްކި ރަަޖަތު ޕަތީދާރު ވަނީ 23 ބޯޅައިން 55 ލަނޑު ހަދައިފަ އެވެ. އަދި ކެމަރަން ގްރީން ވަނީ 27 ބޯޅައިން 46 ލަނޑު ހަދައިފަ އެވެ.

މި އިނިންްގްސްގައި ޕަންޖާބުގެ ހަރްޝަލް ޕަޓޭލް ތިން ވިކެޓް ނެގި އެވެ.

ޖަވާބުގައި ކުޅެން އަރައި، ޕަންޖާބަށް 17 އޯވަރު ތެރޭގައި ހުރިހާ ކުޅުންތެރިން ނުބައިވެގެން ހެދުނީ، 181 ލަނޑެވެ. އެ ޓީމުން އެންމެ ރަނގަޅަށް ކުޅުނީ، 27 ބޯޅައިން 61 ލަނޑު ހެދި، ރައިލީ ރޯސޫ އެވެ.

މި އިނިންގްސްގައި، ބެންގަލޫރުގެ މުހައްމަދު ސިރާޖު ތިން ވިކެޓް ނެގިއިރު، ސްވަޕްނިލް ސިންގް، ލޯކީ ފާގަސަން އަދި ކާން ޝަރްމާ ވަނީ ދެ ވިކެޓް ނަގައިފަ އެވެ.

ބެންގަލޫރަށް ދެން ބާކީ އޮތީ، ދިއްލީ ކެޕިޓަލްސް އާއި ޗެންނާއި ސުޕަ ކިންގްސްއާ ކުޅޭ ދެ މެޗެވެ.

މުބާރާތުގައި މިރޭ ކުޅޭ މެޗުގައި، ގުޖުރާތު ކުޅޭނީ ޗެންނާއިއާ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޖަރުމަނުގެ ޒްވެރެވް އަށް ދުނިޔޭގެ ރޭންކިން އެއް ވަނަ ޔަގީންވެއްޖެ

ޝަންހާއީ މާސްޓާސްއިން ކާލޯސް އަލްކަރާޒް ބަލިވުމާ ގުޅިގެން، މި އަހަރުގެ ޓެނިސް ސީޒަން ނިމޭއިރު ދުނިޔޭގެ ރޭންކިން އެއްވަނަ ޖަރުމަނުގެ ޒްވެރެވަށް ވަނީ ކަށަވަރުވެފައި. މިއީ ޖަރުމަނުގެ ކުޅުންތެރިއަކު މި ޝަރަފު ހޯދާ ފުރަތަމަ ފަހަރު ކަމަށްވާއިރު، އޭނާ މި މަގާމަށް އަންނަ މަހު އަންނާނީ މުޅިން އަލަށް އެއް ވަނަ ހޯދާ އެންމެ ދޮށީ ކުޅުންތެރިޔާގެ ގޮތުގައި

ފުޓްސަލްގައި ރާއްޖޭން ޗައިނާ، ހޮންގް ކޮންގް އަދި ކޮރެއާއާ ކުޅެނީ

އަންނަ މަހު ޗައިނާގައި ބާއްވާ އިންޓަނޭޝަނަލް ފުޓްސަލް މުބާރާތެއްގައި ރާއްޖޭގެ ގައުމީ ޓީމުން ވާދަކުރާ ގޮތަށް ހަމަޖެހި، އެ މުބާރާތަށް ތައްޔާރުވުމުގެ ފަރިތަކުރުންތައް ފަށައިފި. މި މުބާރާތުގައި ރާއްޖޭގެ އިތުރުން ޗައިނާ، ހޮންގް ކޮންގް އަދި ދެކުނު ކޮރެއާ ވާދަކުރާއިރު، ރާއްޖޭގެ ފުރަތަމަ މެޗު އޮންނާނީ އަންނަ މަހުގެ ފަސް ވަނަ ދުވަހު

އޯޕަން ވޯޓާ ގައުމީ ޗެމްޕިއަންކަން ޝައިމް އާއި އަލްޔާ އަށް

ކުޑަގިރީގައި ބޭއްވި 17 ވަނަ ގައުމީ އޯޕަން ވޯޓާ މުބާރާތުގެ 5 ކިލޯމީޓަރުގެ ފިރިހެން ޗެމްޕިއަންކަން ޝައިމް ހުސެއިން އިބްރާހިމް އަދި އަންހެން ޗެމްޕިއަންކަން އަލްޔާ އަޝްރަފް ހޯދައިފި. މި މުބާރާތުގައި ތަފާތު އުމުރުފުރާތަކުންނާއި ކެޓަގަރީތަކުން ގިނަ ފެތުންތެރިންތަކެއް ވާދަކޮށް ވަނަތައް ހާސިލްކުރި، މިއީ ކުޑަގިރީގައި މި މުބާރާތް ބޭއްވި ހަތަރު ވަނަ ފަހަރު

ޓީސީ ބަލިކޮށް އީގަލްސް ދިވެހި ޕްރިމިއާ ލީގުގެ އެއް ވަނަ އަށް

ޓީސީ ސްޕޯޓްސް ކްލަބް 3-0 އިން ބަލިކޮށް، ކުޅުނު ތިން މެޗުން ވެސް މޮޅުވެގެން ކްލަބް އީގަލްސް އިން ދިވެހި ޕްރިމިއާ ލީގުގެ އެއްވަނައަށް ޖެހިލައިފި. އީގަލްސް 9 ޕޮއިންޓާއެކު ތާވަލުގެ ކުރީގައި އޮތްއިރު، ދެވަނައިގައި އޮތް ވިކްޓަރީ އާއި ތިން ވަނައިގައި އޮތް ނިއު ރޭޑިއަންޓަށް ލިބިފައިވަނީ 7 ޕޮއިންޓު

ޑޮކޫ މެޗު ބަދަލުކޮށްލައި ލިވަޕޫލް އަތުން ސިޓީ މޮޅުކޮށްދީފި

ޖެރެމީ ޑޮކޫގެ މޮޅު ކުޅުމާ އެކު ލިވަޕޫލް 3-0 އިން ބަލިކޮށް، މެންޗެސްޓާ ސިޓީން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް އަލުން ނަގައިފި. ލިވަޕޫލްގެ ގްރަވެންބާކަށް ރަތް ކާޑު ދެއްކި މި މެޗުގައި ސިޓީގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ހާލަންޑް، ޑޮކޫ އަދި ރަޔާން ޗާކީ.

ދީނާ އާއި ޝާޒް، ރާއްޖޭގެ ޕޫލް ބިލިއާޑްގެ ތާރީހު ލިޔެފި

އިންޑިއާގައި ބޭއްވި ކޮމަންވެލްތު ކިއު ސްޕޯޓްސް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ހަސަން ޝާޒް މުހައްމަދު އާއި ދީނާ އަހުމަދު ކުއާޓާ ފައިނަލަށް ދަތުރުކޮށް، ރާއްޖޭގެ ބިލިއާޑް ތާރީހުގައި ބޮޑު ކާމިޔާބީއެއް ވަނީ ހޯދައިފައި.

ބާސެލޯނާ އިން ފޯމުގައި ކުރިއަށް، ރެއާލަށް މޮޅެއް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުތަކުން ބާސެލޯނާ އާއި ރެއާލް މެޑްރިޑް މޮޅުވިއިރު، ބާސެލޯނާ އޮތީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެ ތާވަލުގެ އެއް ވަނައިގައި. ބާސެލޯނާ އިން ގެޓަފޭ އަތުން 3-0 އިން ކުރިހޯދިއިރު، ރެއާލް މެޑްރިޑް މޮޅުވީ ވިނީޝިއުސް އަށް ރަތް ކާޑު ދެއްކި މެޗުގައި ވިޔަރެއާލް އަތުން 1-0 އިން

Newsletter

Get the latest news delivered straight to your inbox