ރުބްލެވް ސާބިތުކޮށްދިނީ ބައްޔަށް ވުރެ "ގަދަވެވިދާނެކަން"

May 7, 2024, 11:57 AM
ރުބްލެވް ސާބިތުކޮށްދިނީ ބައްޔަށް ވުރެ "ގަދަވެވިދާނެކަން"

މެޑްރިޑް (މެއި 7) - ގަދަ ރޯގައެއްގައި ވޭންތަކެއް ތަހައްމަލުކުރަމުން ވެސް، ހިތްވަރާ އެކު ކުޅެ، މެޑްރިޑް އޯޕަން ޗެމްޕިއަންކަން ހޯދައި، ދުނިޔޭގެ އަށް ވަނައިގައި އޮތް ރަޝިއާގެ އަންޑްރޭ ރުބްލޭވް، ބައްޔަށް ވުރެ ގަދަވެވިދާނެކަން ސާބިތުކޮށްދީފި އެވެ.

"މިދިޔަ ނުވަ ވަރަކަށް ދުވަހު އަހަރެން އުޅުނު ހާލު ބުނެދެން ފަސޭހައެއް ނޫން. އަހަންނަށް ހަގީގަތުގައި މި ބުނަން އުޅޭ ވާހަކަ ފަސޭހައެއް ނޫން. އަހަންނަށް ގަބޫލެއް ނުކުރެވޭ އަހަރެން މިދިޔަ ދުވަސްތަކުގައި އެ ގޮތަށް އުޅެފައި، މި ވަގުތު ތަށްޓެއް ހިފައިގެން ހުރެ ވާހަކަ ދައްކަން ލިބޭނެ ކަމަށް،" ރުބްލޭވް، 26، ބުންޏެވެ.

ދުނިޔޭގެ ރޭންކިން ތިން ވަނައިގައި އޮތް ސްޕެއިނުގެ ކާލޯސް އަލްކަރާޒް އަތުން މޮޅުވި، ރުބްލޭވް ވަނީ ފައިނަލުގައި ފަހަތުން އަރައި، ފެލިކްސް އޯގާ އަލިއާސްމޭ ބަލިކޮށްފަ އެވެ. އެއީ، 4-6 7-5 7-5 އިން ސެޓުތައް ގެންގޮސްގެންނެވެ.

"ވަރަށް ބޮޑު ޝުކުރެއް ހައްގުވޭ އަހަރެންގެ ޑޮކްޓަރުންނަށް. އަހަރެން މި ކަމުގެ، މި ކާމިޔާބީގެ ފުލް ކްރެޑިޓް ދޭން ބޭނުމީ ޑޮކްޓަރުންނަށް. އެ މީހުންނަށް ކުރެވުނު ހުރިހާ ކަމެއް ކޮށްގެން ވެސް އަހަރެން ކޯޓާ ހަމައަށް ގެންގޮސް، ހިތްވަރެއްލައިގެން ކުޅެވޭނެ ގޮތް ހަދައިދިން،" ދެ ވަނަ މާސްޓާސް ތަށި ހޯދި ރުބްލޭވް ބުންޏެވެ.

މެޑްރިޑް އޯޕަން އަށް އައުމުގެ ކުރިން އެންމެ ފަހުން ކުޅުނު ހަތަރު މެޗުން ރުބްލޭވް ވީ ބައްޔެވެ. އެކަމަކު، މި މުބާރާތުގައި ރުބްލޭވް ހޯދި "ކެރިއަރުގެ އެންމެ ހާއްސަ ކާމިޔާބީ"އާ އެކު، ތިން ހަފްތާ ތެރޭގައި ފަށާ ފްރެންްޗް އޯޕަން، ގްރޭންޑް ސްލޭމް މުބާރާތަށް ދާނީ އިތުބާރާ އެކު އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޖަރުމަނުގެ ޒްވެރެވް އަށް ދުނިޔޭގެ ރޭންކިން އެއް ވަނަ ޔަގީންވެއްޖެ

ޝަންހާއީ މާސްޓާސްއިން ކާލޯސް އަލްކަރާޒް ބަލިވުމާ ގުޅިގެން، މި އަހަރުގެ ޓެނިސް ސީޒަން ނިމޭއިރު ދުނިޔޭގެ ރޭންކިން އެއްވަނަ ޖަރުމަނުގެ ޒްވެރެވަށް ވަނީ ކަށަވަރުވެފައި. މިއީ ޖަރުމަނުގެ ކުޅުންތެރިއަކު މި ޝަރަފު ހޯދާ ފުރަތަމަ ފަހަރު ކަމަށްވާއިރު، އޭނާ މި މަގާމަށް އަންނަ މަހު އަންނާނީ މުޅިން އަލަށް އެއް ވަނަ ހޯދާ އެންމެ ދޮށީ ކުޅުންތެރިޔާގެ ގޮތުގައި

ފުޓްސަލްގައި ރާއްޖޭން ޗައިނާ، ހޮންގް ކޮންގް އަދި ކޮރެއާއާ ކުޅެނީ

އަންނަ މަހު ޗައިނާގައި ބާއްވާ އިންޓަނޭޝަނަލް ފުޓްސަލް މުބާރާތެއްގައި ރާއްޖޭގެ ގައުމީ ޓީމުން ވާދަކުރާ ގޮތަށް ހަމަޖެހި، އެ މުބާރާތަށް ތައްޔާރުވުމުގެ ފަރިތަކުރުންތައް ފަށައިފި. މި މުބާރާތުގައި ރާއްޖޭގެ އިތުރުން ޗައިނާ، ހޮންގް ކޮންގް އަދި ދެކުނު ކޮރެއާ ވާދަކުރާއިރު، ރާއްޖޭގެ ފުރަތަމަ މެޗު އޮންނާނީ އަންނަ މަހުގެ ފަސް ވަނަ ދުވަހު

އޯޕަން ވޯޓާ ގައުމީ ޗެމްޕިއަންކަން ޝައިމް އާއި އަލްޔާ އަށް

ކުޑަގިރީގައި ބޭއްވި 17 ވަނަ ގައުމީ އޯޕަން ވޯޓާ މުބާރާތުގެ 5 ކިލޯމީޓަރުގެ ފިރިހެން ޗެމްޕިއަންކަން ޝައިމް ހުސެއިން އިބްރާހިމް އަދި އަންހެން ޗެމްޕިއަންކަން އަލްޔާ އަޝްރަފް ހޯދައިފި. މި މުބާރާތުގައި ތަފާތު އުމުރުފުރާތަކުންނާއި ކެޓަގަރީތަކުން ގިނަ ފެތުންތެރިންތަކެއް ވާދަކޮށް ވަނަތައް ހާސިލްކުރި، މިއީ ކުޑަގިރީގައި މި މުބާރާތް ބޭއްވި ހަތަރު ވަނަ ފަހަރު

ޓީސީ ބަލިކޮށް އީގަލްސް ދިވެހި ޕްރިމިއާ ލީގުގެ އެއް ވަނަ އަށް

ޓީސީ ސްޕޯޓްސް ކްލަބް 3-0 އިން ބަލިކޮށް، ކުޅުނު ތިން މެޗުން ވެސް މޮޅުވެގެން ކްލަބް އީގަލްސް އިން ދިވެހި ޕްރިމިއާ ލީގުގެ އެއްވަނައަށް ޖެހިލައިފި. އީގަލްސް 9 ޕޮއިންޓާއެކު ތާވަލުގެ ކުރީގައި އޮތްއިރު، ދެވަނައިގައި އޮތް ވިކްޓަރީ އާއި ތިން ވަނައިގައި އޮތް ނިއު ރޭޑިއަންޓަށް ލިބިފައިވަނީ 7 ޕޮއިންޓު

ޑޮކޫ މެޗު ބަދަލުކޮށްލައި ލިވަޕޫލް އަތުން ސިޓީ މޮޅުކޮށްދީފި

ޖެރެމީ ޑޮކޫގެ މޮޅު ކުޅުމާ އެކު ލިވަޕޫލް 3-0 އިން ބަލިކޮށް، މެންޗެސްޓާ ސިޓީން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް އަލުން ނަގައިފި. ލިވަޕޫލްގެ ގްރަވެންބާކަށް ރަތް ކާޑު ދެއްކި މި މެޗުގައި ސިޓީގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ހާލަންޑް، ޑޮކޫ އަދި ރަޔާން ޗާކީ.

ދީނާ އާއި ޝާޒް، ރާއްޖޭގެ ޕޫލް ބިލިއާޑްގެ ތާރީހު ލިޔެފި

އިންޑިއާގައި ބޭއްވި ކޮމަންވެލްތު ކިއު ސްޕޯޓްސް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ހަސަން ޝާޒް މުހައްމަދު އާއި ދީނާ އަހުމަދު ކުއާޓާ ފައިނަލަށް ދަތުރުކޮށް، ރާއްޖޭގެ ބިލިއާޑް ތާރީހުގައި ބޮޑު ކާމިޔާބީއެއް ވަނީ ހޯދައިފައި.

ބާސެލޯނާ އިން ފޯމުގައި ކުރިއަށް، ރެއާލަށް މޮޅެއް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުތަކުން ބާސެލޯނާ އާއި ރެއާލް މެޑްރިޑް މޮޅުވިއިރު، ބާސެލޯނާ އޮތީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެ ތާވަލުގެ އެއް ވަނައިގައި. ބާސެލޯނާ އިން ގެޓަފޭ އަތުން 3-0 އިން ކުރިހޯދިއިރު، ރެއާލް މެޑްރިޑް މޮޅުވީ ވިނީޝިއުސް އަށް ރަތް ކާޑު ދެއްކި މެޗުގައި ވިޔަރެއާލް އަތުން 1-0 އިން

Newsletter

Get the latest news delivered straight to your inbox