ނިއުޔޯކުގައި ޕާކު ކޮށްފައި އޮތް ވޭނެއްގެ ތެރެއިން ބައި ޓަނުގެ ކޮކެއިން ފެނިއްޖެ އެވެ.
50 މިލިއަން ޑޮލަރަށްވުރެ އަގުހުރި ކޮކެއިން ފެނިފައި ވަނީ ނިއު ޔޯކުގެ ޔޯކްޝަޔާ ވިލެޖު ޕަބްގެ ކާ ޕާކްއިން ކަމަށްވާއިރު، މައްސަލައިގައި ހަތަރު މީހަކު ވަނީ ހައްޔަރު ކޮށްފަ އެވެ.
އިނގިރޭސިވިލާތުގެ ނެޝަނަލް ކްރައިމް އެޖެންސީއިން ބުނީ އަތުލައިގަތް ކޮކެއިންއަކީ ބޭރުން އެތެރެ ކޮށްފައިވާ އެއްޗެހި ކަމަށް ބެލެވޭ ކަމަށައި، މިކަމާ ގުޅިގެން ބަލަން ޖެހޭ ކަންކަން ބަލަމުން އަންނަ ކަމަށެވެ.

މަައްސަލައިގައި 22 އަހަރުގެ މީހަކާއި، 32 އަހަރުގެ މީހެއްގެ އިތުރުން 24 އަހަރުގެ މީހެއް ހައްޔަރުކުރީ ސްކޮޓްލޭންޑްއިން ކަމަށައި، އަދި 39 އަހަރުގެ މީހަކު ހައްޔަރުކުރީ ކޮލަމްބިއާއިންނެވެ.
މައްސަލައިގެ ތަހުގީގު މިޙާރު ފަށާފައިވާއިރު، ތަހުގީގުގައި ލިބެމުން އަންނަ ކުރިއެރުންތައް ހާމަ ކުރަމުންދާނެ ކަމަށް ނެޝަނަލް ކްރައިމް އެޖެންސީއިން ބުނެ އެވެ.
މި އަހަރުގެ ކުރީކޮޅު އިނގިރޭސިވިލާތުގެ ސައުތެމްޕްޓަން ޕޯޓުން ދެކުނު އެމެރިކާއިން އެތެރެކުރި ދޮންކެޔޮ ކޮންޓެއިނަރަކުން 5.7 ޓަނުގެ ކޮކެއިން ވަނީ އަތުލައިގަނެފަ އެވެ.
އެއީ މިހާތަނަށް ޔޫކޭއިން އަތުލައިގަތް އެންމެ ގިނަ ކޮކެއިން ކަމަށްވާއިރު، އަގަކީ 565 މިލިއަން ޑޮލަރެވެ.










