ހުލާސާކޮށް އިއްޔެ: ޓޫރިސްޓުން އަންނަ މިންވަރު ދަށްވުން

ރާއްޖެ އަށް ޒިޔާރަތްކުރި ދެ ޓޫރިސްޓަކު އެއާޕޯޓުގައި. -- ފޮޓޯ: އަދަދު

ރާއްޖެ އަށް ޒިޔާރަތްކުރި ދެ ޓޫރިސްޓަކު އެއާޕޯޓުގައި. -- ފޮޓޯ: އަދަދު

ޓޫރިސްޓުންގެ އަދަދު އިތުރުވަމުން އައި ނިސްބަތް، ފުރަތަމަ ތިން މަހު ވަރަށް މަތީގައި ހުރުމަށް ފަހު މިދިޔަ މަހު 2.6 ޕަސެންޓަށް ދަށްވެއްޖެ ކަމަށް އިއްޔެ ރިޕޯޓުކުރި އެވެ.

ޓޫރިޒަމް މިނިސްޓްރީގެ ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި، ޓޫރިސްޓުން އައި ނިސްބަތް، މި އަހަރުގެ ޖެނުއަރީ މަހު 11.5 ޕަސެންޓް، ފެބްރުއަރީ މަހު 22.2 ޕަސެންޓް އަދި މާޗް މަހު 11.9 ޕަސެންޓް އިތުރުވެފައިވެ އެވެ. މިހާތަނަށް، އެއް މަސް ދުވަހުގެ ތެރޭގައި ރާއްޖެ އަށް އެންމެ ގިނަ ޓޫރިސްޓުން އައިސްފައިވަނީ މި އަހަރުގެ ފެބްރުއަރީ މަހު އެވެ. އެއީ 217،392 ޓޫރިސްޓުންނެވެ.

ޓޫރިސްޓުން އިތުރުވަމުން އައި ނިސްބަތް މިދިޔަ މަހު ވަރަށް ބޮޑަށް ދަށަށްދިޔަ އިރު، މިދިޔަ މަހު ރާއްޖެ އައިސްފައި ވަނީ 168،647 ޓޫރިސްޓުންނެވެ.

މިނިސްޓްރީގެ ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި މިދިޔަ މަހުގެ ނިޔަލަށް 772،651 ޓޫރިސްޓުން ރާއްޖެ އައިސްފައިވާއިރު، އެއީ ކުރީ އަހަރުގެ އެޕްރީލް މަހުގެ ނިޔަލަށް އައި ޓޫރިސްޓުންގެ އަދަދަށްވުރެ 12.3 ޕަސެންޓް އިތުރުވުމެކެވެ.

މި އަހަރުގެ މިހާތަނަށް ތަފާތު ގައުމު ތަކުން އައި ޓޫރިސްޓުންގެ އަދަދުތަކަށް ބަލާއިރު، ޗައިނާގެ ޓޫރިސްޓުންގެ އަދަދު 169 ޕަސެންޓް އިތުރުވެ، އިންޑިޔާ އިން އައި ޓޫރިސްޓުންގެ އަދަދު ވަނީ 42 ޕަސެންޓް ދަށަށް ގޮސްފަ އެވެ. މިދިޔަ މަހުގެ ނިޔަލަށް ޗައިނާ އިން 83،835 ޓޫރިސްޓުން އައިސްފައިވާއިރު އިންޑިޔާ އިން އައިސްފައިވަނީ 42،638 ޓޫރިސްޓުންނެވެ. މިދިޔަ އަހަރު ރާއްޖެ އަށް އެންމެ ގިނައިން ޓޫރިސްޓުން އައީ އިންޑިޔާ އިންނެވެ.

މި އަހަރުގެ މިހާތަނަށް އެންމެ ގިނައިން ޓޫރިސްޓުން އައި 5 ގައުމު

  • ޗައިނާ 83،835 ޓޫރިސްޓުން 10.9 ޕަސެންޓް ހިއްސާ
  • ރަޝިޔާ 77،632 ޓޫރިސްޓުން 10 ޕަސެންޓް ހިއްސާ
  • އިނގިރޭސިވިލާތް 75،253 ޓޫރިސްޓުން 9.7 ޕަސެންޓް ހިއްސާ
  • އިޓަލީ 70،514 ޓޫރިސްޓުން 9.1 ޕަސެންޓް ހިއްސާ
  • ޖަރުމަނު 60،033 ޓޫރިސްޓުން 7.8 ޕަސެންޓް ހިއްސާ

ޓޫރިޒަމް މިނިސްރީން ބުނާ ގޮތުގައި ޓޫރިސްޓުންނަށް ހިދުމަތް ދިނުމަށް 1،182 ތަނެއްގައި 62،232 ޓޫރިސްޓު އެނދު ހިންގަމުން އަންނައިރު، ރާއްޖެ އަށް 40 އެއާލަނަކުން ޓޫރިސްޓުން އުފުލަ އެވެ.

މުހިއްމު ބައެއް ހަބަރު

ކޮމެންޓް

ފަހުގެ ޚަބަރު

ސައިކަލުގައި އިން އެކަކު މުއްދަތު ހަމަނުވަނީސް ބަންދުން ދޫކޮށްލި

ހުޅުމާލޭގައި ތިން މީހުން އަރުވައިގެން ވަންވޭއާ ދެކޮޅަށް ދުއްވި ސައިކަލެއް އެކްސިޑެންޓްވިއިރު، އޭގައި އިން އެކަކީ ކުށުގެ ރެކޯޑު އޮތް، ބަންދުގެ މުއްދަތު ހަމަނުވަނީސް ދޫކޮށްލާފައިވާ މީހެއް. މި ހާދިސާގައި ފަސް މީހަކަށް އަނިޔާވެ ދެ މީހަކަށް ވެންޓިލޭޓަރުގައި ފަރުވާދެމުންދާއިރު، އެ ސައިކަލަކީ ވަގަށް ނަގާފައިވާ ސައިކަލެއް ކަމަށް ބެލެވޭ.

އެމްޓީސީސީގައި 6،700 މުވައްޒަފުން، ކޮންޓްރެކްޓް މުވައްޒަފުން ގިނަ

އާރްޑީސީ އާއި އެމްޓީސީސީ އެއްކޮށްލުމުގެ ކުރިން އެމްޓީސީސީގައި 6،700 މުވައްޒަފުން ތިބިއިރު، އޭގެ ތެރެއިން ގިނައީ ކޮންޓްރެކްޓް މުވައްޒަފުން. ދެ ކުންފުނި އެއްކޮށްލުމުން އާރްޑީސީގެ 4،000 އެއްހާ މުވައްޒަފުން އެމްޓީސީސީއާ ގުޅޭނެ ކަމަށާއި، މިއާއެކު ރާއްޖޭގެ ހުރިހާ ރަށެއްގައި އެ ކުންފުނީގެ މުވައްޒަފުން ތިބޭނެ ކަމަށް އެމްޓީސީސީން ބުނޭ.

ހުޅުމާލޭ ސިންތެޓިކް ޓްރެކް މަރާމާތު ކުރުމުގެ މަސައްކަތް ފަށައިފި

ހުޅުމާލޭ ސިންތެޓިކް ޓްރެކް ބައިނަލްއަގުވާމީ މިންގަނޑުތަކަށް ފެއްތުމަށްޓަކައި މަރާމާތުކުރުމުގެ އަމަލީ މަސައްކަތް ޔޫތު މިނިސްޓްރީން މިހާރު ވަނީ ފަށާފައި. މި މަޝްރޫއުގެ ދަށުން ޓްރެކް ޕީޔޫއަށް ބަދަލުކޮށް، އެތުލީޓުން ހަދާ ރެކޯޑުތައް ބަލައިގަނެވޭ ފެންވަރަށް ތަރައްގީކޮށް އަންނަ އަހަރުގެ ޖެނުއަރީއަށް ނިންމުމަށް ވަނީ އަމާޒު ހިފާފައި.

ހުޅުމާލެ އެކްސިޑެންޓުގައި އަނިޔާވި ދެ މީހުން ދޫކޮށްލައިފި

ހުޅުމާލޭގައި ފުލުހުންނަށް ފިލަން އުޅުނު ސައިކަލެއް އެހެން ސައިކަލެއްގައި ޖެހި ހިނގި އެކްސިޑެންޓުގައި އަނިޔާވި ފަސް މީހުންގެ ތެރެއިން ދެ މީހަކަށް އަދިވެސް ފަރުވާދެނީ ވެންޓިލޭޓަރުގައި. މި ހާދިސާގައި އަނިޔާވި ދެ މީހަކު ފަރުވާއަށްފަހު ދޫކޮށްލާފައިވާއިރު، އެކްސިޑެންޓުވި އެއް ސައިކަލަކީ ވަގަށް ނަގާފައިވާ ސައިކަލެއް ކަމަށް ބެލެވޭ ކަމަށް ފުލުހުން ބުނޭ.

އީގަލް ހިލްސްއިން ހައުސިން ޔުނިޓުތައް އަޅަނީ އާބަން އައިލްގައި

ޔޫއޭއީގެ އީގަލް ހިލްސް ކުންފުނިން ހުޅުމާލޭ އާބަން އައިލްގައި ތަރައްގީކުރާ 5000 ހައުސިން ޔުނިޓުގެ އަގު ދައްކަނީ ސަރުކާރަށް މުސްތަގުބަލުގައި ލިބޭނެ ކަަމަށް ބުނާ ކޮމިޝަނުން.

ނޮވެމްބަރުގެ ތިން ދުވަސް: ނަވީ ޕިއްލޭ އަދި ދިވެހިރާއްޖެ

އދ. ގައި ފަހުން ބޭއްވި ރިވިއުއެއްގައި، ރާއްޖޭގެ އޮފިޝަލުން ވަނީ ހައްދު ޖެހުމަކީ އިސްލާމީ ޝަރީއަތުގެ ތެރެއިން ކުރާ ކަމެއް ކަމަށް ބުނެ އެކަން ދިފާއުކޮށްފަ އެވެ. ނަމަވެސް ޕިއްލޭ އާއި އެމްނެސްޓީ އިންޓަނޭޝަނަލް ފަދަ ޖަމާއަތްތަކުން ދިޔައީ އެކަން ހުއްޓާލުމަށް ގޮވާލަމުންނެވެ.

"މެދުއިރުމަތީ ހަނގުރާމަ ރާއްޖެއާ ގާތަށް އައުމުގެ ބިރު އެބައޮތް"

ރާއްޖޭގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށްޓަކައި އިންޑިއާ ފަދަ ބޭރުގެ ބާރުތަކުގެ އަސްކަރީ އެހީތެރިކަން ހޯދުމަކީ މުހިންމު ކަމެއް ކަމަށް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

Newsletter

Get the latest news delivered straight to your inbox