ހުލާސާކޮށް އިއްޔެ: އިންތިހާބާ ގުޅޭ ގޮތުން ޓީއެމްގެ ގޮވާލުމެއް

ހުލާސާކޮށް އިއްޔެ: އިންތިހާބާ ގުޅޭ ގޮތުން ޓީއެމްގެ ގޮވާލުމެއް

ވިހިވަނަ ރައްުޔިތުންގެ މަޖިލީހަށް މެންބަރުން ހޮވަން ބޭއްވި އިންތިހާބުގެ އިދާރީ ކަންތައްތައް ރަނގަޅުކަން ފާހަގަކުރުމާ އެކު، ވޯޓު ގަތުން ހިމެނޭ ގޮތުން، އެ އިންތިހާބުގައި ފާހަގަ ކުރެވުނު ބޮޑެތި މައްސަލަތަކަށް އެޑްރެސް ކުރަން ޓްރާންސްޕޭރެންސީ މޯލްޑިވްސް (ޓީއެމް) އިން ގޮވައިލި ކަމަށް އިއްޔެ ރިޕޯޓުކުރި އެވެ.

އިންތިހާބު އޮބްޒާވްކުރުމަށް ފަހު އިދާރީ ކަންކަމާ ބެހޭ ގޮތުން ނެރުނު ބަޔާން ސޯޝަލް މީޑިއާ އެކްސްގައި ހިއްސާކުރި ތުރެޑް" ގައި ބުނީ ވޯޓުގަތުމުގެ މައްސަލަ އާއި ސިޔާސީ ކަންކަމަށް ފައިސާ ހޯދުމާއި ހަރަދު ކުރުމުގައި ދެފުށް ފެންނަ އުސޫލު ނެތުމުގެ މައްސަލައަށް އެޑްރެސް ކުރަން ހުރިހާ ފަރާތްތަކަށް ގޮވައިލާ ކަމަށެވެ.

ދައުލަތުގެ ވަސީލަތްތައް ނަހަމަ ގޮތުގައި ބޭނުންކުރުމުގެ މައްސަލަ އާއި ސިޔާސީ ކަންކަމުގައި އަންހެނުންނަށް ހަމަހަމަ ފުރުސަތު ނެތުމުގެ މައްސަލައަށް އެޑްރެސް ކުރަން ވެސް އެޖަމިއްޔާއިން ގޮވައިލި އެވެ.

"މަޝްރޫއުތައް ފެށުން ހިމެނޭ ގޮތުން، ދައުލަތުގެ ވަސީލަތްތައް ނަހަމަ ގޮތުގައި ބޭނުންކުރަމުން ދިޔަތަން ކެމްޕެއިން ކުރުމުގެ މުއްދަތުގައި އަޅުގަނޑުމެންނަށް ފެންނަމުން ދިޔަ،" ޓްރާންސްޕޭރެންސީން ބުންޏެވެ.

އެ ޖަމިއްޔާއިން ނެރުނު ބަޔާނުގައި ބުނީ އިންތިހާބުގެ އިދާރީ އިންތިޒާމުތައް ޖުމުލަކޮށް ރަނގަޅުކަމަށެވެ. ނަމަވެސް ފާއިތުވި ދުވަސްތަކުން ފެށިގެން ވޯޓަށް ނުފޫޒު ފޯރާނެ ފަދަ އެތައް ކަމެއް ކޮށްފައިވާކަން އެ ޖަމިއްޔާއަށް ފާހަގަވެފައިވާ ކަމަށް ވެސް ބުންޏެވެ.

އެސްއޯއީތަކާއި ދައުލަތުގެ ވުޒާރާތަކުން މިދިޔަ 48 ގަޑިއިރު ތެރޭގައި އިއުލާނު ކުރި ބޮޑެތި މަޝްރޫއުތަށް ޓްރާންސްޕޭރެންސީގެ ބަޔާނުގައި ފާހަގަކޮށްފައިވެ އެވެ.

"ފާއިތުވި 48 ގަޑިއިރު ތެރޭގައި ދައުލަތް ހިއްސާވާ ކުންފުނިތަކާއި ސަރުކާރު ވުޒާރާތަކުގެ ރަސްމީ ސޯޝަލްމީޑިއާ އެކައުންޓުތަކުން 680 މިލިއަން ރުފިޔާގެ ހަ ތަރައްގީގެ މަޝްރޫއުއެއް ހަވާލުކޮށްފައިވާކަން އިއުލާނު ކުރުން،" އެ ބަޔާނުގައި ބުނެފައިވެ އެވެ.

އިއްޔެގެ އިންތިހާބުގައި ބޮޑު މެޖޯރިޓީއެއް ހޯދީ ވެރިކަން ހިންގާ ޕީއެންސީއިންނެވެ. ޖުމްލަ 93 ގޮނޑީގެ ތެރެއިން އެ ޕާޓީން ގާތްގަނޑަކަށް 70 ނުވަތަ އެއަށްވުރެ ވެސް ގިނަ ގޮނޑި ގެންދާނެ ކަމަށް ބެލެވެ އެވެ. އެހެންކަމުން އެއީ ސުޕަމެޖޯރިޓީއެކެވެ.

މުހިއްމު ބައެއް ހަބަރު

ކޮމެންޓް

ފަހުގެ ޚަބަރު

ސައިކަލުގައި އިން އެކަކު މުއްދަތު ހަމަނުވަނީސް ބަންދުން ދޫކޮށްލި

ހުޅުމާލޭގައި ތިން މީހުން އަރުވައިގެން ވަންވޭއާ ދެކޮޅަށް ދުއްވި ސައިކަލެއް އެކްސިޑެންޓްވިއިރު، އޭގައި އިން އެކަކީ ކުށުގެ ރެކޯޑު އޮތް، ބަންދުގެ މުއްދަތު ހަމަނުވަނީސް ދޫކޮށްލާފައިވާ މީހެއް. މި ހާދިސާގައި ފަސް މީހަކަށް އަނިޔާވެ ދެ މީހަކަށް ވެންޓިލޭޓަރުގައި ފަރުވާދެމުންދާއިރު، އެ ސައިކަލަކީ ވަގަށް ނަގާފައިވާ ސައިކަލެއް ކަމަށް ބެލެވޭ.

އެމްޓީސީސީގައި 6،700 މުވައްޒަފުން، ކޮންޓްރެކްޓް މުވައްޒަފުން ގިނަ

އާރްޑީސީ އާއި އެމްޓީސީސީ އެއްކޮށްލުމުގެ ކުރިން އެމްޓީސީސީގައި 6،700 މުވައްޒަފުން ތިބިއިރު، އޭގެ ތެރެއިން ގިނައީ ކޮންޓްރެކްޓް މުވައްޒަފުން. ދެ ކުންފުނި އެއްކޮށްލުމުން އާރްޑީސީގެ 4،000 އެއްހާ މުވައްޒަފުން އެމްޓީސީސީއާ ގުޅޭނެ ކަމަށާއި، މިއާއެކު ރާއްޖޭގެ ހުރިހާ ރަށެއްގައި އެ ކުންފުނީގެ މުވައްޒަފުން ތިބޭނެ ކަމަށް އެމްޓީސީސީން ބުނޭ.

ހުޅުމާލޭ ސިންތެޓިކް ޓްރެކް މަރާމާތު ކުރުމުގެ މަސައްކަތް ފަށައިފި

ހުޅުމާލޭ ސިންތެޓިކް ޓްރެކް ބައިނަލްއަގުވާމީ މިންގަނޑުތަކަށް ފެއްތުމަށްޓަކައި މަރާމާތުކުރުމުގެ އަމަލީ މަސައްކަތް ޔޫތު މިނިސްޓްރީން މިހާރު ވަނީ ފަށާފައި. މި މަޝްރޫއުގެ ދަށުން ޓްރެކް ޕީޔޫއަށް ބަދަލުކޮށް، އެތުލީޓުން ހަދާ ރެކޯޑުތައް ބަލައިގަނެވޭ ފެންވަރަށް ތަރައްގީކޮށް އަންނަ އަހަރުގެ ޖެނުއަރީއަށް ނިންމުމަށް ވަނީ އަމާޒު ހިފާފައި.

ހުޅުމާލެ އެކްސިޑެންޓުގައި އަނިޔާވި ދެ މީހުން ދޫކޮށްލައިފި

ހުޅުމާލޭގައި ފުލުހުންނަށް ފިލަން އުޅުނު ސައިކަލެއް އެހެން ސައިކަލެއްގައި ޖެހި ހިނގި އެކްސިޑެންޓުގައި އަނިޔާވި ފަސް މީހުންގެ ތެރެއިން ދެ މީހަކަށް އަދިވެސް ފަރުވާދެނީ ވެންޓިލޭޓަރުގައި. މި ހާދިސާގައި އަނިޔާވި ދެ މީހަކު ފަރުވާއަށްފަހު ދޫކޮށްލާފައިވާއިރު، އެކްސިޑެންޓުވި އެއް ސައިކަލަކީ ވަގަށް ނަގާފައިވާ ސައިކަލެއް ކަމަށް ބެލެވޭ ކަމަށް ފުލުހުން ބުނޭ.

އީގަލް ހިލްސްއިން ހައުސިން ޔުނިޓުތައް އަޅަނީ އާބަން އައިލްގައި

ޔޫއޭއީގެ އީގަލް ހިލްސް ކުންފުނިން ހުޅުމާލޭ އާބަން އައިލްގައި ތަރައްގީކުރާ 5000 ހައުސިން ޔުނިޓުގެ އަގު ދައްކަނީ ސަރުކާރަށް މުސްތަގުބަލުގައި ލިބޭނެ ކަަމަށް ބުނާ ކޮމިޝަނުން.

ނޮވެމްބަރުގެ ތިން ދުވަސް: ނަވީ ޕިއްލޭ އަދި ދިވެހިރާއްޖެ

އދ. ގައި ފަހުން ބޭއްވި ރިވިއުއެއްގައި، ރާއްޖޭގެ އޮފިޝަލުން ވަނީ ހައްދު ޖެހުމަކީ އިސްލާމީ ޝަރީއަތުގެ ތެރެއިން ކުރާ ކަމެއް ކަމަށް ބުނެ އެކަން ދިފާއުކޮށްފަ އެވެ. ނަމަވެސް ޕިއްލޭ އާއި އެމްނެސްޓީ އިންޓަނޭޝަނަލް ފަދަ ޖަމާއަތްތަކުން ދިޔައީ އެކަން ހުއްޓާލުމަށް ގޮވާލަމުންނެވެ.

"މެދުއިރުމަތީ ހަނގުރާމަ ރާއްޖެއާ ގާތަށް އައުމުގެ ބިރު އެބައޮތް"

ރާއްޖޭގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށްޓަކައި އިންޑިއާ ފަދަ ބޭރުގެ ބާރުތަކުގެ އަސްކަރީ އެހީތެރިކަން ހޯދުމަކީ މުހިންމު ކަމެއް ކަމަށް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

Newsletter

Get the latest news delivered straight to your inbox