އައިޕީއެލް: ޕަންޖާބް ބަލިކޮށް މުމްބައި އިން އުންމީދު ދަމަހައްޓައިފި

Apr 19, 2024, 8:33 AM
އައިޕީއެލް: ޕަންޖާބް ބަލިކޮށް މުމްބައި އިން އުންމީދު ދަމަހައްޓައިފި

މުލަންޕޫރު، އިންޑިއާ (އޭޕްރީލް 19) - އިންޑިއަން ޕްރިމިއާ ލީގު (އައިޕީއެލް) ގައި ޕަންޖާބް ކިންގްސް އަތުން ނުވަ ލަނޑުން މޮޅުވެ، މުމްބައި އިންޑިއަންސް އިން ޕްލޭއޮފްގެ ޖާގައިގެ އުންމީދު ދަމަހައްޓައިފި އެވެ.

ފަސް ފަހަރު ޗެމްޕިއަންކަން ހޯދާފައިވާ މުމްބައި މި ފަހަރުގެ ސީޒަން ފެށީ ދަށްކޮށެވެ. އެކަމަކު، އާ ކެޕްޓަން، ހާޑިކް ޕާންޑްޔާގެ ލީޑަޝިޕާ އެކު، މުމްބައި އަންނަނީ މަޑުމަޑުން ފޯމަކަށް އެޅެމުންނެވެ. އެ ގޮތުން، ރޭގެ މެޗާ އެކު، މުމްބައި މި ވަނީ ހަތް މެޗުން ތިން ވަނަ މޮޅު ހޯދައިފަ އެވެ.

މަހަރާޖާ ޔަދަވިންދުރަ ސިންގް އިންޓަނޭޝަނަލް ސްޓޭޑިއަމްގައި ރޭ ކުޅުނު މެޗުގައި، ޕަންޖާބު ކިންގްސް އަށް ޓޮސް ދިމާވުމުން އެ ޓީމުން ނިންމީ ކުޅެން އަރާށެވެ. އެ ގޮތުން، 19.1 އޯވަރުގެ ތެރޭގައި ޕަންޖާބުގެ ހުރިހާ ކުޅުންތެރިން ނުބައިވިއިރު، އެ ޓީމަށް ހެދުނީ، 183 ލަނޑެވެ. އެ ޓީމުން އެންމެ ރަނގަޅު ކުޅުމެއް ދެއްކީ، 28 ބޯޅަ އަށް 61 ލަނޑު ހެދި އާޝުތޯޝް ޝަރްމާ އެވެ.

މި އިނިންގްސްގައި މުމްބައިގެ ޖަސްޕްރީތު ބުމްރާ އާއި ޖެރާލްޑް ކޯޓްޒީ، ކޮންމެ ކުޅުންތެރިއަކު ވަނީ ތިން ވިކެޓް ނަގައިފަ އެވެ.

މުމްބައި މޮޅުވީ ޖަވާބުގައި ކުޅެން އަރައި، 20 އޯވަރުގެ ތެރޭގައި ހަތް ކުުޅުންތެރިން ނުބައިވެގެން 192 ލަނޑު ހަދައިގެންނެވެ.

މެޗު ފަށައިގެން، މުމްބައިގެ އޯޕަނިން ބެޓްސްމަނުންގެ ގޮތުގައި އެރީ، އިޝާން ކިޝަން އާއި ރޯހިތު ޝަރްމާ އެވެ. އިޝާން އަށް ލަނޑަށް ނުބައިވިއިރު، ރޯހިތު ނުބައިވީ 36 ލަނޑަށެވެ. މުމްބައި މޮޅުކޮށްދޭން މި މެޗުގައި ތަފާތަކަށްވީ ސޫރްޔަކުމާރް ޔާދަވް އެވެ. އޭނާ ވަނީ 53 ބޯޅައިން 78 ލަނޑު ހަދައިފަ އެވެ.

ޕަންޖާބުން މި އިނިންގްސްގައި، ހަރްޝަލް ޕަޓޭލް ތިން ވިކެޓް ނެގިއިރު، ޓީމުގެ ކެޕްޓަން، ސޭމް ކަރަން ވަނީ ދެ ވިކެޓް ނަގައިފަ އެވެ.

މި މޮޅާ އެކު މުމްބައި އޮތީ ހަތް ވަނައިގަ އެވެ. ލީގު ބުރު ނިމޭއިރު މުބާރާތުން ކުރިއަށްދެވޭނީ، ގަދަ ހަތަރަކަށެވެ.

އައިޕީއެލްގައި މިރޭ ކުޅޭ މެޗުގައި، ލަކްނައު ސުޕަ ޖަޔަންޓްސް ކުޅޭނީ ޗެންނާއި ސުޕަ ކިންގްސްއާ އެވެ. ޗެންނާއި ތިން ވަނައިގައި އޮތްއިރު، ލަކްނައު އޮތީ ފަސް ވަނައިގަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޖަރުމަނުގެ ޒްވެރެވް އަށް ދުނިޔޭގެ ރޭންކިން އެއް ވަނަ ޔަގީންވެއްޖެ

ޝަންހާއީ މާސްޓާސްއިން ކާލޯސް އަލްކަރާޒް ބަލިވުމާ ގުޅިގެން، މި އަހަރުގެ ޓެނިސް ސީޒަން ނިމޭއިރު ދުނިޔޭގެ ރޭންކިން އެއްވަނަ ޖަރުމަނުގެ ޒްވެރެވަށް ވަނީ ކަށަވަރުވެފައި. މިއީ ޖަރުމަނުގެ ކުޅުންތެރިއަކު މި ޝަރަފު ހޯދާ ފުރަތަމަ ފަހަރު ކަމަށްވާއިރު، އޭނާ މި މަގާމަށް އަންނަ މަހު އަންނާނީ މުޅިން އަލަށް އެއް ވަނަ ހޯދާ އެންމެ ދޮށީ ކުޅުންތެރިޔާގެ ގޮތުގައި

ފުޓްސަލްގައި ރާއްޖޭން ޗައިނާ، ހޮންގް ކޮންގް އަދި ކޮރެއާއާ ކުޅެނީ

އަންނަ މަހު ޗައިނާގައި ބާއްވާ އިންޓަނޭޝަނަލް ފުޓްސަލް މުބާރާތެއްގައި ރާއްޖޭގެ ގައުމީ ޓީމުން ވާދަކުރާ ގޮތަށް ހަމަޖެހި، އެ މުބާރާތަށް ތައްޔާރުވުމުގެ ފަރިތަކުރުންތައް ފަށައިފި. މި މުބާރާތުގައި ރާއްޖޭގެ އިތުރުން ޗައިނާ، ހޮންގް ކޮންގް އަދި ދެކުނު ކޮރެއާ ވާދަކުރާއިރު، ރާއްޖޭގެ ފުރަތަމަ މެޗު އޮންނާނީ އަންނަ މަހުގެ ފަސް ވަނަ ދުވަހު

އޯޕަން ވޯޓާ ގައުމީ ޗެމްޕިއަންކަން ޝައިމް އާއި އަލްޔާ އަށް

ކުޑަގިރީގައި ބޭއްވި 17 ވަނަ ގައުމީ އޯޕަން ވޯޓާ މުބާރާތުގެ 5 ކިލޯމީޓަރުގެ ފިރިހެން ޗެމްޕިއަންކަން ޝައިމް ހުސެއިން އިބްރާހިމް އަދި އަންހެން ޗެމްޕިއަންކަން އަލްޔާ އަޝްރަފް ހޯދައިފި. މި މުބާރާތުގައި ތަފާތު އުމުރުފުރާތަކުންނާއި ކެޓަގަރީތަކުން ގިނަ ފެތުންތެރިންތަކެއް ވާދަކޮށް ވަނަތައް ހާސިލްކުރި، މިއީ ކުޑަގިރީގައި މި މުބާރާތް ބޭއްވި ހަތަރު ވަނަ ފަހަރު

ޓީސީ ބަލިކޮށް އީގަލްސް ދިވެހި ޕްރިމިއާ ލީގުގެ އެއް ވަނަ އަށް

ޓީސީ ސްޕޯޓްސް ކްލަބް 3-0 އިން ބަލިކޮށް، ކުޅުނު ތިން މެޗުން ވެސް މޮޅުވެގެން ކްލަބް އީގަލްސް އިން ދިވެހި ޕްރިމިއާ ލީގުގެ އެއްވަނައަށް ޖެހިލައިފި. އީގަލްސް 9 ޕޮއިންޓާއެކު ތާވަލުގެ ކުރީގައި އޮތްއިރު، ދެވަނައިގައި އޮތް ވިކްޓަރީ އާއި ތިން ވަނައިގައި އޮތް ނިއު ރޭޑިއަންޓަށް ލިބިފައިވަނީ 7 ޕޮއިންޓު

ޑޮކޫ މެޗު ބަދަލުކޮށްލައި ލިވަޕޫލް އަތުން ސިޓީ މޮޅުކޮށްދީފި

ޖެރެމީ ޑޮކޫގެ މޮޅު ކުޅުމާ އެކު ލިވަޕޫލް 3-0 އިން ބަލިކޮށް، މެންޗެސްޓާ ސިޓީން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް އަލުން ނަގައިފި. ލިވަޕޫލްގެ ގްރަވެންބާކަށް ރަތް ކާޑު ދެއްކި މި މެޗުގައި ސިޓީގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ހާލަންޑް، ޑޮކޫ އަދި ރަޔާން ޗާކީ.

ދީނާ އާއި ޝާޒް، ރާއްޖޭގެ ޕޫލް ބިލިއާޑްގެ ތާރީހު ލިޔެފި

އިންޑިއާގައި ބޭއްވި ކޮމަންވެލްތު ކިއު ސްޕޯޓްސް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ހަސަން ޝާޒް މުހައްމަދު އާއި ދީނާ އަހުމަދު ކުއާޓާ ފައިނަލަށް ދަތުރުކޮށް، ރާއްޖޭގެ ބިލިއާޑް ތާރީހުގައި ބޮޑު ކާމިޔާބީއެއް ވަނީ ހޯދައިފައި.

ބާސެލޯނާ އިން ފޯމުގައި ކުރިއަށް، ރެއާލަށް މޮޅެއް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުތަކުން ބާސެލޯނާ އާއި ރެއާލް މެޑްރިޑް މޮޅުވިއިރު، ބާސެލޯނާ އޮތީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެ ތާވަލުގެ އެއް ވަނައިގައި. ބާސެލޯނާ އިން ގެޓަފޭ އަތުން 3-0 އިން ކުރިހޯދިއިރު، ރެއާލް މެޑްރިޑް މޮޅުވީ ވިނީޝިއުސް އަށް ރަތް ކާޑު ދެއްކި މެޗުގައި ވިޔަރެއާލް އަތުން 1-0 އިން

Newsletter

Get the latest news delivered straight to your inbox