ތުރުކީގެ ސުޕަ ކަޕްގައި ގަލަޓަސަރާއީއާ ދެކޮޅަށް ފެނަބާޗޭ އިން ނެރުނީ 19 އަހަރުން ދަށުގެ ޓީމު

Apr 8, 2024, 10:03 AM
ތުރުކީގެ ސުޕަ ކަޕްގައި ގަލަޓަސަރާއީއާ ދެކޮޅަށް ފެނަބާޗޭ އިން ނެރުނީ 19 އަހަރުން ދަށުގެ ޓީމު

އިސްތަންބޫލް (އޭޕްރީލް 8) - ތުރުކީގެ ސުޕަ ކަޕްގައި ރޭ ގަލަޓަސަރާއީއާ ދެކޮޅަށް ފެނަބަޗޭ އިން 19 އަހަރުން ދަށުގެ ޓީމު ނެރެ، މެޗުގެ ފުރަތަމަ މިނިޓުގައި ގަލަޓަސަރާއީ އިން ލަނޑެއް ޖެހުމާއެކު ޓީމު ދަނޑުން ބާލައިފިއެވެ.

މި މެޗުގައި އިތުރަށް ކުޅުމަށް ފެނަބާޗޭ އިން ބޭނުން ނުވުމުން ގަލަޓަސަރާއީ އަށް ވަނީ މެޗު ލިބިފައެވެ.

ފެނަބާޗޭ އިން 19 އަހަރުން ދަށުގެ ޓީމު ސުޕަ ކަޕަށް ނެރުނީ މެޗު ފަސްކޮށްދިނުމަށް އެ ޓީމުން އެދުމުން އެކަމަށް ތުރުކީގެ ފުޓްބޯލް ފެޑަރޭޝަނުން އެއްބަސްނުވުމުންނެވެ. މި މެޗު ފަސްކޮށްދިނުމަށް ފެނަބާޗޭ އިން އެދުނީ ޔޫރޮޕާ ލީގުގެ ކުއާޓާ ފައިނަލްގައި ބުރާސްފަތި ދުވަހުގެ ރޭ އޮލިމްޕިއާކޮސްއާ ދެކޮޅަށް އެ ޓީމު ކުޅެންޖެހޭތީއެވެ.

މި ނިންމުމާމެދު ހިތްހަމަނުޖެހިގެން، ރޭ ކުޅުނު ސުޕަ ކަޕް މެޗަށް ފެނަބާޗޭ އިން ނެރުނީ 19 އަހަރުން ދަށުގެ ޓީމެވެ. އަދި މެޗު ފެށުނުތާ މިނިޓެއްގެ ތެރޭގައި ގަލަޓަސާރީއގެ ފޯވަޑް މައުރޯ އިކާޑީ އެ ޓީމަށް ލީޑު ހޯދައިދިނުމާއެކު، ފެނަބާޗޭ އިން ވަނީ ޓީމު ދަނޑުން ބާލުވައިފައެވެ.

އިތުރަށް މެޗު ކުރިއަށް ގެންދިއުމަށް ފެނަބާޗޭ އިން އެއްބަސްނުވުމުން، މެޗު ވަނީ ގަލަޓަސަރާއީ އަށް ދީފައެވެ. މި ނިންމުމާއެކު ގަލަޓަސަރާއީގެ ކުޅުންތެރިން ވަނީ އުފާފާޅުކުރަން ފަށައިފައެވެ.

މެޗަށްފަހު ފެނަބާޗޭ އިން ނެރުނު ބަޔާނެއްގައި ބުނީ މި މެޗަށް ނުކުތީ މެޗުން މޮޅުވާކަށް ނޫން ކަމަށެވެ. އަދި މިއީ ތުރުކީގެ ފުޓްބޯޅައިގެ "ހަގީގީ ހާލަތު" ފެނުނު މެޗެއް ކަމަށެވެ.

ތުރުކީގެ ރެފްރީން ބޭއިންސާފުވެރިކަމަށް ބުނެ، މި މެޗަށް ތުރުކީގެ ރެފްރީން ބޭނުންނުކުރުމަށްވެސް ފެނަބާޗޭ އިން ވަނީ ގޮވާލައިފައެވެ. -

ކޮމެންޓް

ފަހުގެ ޚަބަރު

ޖަރުމަނުގެ ޒްވެރެވް އަށް ދުނިޔޭގެ ރޭންކިން އެއް ވަނަ ޔަގީންވެއްޖެ

ޝަންހާއީ މާސްޓާސްއިން ކާލޯސް އަލްކަރާޒް ބަލިވުމާ ގުޅިގެން، މި އަހަރުގެ ޓެނިސް ސީޒަން ނިމޭއިރު ދުނިޔޭގެ ރޭންކިން އެއްވަނަ ޖަރުމަނުގެ ޒްވެރެވަށް ވަނީ ކަށަވަރުވެފައި. މިއީ ޖަރުމަނުގެ ކުޅުންތެރިއަކު މި ޝަރަފު ހޯދާ ފުރަތަމަ ފަހަރު ކަމަށްވާއިރު، އޭނާ މި މަގާމަށް އަންނަ މަހު އަންނާނީ މުޅިން އަލަށް އެއް ވަނަ ހޯދާ އެންމެ ދޮށީ ކުޅުންތެރިޔާގެ ގޮތުގައި

ފުޓްސަލްގައި ރާއްޖޭން ޗައިނާ، ހޮންގް ކޮންގް އަދި ކޮރެއާއާ ކުޅެނީ

އަންނަ މަހު ޗައިނާގައި ބާއްވާ އިންޓަނޭޝަނަލް ފުޓްސަލް މުބާރާތެއްގައި ރާއްޖޭގެ ގައުމީ ޓީމުން ވާދަކުރާ ގޮތަށް ހަމަޖެހި، އެ މުބާރާތަށް ތައްޔާރުވުމުގެ ފަރިތަކުރުންތައް ފަށައިފި. މި މުބާރާތުގައި ރާއްޖޭގެ އިތުރުން ޗައިނާ، ހޮންގް ކޮންގް އަދި ދެކުނު ކޮރެއާ ވާދަކުރާއިރު، ރާއްޖޭގެ ފުރަތަމަ މެޗު އޮންނާނީ އަންނަ މަހުގެ ފަސް ވަނަ ދުވަހު

އޯޕަން ވޯޓާ ގައުމީ ޗެމްޕިއަންކަން ޝައިމް އާއި އަލްޔާ އަށް

ކުޑަގިރީގައި ބޭއްވި 17 ވަނަ ގައުމީ އޯޕަން ވޯޓާ މުބާރާތުގެ 5 ކިލޯމީޓަރުގެ ފިރިހެން ޗެމްޕިއަންކަން ޝައިމް ހުސެއިން އިބްރާހިމް އަދި އަންހެން ޗެމްޕިއަންކަން އަލްޔާ އަޝްރަފް ހޯދައިފި. މި މުބާރާތުގައި ތަފާތު އުމުރުފުރާތަކުންނާއި ކެޓަގަރީތަކުން ގިނަ ފެތުންތެރިންތަކެއް ވާދަކޮށް ވަނަތައް ހާސިލްކުރި، މިއީ ކުޑަގިރީގައި މި މުބާރާތް ބޭއްވި ހަތަރު ވަނަ ފަހަރު

ޓީސީ ބަލިކޮށް އީގަލްސް ދިވެހި ޕްރިމިއާ ލީގުގެ އެއް ވަނަ އަށް

ޓީސީ ސްޕޯޓްސް ކްލަބް 3-0 އިން ބަލިކޮށް، ކުޅުނު ތިން މެޗުން ވެސް މޮޅުވެގެން ކްލަބް އީގަލްސް އިން ދިވެހި ޕްރިމިއާ ލީގުގެ އެއްވަނައަށް ޖެހިލައިފި. އީގަލްސް 9 ޕޮއިންޓާއެކު ތާވަލުގެ ކުރީގައި އޮތްއިރު، ދެވަނައިގައި އޮތް ވިކްޓަރީ އާއި ތިން ވަނައިގައި އޮތް ނިއު ރޭޑިއަންޓަށް ލިބިފައިވަނީ 7 ޕޮއިންޓު

ޑޮކޫ މެޗު ބަދަލުކޮށްލައި ލިވަޕޫލް އަތުން ސިޓީ މޮޅުކޮށްދީފި

ޖެރެމީ ޑޮކޫގެ މޮޅު ކުޅުމާ އެކު ލިވަޕޫލް 3-0 އިން ބަލިކޮށް، މެންޗެސްޓާ ސިޓީން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް އަލުން ނަގައިފި. ލިވަޕޫލްގެ ގްރަވެންބާކަށް ރަތް ކާޑު ދެއްކި މި މެޗުގައި ސިޓީގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ހާލަންޑް، ޑޮކޫ އަދި ރަޔާން ޗާކީ.

ދީނާ އާއި ޝާޒް، ރާއްޖޭގެ ޕޫލް ބިލިއާޑްގެ ތާރީހު ލިޔެފި

އިންޑިއާގައި ބޭއްވި ކޮމަންވެލްތު ކިއު ސްޕޯޓްސް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ހަސަން ޝާޒް މުހައްމަދު އާއި ދީނާ އަހުމަދު ކުއާޓާ ފައިނަލަށް ދަތުރުކޮށް، ރާއްޖޭގެ ބިލިއާޑް ތާރީހުގައި ބޮޑު ކާމިޔާބީއެއް ވަނީ ހޯދައިފައި.

ބާސެލޯނާ އިން ފޯމުގައި ކުރިއަށް، ރެއާލަށް މޮޅެއް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުތަކުން ބާސެލޯނާ އާއި ރެއާލް މެޑްރިޑް މޮޅުވިއިރު، ބާސެލޯނާ އޮތީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެ ތާވަލުގެ އެއް ވަނައިގައި. ބާސެލޯނާ އިން ގެޓަފޭ އަތުން 3-0 އިން ކުރިހޯދިއިރު، ރެއާލް މެޑްރިޑް މޮޅުވީ ވިނީޝިއުސް އަށް ރަތް ކާޑު ދެއްކި މެޗުގައި ވިޔަރެއާލް އަތުން 1-0 އިން

Newsletter

Get the latest news delivered straight to your inbox