ައައިޕީއެލް: ލަކްނައު އަތުން ވެސް ބެންގަލޫރު ބަލިވެއްޖެ

Apr 3, 2024, 7:48 AM
ައައިޕީއެލް: ލަކްނައު އަތުން ވެސް ބެންގަލޫރު ބަލިވެއްޖެ

ބެންގަލޫރު (އޭޕްރީލް 3) - ލަކްނައު ސުޕަ ޖަޔަންޓްސް އަތުން 28 ލަނޑުން ބަލިވެ، އިންޑިއަން ޕްރިމިއާ ލީގުގައި ރޯޔަލް ޗެލެންޖާސް ބެންގަލޫރު (އާރްސީބީ) އަމިއްލަ ދަނޑުގައި ޖެހިޖެހިގެން ދެ ވަނަ ނާކާމިޔާބީއާ ކުރިމަތިލާން ޖެހިއްޖެ އެވެ.

ބެންގަލޫރު މި ފަހަރުގެ މުބާރާތް ފަށަން ޖެހުނީ ޗެންނާއީ ސުޕަ ކިންގްސް (ސީއެސްކޭ) ދަނޑުގައި އެ ޓީމު އަތުން ބަލިވެގެންނެވެ. ދެ ވަނަ މެޗުގައި ބެންގަލޫރުން ވަނީ ޕަންޖާބް ކިންގްސް ބަލިކޮށްފަ އެވެ. އެކަމަކު، ދެން ކުޅުނު ދެ މެޗުން އަމިއްލަ ދަނޑު، ޗިންނަސްވާމީ ސްޓޭޑިއަމްގައި މި ވަނީ، ކޮލްކަތާ ނައިޓް ރައިޑާސް އާއި ލަކްނައު ސުޕަ ޖަޔަންޓްސް އަތުން ބަލިވެފަ އެވެ.

ފުރަތަމަ ހަތަރު މެޗުގެ ތެރެއިން ބެންގަލޫރަށް ލިބުނީ އެންމެ މޮޅެކެވެ. ދިހަ ޓީމު ވާދަކުރާ އައިޕީއެލްގައި އެ ޓީމު އޮތީ ނުވަ ވަނައިގަ އެވެ. ރޭގެ މެޗަކީ، ޗިންނަސްވާމީ ސްޓޭޑިއަމްގައި ބެންގަލޫރުގެ ތަރި، ވިރާތު ކޯލީގެ 100 ވަނަ މެޗެވެ. ވިރާތަކީ އެއް ސްޓޭޑިއަމެއްގައި އެ އަދަދަށް ޓީ20 މެޗު ކުޅުނު އިންޑިއާ އަށް ނިސްބަތްވާ ފުރަތަމަ ކުޅުންތެރިޔާ އެވެ.

ރޭގެ މެޗުގައި ޓޮސް ދިމާވުމުން، ބެންގަލޫރުން ނިންމީ ފީލްޑް ކުރާށެވެ. މި އިނިންގްސްގައި ކުޅެން އަރައި، ލަކްނައު އިން ވަނީ 20 އޯވަރުގެ ތެރޭގައި، ފަސް ކުޅުންތެރިން ނުބައިވެގެން 181 ލަނޑު އެއްކޮށްފަ އެވެ. ލަކްނައު އަށް އެންމެ ރަނގަޅު ކުޅުމެއް ދެއްކީ، 56 ބޯޅައިން 81 ލަނޑު ހެދި ކުއިންޓަން ޑި ކޮކް އާއި ނުބައިނުވެ، 21 ބޯޅައިން 40 ލަނޑު އެއްކުރި، ނިކޮލަސް ޕޫރަން އެވެ. އެ ޓީމުގެ ކެޕްޓަން، ކޭއެލް ރާހުލް ނުބައިވީ، 14 ބޯޅައިން 20 ލަނޑު ހަދާފައިވަނިކޮށެވެ.

މި އިނިންގްސްގައި ބެންގަލޫރުގެ ގްލެން މެކްސްވެލް ދެ ވިކެޓް ނެގި އެވެ.

ޖަވާބުގައި ކުޅެން އަރައި، ބެންގަލޫރަށް 19.4 އޯވަރުގެ ތެރޭގައި ހުރިހާ ކުޅުންތެރިން ނުބައިވެގެން އެއްކުރެވުނީ 153 ލަނޑެވެ. ކުރިން ދެ މެޗުގައި، ހާފް ސެންޗަރީ ހެދި ވިރާތު އަށް ރޭގެ މެޗުގައި، އެއްކުރެވުނީ 16 ބޯޅައިން 22 ލަނޑެވެ. ބެންގަލޫރަށް އެންމެ ރަނގަޅު ކުޅުމެއް ދައްކައިިދިން މަހިޕާލް ލޮމްރޯރް ވަނީ 13 ބޯޅައިން 33 ލަނޑު އެއްކޮށްފަ އެވެ.

އައިޕީއެލްގައި މިރޭ ކުޅޭނީ ކަލްކަތާ އާއި ދިއްލީ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޖަރުމަނުގެ ޒްވެރެވް އަށް ދުނިޔޭގެ ރޭންކިން އެއް ވަނަ ޔަގީންވެއްޖެ

ޝަންހާއީ މާސްޓާސްއިން ކާލޯސް އަލްކަރާޒް ބަލިވުމާ ގުޅިގެން، މި އަހަރުގެ ޓެނިސް ސީޒަން ނިމޭއިރު ދުނިޔޭގެ ރޭންކިން އެއްވަނަ ޖަރުމަނުގެ ޒްވެރެވަށް ވަނީ ކަށަވަރުވެފައި. މިއީ ޖަރުމަނުގެ ކުޅުންތެރިއަކު މި ޝަރަފު ހޯދާ ފުރަތަމަ ފަހަރު ކަމަށްވާއިރު، އޭނާ މި މަގާމަށް އަންނަ މަހު އަންނާނީ މުޅިން އަލަށް އެއް ވަނަ ހޯދާ އެންމެ ދޮށީ ކުޅުންތެރިޔާގެ ގޮތުގައި

ފުޓްސަލްގައި ރާއްޖޭން ޗައިނާ، ހޮންގް ކޮންގް އަދި ކޮރެއާއާ ކުޅެނީ

އަންނަ މަހު ޗައިނާގައި ބާއްވާ އިންޓަނޭޝަނަލް ފުޓްސަލް މުބާރާތެއްގައި ރާއްޖޭގެ ގައުމީ ޓީމުން ވާދަކުރާ ގޮތަށް ހަމަޖެހި، އެ މުބާރާތަށް ތައްޔާރުވުމުގެ ފަރިތަކުރުންތައް ފަށައިފި. މި މުބާރާތުގައި ރާއްޖޭގެ އިތުރުން ޗައިނާ، ހޮންގް ކޮންގް އަދި ދެކުނު ކޮރެއާ ވާދަކުރާއިރު، ރާއްޖޭގެ ފުރަތަމަ މެޗު އޮންނާނީ އަންނަ މަހުގެ ފަސް ވަނަ ދުވަހު

އޯޕަން ވޯޓާ ގައުމީ ޗެމްޕިއަންކަން ޝައިމް އާއި އަލްޔާ އަށް

ކުޑަގިރީގައި ބޭއްވި 17 ވަނަ ގައުމީ އޯޕަން ވޯޓާ މުބާރާތުގެ 5 ކިލޯމީޓަރުގެ ފިރިހެން ޗެމްޕިއަންކަން ޝައިމް ހުސެއިން އިބްރާހިމް އަދި އަންހެން ޗެމްޕިއަންކަން އަލްޔާ އަޝްރަފް ހޯދައިފި. މި މުބާރާތުގައި ތަފާތު އުމުރުފުރާތަކުންނާއި ކެޓަގަރީތަކުން ގިނަ ފެތުންތެރިންތަކެއް ވާދަކޮށް ވަނަތައް ހާސިލްކުރި، މިއީ ކުޑަގިރީގައި މި މުބާރާތް ބޭއްވި ހަތަރު ވަނަ ފަހަރު

ޓީސީ ބަލިކޮށް އީގަލްސް ދިވެހި ޕްރިމިއާ ލީގުގެ އެއް ވަނަ އަށް

ޓީސީ ސްޕޯޓްސް ކްލަބް 3-0 އިން ބަލިކޮށް، ކުޅުނު ތިން މެޗުން ވެސް މޮޅުވެގެން ކްލަބް އީގަލްސް އިން ދިވެހި ޕްރިމިއާ ލީގުގެ އެއްވަނައަށް ޖެހިލައިފި. އީގަލްސް 9 ޕޮއިންޓާއެކު ތާވަލުގެ ކުރީގައި އޮތްއިރު، ދެވަނައިގައި އޮތް ވިކްޓަރީ އާއި ތިން ވަނައިގައި އޮތް ނިއު ރޭޑިއަންޓަށް ލިބިފައިވަނީ 7 ޕޮއިންޓު

ޑޮކޫ މެޗު ބަދަލުކޮށްލައި ލިވަޕޫލް އަތުން ސިޓީ މޮޅުކޮށްދީފި

ޖެރެމީ ޑޮކޫގެ މޮޅު ކުޅުމާ އެކު ލިވަޕޫލް 3-0 އިން ބަލިކޮށް، މެންޗެސްޓާ ސިޓީން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް އަލުން ނަގައިފި. ލިވަޕޫލްގެ ގްރަވެންބާކަށް ރަތް ކާޑު ދެއްކި މި މެޗުގައި ސިޓީގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ހާލަންޑް، ޑޮކޫ އަދި ރަޔާން ޗާކީ.

ދީނާ އާއި ޝާޒް، ރާއްޖޭގެ ޕޫލް ބިލިއާޑްގެ ތާރީހު ލިޔެފި

އިންޑިއާގައި ބޭއްވި ކޮމަންވެލްތު ކިއު ސްޕޯޓްސް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ހަސަން ޝާޒް މުހައްމަދު އާއި ދީނާ އަހުމަދު ކުއާޓާ ފައިނަލަށް ދަތުރުކޮށް، ރާއްޖޭގެ ބިލިއާޑް ތާރީހުގައި ބޮޑު ކާމިޔާބީއެއް ވަނީ ހޯދައިފައި.

ބާސެލޯނާ އިން ފޯމުގައި ކުރިއަށް، ރެއާލަށް މޮޅެއް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުތަކުން ބާސެލޯނާ އާއި ރެއާލް މެޑްރިޑް މޮޅުވިއިރު، ބާސެލޯނާ އޮތީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެ ތާވަލުގެ އެއް ވަނައިގައި. ބާސެލޯނާ އިން ގެޓަފޭ އަތުން 3-0 އިން ކުރިހޯދިއިރު، ރެއާލް މެޑްރިޑް މޮޅުވީ ވިނީޝިއުސް އަށް ރަތް ކާޑު ދެއްކި މެޗުގައި ވިޔަރެއާލް އަތުން 1-0 އިން

Newsletter

Get the latest news delivered straight to your inbox