ލީގުން ވަކިވާން ފެނަބާޗޭގެ މެމްބަރުން ބޭނުމެއް ނުވި

Apr 3, 2024, 9:00 AM
ލީގުން ވަކިވާން ފެނަބާޗޭގެ މެމްބަރުން ބޭނުމެއް ނުވި

އިސްތަންބޫލް (އޭޕްރީލް 3) - ތުރުކީގެ ސުޕަ ލީގުން ވަކިވުމާމެދު ގޮތެއް ނިންމުމަށް ފެނަބާޗޭގެ މެމްބަރުންގެ މެދުގައި ނެގި ވޯޓުން އެ ކްލަބުގެ މެމްބަރުން ނިންމީ ލީގުން ވަކިނުވެ، ލީގުގައި ދެމިތިބުމަށް ނިންމައިފި އެވެ.

ތުރުކީ ސުޕަ ލީގުން ވަކިވުމަށް ފެނަބާޗޭ އިން ވިސްނީ މިދިޔަ މަހު ލީގުގައި ޓްރަބްޒޮންސްޕޯއާ ދެކޮޅަށް ކުޅުނު މެޗުގައި ފެނަބާޗޭގެ ކުޅުންތެރިންނަށް ޓްރަބްޒޮންސްޕޯގެ ސަޕޯޓަރުން ހަމަލާ ދިނުމުންނެވެ.

ލީގުން ވަކިވުމާމެދު ވިސްނަމުންދާ ކަމަށް އެ ހަމަލާއަށް ފަހު ފެނަބާޗޭ އިން ވަނީ ބުނެފަ އެވެ.

އެކަމަކު ފެނަބާޗޭ އިން އިއްޔެ ބޭއްވި އެކްސްޓްރާ އޯޑިނަރީ ބައްދަލުުވުމުގައި އެ ކްލަބުން މެމްބަރުންގެ ވޯޓުން ނިންމީ ލީގުން ވަކިނުވުމަށެވެ.

"ހުރިހާ ބައްދަލުވުމެއްގައިވެސް، ގިނަ މެމްބަރުން ބޭނުމެއްނުވި ލީގުން ވަކިވާކަށް،" ފެނަބާޗޭގެ ޗެއާމަން އަލީ ޔޯކް ބުންޏެވެ. "މެމްބަރުން ގަބޫލްކުރާ ގޮތުގައި ސުޕަ ލީގުން ދަށުގައި އޮތް ލީގުތަކުގައިވެސް ހަމަ މިހާރު ދިމާވާ މައްސަލަތައް ދިމާވާނެ. އެއީ މެމްބަރުންގެ ވިސްނުމަކީ."

އަލީ ބުނީ ލީގުން ވަކިވުމާ ގުޅޭގޮތުން ދެން އިތުރަށް މަޝްވަރާކުރަނީ މި ސީޒަނަށް ފަހު އޮންނަ އެ ކްލަބުގެ އަހަރީ އާންމު ޖަލްސާގައި ކަމަށެވެ.

ތުރުކީ ލީގުގެ ޗެމްޕިއަންކަން 19 ފަހަރު ހޯދާފައިވާ ފެނަބާޗޭ މި ވަގުތު އޮތީ ތުރުކީ ލީގުގެ ދެވަނައިގައެވެ. އެއްވަނައިގައި އޮތް ގަލަޓަސަރާއީ އޮތީ ފެނަބާޗޭ އަށްވުރެ 2 ޕޮއިންޓް ކުރީގައެވެ.

މި ފަހަކަށް އައިސް ތުރުކީ ލީގުގައި ވަނީ ގިނަ މައްސަލަތަކެއް ފެންމަތިވެފައެވެ. އޭގެ ތެރޭގައި ކްލަބެއްގެ ރައީސެއް ރެފްރީއަކަށް ހަމަލާ ދިން މައްސަލައެއް ހިމެނެއެވެ. ފެނަބާޗޭ ލީގުން ވަކިވާން ނިންމައިފިނަމަ، ތުރުކީގެ ލީގަށް އޭގެ އަސަރުކުރާނެ އެެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޖަރުމަނުގެ ޒްވެރެވް އަށް ދުނިޔޭގެ ރޭންކިން އެއް ވަނަ ޔަގީންވެއްޖެ

ޝަންހާއީ މާސްޓާސްއިން ކާލޯސް އަލްކަރާޒް ބަލިވުމާ ގުޅިގެން، މި އަހަރުގެ ޓެނިސް ސީޒަން ނިމޭއިރު ދުނިޔޭގެ ރޭންކިން އެއްވަނަ ޖަރުމަނުގެ ޒްވެރެވަށް ވަނީ ކަށަވަރުވެފައި. މިއީ ޖަރުމަނުގެ ކުޅުންތެރިއަކު މި ޝަރަފު ހޯދާ ފުރަތަމަ ފަހަރު ކަމަށްވާއިރު، އޭނާ މި މަގާމަށް އަންނަ މަހު އަންނާނީ މުޅިން އަލަށް އެއް ވަނަ ހޯދާ އެންމެ ދޮށީ ކުޅުންތެރިޔާގެ ގޮތުގައި

ފުޓްސަލްގައި ރާއްޖޭން ޗައިނާ، ހޮންގް ކޮންގް އަދި ކޮރެއާއާ ކުޅެނީ

އަންނަ މަހު ޗައިނާގައި ބާއްވާ އިންޓަނޭޝަނަލް ފުޓްސަލް މުބާރާތެއްގައި ރާއްޖޭގެ ގައުމީ ޓީމުން ވާދަކުރާ ގޮތަށް ހަމަޖެހި، އެ މުބާރާތަށް ތައްޔާރުވުމުގެ ފަރިތަކުރުންތައް ފަށައިފި. މި މުބާރާތުގައި ރާއްޖޭގެ އިތުރުން ޗައިނާ، ހޮންގް ކޮންގް އަދި ދެކުނު ކޮރެއާ ވާދަކުރާއިރު، ރާއްޖޭގެ ފުރަތަމަ މެޗު އޮންނާނީ އަންނަ މަހުގެ ފަސް ވަނަ ދުވަހު

އޯޕަން ވޯޓާ ގައުމީ ޗެމްޕިއަންކަން ޝައިމް އާއި އަލްޔާ އަށް

ކުޑަގިރީގައި ބޭއްވި 17 ވަނަ ގައުމީ އޯޕަން ވޯޓާ މުބާރާތުގެ 5 ކިލޯމީޓަރުގެ ފިރިހެން ޗެމްޕިއަންކަން ޝައިމް ހުސެއިން އިބްރާހިމް އަދި އަންހެން ޗެމްޕިއަންކަން އަލްޔާ އަޝްރަފް ހޯދައިފި. މި މުބާރާތުގައި ތަފާތު އުމުރުފުރާތަކުންނާއި ކެޓަގަރީތަކުން ގިނަ ފެތުންތެރިންތަކެއް ވާދަކޮށް ވަނަތައް ހާސިލްކުރި، މިއީ ކުޑަގިރީގައި މި މުބާރާތް ބޭއްވި ހަތަރު ވަނަ ފަހަރު

ޓީސީ ބަލިކޮށް އީގަލްސް ދިވެހި ޕްރިމިއާ ލީގުގެ އެއް ވަނަ އަށް

ޓީސީ ސްޕޯޓްސް ކްލަބް 3-0 އިން ބަލިކޮށް، ކުޅުނު ތިން މެޗުން ވެސް މޮޅުވެގެން ކްލަބް އީގަލްސް އިން ދިވެހި ޕްރިމިއާ ލީގުގެ އެއްވަނައަށް ޖެހިލައިފި. އީގަލްސް 9 ޕޮއިންޓާއެކު ތާވަލުގެ ކުރީގައި އޮތްއިރު، ދެވަނައިގައި އޮތް ވިކްޓަރީ އާއި ތިން ވަނައިގައި އޮތް ނިއު ރޭޑިއަންޓަށް ލިބިފައިވަނީ 7 ޕޮއިންޓު

ޑޮކޫ މެޗު ބަދަލުކޮށްލައި ލިވަޕޫލް އަތުން ސިޓީ މޮޅުކޮށްދީފި

ޖެރެމީ ޑޮކޫގެ މޮޅު ކުޅުމާ އެކު ލިވަޕޫލް 3-0 އިން ބަލިކޮށް، މެންޗެސްޓާ ސިޓީން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް އަލުން ނަގައިފި. ލިވަޕޫލްގެ ގްރަވެންބާކަށް ރަތް ކާޑު ދެއްކި މި މެޗުގައި ސިޓީގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ހާލަންޑް، ޑޮކޫ އަދި ރަޔާން ޗާކީ.

ދީނާ އާއި ޝާޒް، ރާއްޖޭގެ ޕޫލް ބިލިއާޑްގެ ތާރީހު ލިޔެފި

އިންޑިއާގައި ބޭއްވި ކޮމަންވެލްތު ކިއު ސްޕޯޓްސް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ހަސަން ޝާޒް މުހައްމަދު އާއި ދީނާ އަހުމަދު ކުއާޓާ ފައިނަލަށް ދަތުރުކޮށް، ރާއްޖޭގެ ބިލިއާޑް ތާރީހުގައި ބޮޑު ކާމިޔާބީއެއް ވަނީ ހޯދައިފައި.

ބާސެލޯނާ އިން ފޯމުގައި ކުރިއަށް، ރެއާލަށް މޮޅެއް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުތަކުން ބާސެލޯނާ އާއި ރެއާލް މެޑްރިޑް މޮޅުވިއިރު، ބާސެލޯނާ އޮތީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެ ތާވަލުގެ އެއް ވަނައިގައި. ބާސެލޯނާ އިން ގެޓަފޭ އަތުން 3-0 އިން ކުރިހޯދިއިރު، ރެއާލް މެޑްރިޑް މޮޅުވީ ވިނީޝިއުސް އަށް ރަތް ކާޑު ދެއްކި މެޗުގައި ވިޔަރެއާލް އަތުން 1-0 އިން

Newsletter

Get the latest news delivered straight to your inbox