ތަރައްގީގެ މަޝްރޫއުތައް މަޑުޖައްސައިލީ ފައިސާ ހަމަޖެހެންދެން، އެއްވެސް މަޝްރޫއެއް ހުއްޓައިނުލާނެ: ޝަފީގު

ފިނޭންސް މިނިސްޓަރު ޑރ. މުހައްމަދު ޝަފީގު: ބަޖެޓުގައި ހިމަނާފައިވާ އެއްވެސް މަޝްރޫއެއް ހުއްޓާނުލާނެ ކަމުގެ ޔަގީންކަން ދެއްވި -- ފޮޓޯ: ފިނޭންސް މިނިސްޓްރީ

ފިނޭންސް މިނިސްޓަރު ޑރ. މުހައްމަދު ޝަފީގު: ބަޖެޓުގައި ހިމަނާފައިވާ އެއްވެސް މަޝްރޫއެއް ހުއްޓާނުލާނެ ކަމުގެ ޔަގީންކަން ދެއްވި -- ފޮޓޯ: ފިނޭންސް މިނިސްޓްރީ

އުމްރާނީ ތަރައްގީގެ މަޝްރޫއުތަކަށް ހަރަދު ކުރުން މަޑުޖައްސާލާފައި ވަނީ މިހާރު ބަޖެޓުކުރެވިފައި ހުރި މަޝްރޫއުތައް ތަރުތީބުކޮށް، ފައިސާ ހަމަޖެހިފައިވާ މަޝްރޫއުތަކަށް އިސްކަންދޭތީ ކަމަށް ފިނޭންސް މިނިސްޓަރު ޑރ. މުހައްމަދު ޝަފީގު މިއަދު ވިދާޅުވެއްޖެ އެވެ.

ފިނޭންސް މިނިސްޓަރު މިހެން ވިދާޅުވީ ތަރައްގީގެ މަޝްރޫއުތައް ހުއްޓާލާފައިވާ ކަމަށް އިދިކޮޅުން ކުރަމުންދާ ތުހުމަތުތަކާ ގުޅިގެންނާއި ފިނޭންސްގެ ރިޕޯޓުތަކުން ވެސް ޕަބްލިކް ސެކްޓާ އިންފްރާސްޓްރަކްޗާ ޕްރޮގްރާމް (ޕީއެސްއައިޕީ) ޕްރޮޖެކްޓުތަކަށް ކުރާ ހަރަދު މަދު ކަމަށް ދައްކާތީ، އޭގެ ސަބަބު އޮޅުންފިލުވަން "އަދަދު" އިން ސުވާލުކުރުމުންނެވެ.

އެ ސުވާލުގެ ޖަވާބުގައި ޝަފީގު ވިދާޅުވީ ޕީއެސްއައިޕީ މަޝްރޫއުތައް ހުއްޓާލާފައިވާ ކަމަށް ދެކެވެނީ މުޅިން ރަނގަޅު ވާހަކައެއް ނޫން ކަމަށާއި މިހާތަނަށް ނުފެށި ހުރި ޕްރޮޖެކްޓުތަކަކީ އެ ޕްރޮޖެކްޓުތަކަށް ބޭނުންވާ ވަރަށް ފައިސާ ހަމަޖެހިފައި ނުވާތީ ކަމަށެވެ.

"ބައެއް ޕްރޮޖެކްޓުތަކުގައި އެބަހުރި، މިސާލަކަށް ބައެއް ރަށްތައް ހިއްކުމުގެ ޕްރޮޖެކްޓުތައް، އޭގައި އެލޮކޭޓްކޮށްފައި އިންނަނީ ފަސް މިލިއަން ރުފިޔާ ވަރު ޕްރޮޖެކްޓަށް. އެކަމަކު އޭގެ ޕްރޮޖެކްޓެއް ހިންގުމަށް ދާނެ އޭގެ ތިން ހަތަރު ގުނަ ބޮޑުވެގެން އެސްޓިމޭޓް ކުރެވެނީ،" އޭނާ ވިދާޅުވި އެވެ.

ފިނޭންސް މިނިސްޓްރީގެ ބަޖެޓު ފޮތުން ދައްކާ ގޮތުގައި ޕީއެސްއައިޕީގެ ދަށުން ހިންގާ 1780 މަޝްރޫއަކަށް 8.6 ބިލިއަން ރުފިޔާ ބަޖެޓުކޮފައިވެ އެވެ. މީގެ ތެރޭގައި ގިނައީ ހިނގަމުންދާ މަޝްރޫއުތަކާއި ކޮންޓްރެކްޓްކޮށްފައި ހުރި މަޝްރޫއުތަކެވެ. އަަލަށް ފަށަން ރާވާފައިވަނީ 331 މަަޝްރޫއެކެވެ.

ޕީއެސްއައިޕީއަށް ހަރަދުކުރަން ރާވާފައިވާ ގޮތް

  • ދައުލަތުގެ ބަޖެޓުން - 3.2 ބިލިއަން ރުފިޔާ
  • ބޭރުން ލޯނު ނަގައިގެން - 4.6 ބިލިއަން ރުފިޔާ
  • ހިލޭ އެހީން - 389.5 މިލިއަން ރުފިޔާ
  • ޓްރަސްޓް ފަންޑް - 380.9 މިލިއަން ރުފިޔާ

ޝަފީގު ވިދާޅުވީ ގާތްގަނޑަކަށް ނުވަ ބިލިއަން ރުފިޔާ ބަޖެޓުގައި އޮތަސް ރަނގަޅު ލަފާކުރުމެއް ހަދައިފިއްޔާމުން މި ޕްރޮޖެކްޓުތަކަށް 12 ބިލިއަން ރުފިޔާ ހަރަދުވާނެ ކަމަށް ލަފާކުރެވޭ ކަމަށެވެ.

އެހެންކަމުން މިހާރު މަސައްކަތް ކުރިއަށް ދަނީ ފައިސާ އާއި ކޭޝްފްލޯ ހަމަޖެހިފައިވާ މަޝްރޫއުތައް ކަމަށް ޝަފީގު ވިދާޅުވި އެވެ. އަދި ނުފެށި ހުރި މަޝްރޫއުތަކަކީ ފަައިސާ ނެތުމާއެކީ ފަށާފައި ކުރިއަށް ނުގެންދެވިއްޖެ ހާލަތެއްގައި އިތުރު ބޭކާރު ހަރަދުތަކެއް ހިނގާނެތީ ނުފަށައި ހުރި މަޝްރޫއުތައް ކަން އޭނާ ފާހަގަކުރެއްވި އެވެ.

"މިހާރު އޭގައި ހުރިހާ ޕްރޮޖެކްޓުތަކެއް ފެށުނު ކަމުގައި ވިޔަސް، މިސާލަކަށް ފެށިދާނެ. ފަށާފަ ނުނިންމިދާނެ. އެހެންވީމައި އެކަމަކު މުހިންމު ކަމަށް މިބަލަނީ މިސާލަކަށް ފަސް މިލިއަން ވަރުގެ އަދަދެއް ނޫނިއްޔާމުން ވަރަށް ކުޑަ އަދަދެއް އިންނަނީ ކަނޑައެޅިފައި. އެކަމަކު ޕްރޮޖެކްޓަށް ވަރަށް ބޮޑު އެެއްޗެއްދޭ. މިހާރު ޔަގީންކުރަން ބޭނުންވަނީ އެއެއްޗިއްސަށް، ނިންމޭނެ ކަހަލަ ޕްރޮޖެކްޓުތައް،" އޭނާ ވިދާޅުވި އެވެ.

ބައެއް ޕްރޮޖެކްޓުތައް އަދި ނުފެށި ނަމަވެސް އެއްވެސް ޕްރޮޖެކްޓެއް ކުރިއަށް ނުގެންދަން ނިންމާފައި ނުވާ ކަމުގެ ޔަގީންކަށް ދެއްވި އެވެ. އެގޮތުން ސަރުކާރާ ހަވާލުވީ ފަހުން މިވީ މުއްދަތުގެ ތެރޭގައި މަހުންމަހަށް ބަލާނަމަ ޕީއެސްއައިޕީއަށް ކުރާ ހޭދަ އިތުރުވެފައިވާ ކަމަށް ރިޕޯޓުތަކުން ފެންނާނެ ކަމަށް އޭނާ ވިދާޅުވި އެވެ. އަދި މިހާރު ފިނޭންސުން ކުރިއަށްގެންދާ އެސެސްމަންޓްތައް ނިމޭ ވަރަކުން މުސްތަގުބަލުގައި ޕްރޮޖެކްޓުތައް ފެށި، ޕީއެސްއައިޕީ ހޭދާ އިތުރުވާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

ޕީއެސްއައިޕީ މަޝްރޫއުތައް ހިންގުން މަޑުޖައްސާލުމާ ގުޅިގެން މި އަހަރުގެ ފުރަތަމަ ދެ މަހުގައި ދައުލަތަށް ލިބުނު އާމްދަނީއަށް ވުރެ ކުރި ހަރަދުތައް މަދެވެ، ފުރަތަމަ ދެ މަހުގައި ބަޖެޓު ވަނީ ސާޕްލަސްވެފަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ގޮޅިތަކެއް އިމާރާތްކުރަން ޕޮލްކޯއާ ހަވާލުކުރުމުން ގެއްލުންތަކެއް

މާފުށީ ޖަލުގައި ގޮޅިތަކެއް އިމާރާތްކުރުމަށް ޕޮލްކޯއާ ހަވާލުކުރި މަޝްރޫއު، އެ ކުންފުނިން އެހެން ބަޔަކަށް ސަބް-ކޮންޓްރެކްޓް ކުރުމުގެ ސަބަބުން ދައުލަތަށް ބޮޑު މާލީ ގެއްލުމެއް ލިބިފައިވާކަން އޮޑިޓް ރިޕޯޓުން ހާމަވެއްޖެއެވެ. މީގެ އިތުރުން، ނުކުރާ މަސައްކަތްތަކަކަށް 2.9 މިލިއަން ރުފިޔާ ދައްކާފައިވާތީ، މި މައްސަލަ އޭސީސީއަށް ހުށަހެޅުމަށް އޮޑިޓް އޮފީހުން ވަނީ ލަފާދީފައެވެ.

ކުޅުދުއްފުށީގައި 'މަނަސްހަބް' ހުޅުވައިފި

ކުޅުދުއްފުށީ ސިޓީ ކައުންސިލާއި އޮސްޓްރޭލިއާ ހައިކޮމިޝަން ގުޅިގެން، ނަފްސާނީ ދުޅަހެޔޮކަމަށް ހޭލުންތެރިކަން އިތުރުކުރުމަށް "މަނަސްހަބް" ނަމުގައި ހާއްސަ މަރުކަޒެއް އެ ސިޓީގައި ހުޅުވައިފިއެވެ. މި މަރުކަޒުގެ މައިގަނޑު މަގުސަދަކީ ނަފްސާނީ ބަލިތަކަށް ހުރި ނުރަނގަޅު ތަސައްވަރުތައް ނައްތާލައި، އެހީތެރިކަން ބޭނުންވާ ފަރާތްތަކަށް ފަސޭހަކަމާއެކު ފަރުވާ ލިބޭނެ އިންތިޒާމު ހަމަޖައްސައިދިނުމެވެ.

ޔާމީނަށް އަބްދުއްރަހީމްގެ ހޫނު ރައްދެއް

ރަސްމާލެ މަޝްރޫއު ހުއްޓާލުމަށް ކުރީގެ ރައީސް ޔާމީން ގޮވައިލެއްވުމާ ގުޅިގެން، އެއީ ވެރިކަމުގެ ދަހިވެތިކަމުގައި ގައުމަށް ޣައްދާރުވުން ކަމަށް ވިދާޅުވެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް ވަނީ ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ. އަދި ޔާމީންގެ ވެރިކަމުގައި ފ. އަތޮޅު މަޝްރޫއަށް އެމްޑީޕީން ހުރަސްއެޅި ގޮތަށް، މިއަދު ޔާމީން ވެސް އަމަލުކުރައްވަނީ ހަމަ އެފަދައިންކަން އަބްދުއްރަހީމް ފާހަގަކުރެއްވިއެވެ.

ހައުސިން ޔުނިޓް ނިމޭއިރު ލިބޭ މީހުން ކަނޑަނޭޅޭތީ ކަންބޮޑުވުން

ލ. ގަމުގައި ތަރައްގީކުރާ 100 ހައުސިން ޔުނިޓްގެ މަސައްކަތް ނިމުމަކާ ގާތްވެފައިވާއިރު، އެ ތަންތަން ލިބޭނެ ފަރާތްތައް ކަނޑައެޅުމުގެ އެއްވެސް މަސައްކަތެއް ކުރިއަށް ނުދާތީ ކައުންސިލުން ވަނީ ކަންބޮޑުވުން ފާޅުކޮށްފައި. ކައުންސިލުން އެދެނީ މިނިސްޓްރީން ނުވަތަ ކައުންސިލް މެދުވެރިކޮށް ނަމަވެސް، ވީހާވެސް އަވަހަށް އެ ތަންތަން ހަވާލުކުރުމުގެ މަރުހަލާ ފެށުމަށް.

ތިނަދޫ ކައުންސިލް ރައީސްގެ މަގާމަށް ކުރިމަތިލުމަށް ހުޅުވާލައިފި

ވ. ތިނަދޫ ކައުންސިލްގެ ރައީސް ޝުޖާއު އަލީ ޕާޓީ ބަދަލުކުރުމާ ގުޅިގެން އޭނާގެ ގޮނޑި ގެއްލިފައިވާތީ، އެ މަގާމަށް މީހަކު އިންތިޚާބު ކުރުމަށް ބާއްވާ ބައި-އިލެކްޝަނަށް ކުރިމަތިލުމުގެ ފުރުސަތު އިލެކްޝަންސް ކޮމިޝަނުން ހުޅުވާލައިފިއެވެ. އޮކްޓޯބަރު 26 އާ ހަމައަށް ކުރިމަތިލުމުގެ ފުރުސަތު އޮތް މި އިންތިޚާބު ބޭއްވުމަށް ހަމަޖެހިފައިވަނީ ނޮވެމްބަރު 28 ގައެވެ.

ރަސްމާލެ މަޝްރޫއު ހުއްޓާލަން ޔާމީން ގޮވައިލައްވައިފި

އެކްސްގައި ޔާމީން ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އީގަލް ހިލްސް ކުންފުނިން ދަނީ، ރައްޔިތުންގެ ތާއީދާއި އިތުބާރު ގެއްލިފައި އޮތް ރާއްޖޭގެ ސަރުކާރުގެ ނާޖާއިޒު ފައިދާ ނަގަމުން ކަމަށް. ސަރުކާރުން ރަސްމާލެ ދޫކޮށްލީ ލޭންޑް އިކުއިޒިޝަން ފީއެއް އަދި ބިމު ކުުއްޔެއް ނުނަގާ ގޮތަށް.

އެމްޓީސީސީއަށް "މެގަ" ޑްރެޖަރު ގަންނަ އަގު ހާމަނުކުރި

އެމްޓީސީސީގެ "މަހާޖައްރާފު" އަށް ނުފޯރާ ފުންމިނުން ވެލިނެގުމަށްޓަކައި 75 މީޓަރު އަޑިން މަސައްކަތްކުރެވޭ އާ ޑްރެޖަރެއް ގަތުމުގެ ޕްރޮކިއުމަންޓް މަސައްކަތް އެ ކުންފުނިން ދަނީ ކުރަމުން. ނަމަވެސް، އެއީ ބޮޑު އެސެޓަކަށްވެފައި ޕްރޮސެސް ކުރިއަށްދާތީ އެ ޑްރެޖަރު ގަންނަ އަގު ހާމަކޮށްފައެއް ނުވޭ.

Newsletter

Get the latest news delivered straight to your inbox