ޔުނައިޓެޑުން ގްރީންވުޑް ބާސެލޯނާ އަށް ވިއްކާލަނީ: ރިޕޯޓް

ޔުނައިޓެޑުން ގްރީންވުޑް ބާސެލޯނާ އަށް ވިއްކާލަނީ: ރިޕޯޓް

ބާސެލޯނާ (މާޗް 14) - ސްޕެއިންގެ ގެޓަފޭ އަށް ލޯން އުސޫލުން ދޫކޮށްފައި ހުރި މެންޗެސްޓާ ޔުނައިޓެޑްގެ ފޯވާޑް މޭސަން ގްރީންވުޑް ބާސެލޯނާ އަށް ވިއްކާލަން މަސައްކަތް ކުރަމުން އަންނަ ކަމަށް ރިޕޯޓްތައް ބުނެފި އެވެ.

ޔުނައިޓެޑާ އެކު ގްރީންވުޑް ހަދާފައިވާ ކޮންޓްރެކްޓް ހަމަވާނީ 2025 ގަ އެވެ. އެހެންވެ ޔުނައިޓެޑުން ބޭނުންވަނީ އަންނަ ޓްރާންސްފާ މާކެޓުގައި ގްރީންވުޑް ބާސެލޯނާ އަށް ވިއްކާލުމަށެވެ.

މި ސީޒަނުގައި ގެޓަފޭ އަށް ބަދަލުވެ ގްރީންވުޑް އަންނަނީ މޮޅު ކުޅުމެއް ދައްކަމުންނެވެ. އެގޮތުން މިހާތަނަށް އެ ޓީމަށް އަށް ގޯލު ޖަހާދިން އިރު, މެޗުތަކުގައި ގެޓަފޭ ކޮޅަށް ނަތީޖާ ބަދަލުކޮށްލުމުގައި ގްރީންވުޑްގެ ދައުރު ބޮޑެވެ.

އެހެންވެ, ބާސެލޯނާ އިން ގްރީންވުޑްގެ ސޮއި ހޯދުމަށް ހުށަހަޅާފައިވާ ކަމަށް ރިޕޯޓްތައް ބުނެ އެވެ. އަދި ބާސެލޯނާ އަށް ގްރީންވުޑް ވިއްކާލާނަމަ ޔުނައިޓެޑުން ބޭނުންވަނީ 43 މިލިއަން ޔޫރޯގެ ފީއެއް ކަމަށްވެ އެެވެ. އަދި މި ޑިމާންޑު ޔުނައިޓެޑުން ކުޑަ ނުކުރާނެ ކަމަށް އެ ކުލަބުން ވަނީ ބާސެލޯނާ އަށް އަންގައިފަ އެވެ.

ގްރީންވުޑް 22, ގަތުމަށް ބާސެލޯނާގެ އިތުރުން ސްޕެއިންގެ އެތުލެޓިކޯ މެޑްރިޑުން ވެސް ވަނީ ޝައުގުވެރިކަން ފާޅުކޮށްފަ އެވެ. އެކަމަކު، އެތުލެޓިކޯ އިން ވެސް ގްރީންވުޑް ހޯދުމަށް 43 މިލިއަން ޔޫރޯ ހޭދަނުކުރާނެ ކަމަށް ބެލެވެ އެވެ.

ޔުނައިޓެޑް އެކަޑަމީން ތަމްރީނުވި, ގްރީންވުޑް ވަނީ އެ ޓީމުގެ އުމުރުފުރާތަކުގެ ޓީމުތަކުގެ އިތުރުން ސީނިއާ ޓީމުގައިވެސް ކާމިޔާބު ދުވަސްތަކެއް ހޭދަކޮށްފަ އެވެ. އެކަމަކު، ގެވެށި އަނިޔާގެ މައްސަލަ އެއް 2022 ވަނަ އަހަރުގެ ޖެނުއަރީގައި ފެންމަތިވެ, އޭނާ ހައްޔަރު ކުރުމުން ޔުނައިޓެޑުން ވަނީ އޭނާ ސަސްޕެންޑް ކޮށްފަ އެވެ.

އެކަމަކު ފަހުން ލަންޑަންގެ ޕްރޮސެކިއުޓަރުން ވަނީ ގްރީންވުޑްގެ މައްޗަށް ދައުވާ ނުކުރާން ނިންމާފަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ލިވަޕޫލް ދަނޑުގައި މޮޅުވެ އާސެނަލަށް އެއް ވަނައިގައި ލީޑެއް

އިނގިރޭސި ޕްރިމިއާ ލީގުގައި ލިވަޕޫލް އަތުން 1-0 އިން މޮޅުވެ، އާސެނަލުން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް ނަގައިފި. ކައި ހަވާޓްޒް ކާމިޔާބުކުރި ލަނޑުން ހޯދި މި މޮޅަކީ ވޭތުވެދިޔަ 14 އަހަރު ތެރޭ ލިވަޕޫލްގެ ދަނޑުގައި އާސެނަލް ހޯދި ފުރަތަމަ މޮޅު

ވޯލްޑް ކަޕްގެ ތަޖުރިބާ، ރާއްޖޭގެ ފުޓްބޯޅަ އަށް ފުރުސަތުތަކެއް

އަޒަރުބައިޖާންގައި ބޭއްވި 15 އަހަރުން ދަށުގެ ވޯލްޑް ކަޕްގައި ރާއްޖޭގެ ޓީމު ވާދަކުރުމަކީ ޒުވާން ކުޅުންތެރިންގެ ކުރިމަގަށް ލިބުނު މުހިންމު ތަޖުރިބާއެއް ކަމަށް ކޯޗު ޝާކިއްޓެ ވަނީ ބުނެފައި. ޖުމްލަ 189 ޓީމު ވާދަކުރި މި މުބާރާތުގައި ރާއްޖެއިން 10 މެޗު ކުޅުނުއިރު، އެއް މެޗުން މޮޅުވެ، އެއް މެޗު އެއްވަރުކޮށް، މުޅި މުބާރާތުގެ 159 ވަނަ ވަނީ ހޯދާފައި

ބައެއް ހާލަތްތަކުގައި އަނގައިން ނުބުނުން ބުއްދިވެރި: މޮރީނިއޯ

ޗައިނާގެ ކުރީގެ ލީޑަރު މާއޯ ޒެޑެންގާ ބެހޭގޮތުން އެމްބާޕޭ ދެއްކި ވާހަކަތަކަކާ ގުޅިގެން، ޗައިނާގެ ކުންފުނިތަކުންނާއި މީޑިއާއިން އޭނާއާ ދެކޮޅަށް ފިޔަވަޅު އަޅަން ފަށައިފި. މި މައްސަލައިގައި ރެއާލް މެޑްރިޑާއި އެމްބާޕޭ މައާފަށް އެދިފައިވާއިރު، ކޯޗު މޮރީނިއޯ ބުނީ މިފަދަ ހާލަތްތަކުގައި އަނގައިން ނުބުނެ ހުރުމަކީ އެންމެ ބުއްދިވެރި ގޮތް ކަމަށް.

ވޯލްޑް ކަޕް ފައިނަލުގައި ސްޕެއިނާ މިހާރު ކުޅެފިނަމަ ބަލިކުރާނަން

ވޯލްޑް ކަޕް ފައިނަލުގައި ސްޕެއިން އަތުން ބަލިވި ނަމަވެސް، މިހާރު އެ ޓީމާ ކުޅެފިނަމަ ބަލިކުރާނެ ކަމަށް އާޖެންޓީނާގެ ކީޕަރު އެމިލިއާނޯ މާޓިނޭޒް ބުނެފިއެވެ. އޭނާ ފާހަގަކުރި ގޮތުގައި ސްޕެއިނަށް ވުރެ 2022 ވަނަ އަހަރުގެ ފައިނަލުގައި ބައްދަލުކުރި ފްރާންސް ޓީމު މާ ވަރުގަދައެވެ. އަދި މިފަހަރުގެ މުބާރާތުގެ ބޮޑުބައި އޭނާ ކުޅުނީ އިނގިލި ބިންދައިގެން ގޮސްފައި ހުރެގެން ކަމަށްވެސް މާޓިނޭޒް ހާމަކުރިއެވެ.

ކޭން އަތުން ޕެނަލްޓީ ނާކާމިޔާބު، ބަޔާނާއި ޑޯޓްމަންޑް އެއްވަރު

ޖަރުމަނު ލީގުގައި ބަޔާން މިއުނިކާއި ބޮރޫޝިއާ ޑޯޓްމަންޑް ބައްދަލުކުރި މެޗު 2-2 އިން އެއްވަރުވިއިރު، ބަޔާންގެ ހެރީ ކޭން އަތުން ވަނީ ޕެނަލްޓީއެއް ނާކާމިޔާބުވެފައި. މެޗުގެ ފަހު ވަގުތު ޑޯޓްމަންޑުން ލަނޑު ޖަހައި ނަތީޖާ އެއްވަރުކުރިއިރު، މި ނަތީޖާއާއެކު ދެ ޓީމަށް ވެސް 18 ޕޮއިންޓް ލިބިގެން ބަޔާން އޮތީ ތާވަލުގެ އެއްވަނައިގައި

މިލާން އަތުން ބަލިވެ އިންޓަ އަށް އެއް ވަނަ ގެއްލިއްޖެ

އިޓާލިއަން ލީގުގައި ރޭ ކުޅުނު މިލާން ޑާބީގައި އޭސީ މިލާން އަތުން 3-1 އިން ބަލިވެ، އިންޓަ މިލާނަށް ތާވަލުގެ އެއްވަނަ ގެއްލިއްޖެ. މި ނަތީޖާއާއެކު އިންޓަ ދެވަނައަށް ސޮއްސާލިއިރު، ލަނޑުގެ ތަފާތުން ލާޒިއޯ މިހާރު އޮތީ ތާވަލުގެ އެއްވަނައިގައި

އަލަވޭސް ބަލިކޮށް ބާސެލޯނާ އަލުން އެއް ވަނަ އަށް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުން ޑިޕޯޓިވޯ އަލަވޭސް 6-1 އިން ބަލިކޮށް، ބާސެލޯނާ އިން އަލުން ތާވަލުގެ އެއްވަނަ މަގާމު ހޯދައިފި. މި މޮޅާއެކު ބާސެލޯނާ އެއްވަނައިގައި އޮތީ 11 މެޗުން 30 ޕޮއިންޓް ހޯދައިގެން ކަމަށްވާއިރު، މި މެޗުގައި އެޓީމުގެ ލަމީން ޔަމާލް އަދި ރަފީނިއާ ވަނީ މޮޅު ކުޅުމެއް ދައްކާފައި

Newsletter

Get the latest news delivered straight to your inbox