ޕާކިސްތާނަށް ބޯކޮށް ސްނޯ އާއި ވާރޭވެހި 35 މީހުން މަރުވެއްޖެ އެވެ.
ޕާކިސްތާނުގެ ޑިޒާސްޓާ މެނޭޖްމަންޓުން ބުނީ ވާރޭ ވެހުމުގެ ސަބަބުން، ބިންގަނޑު ކަނޑައިގެން ދިޔުމުގެ ސަބަބުން ގިނަ ބަޔަކަށް އަނިޔާވެ އަދި ފިނިވުމުގެ ސަބަބުން ފަރުވާދެމުން އަންނަ ކަމަށެވެ.
ޕާކިސްތާނުގެ އުތުރާއި ހުޅަނގަށް ކުރަމުންދާ ވިއްސާރަ އާއި ވެހެމުންދާ ސްނޯގައި ބައެއް މަގުތައް ހަލާކުވެ، ގިނަ ގެތަކަށް ވެސް ބޮޑެތި ގެއްލުންތަކެއް ވެފައިވާ ކަމަށް ޑިޒާސްޓާއިން ބުންޏެވެ. އަދި ބައެއް ސަރަހައްދުތަކުން ކަރަންޓު ވެސް ކެނޑިފަ އެވެ.

ޕާކިސްތާނަށް އާންމުކޮށް މާޗުގައި ސްނޯ ވެހެނީ ވަރަށް މަދުންނެވެ. ނަމަވެސް ކުއްލިއަކަށް ބޯކޮށް ސްނޯ ވެހުމުން ތަޖުރިބާކާރުންނަށް ވަނީ ހައިރާންކަމެއް ލިބިފަ އެވެ.
ތަޖުރިބާކާރުން ބުނާ ގޮތުގައި ޕާކިސްތާނަށް މިގޮތަށް ބޯކޮށް ސްނޯވެހިފައި ވަނީ މީގެ 25 ނުވަތަ 30 ވަރަކަށް އަހަރު ކުރިން ކަމަށްވާއިރު، އޭރުވެސް ސްނޯ ވެހުނީ ކުޑަ ވަގުތުކޮޅަކަށް ކަމަށެވެ.
ޕާކިސްތާނުގައި ދިމާވެފައިވާ މި ކާރިސާއާ ގުޅިގެން އެހީތެރިކަން ފޯރުކޮށްދިނުމުގެ މަސައްކަތް އެ ގައުމުގެ ސަރުކާރުން އަންނަނީ ކުރަމުންނެވެ.










