ޕާކިސްތާނުގެ އާ ބޮޑުވަޒީރުގެ މަގާމަށް ޝެހްބާޒް ޝަރީފް އިންތިހާބުކޮށްފި

ޕާކިސްތާނުގެ އާ ބޮޑުވަޒީރު ޝެހްބާޒް ޝަރީފް -- ފޮޓޯ: އޭޕީ

ޕާކިސްތާނުގެ އާ ބޮޑުވަޒީރު ޝެހްބާޒް ޝަރީފް -- ފޮޓޯ: އޭޕީ

ޕާކިސްތާނުގެ އާ ބޮޑުވަޒީރުގެ މަގާމަށް ކުރީގެ ބޮޑުވަޒީރު ނަވާޒް ޝަރީފްގެ ބޭބެ ޝެހްބާޒް ޝަރީފް އިންތިހާބުކޮށްފި އެވެ.

އާދީއްތަ ދުވަހު ބޭއްވި ޕާކިސްތާނުގެ އާ ނެޝަނަލް އެސެމްބްލީގައި ބޮޑުވަޒީރަކަށް ޝެހެބާޒް ހޮވުމަށް 201 ވޯޓު ލިބިފައިވާއިރު، އޭނާއާ ދެކޮޅަށް 92 ވޯޓު ވަނީ ދީފަ އެވެ.

އުމުރުން 72 އަހަރުގެ ޝެހްބާޒްއަށް ޕާކިސްތާނުގެ ބޮޑުވަޒީރުގެ މަގާމު ލިބުނީ ޕާކިސްތާނުގެ އާންމު އިންތިހާބުގައި އެންމެ ގިނައިން ގޮނޑި ކާމިޔާބުކުރި ޕީއެމްއެލްއެން އާއި ޕީޕީޕީއިން ކޯލިޝަން ހެދުމުންނެވެ.

ޕާކިސްތާނުގެ އާންމު އިންތިހާބު ބޭއްވީ ފެބްރުއަރީ 8، ގަ އެވެ. ނަމަވެސް ސަރުކާރެއް އުފެއްދުން ލަސްވީ އެއްވެސް ޕާޓީއަކަށް ބޭނުންވާ މެޖޯރިޓީއެއް ނުލިބުމުންނެވެ.

ޕާކިސްތާނު އިންތިހާބުގެ ނަތީޖާ ހަފްތާއެއްހާ ދުވަސް ފަހުން އިއުލާންކޮށް ނިމުނުއިރު، އިންތިހާބުގެ ސައްހަ ކަމާމެދު ގިނަ ބަޔަކު ސުވާލު އުފެއްދި އެވެ.

ޕާކިސްތާނުގެ ބޮޑުވަޒީރުކަން މީގެ ކުރިން ވެސް ކުރެއްވި ޝެހްބާޒް ވަނީ އެ ގައުމަށް ކުރިއަށް އޮތް ދުވަސްތަކުގައި ހަމަޖެހުން ގެނެސް، ގައުމު ބަދަލުކޮށްލާނެ ކަމަށް ވިދާޅުވެފަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

މި އަހަރު ވެސް ސުލްހައިގެ އިނާމު ނުލިބުމުން ޓްރަމްޕްގެ ނުރުހުން

މި އަހަރުގެ ނޯބެލް ސުލްހައިގެ އިނާމު ނަވީ ޕިއްލޭއަށް ދިނުމަށް ނިންމި ނިންމުމަކީ "ލަދުވެތި" ނިންމުމެއް ކަމަށް ސިފަކުރައްވައި، އެ އިނާމު ލިބިވަޑައިނުގެންނެވުމުން ޑޮނަލްޑް ޓްރަމްޕް ވަރަށް ބޮޑަށް ފާޑުވިދާޅުވެއްޖެއެވެ. ނޯބެލް ކޮމިޓީން މި އިނާމު ޕިއްލޭއަށް ދިނީ ބައިނަލްއަގުވާމީ ގާނޫނީ ނިޒާމު ކުރިއެރުވުމަށާއި އިންސާފު ހޯދައިދިނުމަށް އޭނާ ކުރެއްވި މުހިންމު މަސައްކަތްތަކުގެ އަގުވަޒަންކުރުމުގެ ގޮތުންނެވެ.

ޕައިލެޓް ހަރުކަށި ފިކުރަށް ލެނބުނީ އޮސްޓްރޭލިއާގައި: ޔޫއޭއީ

ފްލައިދުބާއީގެ ބޯޓެއް ހައިޖެކްކޮށް އިޒްރޭލަށް ވައްޓާލަން އުޅުނު އޮމާންގެ ކޯ-ޕައިލެޓް ހަރުކަށި ފިކުރަށް ލެނބުނީ އޮސްޓްރޭލިއާގައި ކިޔަވަން އުޅުނު ދުވަސްވަރު ކަމަށް ޔޫއޭއީން ހާމަކޮށްފިއެވެ. ސެޕްޓެމްބަރު 11ގެ ހަމަލާތަކުން ހިތްވަރުލިބިގެން ކެޕްޓަނަށް ހަމަލާދިން މި ޕައިލެޓް ފަސިންޖަރުންގެ އެހީތެރިކަމާއެކު ވަނީ ހިފަހައްޓާފައެވެ. އޭނާ ހަރުކަށި ފިކުރުގެ ލިޔުންތަކާއި ޓެރަރިސްޓް ޖަމާއަތްތަކުގެ ވީޑިއޯތަކަށް ޝައުގުވެރިކަން އުފެދުނީ 2017 ވަނަ އަހަރުން ފެށިގެން ކަމަށް ތަހުގީގަށް ވަނީ އެނގިފައެވެ.

އައިސީސީ "ރޫޅާލުމަށް" ޓްރަމްޕްގެ ސަރުކާރުން ފިޔަވަޅު އަޅައިފި

އައިސީސީން އެމެރިކާގެ ރައްޔިތުންގެ މައްޗަށް ދައުވާ އުފުލަން މަސައްކަތްކުރާ ކަމަށް ބުނެ، އެ ކޯޓު "ރޫޅާލުމަށް" ޓްރަމްޕްގެ ސަރުކާރުން ވަރުގަދަ ދަތިކުރުމުގެ ފިޔަވަޅުތަކެއް އިއުލާންކޮށްފިއެވެ. މުޅި މުއައްސަސާއަށް އަމާޒުކޮށް އެޅި މި ފިޔަވަޅުތަކުގެ ސަބަބުން ކޯޓުގެ މާލީ ހިންގުމަށް ހުރަސްއެޅޭނެތީ، މިއީ ބައިނަލްއަގުވާމީ ގާނޫނީ ނިޒާމަށް ދިން ހަމަލާއެއްގެ ގޮތުގައި އދ. އާއި އައިސީސީން ވަނީ ސިފަކޮށްފައެވެ.

އަމްބާނީއަކީ އިންޑިއާގެ "އަސްލު ބޮސް" ތޯ މަސްކް ސުވާލެއް

އެލޮން މަސްކްގެ ސްޓާލިންކް ޚިދުމަތް އިންޑިއާއަށް ތައާރަފުކުރުމަށް ހުރަސްއަޅަނީ މުކޭޝް އަމްބާނީ ކަމަށް ތުހުމަތުކޮށް، އޭނާއަކީ އިންޑިއާގެ "އަސްލު ބޮސް" ތޯ މަސްކް ސުވާލު އުފައްދައިފިއެވެ. ނަމަވެސް އިންޑިއާ ސަރުކާރުން މި ތުހުމަތުތައް ދޮގުކުރާއިރު، އަމްބާނީގެ ރިލަޔަންސް އާއި އެއާޓެލްއިން ދަނީ ސްޓާލިންކާ ގުޅިގެން ޚިދުމަތް ދިނުމަށް ތައްޔާރުވަމުންނެވެ.

ދިއްލީ ބަންދުކޮށް އެތައް ހާސް ބަޔަކު ހައްޔަރުކޮށްފި

އިންޑިއާގެ އިލެކްޝަން ކޮމިޝަނުގެ އިސްވެރިޔާ އިސްތިއުފާ ދިނުމަށް ގޮވާލައި ޒުވާނުން ފެށި އިހުތިޖާޖު ހުއްޓުވުމަށްޓަކައި، ދިއްލީގެ ސަލާމަތީ ކަންކަން ވަރުގަދަކޮށް ފުލުހުން އެތައް ހާސް ބަޔަކު ހައްޔަރުކޮށްފިއެވެ. ވޯޓުލާ މީހުންގެ ލިސްޓަށް ގެނައި ބަދަލުތަކާ ގުޅިގެން ކުރިއަށްގެންދާ މި ހަރަކާތް ހުއްޓުވުމަށް މުޅި ސަރަހައްދު ބަންދުކޮށް، މުވާސަލާތީ ހިދުމަތްތައް ކަނޑާލައި ގިނަ އަދަދެއްގެ ބަޔަކު ވަނީ ފުލުހުންގެ ބަންދަށް ގެންގޮސްފައެވެ.

ތެލުގެ އަގު ދަށްކުރަން އެމެރިކާއިން ރަޝިއާގެ ޑީސަލް އެތެރެކުރަނީ

އެމެރިކާގައި ތެލުގެ އަގު ދަށްކުރުމަށްޓަކައި ރަޝިއާއިން ޑީސަލް އެތެރެކުރުމަށް އެމެރިކާއިން ނިންމައި، ރަޝިއާގެ ޑީސަލް އެކްސްޕޯޓަށް އަޅާފައިވާ ބައެއް ފިޔަވަޅުތައް ވަގުތީގޮތުން ވަނީ ލުއިކޮށްދީފައެވެ. ނަމަވެސް، ޔޫކްރެއިންގެ ރައީސް ޒެލެންސްކީ މި ނިންމުމަށް ފާޑުވިދާޅުވެ، މިއީ ހަނގުރާމަ ދިގުދަންމަން ކުރެވޭ އިންވެސްޓްމަންޓެއްގެ ގޮތުގައި ސިފަކުރައްވާފައިވާއިރު، އިނގިރޭސިވިލާތުން ވަނީ ރަޝިއާއާ ދެކޮޅަށް އަޅާފައިވާ ފިޔަވަޅުތައް ދަމަހައްޓާނެ ކަމަށް ބުނެފައެވެ.

ޕެރޫގެ އަވަށެއްގެ މޭޔަރުކަމަށް ހިޓްލަރު މުސޮލިނީ އިންތިހާބުވެއްޖެ

ސިމިއޯން އިންތިހާބުވީ 1،000 އަށްވުރެ މަދު މީހުން ދިރިއުޅޭ ސަރަހައްދެއްގެ މޭޔަރު ކަމަށް ވީނަމަވެސް، ދުނިޔޭގައި މަޝްހޫރުވި ދެ ފެސިސްޓް ޑިކްޓޭޓަރުންގެ ނަމުން އޭނާއަށް ނަން ދީފައިވުމުގެ ސަބަބުން، ބައިނަލްއަގުވާމީ މީޑިއާގެ ސަމާލުކަން އެ ގައުމުގެ އެ ކުޑަ އަވަށަށް ވަނީ ހުއްޓިފަ އެވެ.

Newsletter

Get the latest news delivered straight to your inbox