އެއާ އެމްބިއުލާންސުގެ އެތެރެ: ދައުރުކުރި ފޮޓޯ އާއި އަސްލު، އުޑާއި ބިމާހާ ތަފާތު!

އެއާ އެމްބިއުލާންސްގެ އެތެރެ : މި ފޮޓޯއަކީ ސައްހަ ފޮޓޯއެއްކަން ކަށަވަރުވެފައިވާއިރު އިއްޔެ ސޯޝަލް މީޑިއާގައި ދައުރުކުރި ފޮޓޯއާ ބޮޑު ފަރަގެއް އެބަހުރި - ފޮޓޯ: ޓުވިޓާ

އެއާ އެމްބިއުލާންސްގެ އެތެރެ : މި ފޮޓޯއަކީ ސައްހަ ފޮޓޯއެއްކަން ކަށަވަރުވެފައިވާއިރު އިއްޔެ ސޯޝަލް މީޑިއާގައި ދައުރުކުރި ފޮޓޯއާ ބޮޑު ފަރަގެއް އެބަހުރި - ފޮޓޯ: ޓުވިޓާ

އިއްޔެ ފެށި އެއާ އެމްބިއުލާންސްގެ ހިދުމަތުގައި ބޭނުންކުރާ މަތިންދާ ބޯޓުގެ އެތެރޭގެ ފޮޓޯ ކަމަށް ބުނެ ސަރުކާރުގެ ބައެއް އޮފިޝަލުންނާއި ޕީއެންސީގެ ސަޕޯޓަރުން ސޯޝަލް މީޑިއާގައި ދައުރުކުރި ފޮޓޯ އާއި އެ ބޯޓުގެ އެތެރޭގެ އަސްލު، އުޑާއި ބިމާހާ ތަފާތެވެ.

އިއްޔެ ހަވީރު ތައާރަފުކޮށް ފުރަތަމަ ޓެސްޓު ފްލައިޓު އުދުހުނު މި އުޅަނދުގެ އެތެރޭގެ ފޮޓޯތަކެއް ކަމަށް ބުނެ ސޯޝަލް މީޑިއާއަށް ސަރުކާރުގެ ބައެއް އޮފިޝަލުން އަދި ސަރުކާރަށް ސަޕޯޓުކުރާ ފަރާތްތަކުން ދައުރުކުރަން ފެށީ ގްލޯބަލް ޖެޓް މާކެޓު ކިޔާ ވެބްސައިޓެއްގައި ޝާއިއު ކޮށްފައިވާ ފޮޓޯއެކެވެ.

އެ ފޮޓޯއިން ހަގީގަތް އޮޅިގެން ދިޔަ އެވެ. ބައެއް ފަރާތްތަކަށް ގަބޫލު ކުރެވުނީ އެއީ އިއްޔެ ތައާރަފުކުރި އެއާ އެމްބިއުލާންސްގެ އެތެރެ ކަމަށެވެ.

އެއީ ފޭކް ފޮޓޯތަކެއް ކަން ފާހަގަކޮށް އާއްމުންގެ ގިނަ ބަޔަކު އެ ވާހަކަ ދައްކަން ފެށުމުން ސަރުކާރުގެ އެކި ފަރާތްތަކުން ބުނަން ފެށީ އެއީ ސާމްޕަލް ފޮޓޯއެއް ކަމަށެވެ. ނަމަވެސް އެއާ އެމްބިއުލާންސްގެ އެތެރޭގެ އެއްވެސް މަންޒަރެއް ސަރުކާރުގެ އޮފިޝަލަކު ހިއްސާއެއް ނުކުރެ އެވެ. އަދި މޯލްޑިވިއަން އިން މިހާތަނަށް އާއްމުކުރި އެއްވެސް ޕޯސްޓެއްގައިވެސް އެ އުޅަނދުގެ އެތެރޭގެ މަންޒަރެއް އާއްމުކޮށްފައެއް ނުވެ އެވެ.

އެއަށް ފަހު މިއަދު ސޯޝަލް މީޑިއާގައި ވަނީ އެމްބިއުލާންސްގެ އެތެރޭގެ މަންޒަރު ކަމަށް ބުނެ ފޮޓޯއެއް ދައުރުވާން ފަށައިފަ އެވެ. މައުލޫމާތު އެނގޭ ފަރާތަކުން ނަން ނުޖެހުމަށް ޝަރުތުކޮށް، އެ ފޮޓޯއަކީ އިއްޔެ ބޭނުންކުރަން ފެށި އެއާ އެމްބިއުލާންސުގެ އެތެރޭގެ މަންޒަރުތަކެއްކަން "އަދަދު" އަށް ކަށަވަރުކޮށް ދިނެވެ.

މިކަމާ ގުޅޭ ގޮތުން ޓްރާންސްޕޯޓު މިނިސްޓްރީގެ މީޑިއާ ޓީމަށް ތަކުރާރުކޮށް ގުޅުމުންވެސް ފޯނަށް ޖަވާބު ނުދޭތީ ބަހެއް ލިބޭގޮތް ވަނީ ނުވެފަ އެވެ.

ރައީސް އޮފީހުގެ ކޮމިއުނިކޭޝަން މިނިސްޓަރު އިބްރާހިމް ހަލީލު "އަދަދު" އަށް ވިދާޅުވީ، އެއީ އެމްބިއުލާންސް ތައްޔާރުކުރުމުގެ މަސައްކަތުގެ ތެރެއިން މީހަކު ނަގާފައިވާ ފޮޓޯތަކެއް ކަމަށާއި ދަތުރަށް ފެށިއިރު އެއަށްވުރެ ފުރިހަމަ ވާނެ ކަމަށެވެ.

އެއާ އެމްބިއުލާންސްގެ އެތެރޭގެ އަސްލު ފޮޓޯ (ކ) އަދި ސޯޝަލް މީޑިއާގައި ދައުރުކުރި ފޮޓޯ (ވ) : އެ އުޅަނދުގެ އެތެރޭގެ ފޮޓޯއެއް އަދި ސަރުކާރުން އާއްމެއް ނުކުރޭ -
އެއާ އެމްބިއުލާންސްގެ އެތެރޭގެ އަސްލު ފޮޓޯ (ކ) އަދި ސޯޝަލް މީޑިއާގައި ދައުރުކުރި ފޮޓޯ (ވ) : އެ އުޅަނދުގެ އެތެރޭގެ ފޮޓޯއެއް އަދި ސަރުކާރުން އާއްމެއް ނުކުރޭ -

އެއާ އެމްބިއުލާންސްގެ އެތެރޭގެ އަސްލު ފޮޓޯ (ކ) އަދި ސޯޝަލް މީޑިއާގައި ދައުރުކުރި ފޮޓޯ (ވ) : އެ އުޅަނދުގެ އެތެރޭގެ ފޮޓޯއެއް އަދި ސަރުކާރުން އާއްމެއް ނުކުރޭ -

"ފުރިހަމަ ކޮށްފަ އޮތް އިރުގެ ފޮޓޯއެއް ނޫން އެއީކީ، މަސައްކަތް ކުރަމުން ދިޔައިރު ކޮންމެވެސް މީހަކު ނަގައިފަ އޮތް ފޮޓޯއެއް ތިއީ،" ހަލީލު ވިދާޅުވި އެވެ.

ނަމަވެސް، އެމްބިއުލާންސްގެ މަސައްކަތް ނިމުނު ފަހުން ނަގާފައިވާ، "އެތެރޭގެ ފޮޓޯ ނުވަތަ ވީޑިއޯ އަދި ނެތް" ކަމަށް އޭނާ ވިދާޅުވި އެވެ.

"ބަލި މީހަކު އެއްތަނުން އަނެއްތަނުން އުފުލުމަށްޓަކާ ފުރިހަމަ ކުރަންޖެހޭ ހުރިހާ ކަމެއް ފުރިހަމަ ކޮށްގެން އެމްބިއުލާންސް ލޯންޗުކޮށްފަ ވަނީ، އެއެއްނު ބޭނުންވާ ކަމަކީ" ހަލީލު ވިދާޅުވި އެވެ.

ހަލީލުގެ މި ވާހަކަތައް، އެއާ އެމްބިއުލާންސްގެ މަސައްކަތުގައި އުޅޭ ފަރާތްތަކުގެ ތެރެއިން މި ނޫހާ ވާހަކަ ދެއްކި ފަރާތުން ދޮގުކުރި އެވެ. އޭނާ ބުނި ގޮތުގައި އެ ފޮޓޯއަކީ އިއްޔެ ހަވީރު އެއާ އެމްބިއުލާންސުން ޓެސްޓު ފްލައިޓު އުދުހުމުގެ ކުޑަ ވަގުތުކޮޅެއް ކުރިން ނަގާފައިވާ ފޮޓޯއެކެވެ.

މީގެ ކުރިން މޯލްޑިވިއަނުން ޗާޓަރު ކޮށްގެން ބަލި މީހުން އުފުލާ ފްލައިޓުތަކުގައިވެސް މިގޮތަށް ސީޓުތައް ތިރިކޮށް ސްޓްރެޗާ ހަރުކުރާ ކަމަށާއި އެ ފުލައިޓުތަކާ އެއާ އެމްބިއުލާންސާ މާބޮޑު ތަފާތެއް ނެތް ކަމަށް ވެސް އޭނާ ބުންޏެވެ.

ކޮމާޝަލް ފްލައިޓެއްގައި ބަލި މީހަކު އުފުލާއިރު ވެސް ހުންނަ ގޮތަށް އެއާ އެމްބިއުލާންސްގެ ގޮނޑިތަކުގެ ސީޓް ތިރިކޮށް ސްޓްރެޗާ ބެހެއްޓި ނަމަވެސް، އެ މަތިންދާ ބޯޓަށް ބޭނުންވާ ޕެރަމެޓިކް ސިސްޓަމް އުރީދޫން ވަނީ ހަދިޔާ ކޮށްފަ އެވެ. އެކަން މޯލްޑިވިއަންއިން ވެސް ކަށަވަރުކޮށް ދިނެވެ. ނަމަވެސް ތަކެތީގެ އަގެއް ނުބުނެ އެވެ.

ސަރުކާރުގެ އޮފިޝަލަކު ބުނި ގޮތުގައި އުރީދޫއިން ހަދިޔާކުރި ފުލް ޕެރަމެޑިކް ސިސްޓަމަށް ގާތްގަނޑަކަށް 16 މިލިއަން ރުފިޔާ އަރާނެ އެވެ. އޭގެ ތެރެއިން ބައެއް ތަކެތި ގެނެސްފައިވާ ކަމަށް މައުލޫމާތު ލިބެ އެވެ. ނަމަވެސް އެކަން ސަރުކާރުން މާ ބޮޑު ކަމެއްގެ ގޮތުގައި މިހާތަނަށް ފާހަގަކޮށްފައެއް ވެސް ނެތެވެ.

އެއާ އެމްބިއުލާންސްގެ ހިދުމަތް ރާއްޖޭގައި ފެށުމަކީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ވައުދެކެވެ. އެ އެ ވައުދާ އެއްގޮތަށް އެއާ އެމްބިއުލާންސްގެ ހިދުމަތް މާޗު 1 ގައި ފެށުމަށް ހަމަޖެއްސިކަން އިއުލާނު ކުރީ ޑިސެމްބަރު 25، ގައި ރައީސް އޮފީހުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެ އޮފީހުގެ ޕްރިންސިޕަލް ސެކްރެޓަރީ ޓު ދަ ޕްރެޒިޑެންޓު އޮން ޕަބްލިކް ޕޮލިސީ، އަބްދުﷲ ނާޒިމް އިބްރާހިމް އެވެ.

އެއަށްފަހު ރައީސް ޑރ. މުހައްމަދު މުއިއްޒު ޗައިނާއަށް ކުރެއްވި ރަސްމީ ދަތުރުފުޅު ނިންމަވައިލެއްވުމަށްފަހު ރާއްޖެ ވަޑައިގެން ޖެނުއަރީ 13، ގައި ނޫސްވެރިންނާ ވާހަކަ ދައްކަވަމުން އެކަމުގެ ޔަގީންކަން ދެއްވައި ވިދާޅުވީ ތައިލޭންޑާ ހަމައަށް ވެސް ބަލިމީހުން އުފުލަން ޖެހިއްޖެ ނަމަ އެއާ އެމްބިއުލާންސްގައި ބަލިމީހުން އުފުލާނެ ކަމަށެވެ.

މިހާރު ހިދުމަތް ފަށާފައިވާ އެއާ އެމްބިއުލޭންސްގެ ސީދާ ދަތުރުތައް ހަމައެކަނި ކުރާ ދެ ގައުމުގެ ގޮތުގައި ހަމަޖައްސާފައި ވަނީ އިންޑިއާ އާއި ސްރީލަންކާ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ގޮޅިތަކެއް އިމާރާތްކުރަން ޕޮލްކޯއާ ހަވާލުކުރުމުން ގެއްލުންތަކެއް

މާފުށީ ޖަލުގައި ގޮޅިތަކެއް އިމާރާތްކުރުމަށް ޕޮލްކޯއާ ހަވާލުކުރި މަޝްރޫއު، އެ ކުންފުނިން އެހެން ބަޔަކަށް ސަބް-ކޮންޓްރެކްޓް ކުރުމުގެ ސަބަބުން ދައުލަތަށް ބޮޑު މާލީ ގެއްލުމެއް ލިބިފައިވާކަން އޮޑިޓް ރިޕޯޓުން ހާމަވެއްޖެއެވެ. މީގެ އިތުރުން، ނުކުރާ މަސައްކަތްތަކަކަށް 2.9 މިލިއަން ރުފިޔާ ދައްކާފައިވާތީ، މި މައްސަލަ އޭސީސީއަށް ހުށަހެޅުމަށް އޮޑިޓް އޮފީހުން ވަނީ ލަފާދީފައެވެ.

ކުޅުދުއްފުށީގައި 'މަނަސްހަބް' ހުޅުވައިފި

ކުޅުދުއްފުށީ ސިޓީ ކައުންސިލާއި އޮސްޓްރޭލިއާ ހައިކޮމިޝަން ގުޅިގެން، ނަފްސާނީ ދުޅަހެޔޮކަމަށް ހޭލުންތެރިކަން އިތުރުކުރުމަށް "މަނަސްހަބް" ނަމުގައި ހާއްސަ މަރުކަޒެއް އެ ސިޓީގައި ހުޅުވައިފިއެވެ. މި މަރުކަޒުގެ މައިގަނޑު މަގުސަދަކީ ނަފްސާނީ ބަލިތަކަށް ހުރި ނުރަނގަޅު ތަސައްވަރުތައް ނައްތާލައި، އެހީތެރިކަން ބޭނުންވާ ފަރާތްތަކަށް ފަސޭހަކަމާއެކު ފަރުވާ ލިބޭނެ އިންތިޒާމު ހަމަޖައްސައިދިނުމެވެ.

ޔާމީނަށް އަބްދުއްރަހީމްގެ ހޫނު ރައްދެއް

ރަސްމާލެ މަޝްރޫއު ހުއްޓާލުމަށް ކުރީގެ ރައީސް ޔާމީން ގޮވައިލެއްވުމާ ގުޅިގެން، އެއީ ވެރިކަމުގެ ދަހިވެތިކަމުގައި ގައުމަށް ޣައްދާރުވުން ކަމަށް ވިދާޅުވެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް ވަނީ ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ. އަދި ޔާމީންގެ ވެރިކަމުގައި ފ. އަތޮޅު މަޝްރޫއަށް އެމްޑީޕީން ހުރަސްއެޅި ގޮތަށް، މިއަދު ޔާމީން ވެސް އަމަލުކުރައްވަނީ ހަމަ އެފަދައިންކަން އަބްދުއްރަހީމް ފާހަގަކުރެއްވިއެވެ.

ހައުސިން ޔުނިޓް ނިމޭއިރު ލިބޭ މީހުން ކަނޑަނޭޅޭތީ ކަންބޮޑުވުން

ލ. ގަމުގައި ތަރައްގީކުރާ 100 ހައުސިން ޔުނިޓްގެ މަސައްކަތް ނިމުމަކާ ގާތްވެފައިވާއިރު، އެ ތަންތަން ލިބޭނެ ފަރާތްތައް ކަނޑައެޅުމުގެ އެއްވެސް މަސައްކަތެއް ކުރިއަށް ނުދާތީ ކައުންސިލުން ވަނީ ކަންބޮޑުވުން ފާޅުކޮށްފައި. ކައުންސިލުން އެދެނީ މިނިސްޓްރީން ނުވަތަ ކައުންސިލް މެދުވެރިކޮށް ނަމަވެސް، ވީހާވެސް އަވަހަށް އެ ތަންތަން ހަވާލުކުރުމުގެ މަރުހަލާ ފެށުމަށް.

ތިނަދޫ ކައުންސިލް ރައީސްގެ މަގާމަށް ކުރިމަތިލުމަށް ހުޅުވާލައިފި

ވ. ތިނަދޫ ކައުންސިލްގެ ރައީސް ޝުޖާއު އަލީ ޕާޓީ ބަދަލުކުރުމާ ގުޅިގެން އޭނާގެ ގޮނޑި ގެއްލިފައިވާތީ، އެ މަގާމަށް މީހަކު އިންތިޚާބު ކުރުމަށް ބާއްވާ ބައި-އިލެކްޝަނަށް ކުރިމަތިލުމުގެ ފުރުސަތު އިލެކްޝަންސް ކޮމިޝަނުން ހުޅުވާލައިފިއެވެ. އޮކްޓޯބަރު 26 އާ ހަމައަށް ކުރިމަތިލުމުގެ ފުރުސަތު އޮތް މި އިންތިޚާބު ބޭއްވުމަށް ހަމަޖެހިފައިވަނީ ނޮވެމްބަރު 28 ގައެވެ.

ރަސްމާލެ މަޝްރޫއު ހުއްޓާލަން ޔާމީން ގޮވައިލައްވައިފި

އެކްސްގައި ޔާމީން ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އީގަލް ހިލްސް ކުންފުނިން ދަނީ، ރައްޔިތުންގެ ތާއީދާއި އިތުބާރު ގެއްލިފައި އޮތް ރާއްޖޭގެ ސަރުކާރުގެ ނާޖާއިޒު ފައިދާ ނަގަމުން ކަމަށް. ސަރުކާރުން ރަސްމާލެ ދޫކޮށްލީ ލޭންޑް އިކުއިޒިޝަން ފީއެއް އަދި ބިމު ކުުއްޔެއް ނުނަގާ ގޮތަށް.

އެމްޓީސީސީއަށް "މެގަ" ޑްރެޖަރު ގަންނަ އަގު ހާމަނުކުރި

އެމްޓީސީސީގެ "މަހާޖައްރާފު" އަށް ނުފޯރާ ފުންމިނުން ވެލިނެގުމަށްޓަކައި 75 މީޓަރު އަޑިން މަސައްކަތްކުރެވޭ އާ ޑްރެޖަރެއް ގަތުމުގެ ޕްރޮކިއުމަންޓް މަސައްކަތް އެ ކުންފުނިން ދަނީ ކުރަމުން. ނަމަވެސް، އެއީ ބޮޑު އެސެޓަކަށްވެފައި ޕްރޮސެސް ކުރިއަށްދާތީ އެ ޑްރެޖަރު ގަންނަ އަގު ހާމަކޮށްފައެއް ނުވޭ.

Newsletter

Get the latest news delivered straight to your inbox