ލ. ގަމު ގޮނޑުދޮށުގައި މިއަދު މީހަކު މަރުވެފައޮި އޮއްވާ ފެނިއްޖެ އެވެ.
ފުލުހުން ބުނީ ގަމު މަތިމަރަދޫ އަވަށު ފޮއްތޭ ހަޓު އިރުމަތީ ފަރާތު ގޮނޑުދޮށުގައި ހަބަރު ހުސްވެފައި މީހަކު އޮތް ކަމުގެ މައުލޫމާތު ލިބުމާއެކު އޭނާ ނަގައިގެން ހޮސްޕިޓަލަށް ގެންދިޔަ ކަމަށެވެ.
މިއަދު 12:15 ހާއިރު އެ ރިޕޯޓު ލިބުމާއެކު އެމީހާ ގަމު ރީޖަނަލް ހޮސްޕިޓަލަށް ގެންދިޔައިރުވެސް އޭނާ މަރުވެފައިވާ ކަމަށް ޑޮކްޓަރުންނާ ހަވާލާދީ ފުލުހުން ބުންޏެވެ.
ފުލުހުން ބުނި ގޮތުގައި އެއީ އުމުރުން 86 އަހަރުގެ ދިވެހި ފިރިހެނެކެވެ.
މިކަމާ ގުޅުގެން ބަލަންޖެހޭ ކަންކަން ބަލަމުންދާ ކަމަށް ފުލުހުން ބުންޏެވެ.













