ކުރިއަށް އޮތް ރޯދަ މަހަށް ތައްޔާރުވުމުގެ ގޮތުން ދިރާގުން ހާއްސަ ޕްރޮމޯޝަންތަކެއް ލޯންޗުކޮށްފި އެވެ.
އިއްޔެ ދިރާގު ހެޑް އޮފީހުގައި ބޭއްވި ހާއްސަ ނޫސްވެރިންގެ ބައްދަލުވުމެއްގައި ތައާރަފުކުރީ ރޯދަ މަހަށް ތައްޔާރުވުމުގެ ގޮތުން ދިވެހިންގެ އާދަތަކާއި ސަގާފަތާ ވަރަށް އެއްގޮތް ޕްރޮމޯޝަންތަކެއް ކަމަށް ދިރާގުގެ މެނޭޖާ މާކެޓިންގ ކޮމިއުނިކޭޝަންސް، ހަސަން ޝާރިހް އާދަމް ވިދާޅުވި އެވެ.
އެގޮތުން މި ޕްރޮމޯޝަންތަކަކީ އެ ހާއްސަ މަސް ފެށުމުގެ ކުރިން ކަސްޓަމަރުންނަށް އަގުހުރި އިނާމެއް ދިނުމުގެ ގޮތުން ދިރާގުން ލޯންޗުކުރި ޕްރޮމޯޝަނެއްކަން ވެސް ޝާރިހް ފާހަގަކުރެއްވި އެވެ.
ދިރާގުގެ ރޯދަ ޕްރޮމޯޝަންތައް
ރޯދައަށް ތައްޔާރު ލަކީ ޑްރޯ: ދިރާގު ޕްރީޕެއިޑް، ޕޯސްޓްޕެއިޑް ނުވަތަ ފައިބާ ބްރޯޑްބޭންޑްގެ ހިދުމަތައް ސަބްސްކްރައިބް ކުރާ އައު ކަސްޓަމަރުންނަށް ރޯދަމަހަށް ތައްޔާރުވުމަށް އެހީތެރިވުމުގެ ގޮތުން ކޮންމެ ހަފްތާއަކު އަގުހުރި އިނާމެއް ހޯދުމުގެ ފުރުސަތު ލިބިގެންދާނެ އެވެ.
އެގޮތުން އަންނަ މާޗު 10، ގެ ކުރިން ދިރާގުގެ ހިދުމަތަކަށް ސަބްސްކްރައިބް ކުރާ ހުރިހާ ކަސްޓަމަރުންނަށްވެސް ކޮންމެ ހަފްތާއެކު ބޭއްވޭ މި ލަކީ ޑްރޯގައި ބައިވެރިވެވޭނެ އެވެ. ލަކީޑްރޯޣެ އިނާމުތަކުގެ ތެރޭގައި ހިމެނެނީ:
- ހަފުތާ އެކެއް: ހިލޭ ގްރޯސަރީ ޝޮޕިން ސްޕްރީއެއް
- ހަފުތާ ދޭއް: ގޭތެރެ ސާފުކުރުން
- ހަފުތާ ތިނެއް: ގޭތެރެ ކުލަލުން
- ހަފުތާ ހަތަރެއް: ބަދިގެ ސާމާނު ޕެކް
ރަމަޟާން ފްރީ ރެންޓަލް: މި ޕްރޮމޯޝަނާ އެކު މިމަހުގެ 29 ނުވަތަ އޭގެ ކުރިން، ދިރާގު ޕޯސްޓްޕެއިޑް ނުވަތަ ފައިބާ ބްރޯޑްބޭންޑް ހިދުމަތަށް ސަބްސްކްރައިބް ކުރާ އައު ކަސްޓަމަރުންނަށް އެއް މަހުގެ ހިލޭ ބިލްއާއެކު ރަމަޟާން މަހަށް މަރުހަބާ ކިޔާލެވޭނެ އެވެ.
އެގޮތުން އެޕްރީލް 2024 ގެ ފުރަތަމަ ހަފުތާގައި ކަސްޓަމަރުންނަށް ލިބޭ ބިލްގައި މި ހިލޭ ރެންޓަލް އެޕްލައިކުރެވޭނެ އެވެ.
މި ޕްރޮމޯޝަންތަކުގެ އިތުރުން ދިރާގުން ކުރިއަށް އޮތް ހަފުތާތަކުގައިވެސް ކަސްޓަމަރުންނަށް އިތުރު އަގުހުރި އައު ރަމަޟާން އޮފާތަކެއް ލޯންޗުކުރުމަށް ހަމަޖެހިފައިވާކަމަށް އެ ކުންފުނިން މައުލޫމާތުދެ އެވެ.
ރޯދަ މަހަށް ތައްޔާރު ޕްރޮމޯޝަންތަކާ ބެހޭ އިތުރު މައުލޫމާތު މި ލިންކުން ލިބޭނެ އެވެ.
ދިރާގުން އަބަދުވެސް މަސައްކަތް ކުރަމުން ދަނީ ތަފާތު ގިނަ އައު އޮފާތައް ހެޔޮ އަގުގައި ކަސްޓަމަރުންނަށް ގެނެސްދިނުމަށެވެ.










