ޓެންޓް ބަލިކޮށް މަސް އޮޑި ފައިނަލްގެ ޖާގައަކާ އެކު ފުރަތަމަ ޑިވިޝަނަށް ޕްރޮމޯޓްވެއްޖެ

Feb 11, 2024, 12:31 PM
ލަނޑު ޖެހުމަށް ފަހު މަސް އޮޑި ކުޅުންތެރިން އުފާފާޅުކުރަނީ.---

ލަނޑު ޖެހުމަށް ފަހު މަސް އޮޑި ކުޅުންތެރިން އުފާފާޅުކުރަނީ.---

އެމްޕީއެލް އެފްއޭއެމް ދެ ވަނަ ޑިވިޝަން ފުޓްބޯޅަ މުބާރާތުގައި މިއަދު ހަވީރު ކުޅުނު ސެމީ ފައިނަލް ފުރަތަމަ މެޗުން ޓެންޓް ސްޕޯޓްސް ކްލަބް އަތުން 5-1 އިން މޮޅުވެ، މަސް އޮޑި ސްޕޯޓްސް ކްލަބުން މުބާާރާތުގެ ފައިނަލުގެ ޖާގައެއް ހޯދައި، ފުރަތަމަ ޑިވިޝަނަށް ޕްރޮމޯޓްވެއްޖެ އެވެ.

މި ފަހަރުގެ ދެ ވަނަ ޑިވިޝަން ފުޓްބޯޅަ މުބާރާތުގެ ފައިނަލުން ފުރުސަތު ލިބޭ ދެ ޓީމެއް ފުރަތަމަ ޑިވިޝަނަށް ޕްރޮމޯޓްވާނެ އެވެ.

އަންނަ ސީޒަނުގައި ދިވެހި ޕްރިމިއާ ލީގުގައި 10 ޓީމު ކުޅޭނެ ކަމަށް އެފްއޭއެމް އިން ވަނީ ހާމަކޮށްފަ އެވެ.

ދެ ވަނަ ޑިވިޝަނުން ފުރަތަމަ ޑިވިޝަނަށް ޕްރޮމޯޓްވާން އޮތް ފަހު ޖާގަ އަށް މާދަމާ ކުޅޭ ސެމީގައި ވާދަކުރަނީ ދިވެހި ފުޓްބޯޅައިގެ ދެ ގަދަބާރު، ނިއު ރޭޑިއަންޓް ސްޕޯޓްސް ކްލަބާއި ވިކްޓަރީ ސްޕޯޓްސް ކްލަބް އެވެ.

ތިން ވަނަ ޑިިވިޝަނުގެ ރަނަރަޕްގެ ގޮތުގައި، ދެ ވަނަ ޑިވިޝަނަށް ޕްރޮމޯޓްވި މަސް އޮޑިން، މުހައްމަދު އާތިފް (އާތީ)ގެ ކޯޗުކަމުގައި މި ފަހަރުގެ ދެ ވަނަ ޑިވިޝަނުގެ ފައިނަލަށް ދަތުރުކުރީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެގެންނެވެ. އެއީ، ޖުމްލަ އެކު، ހަ މެޗެވެ.

ގަލޮޅު ދަނޑުގައި މިއަދު ހަވީރު ކުޅުނު މެޗުގައި މަސް އޮޑިން ވަނީ 26 ވަނަ މިނިޓްގައި ލީޑުނަގައިފަ އެވެ. އެ ޓީމަށް މި ލަނޑު ޖަހައިދިނީ، އަރިމަތިން ކުޅޭ، ހުސެއިން ޝަރީފް އެވެ. އަލީ ޝާމިސް (ތޮއްޕޭ) ނެގި ހުރަަހަކަށް އަރައި، ޝަރީފް އަށް ލިބުނު ފުރުސަތުގައި އޭނާ ވަނީ ބޮލުން ބޯޅަ ފޮނުވާލައި، ޓެންޓްގެ ކީޕަރު، މުހައްމަދު ޝިފާނަށް ފުރުސަތެއް ނުދީ ގޯލު ކާމިޔާބުކޮށްފަ އެވެ.

ޓެންޓް ވަނީ ފުރަތަމަ ހާފު ނިމުމުގެ ކުރިން އެއްވަރުކޮށްފަ އެވެ. އެ ޓީމުގެ ލަނޑު ޖެހީ، ފުރަތަމަ ހާފުގެ އިތުރު ވަގުތުގެ ގޮތުގައި ދެއްކި ތިން މިނިޓްގެ ތެރޭގަ އެވެ. މި ލަނޑު ޖަހައިދިނީ، ސްރީ ލަންކާގެ ކުޅުންތެރިޔާ، ޗަލަނަ ޗަމީރާ އެވެ. ޓެންޓްގެ ފޯވާޑް، އަލީ އިހުސާން ނަގައިދިން ބޯޅައެއް އޭރިއާބޭރުން ކޮންޓްރޯލް ކުރުމަށް ފަހު، ޗަމީރާ ވަނީ ގޯލުގެ ދުރު ކަނަށް ބޯޅަ އަމާޒުކޮށްލައިފަ އެވެ.

މަސް އޮޑި ޓީމުގެ ކުޅުންތެރިން ލަނޑު ޖެހުމަށް ފަހު އުފާފާޅުކުރަނީ.---

ދެ ވަނަ ހާފް ފެށިގެން 10 މިނިޓް ތެރޭ، މަސް އޮޑިން ވަނީ އަލުން ލީޑުނަގައިފަ އެވެ. މި ލަނޑު ޖެހީ ޕެނަލްޓީ އަކުން އެ ޓީމުގެ ބިދޭސީ މިޑްފީލްޑަރު، އިސްލާމް ފިކްރީ އެވެ. މި ޕެނަލްޓީ އަކީ، ޓެންޓް އޭރިއާތެރެއިން އެ ޓީމުގެ ކީޕަރު، ޝިފާން ބޯޅަ ހޯދަން އުޅުމުގެ ތެރޭގައި މަސް އޮޑީގެ ޝަރީފަށް ފައުލުކުރުމުން ދިން ޕެނަލްޓީ އެކެވެ.

މި ލަނޑުގެ ކުރިން، މަސް އޮޑި ޓީމުގެ އައްޒާމް އަބްދުﷲ (އެޑޫ) އޭރިއާބޭރުން ފޮނުވާލި ބޯޅައެއް ކީޕަރު ޝިފާން ވަނީ މަތަކޮށްފަ އެވެ.

މަސް އޮޑި އަށް ޕްރެޝަރު ކަނޑުވާލައިދިން ގޯލު ޖެހީ، 80 ވަަނަ މިނިޓްގައި އަބްދުﷲ ޒިޔާން (ޖަންކީ) އެވެ. މިއީ އަރިމަތިން މަސް އޮޑި ޓީމުގެ ތޮއްޕޭ ނެގި ހުރަހަކަށް އަރައި، އޭރިއާތެެރެއިން ބޮލުން ގޯލަށް ބޯޅަ ފޮނުވާލައިގެން ޒިޔާން ޖެހި ގޯލެކެވެ.

މެޗުގެ 89 ވަނަ މިނިޓްގައި މަސް އޮޑިން ވަނީ ހަތަރު ވަނަ ލަނޑު ޖަހައިފަ އެވެ. މި ލަނޑު ޖެހީ، ބަދަަލަކަށް ކުޅެން އެރި، މިޑްފީލްޑަރު، އަބްލާތީ އެލް ސައީދު އެވެ. ހާފުގެ މެދެއްހާ ހިސާބުން ލިބުނު ބޯޅަ ހިފައިގެން، އޭރިއާ ކައިރިއަށް ދިއުމަށް ފަހު، އެލް ސައީދު ވަނީ ތިރިތިރިން ގޯލުގެ ކަނަށް ބޯޅަ ފޮނުވާލައިފަ އެވެ.

އިތުރު ވަގުތުގައި މަސް އޮޑިން ޖެހި ފަސް ވަނަ ލަނޑު ޖެހީ ޒިޔާން އެވެ. މިއީ، އެލް ސައީދު ބޯޅަ ހިފައިގެން އޭރިއާތެރެއަށް ވަދެ، ކީޕަރު ޝިފާން ކައިރިން ނައްޓާފައި ޖެހި ބޯޅަ ދަނޑީގައި ޖެހިފައި ނުކުތް ވަގުތު ޒިޔާން ޖެހި ގޯލެކެވެ.

ދެ ވަނަ ޑިވިޝަންގެ ފައިނަލް މެޗު އޮންނާނީ އަންނަ ހުކުރު ދުވަހު ހަވީރު، 15:30 ގަ އެވެ. މަސް އޮޑިއާ ދެކޮޅަށް ކުޅޭ ޓީމެއް އެނގޭނީ، މާދަމާ ނިއު އާއި ވިކްޓަރީ ކުޅޭ ސެމީ ފައިނަލް މެޗުންނެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ލިވަޕޫލް ދަނޑުގައި މޮޅުވެ އާސެނަލަށް އެއް ވަނައިގައި ލީޑެއް

އިނގިރޭސި ޕްރިމިއާ ލީގުގައި ލިވަޕޫލް އަތުން 1-0 އިން މޮޅުވެ، އާސެނަލުން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް ނަގައިފި. ކައި ހަވާޓްޒް ކާމިޔާބުކުރި ލަނޑުން ހޯދި މި މޮޅަކީ ވޭތުވެދިޔަ 14 އަހަރު ތެރޭ ލިވަޕޫލްގެ ދަނޑުގައި އާސެނަލް ހޯދި ފުރަތަމަ މޮޅު

ވޯލްޑް ކަޕްގެ ތަޖުރިބާ، ރާއްޖޭގެ ފުޓްބޯޅަ އަށް ފުރުސަތުތަކެއް

އަޒަރުބައިޖާންގައި ބޭއްވި 15 އަހަރުން ދަށުގެ ވޯލްޑް ކަޕްގައި ރާއްޖޭގެ ޓީމު ވާދަކުރުމަކީ ޒުވާން ކުޅުންތެރިންގެ ކުރިމަގަށް ލިބުނު މުހިންމު ތަޖުރިބާއެއް ކަމަށް ކޯޗު ޝާކިއްޓެ ވަނީ ބުނެފައި. ޖުމްލަ 189 ޓީމު ވާދަކުރި މި މުބާރާތުގައި ރާއްޖެއިން 10 މެޗު ކުޅުނުއިރު، އެއް މެޗުން މޮޅުވެ، އެއް މެޗު އެއްވަރުކޮށް، މުޅި މުބާރާތުގެ 159 ވަނަ ވަނީ ހޯދާފައި

ބައެއް ހާލަތްތަކުގައި އަނގައިން ނުބުނުން ބުއްދިވެރި: މޮރީނިއޯ

ޗައިނާގެ ކުރީގެ ލީޑަރު މާއޯ ޒެޑެންގާ ބެހޭގޮތުން އެމްބާޕޭ ދެއްކި ވާހަކަތަކަކާ ގުޅިގެން، ޗައިނާގެ ކުންފުނިތަކުންނާއި މީޑިއާއިން އޭނާއާ ދެކޮޅަށް ފިޔަވަޅު އަޅަން ފަށައިފި. މި މައްސަލައިގައި ރެއާލް މެޑްރިޑާއި އެމްބާޕޭ މައާފަށް އެދިފައިވާއިރު، ކޯޗު މޮރީނިއޯ ބުނީ މިފަދަ ހާލަތްތަކުގައި އަނގައިން ނުބުނެ ހުރުމަކީ އެންމެ ބުއްދިވެރި ގޮތް ކަމަށް.

ވޯލްޑް ކަޕް ފައިނަލުގައި ސްޕެއިނާ މިހާރު ކުޅެފިނަމަ ބަލިކުރާނަން

ވޯލްޑް ކަޕް ފައިނަލުގައި ސްޕެއިން އަތުން ބަލިވި ނަމަވެސް، މިހާރު އެ ޓީމާ ކުޅެފިނަމަ ބަލިކުރާނެ ކަމަށް އާޖެންޓީނާގެ ކީޕަރު އެމިލިއާނޯ މާޓިނޭޒް ބުނެފިއެވެ. އޭނާ ފާހަގަކުރި ގޮތުގައި ސްޕެއިނަށް ވުރެ 2022 ވަނަ އަހަރުގެ ފައިނަލުގައި ބައްދަލުކުރި ފްރާންސް ޓީމު މާ ވަރުގަދައެވެ. އަދި މިފަހަރުގެ މުބާރާތުގެ ބޮޑުބައި އޭނާ ކުޅުނީ އިނގިލި ބިންދައިގެން ގޮސްފައި ހުރެގެން ކަމަށްވެސް މާޓިނޭޒް ހާމަކުރިއެވެ.

ކޭން އަތުން ޕެނަލްޓީ ނާކާމިޔާބު، ބަޔާނާއި ޑޯޓްމަންޑް އެއްވަރު

ޖަރުމަނު ލީގުގައި ބަޔާން މިއުނިކާއި ބޮރޫޝިއާ ޑޯޓްމަންޑް ބައްދަލުކުރި މެޗު 2-2 އިން އެއްވަރުވިއިރު، ބަޔާންގެ ހެރީ ކޭން އަތުން ވަނީ ޕެނަލްޓީއެއް ނާކާމިޔާބުވެފައި. މެޗުގެ ފަހު ވަގުތު ޑޯޓްމަންޑުން ލަނޑު ޖަހައި ނަތީޖާ އެއްވަރުކުރިއިރު، މި ނަތީޖާއާއެކު ދެ ޓީމަށް ވެސް 18 ޕޮއިންޓް ލިބިގެން ބަޔާން އޮތީ ތާވަލުގެ އެއްވަނައިގައި

މިލާން އަތުން ބަލިވެ އިންޓަ އަށް އެއް ވަނަ ގެއްލިއްޖެ

އިޓާލިއަން ލީގުގައި ރޭ ކުޅުނު މިލާން ޑާބީގައި އޭސީ މިލާން އަތުން 3-1 އިން ބަލިވެ، އިންޓަ މިލާނަށް ތާވަލުގެ އެއްވަނަ ގެއްލިއްޖެ. މި ނަތީޖާއާއެކު އިންޓަ ދެވަނައަށް ސޮއްސާލިއިރު، ލަނޑުގެ ތަފާތުން ލާޒިއޯ މިހާރު އޮތީ ތާވަލުގެ އެއްވަނައިގައި

އަލަވޭސް ބަލިކޮށް ބާސެލޯނާ އަލުން އެއް ވަނަ އަށް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުން ޑިޕޯޓިވޯ އަލަވޭސް 6-1 އިން ބަލިކޮށް، ބާސެލޯނާ އިން އަލުން ތާވަލުގެ އެއްވަނަ މަގާމު ހޯދައިފި. މި މޮޅާއެކު ބާސެލޯނާ އެއްވަނައިގައި އޮތީ 11 މެޗުން 30 ޕޮއިންޓް ހޯދައިގެން ކަމަށްވާއިރު، މި މެޗުގައި އެޓީމުގެ ލަމީން ޔަމާލް އަދި ރަފީނިއާ ވަނީ މޮޅު ކުޅުމެއް ދައްކާފައި

Newsletter

Get the latest news delivered straight to your inbox