ޑރ. ޝަހީމް ގައްދޫއަށް ވަޑައިގަތުމުން ދައްކައިލީ "ހުސްގޮނޑި"

ޑރ. މުހައްމަދު ޝަހީމް އަލީ ސައީދަށް މަރުހަބާ ދެންނެވުމަށް ބެހެއްޓި ހުސް ގޮނޑި -- ފޮޓޯ: އަދަދު

ޑރ. މުހައްމަދު ޝަހީމް އަލީ ސައީދަށް މަރުހަބާ ދެންނެވުމަށް ބެހެއްޓި ހުސް ގޮނޑި -- ފޮޓޯ: އަދަދު

އިސްލާމިކް މިނިސްޓަރު، ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ގދ.ގައްދުއަށް ވަޑައިގަތުމުން ރިޔާސީ އިންތިހާބުގެ ކެމްޕޭނުގައި ރައީސް ޔާމީންއަށް ހާއްސަކޮށް ބެހެއްޓި ހުސް ގޮނޑި ދައްކާލައި ޑރ. މުހައްމަދު މުއިއްޒުގެ ރިޔާސީ ވައުދުގެ މަތިން އެ ރަށު ރައްޔިތުން ހަނދާން އައު ކޮށްދީފި އެވެ.

ޑރ. ޝަހީމް ގައްދޫއަށް ވަޑައިގެންނެވިއިރު، އޭނާއަށް މަރުހަބާ ދެންނެވުމަށް އެރަށު ރައްޔިތުންގެ ތެރެއިން ޕީޕީއެމް/ޕީއެންސީގެ ބައެއް ސަޕޯޓަރުން ބަނދަރު މައްޗަށް ނުކުމެ ތިއްބެވެ. އެ މީހުންގެ ތެރޭގައި މި ސަރުކާރު ގެނައުމަށް އަތޮޅު ފެންވަރުގައްޔާއި ރަށު ފެންވަރުގައި މަސައްކަތް ކުރި ގައްދޫގެ ޒުވާނުން ވެސް ތިއްބެވެ.

ނަމަވެސް އެމީހުން ބަނދަރު މައްޗަށް ނުކުމެ ތިބީ ހަމައެކަނި ޝަހީމްއަށް މަރުހަބާ ދަންނަވާކަށް ނޫނެވެ. އެމީހުން އެތަނަށް ގޮސް ތިބީ ރިޔާސީ ކެމްޕޭނުގައި ރައީސް ޔާމީނަށް ހާއްސަކޮށް ޕީއެންސީ/ޕީޕީއެމްގެ ކެމްޕޭނުގައި ބެހެއްޓި ހުސް ގޮނޑީގެ ގޮނޑިއެއް ވެސް ހިފައިގެންނެވެ.

"އަހަރުމެން ބޭނުންވީ މުޅި ރާއްޖޭގައި، ރައީސް ޔާމީނުގެ ނަން ވިއްކައިގެން، ރައީސް ޔާމީންގެ ފޮޓޯ ޖަހައިގެން އިންތިހާބު ކާމިޔާބު ކުރި ހަނދާން ޝަހީމް މެނަށް، މި ސަރުކާރަށް ހަނދާން ކޮށްދޭން،" ހުސް ގޮނޑި ހިފައިގެން ޝަހީމްއަށް މަރުހަބާ ދެންނެވި، އަހުމަދު ރަޝީދު ބުންޏެވެ.

އޭނާ ބުނީ ވޯޓު ހޯދީ ރައީސް ޔާމީނުގެ ނަން ބޭނުން ކޮށްގެން ކަމަށާއި ނަމަވެސް ވެރިކަމަށް އައުމަށްފަހު އެކަން މުޅީން ހަނދާން ނެތިފައިވާ ކަހަލަ ކަމަށެވެ.

ރައީސް ޔާމީން މިނިވަން ކުރެއްވުމަކީ ރައީސް މުއިއްޒުގެ ރިޔާސީ ވައުފުފުޅެކެވެ. ރިޔާސީ ކެމްޕޭނު ދުވަސްވަރު އެންމެ އަޑު ހަރުކޮށް ރައީސް ދެއްކެވި އެއް ވާހަކައަކީ އެމަނިކުފާނުގެ ވެރިކަމެއްގައި ޔާމީން ހުންނަވާނީ މިނިވަނެއްގެ ގޮތުގައި ކަމަށް ވިދާޅުވެ ދެއްކެވި ވާހަކަ އެވެ.

ރައީސް މުއިއްޒު ވެރިކަމުގެ ހުވާ ކުރައްވަން ވަޑައިގަންނަވާނީ ވެސް ޔާމީންއާ އެކުގައި ކަމަށް ޕީޕީއެމް/ޕީއެންސީގެ ލީޑަރުޝިޕުން އޭރު ބުނެފައިވެ އެވެ. ނަމަވެސް ރައީސް ޔާމީން މިވަގުތު ވެސް ހުންނެވީ ކުރީ ސަރުކާރުން ދެފަހަރެއްގެ މަތިން ދެއްވި ލުއިގަ އެވެ. އިތުރު ލުޔެއް ދެއްވަން ޔާމީންގެ ފަރާތުން އެދިވަޑައިގެންނެވި ނަމަވެސް އެކަމަށް ކަރެކްޝަންސްއިން ވަނީ އިންކާރުކޮށްފަ އެވެ.

ނަމަވެސް ކުރީގެ ރައީސް އަބްދުﷲ ޔާމީންއާ ގުޅުވައިގެން ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވެވަޑައިގެންނެވި ވައުދު އޮތީ ފުދިފައި ކަމަށް ސަރުކާރުގެ ތަރުޖަމާނު ކަމުގައި ކުރިން ހުންނެވި މުހައްމަދު ޝަހީބު ޑިސެމްބަރު 28، ގައި ވިދާޅުވެފައިވެ އެވެ.

"ރައީސްކަމުގެ ހުވާ ކުރެއްވި ދުވަހު 17 ނޮވެމްބަރު، އެ ދުވަހު ދެއްވި ރިޔާސީ ބަޔާނުގައި ވަރަށް ސާފު އިބާރާތުން ވިދާޅުވީ ސަރުކާރުން ޖުޑީޝަރީއަށް އަތް ބޭނުން މިވަގުތުން މިވަގުތަށް ނިމުނިއްޔޭ، ސަރުކާރުން ޖުޑީޝަރީ ތެރެއަށް އަތެއް ނުބާނަމޭ. ކޯޓުތަކުގެ ތެރެއަށް އަތެއް ނުބާނާނަމޭ، ކޯޓުތަކުގެ މައްސަލަތަކަށް ނުފޫޒެއް ނުފޯރުވާނަމޭ. އެހެންވީމާ އެ ދުވަހުން ފެށިގެން ސަރުކާރުގެ ފަރާތުން ކޯޓުތަކަށް އަތް ބޭނުން ޝަރީއަތްތަކަށް ނުފޫޒު ފޯރުވުމުގެ މަރުހަލާ އެއޮތީ ނިމިފައި. އެހެންވީމާ ރައީސް ޔާމީންއާ ގުޅިގެން ރައީސް ޑރ. މުހައްމަދު މުއިއްޒު ވެވަޑައިގެންނެވި ވައުދު އެއޮތީ ފުދިފައި،" ޝަހީބު އެދުވަހު ވިދާޅުވި އެވެ.

ޝަހީބު ވިދާޅުވީ ރައީސް ޔާމީން ގެއަށް ބަދަލު ކުރީ ރައީސް މުއިއްޒުގެ އެދިވަޑައިގަތުމަށް ކަމަށާއި އެއީ ކުރީ ސަރުކާރުގެ "ހެޔޮފުޅު" ކަމުން ކުރި ކަމެއް ނޫން ކަމަށެވެ.

"އެއީ ކުރީ ސަރުކާރުން ހެޔޮފުޅު ކަމުންނޭ ގެއަށް ބަދަލުކުރީ ބައެއް ބޭފުޅުން ވިދާޅުވެދާނެ. ނަމަވެސް, އޭގެ ކުރިން ވެސް ފުރުސަތު އޮތް. އިންތިހާބީ ރައީސް އިލްތިމާސް ކުރެއްވީމާ ބަދަލުކުރެއްވީ،" ޝަހީބު ވިދާޅުވި އެވެ.

ޔާމީންއާ ގުޅުވައިގެން ރައީސް މުއިއްޒު ވެވަޑައިގެންނެވި ވައުދުފުޅު ފުދިފައިވާ ކަމަށް ސަރުކާރުން ބުނެފައިވާއިރު، ޕީޕީއެމް/ޕީއެންސީގެ ވެރިންނާ ދެމެދު އުފެދުނު ހިޔާލުތަފާތުވުންތަކުގައި ޔާމީން ވަނީ ޕީޕީއެމުން ވަކިވެ އައު ޕާޓީއެއް އުފެއްދުމުގެ މަސައްކަތް ފަށައިފަ އެވެ.

ޕީއެންއެފްގެ ނަމުގައި އުފެއްދުމަށް މަސައްކަތް ކުރާ އެ ޕާޓީގެ މަސައްކަތުގައި އިސްކޮށް އުޅުއްވާ ފަރާތްތަކުން ދަނީ މި ސަރުކާރުން ޔާމީންއާ މެދު ކަން ކުރަމުންދާ ގޮތަށް ފާޑުކިޔައި ކަންބޮޑުވުން ފާޅު ކުރަމުންނެވެ. އެ ފަރާތްތަކުން ބުނަމުން ދަނީ މި ސަރުކާރުން ޔާމީންއަށް ބޭވަފާތެރިވެފައިވާ ކަމަށެވެ.

މީގެ ކުރިން މިދިޔަ ޑިސެމްބަރު 1، ގައި ޑިފެންސް މިނިސްޓަރު ގައްސާން މައުމޫންއާއި ޓުއަރިޒަމް މިނިސްޓަރު އިބްރާހިމް ފައިސަލް ހިމެނޭހެން ސަރުކާރުގެ އިސް ވަފުދެއް ކ. ހުރަޔަށް ވަޑައިގަތުމުން އެ ރަށު ރައްޔިތުން ވެސް ވަނީ "ހުސް ގޮނޑި" ދައްކަވައި ރައީސް ޔާމީނާ ގުޅޭގޮތުން ރައީސް މުއިއްޒު ވެވަޑައިގެންނެވި ވައުދުގެ މަތިން ހަނދާން އައު ކޮށްދީފަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޖިންސީ ގޯނާގެ ތުހުމަތުގައި އަބްދުالله ޝާހިދު ހައްޔަރުކޮށްފި

ފުލުހުން ބުނެފައިވާ ގޮތުގައި ޝާހިދު ހައްޔަރުކުރީ 18 އަހަރުން ދަށުގެ ކުއްޖަކަށް ޖިންސީ ގޯނާކުރިކަމުގެ ތުހުމަތުގަ އެވެ. އޭނާގެ މައްޗަށް ކުރާ ތުހުމަތުތައް ޝާހިދު ވަނީ ދޮގުކުރައްވާފައި.

މޯލްޑިވިއަންއިން ކިންގް އެއާ 360 މަރުކާރުގެ ބޯޓެއް ގެނެސްފި

މޯލްޑިވިއަން އާއި ނިލާ ކޮރަލް އައިލެންޑް ރިސޯޓު ގުޅިގެން، ލަގްޒަރީ ފެންވަރުގައި ފަތުރުވެރިން އުފުލުމަށް "ކިންގް އެއާ 360" މަރުކާގެ ބޯޓެއް ރާއްޖެ ގެނެސްފިއެވެ. އަށް ފަސިންޖަރުންގެ ޖާގަ ހިމެނޭ މި ބޯޓު މައިގަނޑު ގޮތެއްގައި ބޭނުންކުރާނީ އެ ރިސޯޓަށް ފަތުރުވެރިން އުފުލުމަށާއި ރާއްޖޭގެ އެކި ސަރަހައްދުތަކަށް ޗާޓަރު ދަތުރުތައް ކުރުމަށެވެ.

ތެލުގެ ސަބްސިޑީއަށް މި އަހަރު ރެކޯޑު 4.8 ބިލިއަން ރުފިޔާ ހޭދަވާނެ

ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު އުފުލުމާ ގުޅިގެން، މި އަހަރު ތެލުގެ ސަބްސިޑީއަށް 4.8 ބިލިއަން ރުފިޔާ ހޭދަވާނެ ކަމަށް ފިނޭންސް މިނިސްޓްރީން ވަނީ އަންދާޒާކޮށްފަ. މިއީ ކުރިން ބަޖެޓުކުރި އަދަދަށްވުރެ 2.7 ގުނަ އިތުރު އަދަދެއް ކަމަށާއި، އަންނަ އަހަރުގެ ބަޖެޓުގައި ވެސް ތެލުގެ ސަބްސިޑީއަށް ރެކޯޑު އަދަދެއް ކަމަށްވާ 3.9 ބިލިއަން ރުފިޔާ ވަނީ ހިމަނާފަ.

ރިވެލި ބީޗް ރެސްޓޯރެންޓު ހުސްކުރަން އެޗްޑީސީން އަންގައިފި

އެޗްޑީސީން ބުނީ މި ނިންމުން ނިންމާފައިވަނީ އެކަށީގެންވާ ނޯޓިސްތަކާއި ފުރުސަތުތައް ދިނުމަށްފަހު ކަމަށާއި، މިއަދުން ފެށިގެން އެ ބިމުގައި އެއްވެސް ވިޔަފާރި މުއާމަލާތެއް ނުހިންގޭނެ ކަމަށެވެ.

ރަސްމާލެ މައްސަލައިގައި ރިފަރެންޑަމްއަކަށް ދާން ހުށަހަޅައިފި

ބިދޭސީންނަށް ވަޒަންވެރިވެވޭ ގޮތަށް ރަސްމާލެއިން 500 ހެކްޓަރުގެ ބިން 99 އަހަރަށް ބޭރު ކުންފުންޏަކަށް ދިނުމާ މެދު ރައްޔިތުންގެ ފެންނަނުފެންނަ ވޯޓެއް ނެގުމަށް އެމްޑީޕީން މަޖިލީހަށް ހުށަހަޅައިފިއެވެ. މިފަދަ ވޯޓަކަށް ދާން ހުށަހެޅީ މި މަޝްރޫއުގެ ސަބަބުން ގައުމުގެ މަސްލަހަތަށް ބޮޑު އަސަރެއް ކޮށްފާނެތީ ކަމަށް އެ ޕާޓީން ބުނެއެވެ.

ޓެކްސް އަޅައިކަނޑައިދިނުމާ ގުޅޭ ނޫސް ބަޔާނަށް ބަދަލުތަކެއް

ވިޔަފާރިތަކަށް ސަރުކާރުން ދައްކަންޖެހޭ ފައިސާއިން ޓެކްސް ދެއްކޭނެ އިންތިޒާމު ހަމަޖެއްސިކަން ހާމަކޮށް ފިނޭންސް މިނިސްޓްރީން ނެރުނު ބަޔާނުން، ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ ބައި އުނިކޮށް އިސްލާހުކޮށްފިއެވެ. ނަމަވެސް މީރާގެ އުސޫލު ބުނާގޮތުން ކުންފުނިތަކުން ލިބެންޖެހޭ ފައިސާވެސް ޓެކްސްއަށް އަޅައިކެނޑޭނީ އެ ފައިސާއެއް ދައުލަތުގެ އިދާރާއަކުން ނުވަތަ ކުންފުންޏަކުން މީރާއަށް ޖަމާކޮށްދިނުމުންނެވެ. ސަރުކާރުން ވިޔަފާރިވެރިންނަށް ދައްކަންޖެހޭ ދަރަނިތައް ދެއްކުމަށް އެކި ތާރީޚުތައް ދިން ނަމަވެސް، އަދިވެސް އެ ފައިސާ ދައްކާ ހަލާސްކޮށްފައެއް ނުވެއެވެ.

"ތައުލީމީ ނިޒާމު ހިންގަން ޖެހެނީ ބެލެނިވެރިންނާ ޓީޗަރުން އަތުން"

ސްކޫލުތަކުގެ ބަޖެޓު ނެތުމުގެ ސަބަބުން އަސާސީ ތަކެތި ހޯދުމަށާއި އިތުރު ހަރަކާތްތައް ހިންގުމަށް ބެލެނިވެރިންނާއި މުދައްރިސުންގެ އަތުން ފަންޑު ހޯދަން މަޖުބޫރުވެފައިވާ ކަމަށާއި ސަރުކާރުން އަސާސީ ހިދުމަތްތަކުން ހަރަދު ކުޑަކުރަނީ ރައްޔިތުންގެ ލާބައަށްވުރެ ބޮޑަށް ރައީސުލްޖުމްހޫރިއްޔާގެ އަމިއްލަފުޅު ބޭނުމަށްކަމަށް މެންބަރު މައުރޫފް ޒާކިރު ވިދާޅުވެއްޖެ.

Newsletter

Get the latest news delivered straight to your inbox