މީޑިއާނެޓްގެ "އޮޓޯ ރިނިއުވަލް" ހިދުމަތަށް ހާއްސަ ޕްރޮމޯޝަނެއް ފަށައިފި

މީޑިއާނެޓުގެ ކަސްޓަމާ ސާވިސް ސެންޓަރު: -- ފޮޓޯ: މުހައްމަދު ޝާބިން/އަދަދު

މީޑިއާނެޓުގެ ކަސްޓަމާ ސާވިސް ސެންޓަރު: -- ފޮޓޯ: މުހައްމަދު ޝާބިން/އަދަދު

މީޑިއާނެޓު ކަސްޓަމަރުންނަށް މެދުކެނޑުމެއްނެތި މުނިފޫހިފިލުވުން ޔަގީންކުރުމުގެ މަގްސަދުގައި 2022 ގައި ތައާރަފުކުރި "އޮޓޯ ރިނިއުވަލް" ހިދުމަތަށް ރަޖިސްޓަރީ ކޮށްލައިގެން ހާއްސަ އިނާމުތަކެއް ލިބޭ ޕްރޮމޯޝަނެއް ފަށައިފި އެވެ.

އޮޓޯ ރިނިއުވަލް ހިދުމަތުގެ ދަށުން މީޑިއާނެޓުގެ ސަބްސްކްރިޕްޝަނެއް ނަގައިގެން 30 ދުވަހުގެ މުއްދަތަކަށް ޗެނަލްތަކާއި އޭގެން ދައްކާ ޕްރޮގްރާމްތައް ޓީވީ އަދި އެމްއެސް ޑިޖިޓަލް މެދުވެރިކޮށް ފޯނުން ވެސް ބަލާލެވެ އެވެ. މި ހިދުމަތުގެ ދަށުން 30 ދުވަހުގެ ސަބްސްކްރިޕްޝަން ހަމަވުމާއެކު އޮޓޯއިން ސަބްސްކްރިޕްޝަން ޖެހިގެން އަންނަ 30 ދުވަހަށް އައު ވެގެންދާނެ އެވެ.

މިއީ އާންމު ދިރިއުޅުމުގެ ހަލަބޮލިކަމުގެ ތެރޭގައި ކުރިއަށް އޮތް މަހަށް ފައިސާ ދައްކަން ހަނދާންނެތޭ ފަރާތްތަކަށް ހާއްސަ އަދި މުހިއްމު ހިދުމަތެއްކަމަށް މީޑިއާނެޓުން ބުންޏެވެ.

މީޑިއާނެޓުން މި ޕްރޮމޯޝަން ފެށީ މިދިޔަ ހޯމަ ދުވަހު އެވެ. އަދި އޭޕްރިލް 30، ގެ ނިޔަލް ޕްރޮމޯޝަން ކުރިއަށްދާނެ ކަމަށް މީޑިއާނެޓުން މައުލޫމާތުދެ އެވެ. މި މުއްދަތުގައި އޮޓޯ ރިނިއުވަލް ހިދުމަތަށް ރަޖިސްޓަރީ ކޮށްލައިގެން ގުރުއަތުން ހޮވޭ ތިން ފަރާތަކަށް ހާއްސަ އިނާމުތަކެއް ހަމަޖެހިފައިވެ އެވެ.

މީޑިއާނެޓުގެ ޕްރޮމޯޝަނުން ލިބޭ އިނާމުތައް

  •  ފުރަތަމަ އިނާމު: އެއް އަހަރުގެ ހިލޭ މީޑިއާނެޓު ސަބްސްކްރިޕްޝަނެއް (ވޯންޓް އިޓް އޯލް ޕެކޭޖު)
  •  ދެވަނަ އިނާމު: ހަ މަސް ދުވަހުގެ ހިލޭ މީޑިއާނެޓު ސަބްސްކްރިޕްޝަނެއް (ވޯންޓް އިޓް އޯލް ޕެކޭޖު)
  •  ތިންވަނަ އިނާމު: ތިން މަސް ދުވަހުގެ ހިލޭ މީޑިއާނެޓު ސަބްސްކްރިޕްޝަނެއް (ވޯންޓް އިޓް އޯލް ޕެކޭޖު)

މީޑިއާނެޓު އޮޓީ ރިނިއުވަލް ހިދުމަތަށް ރަޖިސްޓްރީ ކުރުން ވަރަށް ފަސޭހައެވެ. އެގޮތުން މީޑިއާނެޓުގެ ކުއިކްޕޭ ޕޯޓަލް އަށް ޒިޔާރަތްކޮށްލައިގެން އޮޓޯ ރިނިއުވަލްއަށް ރަޖިސްޓްރީ ކުރެވޭނެ އެވެ.

އޮޓޯ ރިނިއުވަލް ޕްރޮމޯޝަންގެ އިތުރުން ރޯދަ މަހާއި ދިމާކޮށް އިތުރު ޕްރޮމޯޝަންތަކެއް ފެށުމަށް ހަމަޖެހިފައިވާކަމަށް މީޑިއާނެޓުން މައުލޫމާތުދެ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

އެމްޕީއެލްއިން ޑޮލަރުން ފީ ނަގާތީ ވިޔަފާރިތަކުގެ ކަންބޮޑުވުން

އެމްޕީއެލްގެ ސްޓިވަޑޯރިން ފީ ޑޮލަރުން ނަގަން ފެށުމާ ގުޅިގެން، ކަޅު ބާޒާރުން ބޮޑު އަގުގައި ޑޮލަރު ގަންނަން މަޖުބޫރުވެ ދިވެހި ވިޔަފާރިތަކަށް ބޮޑެތި ގެއްލުންތަކެއް ވަމުންދާ ކަމުގެ ކަންބޮޑުވުން ވިޔަފާރިވެރިން ފާޅުކޮށްފިއެވެ. ރާއްޖޭގެ ހުރިހާ މުއާމަލާތެއް ރުފިޔާއިން ކުރަން ސަރުކާރުން ބާރުއަޅާއިރު، މި ބަދަލުގެ ސަބަބުން ބާޒާރުގައި ޑޮލަރަށް އޮތް ޑިމާންޑް އިތުރުވެ ޑޮލަރުގެ އަގު އުފުލުމަށް މަގުފަހިވާ ކަމަށް ވިޔަފާރިވެރިން ބުނެއެވެ.

އައިކެއާ އިން ވޯލްޑް ސައިޓް ޑޭ ޕްރޮމޯޝަން ފަށައިފި

ދުނިޔޭގެ ފެނުމުގެ ދުވަހާ ގުޅުވައިގެން، އޮކްޓޯބަރު މަހުގެ ނިޔަލަށް އައިކެއާގެ ހުރިހާ އައުޓްލެޓްތަކެއްގައި ޚާއްޞަ ޕްރޮމޯޝަނެއް ވަނީ ފަށާފައެވެ. މި ޕްރޮމޯޝަންގެ ދަށުން ކަނޑައެޅިފައިވާ ބްރޭންޑްތަކުގެ ޕްރިސްކްރިޕްޝަން ލެންސާއެކު ގަންނަ ފްރޭމްތަކުން %20 ޑިސްކައުންޓް ލިބޭނެއެވެ. މީގެ އިތުރުން، ލޮލުގެ ސިއްހަތަށް ސަމާލުކަންދީ ގަވާއިދުން ލޯ ޓެސްޓުކުރުމަށް އައިކެއާއިން ވަނީ އިލްތިމާސްކޮށްފައެވެ.

އެމްއައިބީން ފުނަދޫގައި ސޭލްސް ސެންޓަރާއި އޭޓީއެމް ހުޅުވައިފި

މޯލްޑިވްސް އިސްލާމިކް ބޭންކް (އެމްއައިބީ) އިން ށ. ފުނަދޫގައި ސޭލްސް ސެންޓަރަކާއި އޭޓީއެމްގެ ހިދުމަތް ރަސްމީކޮށް މިއަދު ވަނީ ފަށާފައެވެ. މި ހިދުމަތުގެ ސަބަބުން އެ ރަށުގެ ރައްޔިތުންނާއި ވިޔަފާރިވެރިންނަށް ފަސޭހަކަމާއެކު ފައިސާ ނެގުމާއި ޖަމާކުރުމުގެ އިތުރުން ބޭންކިންގގެ އެހެނިހެން މާލީ މުއާމަލާތްތައް ކުރެވޭނެ މަގު ފަހިވެގެންދާނެއެވެ.

ޗިޕްތަކުގެ ޑިމާންޑާއެކު ސެމްސަންގްގެ ފައިދާ ނުވަ ގުނަ އިތުރު

އޭއައި ޗިޕްތަކަށް އޮތް ޑިމާންޑު ބޮޑުވުމާ ގުޅިގެން، ސެމްސަންގް ކުންފުނީގެ މިދިޔަ ކުއާޓަރުގެ ފައިދާ ނުވަ ގުނަ އިތުރުވެ 80 ބިލިއަން ޑޮލަރަށް އަރާނެ ކަމަށް އެ ކުންފުނިން އަންދާޒާކުރެއެވެ. މިއީ އެ ކުންފުނިން ޖެހިޖެހިގެން ރެކޯޑް ފައިދާއެއް ހޯދި ހަތަރުވަނަ ކުއާޓަރަށް ވާއިރު، ޗިޕްތަކުގެ އިތުރުން އަލަށް ބާޒާރަށް ނެރުނު ފަތްޖަހާލެވޭ ފޯނުތަކުގެ ސަބަބުން ވެސް ކުންފުންޏަށް ބޮޑު ކުރިއެރުމެއް ވަނީ ލިބިފައެވެ.

ޓީޖީއެސްޓީ ދަށް ވެއްޖެ، މިއީ ޓޫރިސްޓުން މަދުވުމުގެ އަސަރު

ޓޫރިސްޓުން މަދުވުމުން ދައުލަތަށް ޓީޖީއެސްޓީގެ ގޮތުގައި ލިބުނު އާމްދަނީ 110.5 މިލިއަން ރުފިޔާ ދަށް. މެދުއިރުމަތީގެ ހަނގުރާމައާ ގުޅިގެން ދަތުރުފަތުރަށް އައި ބަދަލުތަކުގެ ސަބަބުން ޓޫރިޒަމުގެ ދުވެލި މަޑުޖެހިފައިވާއިރު، މި އަހަރުގެ ބަޖެޓުގައި އަންދާޒާކުރި އަމާޒަށް ވާސިލުވުމުގެ ފުރުސަތު އަންނަނީ ކުޑަވަމުން.

ވިއެޓްޖެޓުން ރާއްޖެއަށް ދަތުރުތައް ފަށަނީ

ވިއެޓްނާމްގެ ވިއެޓްޖެޓް އެއާލައިނުން އަންނަ ޑިސެމްބަރު މަހު ހޯޗީމިން ސިޓީއާއި ރާއްޖެއާ ދެމެދު ހަފުތާއަކު ތިން ސީދާ ދަތުރު ފެށުމަށް ވަނީ ނިންމާފަ. މި ދަތުރުތައް ފެށުމާ ގުޅިގެން ޓިކެޓުގެ އަގު ހެޔޮ ޕްރޮމޯޝަންތަކެއް އިއުލާންކޮށްފައިވާއިރު، މީގެ ސަބަބުން ވިއެޓްނާމުން ރާއްޖެއަށް އަންނަ ފަތުރުވެރިންގެ އަދަދު އިތުރުވާނެ ކަމަށް ބެލެވޭ.

ދަރަވަންދޫގައި ފަރުތައް އާލާކުރަން ދިރާގުން އެހީ

ދިރާގާއި ސޮނެވާ ސީއެސްއެމް ގުޅިގެން ބ. ދަރަވަންދޫގެ ފަރުތައް އާލާކުރުމަށް "ދިރުން ކޮމިއުނިޓީ ކޮރަލް ރީޖެނެރޭޝަން ޕްރޮގްރާމް" ފެށުމަށް ގުޅިއްޖެ. މި މަޝްރޫއުގެ ދަށުން އެ ރަށުގައި މުރަކަ ނާސަރީއެއް ގާއިމުކޮށް، ފަރުތައް ބެލެހެއްޓުމުގެ ފަންނީ ތަމްރީނާއި ހޭލުންތެރިކުރުވުމުގެ ހަރަކާތްތައް ޒުވާނުންނާއި އާންމުންނަށް އަމާޒުކޮށްގެން ކުރިއަށް ގެންދާނެ.

Newsletter

Get the latest news delivered straight to your inbox