އެކައުންޓު 'ރިއެކްޓިވޭޓް' ކުރަން ބުނެ ބީއެމްއެލްގެ ނަމުގައި ފޭކު މެސެޖެއް ފޮނުވާތީ ސަމާލުވާން އެދިއްޖެ

ބީއެމްއެލްގެ މައި އިމާރާތް : އެކައުންޓު 'ރިއެކްޓިވޭޓް' ކުރަން ބުނެ ބީއެމްއެލްގެ ނަމުގައި މެސެޖެއް ފޮނުވަމުންދާތީ ސަމާލުވާން އެދެފި -

ބީއެމްއެލްގެ މައި އިމާރާތް : އެކައުންޓު 'ރިއެކްޓިވޭޓް' ކުރަން ބުނެ ބީއެމްއެލްގެ ނަމުގައި މެސެޖެއް ފޮނުވަމުންދާތީ ސަމާލުވާން އެދެފި -

ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ގެ ނަމުގައި ފޭކު މެސެޖެއް ފޮނުވަމުން ދާތީ އެކަމަށް ސަމާލުވުމަށް އެ ބޭންކުން އެދެފި އެވެ.

ބީއެމްއެލްގެ ނަމުގައި ފޮނުވަމުންދާ މެސެޖުގައި ބުނެފައިވަނީ ޓްރާންސެކްޝަނެއްގެ ސަބަބުން އެކައުންޓު ލިމިޓުވެފައިވާ ކަމަށާއި އެކައުންޓު ރިއެކްޓިވޭޓު ކުރުމަށް މެސެޖުގައިވާ ލިންކަށް ފިތުމަށެވެ.

ބޭންކުން ބުނި ގޮތުގައި މިއީ އަސްލެއް ނެތް މެސެޖެއް ކަމަށާއި ވަރަށް ގިނަ ބަޔަކަށް މި މެސެޖު ލިބެމުންދާ ކަމުގެ މައުލޫމާތު ބޭންކަށް ލިބިފައިވާ ކަމަށެވެ.

"ބޭންކުން އެކައުންޓު އެކްޓިވޭޓް ކުރުމަށް އެދި އެއްވެސް ލިންކެއް ހިމަނާފަ މެސެޖެއް ނުފޮނުވާނެ، ކަސްޓަމަރުން މިފަދަ އެސްއެމްއެސް ތަކަށް ސަމާލުކަން ދިނުމަށް އިލްތިމާސްކުރަން" ބޭންކުގެ އޮފިޝަލަކު މި ނޫހާ ވާހަކަ ދައްކަމުން ބުނެފައިވެ އެވެ.

ބީއެމްއެލްގެ ނަމުގައި އޮޅުވާލައިގެން ފޮނުވަމުންދާ މެސެޖުގެ ސްކްރީންޝޮޓެއް
ބީއެމްއެލްގެ ނަމުގައި އޮޅުވާލައިގެން ފޮނުވަމުންދާ މެސެޖުގެ ސްކްރީންޝޮޓެއް

ބީއެމްއެލްގެ ނަމުގައި އޮޅުވާލައިގެން ފޮނުވަމުންދާ މެސެޖުގެ ސްކްރީންޝޮޓެއް

މިފަދައިން ކުރާ މެސެޖުތައް ހިމެނޭހެން އެކި ބާވަތުގެ ސްކޭމްތަކުގެ މައްސަލަތައް ރިކޯޑު ކުރަން ފެށީއްސުރެ މިހައިތަނަށް އާންމުންގެ އަތުން ގެއްލުނު ފައިސާގެ އަދަދު 150 މިލިއަނަށްވުރެ އިތުރު ކަމަށް ފުލުހުންގެ އިދާރާއިން ވަނީ މިދިޔަ މަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ބުނެފަ އެވެ.

"2021 އިން ފެށިގެން އަޅުގަނޑުމެން ރިކޯޑު ބަލަހައްޓަން ފެށިއިރުގައި މިހައިތަނަށް އަޅުގަނޑުމެންނަށް ހުށަހެޅިފައި އެބައޮތް 28،003 މައްސަލައެއް، 28،003 ސްކޭމްގެ އެކި ބާވަތުގެ މައްސަލަތައް ހުށަހެޅިފައިވާއިރު އޭގެ ޖުމުލަ ގެއްލުން 57.8 މިލިއަން ވަރު އެބައުޅޭ، އެއީ ހަމައެކަނި ދިވެހި ފައިސާއިން އަދި ޑޮލަރު ވެސް އެބަހުރި، 64 ލައްކަ ޑޮލަރު ގެއްލިފައި ޖުމުލަ ޓޯޓަލް އަދަދު،" ފުލުހުންގެ އިކޮނޮމިކް ކްރައިމް ޑިޕާޓްމަންޓްގެ ހެޑް ސުޕްރިޓެންޑެންޓް އޮފް ޕޮލިސް އަބްދުﷲ ރަޝީދު ނޫސްވެރިންގެ ބައްދަލުވުމެއްގައި ހާމަކުރައްވާފައިވެ އެވެ.

ނަމަވެސް މި ހުރިހާ ފައިސާގެ ތެރެއިން މިހާތަނަށް އަނބުރާ ހޯދިފައިވަނީ އެންމެ މިލިއަނެއް ކަމަށްވެސް ފުލުހުން އެދުވަހު ހާމަކުރި އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

އައިކެއާ އިން ވޯލްޑް ސައިޓް ޑޭ ޕްރޮމޯޝަން ފަށައިފި

ދުނިޔޭގެ ފެނުމުގެ ދުވަހާ ގުޅުވައިގެން، އޮކްޓޯބަރު މަހުގެ ނިޔަލަށް އައިކެއާގެ ހުރިހާ އައުޓްލެޓްތަކެއްގައި ޚާއްޞަ ޕްރޮމޯޝަނެއް ވަނީ ފަށާފައެވެ. މި ޕްރޮމޯޝަންގެ ދަށުން ކަނޑައެޅިފައިވާ ބްރޭންޑްތަކުގެ ޕްރިސްކްރިޕްޝަން ލެންސާއެކު ގަންނަ ފްރޭމްތަކުން %20 ޑިސްކައުންޓް ލިބޭނެއެވެ. މީގެ އިތުރުން، ލޮލުގެ ސިއްހަތަށް ސަމާލުކަންދީ ގަވާއިދުން ލޯ ޓެސްޓުކުރުމަށް އައިކެއާއިން ވަނީ އިލްތިމާސްކޮށްފައެވެ.

އެމްއައިބީން ފުނަދޫގައި ސޭލްސް ސެންޓަރާއި އޭޓީއެމް ހުޅުވައިފި

މޯލްޑިވްސް އިސްލާމިކް ބޭންކް (އެމްއައިބީ) އިން ށ. ފުނަދޫގައި ސޭލްސް ސެންޓަރަކާއި އޭޓީއެމްގެ ހިދުމަތް ރަސްމީކޮށް މިއަދު ވަނީ ފަށާފައެވެ. މި ހިދުމަތުގެ ސަބަބުން އެ ރަށުގެ ރައްޔިތުންނާއި ވިޔަފާރިވެރިންނަށް ފަސޭހަކަމާއެކު ފައިސާ ނެގުމާއި ޖަމާކުރުމުގެ އިތުރުން ބޭންކިންގގެ އެހެނިހެން މާލީ މުއާމަލާތްތައް ކުރެވޭނެ މަގު ފަހިވެގެންދާނެއެވެ.

ޗިޕްތަކުގެ ޑިމާންޑާއެކު ސެމްސަންގްގެ ފައިދާ ނުވަ ގުނަ އިތުރު

އޭއައި ޗިޕްތަކަށް އޮތް ޑިމާންޑު ބޮޑުވުމާ ގުޅިގެން، ސެމްސަންގް ކުންފުނީގެ މިދިޔަ ކުއާޓަރުގެ ފައިދާ ނުވަ ގުނަ އިތުރުވެ 80 ބިލިއަން ޑޮލަރަށް އަރާނެ ކަމަށް އެ ކުންފުނިން އަންދާޒާކުރެއެވެ. މިއީ އެ ކުންފުނިން ޖެހިޖެހިގެން ރެކޯޑް ފައިދާއެއް ހޯދި ހަތަރުވަނަ ކުއާޓަރަށް ވާއިރު، ޗިޕްތަކުގެ އިތުރުން އަލަށް ބާޒާރަށް ނެރުނު ފަތްޖަހާލެވޭ ފޯނުތަކުގެ ސަބަބުން ވެސް ކުންފުންޏަށް ބޮޑު ކުރިއެރުމެއް ވަނީ ލިބިފައެވެ.

ޓީޖީއެސްޓީ ދަށް ވެއްޖެ، މިއީ ޓޫރިސްޓުން މަދުވުމުގެ އަސަރު

ޓޫރިސްޓުން މަދުވުމުން ދައުލަތަށް ޓީޖީއެސްޓީގެ ގޮތުގައި ލިބުނު އާމްދަނީ 110.5 މިލިއަން ރުފިޔާ ދަށް. މެދުއިރުމަތީގެ ހަނގުރާމައާ ގުޅިގެން ދަތުރުފަތުރަށް އައި ބަދަލުތަކުގެ ސަބަބުން ޓޫރިޒަމުގެ ދުވެލި މަޑުޖެހިފައިވާއިރު، މި އަހަރުގެ ބަޖެޓުގައި އަންދާޒާކުރި އަމާޒަށް ވާސިލުވުމުގެ ފުރުސަތު އަންނަނީ ކުޑަވަމުން.

ވިއެޓްޖެޓުން ރާއްޖެއަށް ދަތުރުތައް ފަށަނީ

ވިއެޓްނާމްގެ ވިއެޓްޖެޓް އެއާލައިނުން އަންނަ ޑިސެމްބަރު މަހު ހޯޗީމިން ސިޓީއާއި ރާއްޖެއާ ދެމެދު ހަފުތާއަކު ތިން ސީދާ ދަތުރު ފެށުމަށް ވަނީ ނިންމާފަ. މި ދަތުރުތައް ފެށުމާ ގުޅިގެން ޓިކެޓުގެ އަގު ހެޔޮ ޕްރޮމޯޝަންތަކެއް އިއުލާންކޮށްފައިވާއިރު، މީގެ ސަބަބުން ވިއެޓްނާމުން ރާއްޖެއަށް އަންނަ ފަތުރުވެރިންގެ އަދަދު އިތުރުވާނެ ކަމަށް ބެލެވޭ.

ދަރަވަންދޫގައި ފަރުތައް އާލާކުރަން ދިރާގުން އެހީ

ދިރާގާއި ސޮނެވާ ސީއެސްއެމް ގުޅިގެން ބ. ދަރަވަންދޫގެ ފަރުތައް އާލާކުރުމަށް "ދިރުން ކޮމިއުނިޓީ ކޮރަލް ރީޖެނެރޭޝަން ޕްރޮގްރާމް" ފެށުމަށް ގުޅިއްޖެ. މި މަޝްރޫއުގެ ދަށުން އެ ރަށުގައި މުރަކަ ނާސަރީއެއް ގާއިމުކޮށް، ފަރުތައް ބެލެހެއްޓުމުގެ ފަންނީ ތަމްރީނާއި ހޭލުންތެރިކުރުވުމުގެ ހަރަކާތްތައް ޒުވާނުންނާއި އާންމުންނަށް އަމާޒުކޮށްގެން ކުރިއަށް ގެންދާނެ.

ލޯނު ނުދެއްކުމުން މާލޭގެ ދެ ގެއެއް ސީބީއެމްއިން ވިއްކާލަނީ

ކޮމާޝަލް ބޭންކް އޮފް މޯލްޑިވްސް (ސީބީއެމް) އަށް ދައްކަންޖެހޭ ފައިސާ ނުދައްކައިގެން މާލޭގެ ދެ އިމާރާތެއް ނީލަމުގައި ވިއްކާލަން އެ ބޭންކުން ވަނީ އިޢުލާނުކޮށްފަ. މި ބިޑްތައް ފެށޭ އަގަކީ ހަތަރު މިލިއަން ރުފިޔާ ކަމަށްވާއިރު، މި މަހުގެ 14 ވަނަ ދުވަހުގެ ކުރިން ދަރަނި ހަލާސްނުކޮށްފިނަމަ މި މުދާ ވިއްކާލުމުގެ މަސައްކަތް ކުރިއަށް ދާނެ.

Newsletter

Get the latest news delivered straight to your inbox