ސެނަގާލްގެ އިންތިހާބު ފަސްކުރުމުން އިދިކޮޅުން އިހުތިޖާޖު ކުރަނީ

ސެނަގާލްގެ ރިޔާސީ އިންތިހާބު ފަސްކުރުމުން އެ ގައުމުގައި ހަމަނުޖެހުން ހިންގުން -- ފޮޓޯ: ރޮއިޓާސް

ސެނަގާލްގެ ރިޔާސީ އިންތިހާބު ފަސްކުރުމުން އެ ގައުމުގައި ހަމަނުޖެހުން ހިންގުން -- ފޮޓޯ: ރޮއިޓާސް

ސެނަގަލާގް ރިޔާސީ އިންތިހާބު ފަސްކުރުމުން އެ ގައުމުގެ އިދިކޮޅު ސަޕޯޓަރުން އިހުތިޖާޖުކުރަން ފަށައިފި އެވެ.

ހޮނިހިރު ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ ސެނަގާލްގެ ރިޔާސީ އިންތިހާބު ފެބްރުއަރީ 25 ވަނަ ދުވަހަށް ފަސްކުރިކަން އެ ގައުމުގެ ރައީސް މެކީ ސަލް އިއުލާންކުރެއްވީ އާދީއްތަ ދުވަހު އެވެ.

ގައުމާ މުހާތަބު ކުރައްވާ ސަލް ވިދާޅުވީ އިންތިހާބުގައި ވާދަކުރައްވާ ކެންޑިޑޭޓުންގެ ލިސްޓާ ގުޅޭ މައްސަލައަކާ ގުޅިގެން އިންތިހާބާ ބެހޭ ގާނޫނުވެސް ބާތިލު ކޮށްފައިވާ ކަމަށެވެ.

މިއާއެކު، ސެނެގާލްގެ އިދިކޮޅު ސިޔާސީ ލީޑަރުންނާއެކު ގިނަ ރައްޔިތުންތަކެއް ވަނީ އެކަމާ ދެކޮޅު ހަދައި އިންތިހާބު އަވަސް ކުރުމަށް ގޮވާލައި އެ ގައުމުގެ މަގުތަކަށް އެއްވެފަ އެވެ. ފުލުހުން ވަނީ މަގުތަކަށް އެއްވި ބައެއް މީހުން ހައްޔަރުކޮށް، ކަރުނަ ގޭސްވެސް ޖަހައިފަ އެވެ.

އިންތިހާބުގައި ވާދަކުރާ އިދިކޮޅު 19 ކެންޑިޑޭޓުން ވެސް ސަޕޯޓަރުން ގޮވާލައިފައި ވަނީ މަގުމައްޗަށް ނިކުމެ އަޑު އުފުލުމަށެވެ.

އިންތިހާބު ފަސް ކޮށްފައި ވަނީ މަގުބޫލު އުޒުރެއް ނެތި ކަމަށް ޔޫރަޕިއަން ޔޫނިއަން އިން ވަނީ ބުނެފަ އެވެ. އަދި އެމެރިކާ އިން ވެސް ވަނީ އިންތިހާބު އަވަސް ކުރުމަށް ގޮވާލައިފަ އެވެ.

ސެނަގާލްގެ އިންތިހާބާ ބެހޭ ގާނޫނު ބުނާ ގޮތުން އިންތިހާބު ފަސް ކުރެވޭނީ 80 ދުވަސް ދިނުމަށްފަހު އެވެ. މިގޮތުން އިންތިހާބު ފަސްކުރާނަމަ ފަސްކުރަން ޖެހޭނީ އަންނަ އެޕްރީލް މަހުގެ ފަހުކޮޅަށެވެ.

ސެނަގާލްގެ ރައީސްކަމާ 2012 ވަނަ އަހަރު ހަވާލުވެވަޑައިގެންނެވި ސަލްގެ ރިޔާސީ ދައުރު ހަމަވާނީ އަންނަ އެޕްރީލް މަހުގެ ދެވަނަ ދުވަހު އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

އިންތިހާބުގައި އެމެރިކާ ރައްޔިތުން ބުނީ "ހަނގުރާމައަށް ނޫނެކޭ"

އެމެރިކާގެ އިންތިޚާބުގައި ރިޕަބްލިކަން ޕާޓީއަށް ލިބުނު ނާކާމިޔާބީއަކީ އެމެރިކާ ރައްޔިތުން ހަނގުރާމައަށް "ނޫނެކޭ" ބުނުން ކަމަށް އީރާނުން ސިފަކޮށްފިއެވެ. މި ނަތީޖާއަކީ ހަނގުރާމައާއި ތެލުގެ އަގު އުފުލުމާ ގުޅުންހުރި ކަމެއް ކަމަށް ޓްރަމްޕް އެއްބަސްވެވަޑައިގަންނަވާއިރު، އީރާނުން ވަނީ އެމެރިކާގެ ރައްޔިތުންގެ ނިންމުމާ ޚިލާފުވެއްޖެ ނަމަ ވަރުގަދަ ރައްދެއް ދޭނެ ކަމުގެ އިންޒާރު ދީފައެވެ.

އެމެރިކާގެ ތާރީހުގައި މުސްލިމަކު ފުރަތަމަ ފަހަރަށް ސެނެޓަށް

އެމެރިކާގެ މިޝިގަން ސްޓޭޓްގެ ސެނެޓް ގޮނޑި ކާމިޔާބު ކުރައްވައި، އަބްދުލް އަލް-ސައްޔިދު ވަނީ އެމެރިކާގެ ތާރީޚުގައި ސެނެޓަށް އިންތިޚާބުވި ފުރަތަމަ މުސްލިމް މެންބަރުގެ ޝަރަފު ހޯއްދަވާފައެވެ. އޭނާ މި ގޮނޑި ކާމިޔާބު ކުރެއްވީ އަމާޒުވި ބޮޑެތި ފާޑުކިޔުންތަކާއި ޕާޓީގެ އެތެރޭގެ ނުތަނަވަސްކަމާ އެކުވެސް، ރިޕަބްލިކަން ކެންޑިޑޭޓް މައިކް ރޮޖާސްއާ ވާދަކުރައްވައި ކުރި ހޯއްދަވައިގެންނެވެ.

ސްޕެއިންގެ ޓްރާންސްޕޯޓް މިނިސްޓަރު އިސްތިއުފާ ދެއްވައިފި

ސްޕެއިންގެ އުރުދާ ކައިރީގައި ހިނގި ނުރައްކާތެރި ރޭލު އެކްސިޑެންޓުގައި 69 މީހުން މަރުވުމާ ގުޅިގެން، އެ ގައުމުގެ ޓްރާންސްޕޯޓް މިނިސްޓަރު އޮސްކާ ޕުއެންޓޭ މަގާމުން އިސްތިއުފާ ދެއްވައިފިއެވެ. އޭނާ އިސްތިއުފާ ދެއްވީ އެއް އަހަރު ތެރޭގައި މިފަދަ ދެ ހާދިސާ ހިނގާފައިވާތީ، ސަލާމަތީ ކަންކަމާ ގުޅޭގޮތުން އިދިކޮޅު ފަރާތްތަކުގެ ފާޑުކިޔުންތައް އަމާޒުވެފައި ވަނިކޮށެވެ.

ދިއްލީގެ ވައި ނުރައްކާތެރި މިންވަރަކަށް ތަގައްޔަރުވެއްޖެ

ފިނި މޫސުމާ ދިމާކޮށް އިންޑިއާގެ ދިއްލީގެ ވައި ނުރައްކާތެރި މިންވަރަކަށް ތަޣައްޔަރުވުމާ ގުޅިގެން، އާންމުންގެ ސިއްހަތަށް ކުރާ ނޭދެވޭ އަސަރުތައް ކުޑަކުރުމަށްޓަކައި ކަމާބެހޭ އިދާރާތަކުން ވަނީ ހާއްސަ ފިޔަވަޅުތަކެއް އަޅަން ފަށާފައެވެ. މި މައްސަލަ އިތުރަށް ގޯސްވަނީ ދަނޑުތައް އެންދުމާއި، އުޅަނދުފަހަރުގެ ދުމުގެ އިތުރުން ކުރިއަށް އޮތް ދިވާލީ ފެސްޓިވަލްގައި ބޭނުންކުރާ ހަވާއާއި ބައްތިތަކުގެ ސަބަބުންނެވެ.

ހައުސް އޮފް ރެޕްރެޒެންޓޭޓިވްސްގެ ރައީސަށް ވާނީ ކާކު؟

އެމެރިކާގެ ހައުސް އޮފް ރެޕްރެޒެންޓެޓިވްސްގެ އަޣުލަބިއްޔަތު ޑިމޮކްރެޓުން ހޯދުމާއެކު، އެ މަޖިލީހުގެ ރައީސްކަމަށް ހަކީމް ޖެފްރީސް އައުމުގެ ފުރުސަތު ބޮޑުވެ، އޭނާ ވެގެންދާނީ އެ މަގާމު ފުރައްވާ ފުރަތަމަ ކަޅު ނަސްލުގެ ބޭފުޅާއަށެވެ. މި މަގާމާ ހަވާލުވެވަޑައިގަތުމަށްފަހު، ރައީސް ޓްރަމްޕްގެ ސަރުކާރުގެ ކޮރަޕްޝަންގެ މައްސަލަތައް ތަހުގީގުކުރުމުގެ ބާރު ޖެފްރީސްއަށް ލިބިވަޑައިގަންނަވާނެއެވެ.

އެމެރިކާގެ ކޮންގްރެސްގެ ބޮޑު މެޖޯރިޓީއެއް ޑިމޮކްރެޓުންނަށް

އެމެރިކާގެ ކޮންގްރެސްގެ ދެ މަޖިލީހުގެ އަޣުލަބިއްޔަތު ޑިމޮކްރެޓުން ކާމިޔާބުކޮށްފައިވަނީ، ރިޕަބްލިކަން ޕާޓީގެ ބާރުގަދަ ސްޓޭޓްތަކުން ވެސް ކުރިހޯދައިގެންނެވެ. މިއީ ރައީސް ޓްރަމްޕްގެ އިގުތިސާދީ ސިޔާސަތުތަކާއި އީރާނާ ދެކޮޅަށް ފެށި ހަނގުރާމައިގެ ސަބަބުން ތެލުގެ އަގު އުފުލުމާ ގުޅިގެން ރައްޔިތުން ފާޅުކުރި ނުރުހުމެއް ކަމަށް ބެލެވެއެވެ.

ސެނެޓުގެ ފުރިހަމަ ކޮންޓްރޯލް ޑިމޮކްރެޓުން ކަށަވަރުކޮށްފި

އަޔޯވާ އާއި ޓެކްސަސް ފަދަ ރިޕަބްލިކަން ބާރުގަދަ ސްޓޭޓްތަކުން ހޯދި ހައިރާންކުރުވަނިވި ކާމިޔާބީތަކާއެކު، އެމެރިކާގެ ސެނެޓުގެ ފުރިހަމަ ކޮންޓްރޯލް ޑިމޮކްރެޓުން ކަށަވަރުކޮށްފިއެވެ. ބައެއް ގޮނޑިތައް ގެއްލުނު ނަމަވެސް، އިތުރު ހަ ގޮނޑި ކާމިޔާބުކޮށް ސެނެޓުގެ އަޣުލަބިއްޔަތު ދެމެހެއްޓުމަށް ބޭނުންވާ މިންވަރަށް އެ ޕާޓީއަށް ވަނީ ގޮނޑި ލިބިފައެވެ.

Newsletter

Get the latest news delivered straight to your inbox