ޑޮލަރު ތާށިކަމަށް އެއްބަސްވެ، ލިމިޓު ބޮޑުނުކުރެވޭނެ ކަމަށް ފިނޭންސުން ބުނެފި

ފިނޭންސް މިނިސްޓްރީ ހުންނަ އިމާރާތް: މިނިސްޓްރީން ބުނީ ޑޮލަރު ތާށިކަން ހައްލުކުރަން މަސައްކަތް ފަށާފައިވާ ކަމަށް -- އަދަދު ފައިލް ފޮޓޯ

ފިނޭންސް މިނިސްޓްރީ ހުންނަ އިމާރާތް: މިނިސްޓްރީން ބުނީ ޑޮލަރު ތާށިކަން ހައްލުކުރަން މަސައްކަތް ފަށާފައިވާ ކަމަށް -- އަދަދު ފައިލް ފޮޓޯ

ސަރުކާރުގެ ނިންމުމާ އެއްގޮތަށް ބޭރުގައި ކިޔަވާ ކުދިންގެ ބީއެމްއެލް އެކައުންޓުން ނެގޭ އަދަދު 1200 ޑޮލަރަށް ބޮޑުކުރަން ނިންމި ނިންމުން، ޑޮލަރު ތާށިކަމާ ހުރެ މާދަމައިން ފެށިގެން ތަންފީޒުނުކުރެވޭނެ ކަމަށް ފިނޭންސުން ހާމަކޮށްފި އެވެ.

މީގެ ކުރިން "އަދަދު" ނޫޙުން ވާނީ އިތުބާރު ހުރި މަސްދަރުތަކާ ހަވާލާދީ މިކަން ނުކުރެވޭނެ ކަމުގެ ހަބަރު ޝާއިއުކޮށްފަ އެވެ.

މިކަމާ ގުޅޭގޮތުން ފިނޭންސުން ނެރުނު ބަޔާނެއްގައި ބުނީ އެ ސިޔާސަތު ތަންފީޒުކުރެވޭޏެ ނިޒާމެއް އެކުލަވާލަން ބޭންކާއި އެމްއެމްއޭ އާއި ހަޔާ އެޑިޔުކޭޝަން މިނިސްޓްރީގެ ގުޅިގެން މަސައްކަތް ކުރަމުން އަންނަ ކަމަށެވެ. ނަަމަވެސް މި ވަގުތު އެކަން ކުރެވެން ނެތް ކަމަށް މިނިސްޓްރީގެ ބަޔާނުގައިވެ އެވެ.

"މި ސިޔާސަތު މި ވަގުތު ތަންފީޒުކުރުމުގެ ދަތިތަކެއް ހުރިކަން ފާހަގަވެ، ދިވެހިރާއްޖޭގައި މި ވަގުތު ޑޮލަރު ޑިމާންޑު އަދި ހުރި ހުރަސްތައް މިދަނީ ދެނެގަންނަމުންނެވެ" ފިނޭންސް މިނިސްޓްރީގެ ބަޔާނުގައިވެ އެވެ.

ފިނޭންސުން އިތުރަށް ބުނީ ކާޑު ލިމިޓު އިތުރުކުރުމުގެ މަސައްކަތުގެ ތެރެއިން ރާއްޖެއިން ބޭރުގައި ކިޔަވާ ކުދިންގެ އަދާހަމަ ދަފްތަރެއް ވެސް އެކުލަވާލަމުން އަންނަ ކަމަށެވެ. ހަމައެހެންމެ ރަސްމީ ރިޒާވު އިތުރުކުރުމަށާއި، ބޭންކިން ނިޒާމަށް މާރުކުރެވޭ ޑޮލަރުގެ ނިސްބަތް އިތުރުކުރުމުގެ މަސައްކަތް ވެސް މިނިސްޓްރީ އާއި އެމްއެމްއޭ އާއި ބޭންކުތަކާ ގުޅިގެން ކުރަމުން އަންނަ ކަމަށް ވެސް މިނިސްޓްރީން ބުންޏެވެ.

ފިނޭންސުގެ ބަޔާނުން މި ސިޔާސަތު ތަންފީޒުކުރަން ފެށޭނެ ދުވަހެއް ބަޔާންކޮށްފައި ނެތެވެ.

ބޭންކަށް ޑޮލަރު ތާށިވެގެން އުޅެނީ ރަސްމީ ނިޒާމުގެ ތެރެއިން ބޭންކުން މާރުކުރާ ޑޮލަރުގެ އަދަދު ދަށްވުމުންނެވެ. ބޭންކުން ބުނީ ކަޅުބާޒާރުން ޑޮލަރު މާރުކުރާ މައްސަލަ ހައްލުނުވަނީސް ޑޮލަރު ތާށިކަމުގެ މައްސަލަ ހައްލުނުވާނެ ކަމަށެވެ.

ޑޮލަރު ދަތިވެ، މި މަހުގެ ކުރީކޮޅުން ފެށިގެން އެހާތަނަށް ވިޔަފާރިވެރިން ބޭރަށް ފޮނުވާ ޓީޓިތަކަށް ބީއެމްއެލްއިން ދެމުން އައި ޑޮލަރު ސަޕޯޓު ވަނީ ހުއްޓާލާފަ އެވެ. މި މައްސަލަގަނޑުގެ ތެރެއިން ބޭންކުގެ ޗެއާމަނާއި ބައެއް ބޯޑު މެމްބަރުން ވަކިކޮށް، ވަކިކުރި ބައެއް މެމްބަރުން އަލުން ބޯޑަށް އައްޔަނުކޮށްފައިވެ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ގޮޅިތަކެއް އިމާރާތްކުރަން ޕޮލްކޯއާ ހަވާލުކުރުމުން ގެއްލުންތަކެއް

މާފުށީ ޖަލުގައި ގޮޅިތަކެއް އިމާރާތްކުރުމަށް ޕޮލްކޯއާ ހަވާލުކުރި މަޝްރޫއު، އެ ކުންފުނިން އެހެން ބަޔަކަށް ސަބް-ކޮންޓްރެކްޓް ކުރުމުގެ ސަބަބުން ދައުލަތަށް ބޮޑު މާލީ ގެއްލުމެއް ލިބިފައިވާކަން އޮޑިޓް ރިޕޯޓުން ހާމަވެއްޖެއެވެ. މީގެ އިތުރުން، ނުކުރާ މަސައްކަތްތަކަކަށް 2.9 މިލިއަން ރުފިޔާ ދައްކާފައިވާތީ، މި މައްސަލަ އޭސީސީއަށް ހުށަހެޅުމަށް އޮޑިޓް އޮފީހުން ވަނީ ލަފާދީފައެވެ.

ކުޅުދުއްފުށީގައި 'މަނަސްހަބް' ހުޅުވައިފި

ކުޅުދުއްފުށީ ސިޓީ ކައުންސިލާއި އޮސްޓްރޭލިއާ ހައިކޮމިޝަން ގުޅިގެން، ނަފްސާނީ ދުޅަހެޔޮކަމަށް ހޭލުންތެރިކަން އިތުރުކުރުމަށް "މަނަސްހަބް" ނަމުގައި ހާއްސަ މަރުކަޒެއް އެ ސިޓީގައި ހުޅުވައިފިއެވެ. މި މަރުކަޒުގެ މައިގަނޑު މަގުސަދަކީ ނަފްސާނީ ބަލިތަކަށް ހުރި ނުރަނގަޅު ތަސައްވަރުތައް ނައްތާލައި، އެހީތެރިކަން ބޭނުންވާ ފަރާތްތަކަށް ފަސޭހަކަމާއެކު ފަރުވާ ލިބޭނެ އިންތިޒާމު ހަމަޖައްސައިދިނުމެވެ.

ޔާމީނަށް އަބްދުއްރަހީމްގެ ހޫނު ރައްދެއް

ރަސްމާލެ މަޝްރޫއު ހުއްޓާލުމަށް ކުރީގެ ރައީސް ޔާމީން ގޮވައިލެއްވުމާ ގުޅިގެން، އެއީ ވެރިކަމުގެ ދަހިވެތިކަމުގައި ގައުމަށް ޣައްދާރުވުން ކަމަށް ވިދާޅުވެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް ވަނީ ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ. އަދި ޔާމީންގެ ވެރިކަމުގައި ފ. އަތޮޅު މަޝްރޫއަށް އެމްޑީޕީން ހުރަސްއެޅި ގޮތަށް، މިއަދު ޔާމީން ވެސް އަމަލުކުރައްވަނީ ހަމަ އެފަދައިންކަން އަބްދުއްރަހީމް ފާހަގަކުރެއްވިއެވެ.

ހައުސިން ޔުނިޓް ނިމޭއިރު ލިބޭ މީހުން ކަނޑަނޭޅޭތީ ކަންބޮޑުވުން

ލ. ގަމުގައި ތަރައްގީކުރާ 100 ހައުސިން ޔުނިޓްގެ މަސައްކަތް ނިމުމަކާ ގާތްވެފައިވާއިރު، އެ ތަންތަން ލިބޭނެ ފަރާތްތައް ކަނޑައެޅުމުގެ އެއްވެސް މަސައްކަތެއް ކުރިއަށް ނުދާތީ ކައުންސިލުން ވަނީ ކަންބޮޑުވުން ފާޅުކޮށްފައި. ކައުންސިލުން އެދެނީ މިނިސްޓްރީން ނުވަތަ ކައުންސިލް މެދުވެރިކޮށް ނަމަވެސް، ވީހާވެސް އަވަހަށް އެ ތަންތަން ހަވާލުކުރުމުގެ މަރުހަލާ ފެށުމަށް.

ތިނަދޫ ކައުންސިލް ރައީސްގެ މަގާމަށް ކުރިމަތިލުމަށް ހުޅުވާލައިފި

ވ. ތިނަދޫ ކައުންސިލްގެ ރައީސް ޝުޖާއު އަލީ ޕާޓީ ބަދަލުކުރުމާ ގުޅިގެން އޭނާގެ ގޮނޑި ގެއްލިފައިވާތީ، އެ މަގާމަށް މީހަކު އިންތިޚާބު ކުރުމަށް ބާއްވާ ބައި-އިލެކްޝަނަށް ކުރިމަތިލުމުގެ ފުރުސަތު އިލެކްޝަންސް ކޮމިޝަނުން ހުޅުވާލައިފިއެވެ. އޮކްޓޯބަރު 26 އާ ހަމައަށް ކުރިމަތިލުމުގެ ފުރުސަތު އޮތް މި އިންތިޚާބު ބޭއްވުމަށް ހަމަޖެހިފައިވަނީ ނޮވެމްބަރު 28 ގައެވެ.

ރަސްމާލެ މަޝްރޫއު ހުއްޓާލަން ޔާމީން ގޮވައިލައްވައިފި

އެކްސްގައި ޔާމީން ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އީގަލް ހިލްސް ކުންފުނިން ދަނީ، ރައްޔިތުންގެ ތާއީދާއި އިތުބާރު ގެއްލިފައި އޮތް ރާއްޖޭގެ ސަރުކާރުގެ ނާޖާއިޒު ފައިދާ ނަގަމުން ކަމަށް. ސަރުކާރުން ރަސްމާލެ ދޫކޮށްލީ ލޭންޑް އިކުއިޒިޝަން ފީއެއް އަދި ބިމު ކުުއްޔެއް ނުނަގާ ގޮތަށް.

އެމްޓީސީސީއަށް "މެގަ" ޑްރެޖަރު ގަންނަ އަގު ހާމަނުކުރި

އެމްޓީސީސީގެ "މަހާޖައްރާފު" އަށް ނުފޯރާ ފުންމިނުން ވެލިނެގުމަށްޓަކައި 75 މީޓަރު އަޑިން މަސައްކަތްކުރެވޭ އާ ޑްރެޖަރެއް ގަތުމުގެ ޕްރޮކިއުމަންޓް މަސައްކަތް އެ ކުންފުނިން ދަނީ ކުރަމުން. ނަމަވެސް، އެއީ ބޮޑު އެސެޓަކަށްވެފައި ޕްރޮސެސް ކުރިއަށްދާތީ އެ ޑްރެޖަރު ގަންނަ އަގު ހާމަކޮށްފައެއް ނުވޭ.

Newsletter

Get the latest news delivered straight to your inbox