ދިރާގުގެ "ވިން އަ ޓެސްލާ" ޕްރޮމޯޝަނުގެ ދަށުން ދޭ ޓެސްލާ ބްރޭންޑުގެ ކާރު ހޯދުމުގެ ފުރުސަތު މާދަމާގެ ނިޔަލަށް ހަމަވާނެ އެވެ.
އެ ޕްރޮމޯޝަނުގެ ދަށުން ދިރާގުގެ ނަސީބުވެރި އެއް ކަސްޓަމަރަކަށް ދޭން ނިންމާފައި ވަނީ ޓެސްލާ މޮޑެލް ތިނެއްގެ ހުދުކުލައިގެ އިލެކްޓްރިކް ކާރެކެވެ. ދިރާގުން ވަނީ ދިރާގު ހެޑް އޮފީސް އަދި ހުޅުމާލެ ސެންޓްރަލް ޕާކުގައި ބޭއްވި ހާއްސަ ދެ އިވެންޓެއްގައި މި ޕްރޮމޯޝަންގެ ޓެސްލާ ކާރު ދައްކާލާފަ އެވެ.
ދިރާގު ޕޯސްޓްޕެއިޑް 450 ނުވަތަ ފައިބަރ ބްރޯޑްބޭންޑް 30M އިން މަތީގެ ޕެކޭޖްތަކަށް މިރޭ 12:00 ގެ ކުރިން ސަބްސްކްރައިބް ކުރާ ކަސްޓަމަރުންނަށް މި ޕްރޮމޯޝަނުގައި އަދިވެސް ބައިވެރިވެވޭނެ އެވެ.
މި ޕްރޮމޯޝަންގައި ބައިވެރިވުމަށް ޕްރޮމޯޝަނަށް ހާއްސަ ޕޯޓަލް މެދުވެރިކޮށް ރެޖިސްޓަރީ ވާން ޖެހޭނެ އެވެ. "ވިން އަ ޓެސްލާ" ޕްރޮމޯޝަނާ ބެހޭ އިތުރު މައުލޫމާތު މި ލިންކުން ލިބޭނެ އެވެ.
ދިރާގު ވިން އަ ޓެސްލާ ޕްރޮމޯޝަންގެ ނަސީބުވެރި ފަރާތް ހޮވުމަށް ހަމަޖެހިފައިވަނީ އަންނަ ޖޫން މަހު، އަލްހާ އީދާ ދިމާކޮށް ކަމަށް އެ ކުންފުނިން މައުލޫމާތުދެ އެވެ.
ދިރާގުގެ 35 ވަނަ އަހަރު ފާހަގަކުރަމުންދާއިރު އެކުންފުނިން ދަނީ ރާއްޖޭގެ ޑިޖިޓަލް ޓްރާންސްފޯމޭޝަން ދަތުރުގައި އިސްކޮށް ހަރަކާތްތެރިވެ، ކަސްޓަމަރުންނަށް އެންމެ ރަނގަޅު ފެންވަރުގެ ހިދުމަތް ފޯރުކޮށްދީ، ޑިޖިޓަލް ރައްޖޭގައި ކުރިއެރުމަށް މަގުފަހިކޮށްދެމުންނެވެ.










