ހުލާސާކޮށް އިއްޔެ: ސަޖުނީ އާއި އަބްދުﷲ އަލުން ބީއެމްއެލް ބޯޑަށް

ސަޖުނީ އާއި އަބްދުﷲ ހަސަން

ސަޖުނީ އާއި އަބްދުﷲ ހަސަން

ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް)ގެ ބޯޑުގައި ތިބި ސަރުކާރު ތަމްސީލުކުރާ ނަން-އެގްޒެކެޓިވް ބޯޑު މެމްބަރުން ވަކިކުރި ނިންމުން ބަދަލުކޮށް، އޭގެ ތެރެއިން ދެ މީހަކު އަލުން ބޯޑަށް އައްޔަން ކުރި ކަމަށް އިއްޔެ ރިޕޯޓުކުރި އެވެ.

މިދިޔަ ބުރާސްފަތި ދުވަހު ސަރުކާރުން ވަނީ ބީއެމްއެލްގެ ޗެއާމަން ޔޫޝައު ސައީދު ހިމެނޭހެން ބޭންކުގެ ބޯޑުން ފަސް މެމްބަރަކު ވަކިކޮށްފަ އެވެ. މިއާ ގުޅިގެން ބީއެމްއެލްގެ ބޯޑުގެ ގާނޫނީ އަދަދު ގެއްލި އެއްވެސް ނިންމުމެއް ނުނިންމޭ ހާލަތަށް ބޭންކުގެ ކަންކަން ދިޔަ އެވެ.

ބީއެމްއެލްގެ ބޯޑުން އެ ފަސް މެމްބަރުން ވަކިކުރުމުން ބޯޑުގައި ބާކީ ތިބީ މެނޭޖިން ޑިރެކްޓަރު ކާލް ސްޓުމަކް އާއި އައިޝަތު ނޫރައްދީންގެ އިތުރުން އާންމު ހިއްސާދާރުން ތަމްސީލުކުރަން ބޯޑުގައި ތިބި މެމްބަރުން ހިމެނޭހެން ފަސް މެމްބަރުންނެވެ. ބޭންކުގެ އަސާސީ ގަވާއިދުގައިވާ ގޮތުން ކުއްލި ހާލަތެއްގައި މެނުވީ އަޅާ ފިޔަވަޅެއް އެޅޭނީ ބޯޑުގައި އަށް ޑިރެކްޓަރުން ތިބެގެންނެވެ.

އިތުބާރު ހުރި މަސްދަރަކުން "އަދަދު" ނޫހަށް މައުލޫމާތު ލިބިފައިވާ ގޮތުގައި އަލުން ބޯޑަށް އައްޔަން ކުރީ އަބްދުﷲ ހަސަން އާއި އައިޝަތު ސަޖުނީ އެވެ. އެ ދެ ބޭފުޅުންނާ އެކީ މިހާރު ބޯޑުގައި ތިބީ ހަތް މެމްބަރުންނެވެ.

ބޭންކުގެ ގަވާއިދުގައި ބުނާ އަށް މެމްބަރުން ހަމަކުރަން ސަރުކާރުން ވަނީ ބޭންކުގެ ޗެއާމަނަކަށް ހުރި ޔޫޝައު ސައީދުއަށް ވެސް އަލުން އެ މަގާމު ހުށަހަޅައިފަ އެވެ. އެކަމަކު އޭނާ އަދި އެކަމަށް އިންކާރުކުރަމުން އަންނަ ކަމަށް މި ނޫހާ ވާހަކަދެއްކި މަސްދަރުން މައުލޫމާތު ދިނެވެ.

މިކަމާ ގުޅޭ ގޮތުން މިހާތަނަށް ސަރުކާރުގެ ބަހެއް ނޫނީ ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ ބެލެނިވެރި އިދާރާ ޕްރައިވެޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑު (ޕީސީބީ)ގެ ބަހެއް ނުލިބެ އެވެ. މިކަމުގެ މައުލޫމާތު ހޯދަން ޕީސީބީގެ ރައީސް ހަމްދީ އަގީލަށް ތަކުރާރުކޮށް ގުޅުމުން ވެސް އޭނާ ފޯނަށް ޖަވާބެއް ނުދެއްވަ އެވެ.

ބީއެމްއެލްގެ ކަންކަން މި ހިސާބަށް ދިޔައީ ބޭރުގައި ކިޔަވާ ކުދިންނަށް ދޫކުރާ ޑޮލަރު ލިމިޓު އަންނަ ފެބްރުއަރީން ފެށިގެން 1200 ޑޮލަރަށް ބޮޑުކުރަން ސަރުކާރުން ނިންމިނިންމުމަށް ބޭންކުން އެއްބާރުލުން ނުދީގެންނެވެ. މިކަން ފެބްރުއަރީން ފެށިގެން ތަންފީޒުކުރެވިދާނެ ކަމާމެދު ސުވާލު އުފެދިފައިވާއިރު، ސަރުކާރުން އަންނަނީ އެކަން ތަންފީޒުކުރަން ބޭންކަށް ޕްރެޝަރު ކުރަމުންނެވެ.

ޑޮލަރު ތާށިކަމުގެ ތެރޭގައި ބީއެމްއެލްއިން ވަނީ ކުރިން ވިޔަފާރިތަކަށް ދެމުން އައި ޑޮލަރު ސަޕޯޓު ވެސް ހުއްޓާލާފަ އެވެ. ބޭންކުން ބުނަނީ އެ ހިދުމަތް ދިނުމާ ނުދިނުން ބިނާވަނީ ބޭންކުގެ ޑޮލަރު ރިޒާވަށް ކަމަށާއި މި ދުވަސްވަރު ޑޮލަރު ލިބުން ތާށިކަމުން ޑޮލަރު އެހީ ދިނުމުގައި ދަތިތަކާ ކުރިމަތިލާން ޖެހިފައިވާ ކަމަށެވެ.

ބީއެމްއެލްއަކީ އާންމުންނާއި ސަރުކާރު ހިއްސާވާ ޕަބްލިކް ލިމިޓެޑް ކުންފުންޏެކެވެ. އެ ބޭންކުގައި ސަރުކާރުގެ ހިއްސާއަކީ 62.2 ޕަސެންޓެވެ. އިތުރު 4.1 ޕަސެންޓު ހިއްސާވަނީ ސަރުކާރު ހިއްސާވާ ކުންފުނިތަކެވެ. ބާކީ 32.7 ޕަސެންޓުގެ ހިއްސާދާރުންނަކީ އާންމުންނެވެ.

މުހިއްމު ބައެއް ހަބަރު

ކޮމެންޓް

ފަހުގެ ޚަބަރު

ގޮޅިތަކެއް އިމާރާތްކުރަން ޕޮލްކޯއާ ހަވާލުކުރުމުން ގެއްލުންތަކެއް

މާފުށީ ޖަލުގައި ގޮޅިތަކެއް އިމާރާތްކުރުމަށް ޕޮލްކޯއާ ހަވާލުކުރި މަޝްރޫއު، އެ ކުންފުނިން އެހެން ބަޔަކަށް ސަބް-ކޮންޓްރެކްޓް ކުރުމުގެ ސަބަބުން ދައުލަތަށް ބޮޑު މާލީ ގެއްލުމެއް ލިބިފައިވާކަން އޮޑިޓް ރިޕޯޓުން ހާމަވެއްޖެއެވެ. މީގެ އިތުރުން، ނުކުރާ މަސައްކަތްތަކަކަށް 2.9 މިލިއަން ރުފިޔާ ދައްކާފައިވާތީ، މި މައްސަލަ އޭސީސީއަށް ހުށަހެޅުމަށް އޮޑިޓް އޮފީހުން ވަނީ ލަފާދީފައެވެ.

ކުޅުދުއްފުށީގައި 'މަނަސްހަބް' ހުޅުވައިފި

ކުޅުދުއްފުށީ ސިޓީ ކައުންސިލާއި އޮސްޓްރޭލިއާ ހައިކޮމިޝަން ގުޅިގެން، ނަފްސާނީ ދުޅަހެޔޮކަމަށް ހޭލުންތެރިކަން އިތުރުކުރުމަށް "މަނަސްހަބް" ނަމުގައި ހާއްސަ މަރުކަޒެއް އެ ސިޓީގައި ހުޅުވައިފިއެވެ. މި މަރުކަޒުގެ މައިގަނޑު މަގުސަދަކީ ނަފްސާނީ ބަލިތަކަށް ހުރި ނުރަނގަޅު ތަސައްވަރުތައް ނައްތާލައި، އެހީތެރިކަން ބޭނުންވާ ފަރާތްތަކަށް ފަސޭހަކަމާއެކު ފަރުވާ ލިބޭނެ އިންތިޒާމު ހަމަޖައްސައިދިނުމެވެ.

ޔާމީނަށް އަބްދުއްރަހީމްގެ ހޫނު ރައްދެއް

ރަސްމާލެ މަޝްރޫއު ހުއްޓާލުމަށް ކުރީގެ ރައީސް ޔާމީން ގޮވައިލެއްވުމާ ގުޅިގެން، އެއީ ވެރިކަމުގެ ދަހިވެތިކަމުގައި ގައުމަށް ޣައްދާރުވުން ކަމަށް ވިދާޅުވެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް ވަނީ ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ. އަދި ޔާމީންގެ ވެރިކަމުގައި ފ. އަތޮޅު މަޝްރޫއަށް އެމްޑީޕީން ހުރަސްއެޅި ގޮތަށް، މިއަދު ޔާމީން ވެސް އަމަލުކުރައްވަނީ ހަމަ އެފަދައިންކަން އަބްދުއްރަހީމް ފާހަގަކުރެއްވިއެވެ.

ހައުސިން ޔުނިޓް ނިމޭއިރު ލިބޭ މީހުން ކަނޑަނޭޅޭތީ ކަންބޮޑުވުން

ލ. ގަމުގައި ތަރައްގީކުރާ 100 ހައުސިން ޔުނިޓްގެ މަސައްކަތް ނިމުމަކާ ގާތްވެފައިވާއިރު، އެ ތަންތަން ލިބޭނެ ފަރާތްތައް ކަނޑައެޅުމުގެ އެއްވެސް މަސައްކަތެއް ކުރިއަށް ނުދާތީ ކައުންސިލުން ވަނީ ކަންބޮޑުވުން ފާޅުކޮށްފައި. ކައުންސިލުން އެދެނީ މިނިސްޓްރީން ނުވަތަ ކައުންސިލް މެދުވެރިކޮށް ނަމަވެސް، ވީހާވެސް އަވަހަށް އެ ތަންތަން ހަވާލުކުރުމުގެ މަރުހަލާ ފެށުމަށް.

ތިނަދޫ ކައުންސިލް ރައީސްގެ މަގާމަށް ކުރިމަތިލުމަށް ހުޅުވާލައިފި

ވ. ތިނަދޫ ކައުންސިލްގެ ރައީސް ޝުޖާއު އަލީ ޕާޓީ ބަދަލުކުރުމާ ގުޅިގެން އޭނާގެ ގޮނޑި ގެއްލިފައިވާތީ، އެ މަގާމަށް މީހަކު އިންތިޚާބު ކުރުމަށް ބާއްވާ ބައި-އިލެކްޝަނަށް ކުރިމަތިލުމުގެ ފުރުސަތު އިލެކްޝަންސް ކޮމިޝަނުން ހުޅުވާލައިފިއެވެ. އޮކްޓޯބަރު 26 އާ ހަމައަށް ކުރިމަތިލުމުގެ ފުރުސަތު އޮތް މި އިންތިޚާބު ބޭއްވުމަށް ހަމަޖެހިފައިވަނީ ނޮވެމްބަރު 28 ގައެވެ.

ރަސްމާލެ މަޝްރޫއު ހުއްޓާލަން ޔާމީން ގޮވައިލައްވައިފި

އެކްސްގައި ޔާމީން ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އީގަލް ހިލްސް ކުންފުނިން ދަނީ، ރައްޔިތުންގެ ތާއީދާއި އިތުބާރު ގެއްލިފައި އޮތް ރާއްޖޭގެ ސަރުކާރުގެ ނާޖާއިޒު ފައިދާ ނަގަމުން ކަމަށް. ސަރުކާރުން ރަސްމާލެ ދޫކޮށްލީ ލޭންޑް އިކުއިޒިޝަން ފީއެއް އަދި ބިމު ކުުއްޔެއް ނުނަގާ ގޮތަށް.

އެމްޓީސީސީއަށް "މެގަ" ޑްރެޖަރު ގަންނަ އަގު ހާމަނުކުރި

އެމްޓީސީސީގެ "މަހާޖައްރާފު" އަށް ނުފޯރާ ފުންމިނުން ވެލިނެގުމަށްޓަކައި 75 މީޓަރު އަޑިން މަސައްކަތްކުރެވޭ އާ ޑްރެޖަރެއް ގަތުމުގެ ޕްރޮކިއުމަންޓް މަސައްކަތް އެ ކުންފުނިން ދަނީ ކުރަމުން. ނަމަވެސް، އެއީ ބޮޑު އެސެޓަކަށްވެފައި ޕްރޮސެސް ކުރިއަށްދާތީ އެ ޑްރެޖަރު ގަންނަ އަގު ހާމަކޮށްފައެއް ނުވޭ.

Newsletter

Get the latest news delivered straight to your inbox