ގަދަ 16 ބުރުގައި ކޮރެއާ ނުކުންނާނީ ސައުދީއާ ދެކޮޅަށް

Jan 26, 2024, 9:43 AM
ދެކުނު ކޮރެއާ މެޗެއްގެ ތެރެއިން ލަނޑު ޖެހުމަށް ފަހު ސޮން އުފާފާޅުކުރަނީ.---

ދެކުނު ކޮރެއާ މެޗެއްގެ ތެރެއިން ލަނޑު ޖެހުމަށް ފަހު ސޮން އުފާފާޅުކުރަނީ.---

ދޯހާ، ގަތަރު (ޖެނުއަރީ 26) - މިހާރު ކުރިއަށްދާ އޭޝިއަން ކަޕްގެ ގަދަ 16 ބުރުގައި ސައުދީ އަރަބިއްޔާ އިން ދެކުނު ކޮރެއާއާ ދެކޮޅަށް ނުކުންނަން ޖެހިއްޖެ އެވެ.

ދެކުނު ކޮރެއާ ދިޔައީ ވާދަކުރި ގްރޫޕްގެ ދެ ވަނަ އެވެ. ދެކުނު ކޮރެއާ ހިމެނުނު ގްރޫޕް އީގެ އެއް ވަނަ ހޯދީ ބަހްރެއިން އެވެ. ދެކުނު ކޮރެއާ އިން ފުރަތަމަ މެޗުގައި ބަހްރޭން 3-1 އިން ބަލިކުރި ނަމަވެސް، ފަހުން ޖޯޑަން އާއި 2-2 އިން އެއްވަރުވެ، މެލޭޝިއާ އަތުން 3-3 އިން އެއްވަރުވީ އެވެ.

އޭޝިއާގެ ގަދަ ބާރެއްގެ ގޮތުގައި އޮތް ދެކުނު ކޮރެއާ އިން 64 އަހަރުތެރޭ ފުރަތަމަ ފަހަރަށް އޭޝިއަން ކަޕް ކާމިޔާބުކުރަން މަސައްކަތް ކުރާއިރު، އެ ޒިންމާއާ ހަވާލުވެ ހުރި ކޯޗަކީ، ޖަރުމަނުގެ ކުރީގެ ފޯވާޑް، ޔާގަން ކްލިންސްމަން އެވެ.

"އެއްވެސް ޓީމެއްގެ ނަމަަށް ބަލައިގެން ފަސޭހައެއް ނުވާނެ، އޭޝިއާ ފުޓްބޯޅަ ކުރިއަރައިފި، މެޗުތައް އުނދަގޫ،" ކްލިންސްމަން ބުންޏެވެ.

ގަދަ 16 ބުރުގައި ދެކުނު ކޮރެއާ އިން ނުކުންނާނީ އިޓަލީގެ ރޮބާޓޯ މަންޗިނީ ކޯޗުކޮށްދޭ ސައުދީއާ ދެކޮޅަށެވެ. ސައުދީން ގްރޫޕްގެ ފުރަތަމަ ދެ މެޗުން އޮމާން އާއި ކިރްގިސްތާން އަތުން މޮޅުވި ނަމަވެސް، ފަހު މެޗުން ވަނީ ތައިލެންޑާ 0-0 އިން އެއްވަރުވެފަ އެވެ.

މި ފަހަރުގެ އޭޝިއަން ކަޕްގެ ތާރީހީ އެންމެ ބޮޑު އުސްއައްޔަކީ، ފަލަސްތީނާއި ސީރިއާ އިން މުޅިން އަލަށް ނޮކައުޓް ބުރުން ފުރުސަތު ހޯދުމެވެ. ހަނގުރާމައިގެ ސަބަބުން މި ދެ ގައުމަށް އަމިއްލަ ގައުމުގައި މެޗުތައް ކުޅެ ކުރިއެރުން ހޯދަން ހަނި ފުރުސަތުތަކެއް އޮތް ނަމަވެސް ފުޓްބޯޅައިން މި ދެ ޓީމު ހޯދަމުން އަންނަ ކުރިއެރުމަށް ގިނަ ބަޔަކު ތައުރީފުކުރެ އެވެ.

އޭޝިއަން ކަޕް ގަދަ 16 ބުރުގެ މެޗުތައް:

ތަޖިކިސްތާން - ޔޫއޭއީ (28 ޖެނުއަރީ)

އޮސްޓްރޭލިއާ - އިންޑޮނޭޝިއާ (28 ޖެނުއަރީ)

އިރާގު - ޖޯޑަން (29 ޖެނުއަރީ)

ގަތަރު - ފަލަސްތީން (29 ޖެނުއަރީ)

ސައުދީ އަރަބިއްޔާ - ދެކުނު ކޮރެއާ (30 ޖެނުއަރީ)

އުޒްބެކިސްތާން - ތައިލެންޑް (30 ޖެނުއަރީ)

އިރާން - ސީރިއާ (31 ޖެނުއަރީ)

ބަހްރޭއިން - ޖަޕާން (31 ޖެނުއަރީ)

ކޮމެންޓް

ފަހުގެ ޚަބަރު

ލިވަޕޫލް ދަނޑުގައި މޮޅުވެ އާސެނަލަށް އެއް ވަނައިގައި ލީޑެއް

އިނގިރޭސި ޕްރިމިއާ ލީގުގައި ލިވަޕޫލް އަތުން 1-0 އިން މޮޅުވެ، އާސެނަލުން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް ނަގައިފި. ކައި ހަވާޓްޒް ކާމިޔާބުކުރި ލަނޑުން ހޯދި މި މޮޅަކީ ވޭތުވެދިޔަ 14 އަހަރު ތެރޭ ލިވަޕޫލްގެ ދަނޑުގައި އާސެނަލް ހޯދި ފުރަތަމަ މޮޅު

ވޯލްޑް ކަޕްގެ ތަޖުރިބާ، ރާއްޖޭގެ ފުޓްބޯޅަ އަށް ފުރުސަތުތަކެއް

އަޒަރުބައިޖާންގައި ބޭއްވި 15 އަހަރުން ދަށުގެ ވޯލްޑް ކަޕްގައި ރާއްޖޭގެ ޓީމު ވާދަކުރުމަކީ ޒުވާން ކުޅުންތެރިންގެ ކުރިމަގަށް ލިބުނު މުހިންމު ތަޖުރިބާއެއް ކަމަށް ކޯޗު ޝާކިއްޓެ ވަނީ ބުނެފައި. ޖުމްލަ 189 ޓީމު ވާދަކުރި މި މުބާރާތުގައި ރާއްޖެއިން 10 މެޗު ކުޅުނުއިރު، އެއް މެޗުން މޮޅުވެ، އެއް މެޗު އެއްވަރުކޮށް، މުޅި މުބާރާތުގެ 159 ވަނަ ވަނީ ހޯދާފައި

ބައެއް ހާލަތްތަކުގައި އަނގައިން ނުބުނުން ބުއްދިވެރި: މޮރީނިއޯ

ޗައިނާގެ ކުރީގެ ލީޑަރު މާއޯ ޒެޑެންގާ ބެހޭގޮތުން އެމްބާޕޭ ދެއްކި ވާހަކަތަކަކާ ގުޅިގެން، ޗައިނާގެ ކުންފުނިތަކުންނާއި މީޑިއާއިން އޭނާއާ ދެކޮޅަށް ފިޔަވަޅު އަޅަން ފަށައިފި. މި މައްސަލައިގައި ރެއާލް މެޑްރިޑާއި އެމްބާޕޭ މައާފަށް އެދިފައިވާއިރު، ކޯޗު މޮރީނިއޯ ބުނީ މިފަދަ ހާލަތްތަކުގައި އަނގައިން ނުބުނެ ހުރުމަކީ އެންމެ ބުއްދިވެރި ގޮތް ކަމަށް.

ވޯލްޑް ކަޕް ފައިނަލުގައި ސްޕެއިނާ މިހާރު ކުޅެފިނަމަ ބަލިކުރާނަން

ވޯލްޑް ކަޕް ފައިނަލުގައި ސްޕެއިން އަތުން ބަލިވި ނަމަވެސް، މިހާރު އެ ޓީމާ ކުޅެފިނަމަ ބަލިކުރާނެ ކަމަށް އާޖެންޓީނާގެ ކީޕަރު އެމިލިއާނޯ މާޓިނޭޒް ބުނެފިއެވެ. އޭނާ ފާހަގަކުރި ގޮތުގައި ސްޕެއިނަށް ވުރެ 2022 ވަނަ އަހަރުގެ ފައިނަލުގައި ބައްދަލުކުރި ފްރާންސް ޓީމު މާ ވަރުގަދައެވެ. އަދި މިފަހަރުގެ މުބާރާތުގެ ބޮޑުބައި އޭނާ ކުޅުނީ އިނގިލި ބިންދައިގެން ގޮސްފައި ހުރެގެން ކަމަށްވެސް މާޓިނޭޒް ހާމަކުރިއެވެ.

ކޭން އަތުން ޕެނަލްޓީ ނާކާމިޔާބު، ބަޔާނާއި ޑޯޓްމަންޑް އެއްވަރު

ޖަރުމަނު ލީގުގައި ބަޔާން މިއުނިކާއި ބޮރޫޝިއާ ޑޯޓްމަންޑް ބައްދަލުކުރި މެޗު 2-2 އިން އެއްވަރުވިއިރު، ބަޔާންގެ ހެރީ ކޭން އަތުން ވަނީ ޕެނަލްޓީއެއް ނާކާމިޔާބުވެފައި. މެޗުގެ ފަހު ވަގުތު ޑޯޓްމަންޑުން ލަނޑު ޖަހައި ނަތީޖާ އެއްވަރުކުރިއިރު، މި ނަތީޖާއާއެކު ދެ ޓީމަށް ވެސް 18 ޕޮއިންޓް ލިބިގެން ބަޔާން އޮތީ ތާވަލުގެ އެއްވަނައިގައި

މިލާން އަތުން ބަލިވެ އިންޓަ އަށް އެއް ވަނަ ގެއްލިއްޖެ

އިޓާލިއަން ލީގުގައި ރޭ ކުޅުނު މިލާން ޑާބީގައި އޭސީ މިލާން އަތުން 3-1 އިން ބަލިވެ، އިންޓަ މިލާނަށް ތާވަލުގެ އެއްވަނަ ގެއްލިއްޖެ. މި ނަތީޖާއާއެކު އިންޓަ ދެވަނައަށް ސޮއްސާލިއިރު، ލަނޑުގެ ތަފާތުން ލާޒިއޯ މިހާރު އޮތީ ތާވަލުގެ އެއްވަނައިގައި

އަލަވޭސް ބަލިކޮށް ބާސެލޯނާ އަލުން އެއް ވަނަ އަށް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުން ޑިޕޯޓިވޯ އަލަވޭސް 6-1 އިން ބަލިކޮށް، ބާސެލޯނާ އިން އަލުން ތާވަލުގެ އެއްވަނަ މަގާމު ހޯދައިފި. މި މޮޅާއެކު ބާސެލޯނާ އެއްވަނައިގައި އޮތީ 11 މެޗުން 30 ޕޮއިންޓް ހޯދައިގެން ކަމަށްވާއިރު، މި މެޗުގައި އެޓީމުގެ ލަމީން ޔަމާލް އަދި ރަފީނިއާ ވަނީ މޮޅު ކުޅުމެއް ދައްކާފައި

Newsletter

Get the latest news delivered straight to your inbox