ޒިކުރާ މިސްކިތް ތިން ބުރިއަށް އިމާރާތް ކުރަން އެސްޖޭއާ ހަވާލުކޮށްފި

ޒިކުރާ މިސްކިތް ތިން ބުރިއަށް ހަދަން އެސްޖޭއާއެކު ސޮއި ކުރުން; މި މިސްކިތުގެ މަސައްކަތް ކުރާނީ އެސްޖޭގެ ހަރަދުގައި -- ފޮޓޯ: އިސްލާމިކް މިނިސްޓްރީ

ޒިކުރާ މިސްކިތް ތިން ބުރިއަށް ހަދަން އެސްޖޭއާއެކު ސޮއި ކުރުން; މި މިސްކިތުގެ މަސައްކަތް ކުރާނީ އެސްޖޭގެ ހަރަދުގައި -- ފޮޓޯ: އިސްލާމިކް މިނިސްޓްރީ

ޒިކުރާ މިސްކިތާއެކު ދިގު ތާރީހެއް އޮތް އެސްޖޭ ކޮންސްޓްރަކްޝަން ކުންފުނީގެ ހަރަދުގައި އެ މިސްކިތް ތިން ބުރިއަށް އިމާރާތް ކުރަން އިސްލާމިކް މިނިސްޓްރީއާއެކު މިއަދު ސޮއިކޮށްފި އެވެ.

ޒިކުރާ މިސްކިތް ތިން ބުރިއަށް ނެގުމުގެ މަސައްކަތް ކުރުމަށް އިސްލާމިކް މިނިސްޓްރީއާއެކު އެސްޖޭ ކޮންސްޓްރަކްޝަނުން މިއަދު އެމްއޯޔޫއެއްގައި ސޮއިކުރީ, އެސްޖޭގެ ސޯޝަލް ސާވިސް އިނީޝިއޭޓިވްގެ ދަށުން އެ މަޝްރޫއަށް ހަރަދު ކުރާ ގޮތަށެވެ.

އެސްޖޭގެ ހަރަދުގައި ޒިކުރާ މިސްކިތް ހެދުމުގެ އެއްބަސްވިއިރު, މިއަދު އިސްލާމިކް މިނިސްޓްރީން ވަނީ ހުޅުމާލޭގައި މިސްކިތް އެޅުމަށް އަމިއްލަ ދެ ފަރާތަކާއެކު ވެސް އެމްއޯޔޫއެއްގައި ސޮއިކޮށްފަ އެވެ.

ހުޅުމާލޭގައި މިސްކިތް އެޅުމަށް ލީސާ މޯލްޑިވްސްއާއެކު ސޮއިކުރި -- ފޮޓޯ: އިސްލާމިކް މިނިސްޓްރީ
ހުޅުމާލޭގައި މިސްކިތް އެޅުމަށް ލީސާ މޯލްޑިވްސްއާއެކު ސޮއިކުރި -- ފޮޓޯ: އިސްލާމިކް މިނިސްޓްރީ

ހުޅުމާލޭގައި މިސްކިތް އެޅުމަށް ލީސާ މޯލްޑިވްސްއާއެކު ސޮއިކުރި -- ފޮޓޯ: އިސްލާމިކް މިނިސްޓްރީ

އެއީ ލީސާ މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑުން ހަރަދު ކުރާ ގޮތަށް އަޅާ މިސްކިތަކާއި, ކެންސަރު ބަލީގައި މަރުވި އަހުމަދު އަލީމްގެ ހަނދާނުގައި އުފެއްދި އަލީމް ފައުންޑޭޝަނުން ހަރަދު ކުރާ ގޮތަށް އަޅާ މިސްކިތެކެވެ.

ހުޅުމާލޭގައި މިސްކިތް އެޅުމަށް އަލީމް ފައުންޑޭޝަނާއެކު ސޮއިކުރި -- ފޮޓޯ: އިސްލާމިކް މިނިސްޓްރީ
ހުޅުމާލޭގައި މިސްކިތް އެޅުމަށް އަލީމް ފައުންޑޭޝަނާއެކު ސޮއިކުރި -- ފޮޓޯ: އިސްލާމިކް މިނިސްޓްރީ

ހުޅުމާލޭގައި މިސްކިތް އެޅުމަށް އަލީމް ފައުންޑޭޝަނާއެކު ސޮއިކުރި -- ފޮޓޯ: އިސްލާމިކް މިނިސްޓްރީ

ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމްގެ ބައްޕާފުޅުގެ ހަނދާނުގައި ބިނާކޮށްފައި ހުރި ޒިކުރާ މިސްކިތް ތަޅާލުމަށް ފަހު އެތަނުގައި "ދާރުލް ޒިކުރާ" ގެ ނަމުގައި 10 ބުރީގެ އިމާރާތެއް އަޅަން ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގައި ނިންމި އެވެ. އެ ނިންމުމުގެ ދަށުން އިސްލާމިކް މިނިސްޓްރީ އާއި އެސްޖީ ކުންފުންޏާ ދެމެދު، 130 މިލިއަން ރުފިޔާ ޖުމްލަ މަޝްރޫއުއަށް ލިބޭ ގޮތަށް ސޮއިކުރި އެވެ.

ނަމަވެސް, އެ އެއްބަސްވުން ބާތިލު ކުރި މައްސަލައިގައި ދެ ފަރާތުން ވެސް ކޯޓަށް ދިޔަ އެވެ. އެ މައްސަލައިގައި އެންމެ ފަހުން ދެ ފަރާތުން އެއްބަސްވީ, ބަދަލުގައި އެސްޖޭގެ ހަރަދުގައި ހުޅުމާލެ ދެވަނަ ފިޔަވަހީގައި މިސްކިތެއް އެޅުމަށެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ސައިކަލުގައި އިން އެކަކު މުއްދަތު ހަމަނުވަނީސް ބަންދުން ދޫކޮށްލި

ހުޅުމާލޭގައި ތިން މީހުން އަރުވައިގެން ވަންވޭއާ ދެކޮޅަށް ދުއްވި ސައިކަލެއް އެކްސިޑެންޓްވިއިރު، އޭގައި އިން އެކަކީ ކުށުގެ ރެކޯޑު އޮތް، ބަންދުގެ މުއްދަތު ހަމަނުވަނީސް ދޫކޮށްލާފައިވާ މީހެއް. މި ހާދިސާގައި ފަސް މީހަކަށް އަނިޔާވެ ދެ މީހަކަށް ވެންޓިލޭޓަރުގައި ފަރުވާދެމުންދާއިރު، އެ ސައިކަލަކީ ވަގަށް ނަގާފައިވާ ސައިކަލެއް ކަމަށް ބެލެވޭ.

އެމްޓީސީސީގައި 6،700 މުވައްޒަފުން، ކޮންޓްރެކްޓް މުވައްޒަފުން ގިނަ

އާރްޑީސީ އާއި އެމްޓީސީސީ އެއްކޮށްލުމުގެ ކުރިން އެމްޓީސީސީގައި 6،700 މުވައްޒަފުން ތިބިއިރު، އޭގެ ތެރެއިން ގިނައީ ކޮންޓްރެކްޓް މުވައްޒަފުން. ދެ ކުންފުނި އެއްކޮށްލުމުން އާރްޑީސީގެ 4،000 އެއްހާ މުވައްޒަފުން އެމްޓީސީސީއާ ގުޅޭނެ ކަމަށާއި، މިއާއެކު ރާއްޖޭގެ ހުރިހާ ރަށެއްގައި އެ ކުންފުނީގެ މުވައްޒަފުން ތިބޭނެ ކަމަށް އެމްޓީސީސީން ބުނޭ.

ހުޅުމާލޭ ސިންތެޓިކް ޓްރެކް މަރާމާތު ކުރުމުގެ މަސައްކަތް ފަށައިފި

ހުޅުމާލޭ ސިންތެޓިކް ޓްރެކް ބައިނަލްއަގުވާމީ މިންގަނޑުތަކަށް ފެއްތުމަށްޓަކައި މަރާމާތުކުރުމުގެ އަމަލީ މަސައްކަތް ޔޫތު މިނިސްޓްރީން މިހާރު ވަނީ ފަށާފައި. މި މަޝްރޫއުގެ ދަށުން ޓްރެކް ޕީޔޫއަށް ބަދަލުކޮށް، އެތުލީޓުން ހަދާ ރެކޯޑުތައް ބަލައިގަނެވޭ ފެންވަރަށް ތަރައްގީކޮށް އަންނަ އަހަރުގެ ޖެނުއަރީއަށް ނިންމުމަށް ވަނީ އަމާޒު ހިފާފައި.

ހުޅުމާލެ އެކްސިޑެންޓުގައި އަނިޔާވި ދެ މީހުން ދޫކޮށްލައިފި

ހުޅުމާލޭގައި ފުލުހުންނަށް ފިލަން އުޅުނު ސައިކަލެއް އެހެން ސައިކަލެއްގައި ޖެހި ހިނގި އެކްސިޑެންޓުގައި އަނިޔާވި ފަސް މީހުންގެ ތެރެއިން ދެ މީހަކަށް އަދިވެސް ފަރުވާދެނީ ވެންޓިލޭޓަރުގައި. މި ހާދިސާގައި އަނިޔާވި ދެ މީހަކު ފަރުވާއަށްފަހު ދޫކޮށްލާފައިވާއިރު، އެކްސިޑެންޓުވި އެއް ސައިކަލަކީ ވަގަށް ނަގާފައިވާ ސައިކަލެއް ކަމަށް ބެލެވޭ ކަމަށް ފުލުހުން ބުނޭ.

އީގަލް ހިލްސްއިން ހައުސިން ޔުނިޓުތައް އަޅަނީ އާބަން އައިލްގައި

ޔޫއޭއީގެ އީގަލް ހިލްސް ކުންފުނިން ހުޅުމާލޭ އާބަން އައިލްގައި ތަރައްގީކުރާ 5000 ހައުސިން ޔުނިޓުގެ އަގު ދައްކަނީ ސަރުކާރަށް މުސްތަގުބަލުގައި ލިބޭނެ ކަަމަށް ބުނާ ކޮމިޝަނުން.

ނޮވެމްބަރުގެ ތިން ދުވަސް: ނަވީ ޕިއްލޭ އަދި ދިވެހިރާއްޖެ

އދ. ގައި ފަހުން ބޭއްވި ރިވިއުއެއްގައި، ރާއްޖޭގެ އޮފިޝަލުން ވަނީ ހައްދު ޖެހުމަކީ އިސްލާމީ ޝަރީއަތުގެ ތެރެއިން ކުރާ ކަމެއް ކަމަށް ބުނެ އެކަން ދިފާއުކޮށްފަ އެވެ. ނަމަވެސް ޕިއްލޭ އާއި އެމްނެސްޓީ އިންޓަނޭޝަނަލް ފަދަ ޖަމާއަތްތަކުން ދިޔައީ އެކަން ހުއްޓާލުމަށް ގޮވާލަމުންނެވެ.

"މެދުއިރުމަތީ ހަނގުރާމަ ރާއްޖެއާ ގާތަށް އައުމުގެ ބިރު އެބައޮތް"

ރާއްޖޭގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށްޓަކައި އިންޑިއާ ފަދަ ބޭރުގެ ބާރުތަކުގެ އަސްކަރީ އެހީތެރިކަން ހޯދުމަކީ މުހިންމު ކަމެއް ކަމަށް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

Newsletter

Get the latest news delivered straight to your inbox