އަމިއްލަ ސަބަަބަކާ ހުރެ ވިރާތަށް އިންޑިއާގެ ޓެސްޓް ކްރިކެޓް ޓީމުން ބްރޭކެއް

Jan 23, 2024, 6:02 AM
އަމިއްލަ ސަބަަބަކާ ހުރެ ވިރާތަށް އިންޑިއާގެ ޓެސްޓް ކްރިކެޓް ޓީމުން ބްރޭކެއް

ބެންގަލޫރު، އިންޑިއާ (ޖެނުއަރީ 23) - އަމިއްލަ ސަބަބަކާ ހުރެ މަޝްހޫރު ތަރި، ވިރާތު ކޯލީ، އިންޑިއާގެ ޓެސްޓް ކްރިކެޓް ޓީމުން ބްރޭކެއް ނަގައިފި އެވެ.

އިންގްލެންޑާ ދެކޮޅަށް އިންޑިއާ އިން ކުޅެން ހަމަޖެހިފައިވާ ފަސް މެޗު ހިމެނޭ ޓެސްޓް ސީރީސްގައި ކުރީގެ ކެޕްޓަން، ވިރާތު، 35، ނުކުޅެން ނިންމީ ފުރަތަމަ ދެ މެޗުގަ އެވެ.

އިންޑިއާގެ ކްރިކެޓް ބޯޑުން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، އިންޑިއާ ޓެސްޓް ކްރިކެޓް ޓީމުގެ ވެސް ކެޕްޓަން ރޯހިތު ޝަރްމާއާ އެކު ވިރާތު ބޭއްވި ބައްދަލުވުމެއްގައި ވަނީ ޓެސްޓް ޓީމުން ބްރޭކެއް ނަގަން ޖެހުނީ ކީއްވެކަން އޮޅުންފިލުވައިދީފައި ކަމަށެވެ. އެއީ، މި ވަގުތު އަމިއްލަ ކަމެއްގައި ކޮންމެ ހެން ވެސް ބައިވެރިވާން ޖެހޭ ހާލަތެއް އޮތުމުން ކަމަށް ވިރާތު، އިންޑިއާގެ ކްރިކެޓް ބޯޑަށް ފޮނުވި ލިޔުމުގައިވެ އެވެ.

އިންޑިއާ އަށް 113 ޓެސްޓް މެޗު ކުޅެދީފައިވާ ވިރާތު އަކީ ޓެސްޓް މެޗުތަކުގައި އިންޑިއާ އަށް ހަތަރު ވަނަ އަށް އެންމެ ގިނަ އިން ލަނޑު ހަދައިދިން ކުޅުންތެރިޔާ އެވެ. އެ ގޮތުން، ވިރާތު ވަނީ ޓެސްޓް މެޗުތަކުގައި އިންޑިއާ އަށް 8848 ލަނޑު ހަދައިފަ އެވެ.

މި މެޗުގެ ކުރިން، އިންޑިއާ އިން މިދިޔަ ދެ އަހަރު ކުޅުނު ޓެސްޓް މެޗެއް ވިރާތަށް ގެއްލިފައިނުވެ އެވެ. އެންމެ ފަހުން އޭނާ އަށް ޓެސްޓް މެޗެއް ގެއްލުނީ ބުރަކަށްޓަށް ލިބުނު އަނިޔާއަކާ ހެދި އެވެ. ވިރާތު، އިންޑިއާގެ ޓެސްޓް ޓީމުގެ ކެޕްޓަނަކަށް ހުރިއިރު، 2014 އިން 2022 އާ ދެމެދު ވަނީ 68 މެޗު ކުޅެފަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ދެ ވަނަ މެޗުގައި ރާއްޖޭން ފަލަސްތީނު ކަައިރީގައި ފަރަގުކުޑަކޮށްފި

އޭޝިއާގެ 17 އަހަރުން ދަށުގެ މުބާރާތުގެ ކޮލިފައިންއަށް ތައްޔާރުވުމަށް ކުޅުނު އެކުވެރިކަމުގެ ދެވަނަ މެޗުން ފަލަސްތީނު އަތުން ރާއްޖެ 3-0 އިން ބަލިވެއްޖެ. ފުރަތަމަ މެޗާ އަޅާބަލާއިރު ރާއްޖޭން ކުޅުން ރަނގަޅުކުރި މި މެޗަށްފަހު، ކޮލިފައިންގައި ވާދަކުރުމަށް ރާއްޖޭގެ ޓީމު މި ހަފުތާގައި ތައިލެންޑަށް ފުރާނެ

ޔުނައިޓެޑަށް ރެލިގޭޝަންގެ ބިރު އޮތް ކަމަށް ޓެން ހާގް ބުނެފި

މެންޗެސްޓާ ޔުނައިޓެޑްގެ މިހާރުގެ މައްސަލަތައް ހައްލުނުކޮށްފިނަމަ، އެ ކްލަބް ރެލިގޭޝަނާ ކުރިމަތިލާންޖެހުމުގެ ބިރު އެބައޮތް ކަމަށް ކުރީގެ ކޯޗު އެރިކް ޓެން ހާގް ބުނެފިއެވެ. ލީގުގައި އެންމެ ދަށް ފެށުމަކާ އެކު ޔުނައިޓެޑް މިވަގުތު ތާވަލުގެ 16 ވަނައިގައި އޮތްއިރު، ޓެން ހާގް ވަނީ އޭނާގެ ކޯޗުކަމުގައި ހޯދި ކާމިޔާބީތަކަށް އަލިއަޅުވާލައި، މިހާރުގެ ހާލަތުން އަރައިގަތުމުގެ އުނދަގޫކަން ފާހަގަކޮށްފައެވެ.

ޗައިނާ އާއި ހޮންގް ކޮންގް އަދި ކޮރެއާ އަށް "ފައިޓެއް" ދެވޭނެ

ޗައިނާގައި ބާއްވާ އިންޓަނޭޝަނަލް ފުޓްސަލް މުބާރާތުގައި ވާދަކުރާ ވަރުގަދަ ޓީމުތަކާ ދެކޮޅަށް ރާއްޖޭގެ ގައުމީ ޓީމުން ރަނގަޅު ކުޅުމެއް ދައްކައި، ނަތީޖާ ނެރެވޭނެ ކަމަށް އެސިސްޓަންޓް ކޯޗު ފުހެއިދު (ޓޯޑް) ބުނެފި. ގައުމީ ކޯޗު، ފާރޫކް ޒަކީރޯވް ޕްލޭނާ އެއްގޮތަށް ތައްޔާރުވެފައިވާ މި ޓީމަކީ މިއަހަރުގެ ސާފް ފުޓްސަލް މުބާރާތުގެ ޗެމްޕިއަންކަން ހޯދާފައިވާ ޓީމު.

ލާޒިއޯ އަށް ލީޑެއް، ޔުވެންޓަސް އިން ނަޕޯލީ ބަލިކޮށްފި

އިޓާލިއަން ލީގުގައި ރޭ ކަލިއަރީ އަތުން 2-1 އިން މޮޅުވެ، ލާޒިއޯ އިން ތާވަލުގެ އެއް ވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް ނަގައިފި. މީގެ އިތުރުން، ޔުވެންޓަސް އިން ވަނީ ނަޕޯލީއާ ބައްދަލުކުރި މެޗު 2-0 އިން ކާމިޔާބުކޮށް، ލީގު ތާވަލުގެ ހަތް ވަނަ އަށް ކުރިއަށް ޖެހިލާފައި

ޑިއޮމަންޑޭގެ މޮޅު ލަނޑާ އެކު ރެއާލުން ރޭސިން ބަލިކޮށްފި

ސްޕެނިޝް ލީގުގައި ރޭސިން ސަންޓަންޑޭއާ ދެކޮޅަށް ކުޅުނު މެޗު 3-0 އިން ކާމިޔާބުކޮށް، ރެއާލް މެޑްރިޑުން ތާވަލުގެ އެއްވަނައިގައި އޮތް ބާސެލޯނާއާ ދެމެދު އޮތް ފަރަގު ތިން ޕޮއިންޓަށް ކުޑަކޮށްފިއެވެ. ރެއާލްގެ ލަނޑުތައް ފުރަތަމަ ހާފުގައި ކާމިޔާބުކޮށްދިނީ ކީލިއަން އެމްބާޕޭ، ޖޫޑް ބެލިންހަމް އަދި ޔަން ޑިއޮމަންޑޭ އެވެ.

ވެމްކޯ އަށް ޖެހިޖެހިގެން ފަސް ވަނަ ފަހަރަށް ގައުމީ ތަށި

ގައުމީ ވޮލީބޯޅަ މުބާރާތުގެ އަންހެން ޑިވިޝަނުގެ ފައިނަލުގައި ކްލަބް އެމްޓީސީސީ ބަލިކޮށް، ކްލަބް ވެމްކޯ އިން ޖެހިޖެހިގެން ފަސްވަނަ ފަހަރަށް މުބާރާތުގެ ތަށި އުފުލާލައިފި. މި އަހަރުގެ ގައުމީ ލީގުވެސް ކާމިޔާބުކުރި ވެމްކޯ އިން މި މުބާރާތުގެ ޗެމްޕިއަންކަން ހޯދީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެގެން

ލިވަޕޫލް ދަނޑުގައި މޮޅުވެ އާސެނަލަށް އެއް ވަނައިގައި ލީޑެއް

އިނގިރޭސި ޕްރިމިއާ ލީގުގައި ލިވަޕޫލް އަތުން 1-0 އިން މޮޅުވެ، އާސެނަލުން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް ނަގައިފި. ކައި ހަވާޓްޒް ކާމިޔާބުކުރި ލަނޑުން ހޯދި މި މޮޅަކީ ވޭތުވެދިޔަ 14 އަހަރު ތެރޭ ލިވަޕޫލްގެ ދަނޑުގައި އާސެނަލް ހޯދި ފުރަތަމަ މޮޅު

Newsletter

Get the latest news delivered straight to your inbox