ދަތުރުދިޔުމާއި މޫދުކުޅިވަރު ހިމަނައި، ކައުންސިލުތަކަށް ރަށްތައް ދޫކުރެވޭނެ ބޭނުންތައް އާއްމުކޮށްފި

ރާއްޖޭގެ ފަޅުރަށެެއް : ދަތުރުދިޔުމާއި މޫދުކުޅިވަރު ހިމެނޭހެން ކައުންސިލުތަކަށް ރަށްތައް ދޫކުރެވޭނެ ބޭނުންތައް އާއްމުކޮށްފި - ފޮޓޯ: އަންސްޕްލޭޝް

ރާއްޖޭގެ ފަޅުރަށެެއް : ދަތުރުދިޔުމާއި މޫދުކުޅިވަރު ހިމެނޭހެން ކައުންސިލުތަކަށް ރަށްތައް ދޫކުރެވޭނެ ބޭނުންތައް އާއްމުކޮށްފި - ފޮޓޯ: އަންސްޕްލޭޝް

ރަށު ކައުންސިލްތަކަށް ރަށްތަކާއި ފަޅުތައް ހިމެނޭހެން ކައުންސިލުތަކަށް ރަށްތައް ދޫކުރާ ގަވާއިދުގެ ދަށުން ފަޅުރަށްތައް ދޫކުރެވޭ ބޭނުންތައް ސަރުކާރުން ގެޒެޓުކޮށްފި އެވެ.

އާ ގަވާއިދުގެ ދަށުން އެ ރަށެއްގެ އިހުތިސާސްގައި ނުހިމެނޭ ރަށެއް ނުވަތަ ފަޅެއްވެސް ރަށު ކައުންސިލަށް ދޫކުރެވޭނެ އެވެ. އެ ރަށްތައް ދޫކުރުން މަތިކޮށްފައި ވަނީ މި ސަރުކާރުން އުފެއްދި ލޯކަލް ގަވަމަންޓު މިނިސްޓްރީއަށެވެ.

މިދިޔަ ސަރުކާރުން އެކުލަވާލި "މަސްވެރިކަމާއި ދަނޑުވެރިކަމާއި އިގުތިސޯދީ ބޭނުންތައް ފިޔަވައި އެ ނޫން ބޭނުންތަކަށް ފަޅު ރަށްރަށް ދޫކުރުމާ ބެހޭ ގަވާއިދު" އުވާލާ އެ ގަވާއިދަށް ގެނައި އިސްލާހުތަކާއެކު އިއްޔެ ގެޒެޓުކޮށްފައިވާ އާ ގަވާއިދުގައި ބުނެފައިވާ ގޮތުން ކައުންސިލްތަކުގެ އިހުތިސާސްގައި ނުހިމެނޭ ރަށެއް ނުވަތަ ފަޅެއް ދޫކުރާނީ ލޯކަލް ގަވަމަންޓު މިނިސްޓްރީންނެވެ.

ދަތުރުދިޔުމާއި މޫދުކުޅިވަރުގެ ހިދުމަތްތައް ހިމެނޭހެން މި ރަށްތައް ދޫކުރެވޭނެ ޖުމްލަ 17 ބޭނުމެއް ސަރުކާރުން ވަނީ މިއަދު އާއްމުކޮށްފަ އެވެ. އެގޮތުން ސަރުކާރުން ބުނެފައިވަނީ އާ ގަވާއިދުގެ ދަށުން ކައުންސިލްތަކަށް ރަށްތައް ދޫކުރެވޭނީ ރައްޔިތުންގެ މަންފާއަށް ބޭނުންކުރެވޭ ގޮތަށް އެ ބޭނުންތަކަށް ކަމަށެވެ.

އޭގެ ތެރޭގައި ހިމެނެނީ:

  • ގަސް ހެއްދުން ނުވަތަ ކާބޯތަކެތި ހެއްދުން
  • ތަކެތި ގުދަންކުރުން
  • ކުކުޅާއި ގެރިބަކަރި ފަދަ ތަކެތި ގެންގުޅުން
  • ދޫނި ގެންގުޅުން
  • މަސްކައްކައި ހިއްކުން
  • ލޮނުމަހުގެ މަސައްކަތް ކުރުން
  • ފަރުދީ ފެންވަރުގައި ހުއިފިލަނޑާ ކައްކައި ހިއްކުން
  • އެކުއަކަލްޗަރގެ މަސައްކަތް ކުރުން
  • ފާނަކޮށިއެޅުމާއި ފާނައިގެ މަސްވެރިކަން ކުރުން
  • ދިރޭމަސް ގެންގުޅުން
  • އޮޑިދޯނިފަހަރު ބަނުމުގެ މަސައްކަތް ކުރުން
  • ފައިބަރުގެ މަސައްކަތް ކުރުން
  • ވަޑާމުގެ މަސައްކަތް ކުރުން
  • ވޯކްޝޮޕް ހެދުން
  • އެޅިގަލުގެ މަސައްކަތް ކުރުން
  • ދަތުރުދިޔުމާއި މޫދުކުޅިވަރުގެ ހިދުމަތް ދިނުން
  • ލުއި ބުއިން ނުވަތަ ލުއި ކެއުން ތައްޔާރުކޮށް ވިއްކުން

އާ ގަވާއިދުގައި ބުނެފައިވާ ގޮތުން، ސަރުކާރުން އިއުލާނުކުރާ ރަށެއް ބޭނުންވާ ނަމަ ރަށު ކައުންސިލުން ޖެހޭނީ ބޭނުންވާ ރަށެއްގައި ކުރަން ބޭނުންވާ ތަފުސީލު ރިޕޯޓެއް ހުށަހަޅާށެވެ. ރިޕޯޓާއެކު ފަޅުރަށް ހިމެނޭ އިދާރީ ދާއިރާ ނިސްބަތްވާ އަތޮޅު ކައުންސިލްގެ ހުއްދައިގެ ލިޔުމެއްވެސް ހުށަހަޅަންޖެހެ އެވެ.

މީގެ އިތުރުން، އެއް ފަޅު ރަށެއް ހޯދުމަށް އެކަކަށްވުރެ ގިނަ ރަށެއްގެ ކައުންސިލުން ގުޅިގެން ވެސް މިނިސްޓްރީއަށް ރިޕޯޓު ހުށަހެޅުމުގެ ފުރުސަތު އާ ގަވާއިދުން ލިބިދެ އެވެ.

މިގޮތަށް ދޫކުރެވޭ ރަށްތަކުގައި ކުރެވޭ މަސައްކަތަކުގެ ތަފުސީލާއި އާމްދަނީއާއި ހަރަދުތައް ހިމެނޭ އަހަރީ ރިޕޯޓެއް ހުށަހެޅުމަށް ވެސް އާ ގަވާއިދުން ވަނީ ލާޒިމްކޮށްފަ އެވެ. ކައުންސިލްތަކަށް ދޫކުރާ ރަށެއް ނަމަ އެ ރިޕޯޓު ހުށަހަޅަންވާނީ ރައްޔިތުންގެ ބައްދަލުވުމަކުން ފާސްކޮށްފަ އެވެ.

    ކޮމެންޓް

    ފަހުގެ ޚަބަރު

    ސައުދުގެ މައްޗަށް ކުރާ ދައުވާތައް އަނބުރައި ގެންދަން ގޮވާލައިފި

    އެ ޕާޓީން ބުނީ މިއީ ކައުންސިލްގެ ނިންމުމަކަށް ސައުދު ފަރުދީގޮތުން ޒިންމާކުރުވައި، އޭނާގެ މޭޔަރުކަމުގެ މަގާމު ގެއްލުވާލުމަށް ސިޔާސީ ބޭނުމެއްގައި ކުރާ ކަމެއް ކަމަށް. އަދި އެކަށީގެންވާ ހެކި ނެތް މި މައްސަލައިގެ ޝަރީއަތް އަވަސް އަރުވާލައިގެން ކުރިއަށް ގެންދިއުމަކީ ގާނޫނުއަސާސީއާ ހިލާފު ކަމެއް ކަމަށްވެސް އެމްޑީޕީން ފާހަގަކޮށްފައިވޭ.

    ވެމްކޯގެ ބައެއް މުވައްޒަފުންނަށް އަދިވެސް މުސާރަ ނުދޭ

    ވެމްކޯގެ ބައެއް މުވައްޒަފުންނަށް މިދިޔަ މަހުގެ މުސާރަ އަދިވެސް ނުލިބޭތީ، ބިލްތައް ނުދެއްކި ޖޫރިމަނާވުމާއި ކުލި ދެއްކުން ލަސްވުމުގެ ކަންބޮޑުވުން މުވައްޒަފުން ފާޅުކޮށްފިއެވެ. މުސާރަ ދިނުން ލަސްވާ މައްސަލަ މިދިޔަ އަހަރުން ފެށިގެން ކުރިމަތިވަމުންދާއިރު، މިހާރު ގިނަ މުވައްޒަފުންނަށް މުސާރަ ލިބެނީ ކޮންމެ މަހެއްގެވެސް 10 ވަނަ ދުވަހާ ގާތްވުމުންނެވެ.

    ރަސްމާލެ ވިއްކުމާ ދެކޮޅު ހަރަކާތުން އަދާލަތަށް މަރުހަބާ ކިޔައިފި

    އެ ހަރަކާތުން ބުނިގޮތުގައި، ގައުމުގެ ސަލާމަތާއި ދީނީ އެއްބައިވަންތަކަމަށް އުނިކަން ލިބޭ ގޮތަށް މި މަޝްރޫއު ކުރިއަށް ނުގެންދިއުމަށް އަދާލަތުން ގޮވާލި ގޮވާލުމަށް ފުރިހަމައަށް ތާއީދުކުރެއެވެ.

    ރަސްމާލެ އެއްވުމުގައި ފައިސަލް ވެސް ބައިވެރިވަނީ

    މި އެއްވުމުގައި ކުރީގެ ރައީސް ޔާމީން ވެސް ބައިވެރިވެވަޑައިގަންނަވާއިރު، މިއީ ރަސްމާލޭގެ ބޮޑު ސަރަހައްދެއް ބޭރު ކުންފުންޏަކަށް ވިއްކާލުމާ ދެކޮޅަށް ބާއްވާ ހަރަކާތެއް. ސަރުކާރުން މިހާރު ވަނީ މި މަޝްރޫއު ކުރިއަށް ގެންދިއުމަށް ބޭނުންވާ ގާނޫނީ ބަދަލުތައް މަޖިލީހަށް ހުށަހަޅައިފަ.

    ދައުލަތުގެ އިއްޒަތުގެ ޝަރަފުވެރިންގެ މަޖިލީހެއް އެކުލަވާލައިފި

    ރައީސް މުއިއްޒު ރިޔާސަތު ބަލަހައްޓަވާ މި މަޖިލީހަކީ މިނިވަން ދުވަހުގެ ޖަލްސާގައި އެމަނިކުފާނު ވެވަޑައިގެންނެވި ވައުދާ އެއްގޮތަށް އުފެއްދެވި މަޖިލީހެކެވެ. މީގެ އިތުރުން އެކި ދާއިރާތަކުގެ ތަޖުރިބާކާރުން ހިމެނޭ 150 މީހުންގެ ގައުމީ މަޖިލީހެއް އެކުލަވާލުމަށް ވެސް ވަނީ ނިންމާފައެވެ.

    ކަނދެއް ހަލާކުވެ ޓީއެމްއޭގެ ސީޕްލޭނެއް ދިޔަވެއްޖެ

    ހުޅުލޭ ސީ-ޕްލޭން ޓާމިނަލުން ފުރަން އުޅުނު ބޯޓެއް އެކްސިޑެންޓުވެ، އޭގައި ތިބި މީހުން މޫދަށް ފުންމާލި ނަމަވެސް އެއްވެސް މީހަކަށް އަނިޔާ ލިބުނު ކަމެއް މިހާތަނަށް ނޭނގޭ. މި ހާދިސާ ހިނގާފައިވަނީ ބޯޓު ފުރަންވެގެން ޑޮކުން ނައްޓާލި ވަގުތު. އަދި ކަމާބެހޭ ފަރާތްތަކުން މިހާރު ދަނީ އެ ސަރަހައްދުގައި ހަރަކާތްތެރިވަމުން.

    ޒަޔަނިސްޓުންނަށް ރާއްޖޭގެ ވެލިފުކެއް ވެސް ދީގެންނުވާނެ: ހުސައިން

    އޭނާ މިހެން ވިދާޅުވީ ރަސްމާލޭގެ ބޮޑު ބައެއް ބޭރު ކުންފުންޏަކަށް ދީ، އެތަނުގައި ބޭރު މީހުންނަށް ދާއިމީކޮށް ވަޒަންވެރިވެވޭ ގޮތަށް ރިއަލް އެސްޓޭޓް ބިލެއް ސަރުކާރުން ހުށަހަޅާފައިވާ ދަނޑިވަޅެއްގައެވެ.

    Newsletter

    Get the latest news delivered straight to your inbox