ދިރާގުގެ އެޕްރެންޓިސްޝިޕް ޕުރޮގުރާމު 13 ބައިވެރިއަކު ފުރިހަމަކޮށްފި

ދިރާގު އެޕްރެންޓިސްޝިޕް ޕްރޮގްރާމުގެ ބައިވެރިންގެ ދަސްވެނިވުން -- ފޮޓޯ: ދިރާގު

ދިރާގު އެޕްރެންޓިސްޝިޕް ޕްރޮގްރާމުގެ ބައިވެރިންގެ ދަސްވެނިވުން -- ފޮޓޯ: ދިރާގު

ދިރާގުގެ އެޕްރެންޓިސްޝިޕް ޕްރޮގުރާމުގެ މިއަހަރުގެ ދަސްވެނިވުމުގެ ރަސްމިއްޔާތު ބާއްވައި، އެ ޕްރޮގުރާމު ފުރިހަމަ ކުރި 13 ބައިވެރިއަކަށް ސެޓިފިކެޓު ހަވާލުކޮށްފި އެވެ.

ހޮޓެލް ޖެންގައި އިއްޔެ ކުރިއަށް ގެންދިޔަ ރަސްމިއްޔާތު ޝަރަފުވެރިކޮށް ދެއްވީ މިނިސްޓާ އޮފް ހޯމްލޭންޑް ސެކިއުރިޓީ އެންޑް ޓެކްނޮލޮޖީ، އަލީ އިހުސާނެވެ.

މި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ހޯމްލޭންޑް ސެކިއުރިޓީ އެންޑް ޓެކްނޮލޮޖީ މިނިސްޓަރު، އަލީ އިހުސާން ވަނީ ރާއްޖޭގެ ކުންފުނިތަކުގެ ތެރެއިން ގައުމީ އިޖްތިމާއީ ޒިންމާގެ މައިދާނުގައި އެންމެ ކުރިއަރާފައިވާ ކުންފުންޏަކީ ދިރާގު ކަމުގައި ފާހަގަކުރައްވައި، އެ ޕްރޮގްރާމްގެ ސަބަބުން ދިވެހި ޒުވާނުންގެ ކުރިއެރުމާއި ހުނަރު އިތުރުކުރުމަށް މުހިންމު މަގުތަކެއް ފަހިވެގެންދާކަމަށް ވިދާޅުވެފަ އެވެ.

ދިރާގު އެޕްރެންޓިސްޝިޕް ޕުރޮގުރާމަކީ ރާއްޖޭގެ ޒުވާނުންގެ ވަޒީފާ އަދާ ކުރުމުގެ ހުނަރު ތަރައްގީކުރުމަށް އިސްކަންދޭ އެ ކުންފުނީގެ ފްލެގްޝިޕް ސީއެސްއާރުގެ އިސްނެގުމާ އެކު ފެށި ޕުރޮގުރާމެކެވެ. މިއީ ރާއްޖޭގައި ތައާރަފުކުރި ފުރަތަމަ ކޯޕަރޭޓު އެޕްރެންޓިސްޝިޕް ޕްރޮގުރާމެވެ. 2009، ވަނަ އަހަރުން ފެށިގެން ދިރާގު އެޕްރެންޓިސްޝިޕް ޕްރޮގުރާމު ހިންގަމުން އަންނައިރު، މިއަދާ ހަމައަށް 268 އަށް ވުރެ ގިނަ ޒުވާނުން ވަނީ މި ޕްރޮގުރާމުގައި ބައިވެރިވެފަ އެވެ.

ދިރާގު އެޕްރެންޓިސްޝިޕް ޕުރޮގުރާމު ފުރިހަމަ ކުރި ބައިވެރިއަކަށް މިނިސްޓަރު އިހުސާން ސެޓިފިކެޓު ހަވާލު ކުރަނީ -- ފޮޓޯ: ދިރާގު
ދިރާގު އެޕްރެންޓިސްޝިޕް ޕުރޮގުރާމު ފުރިހަމަ ކުރި ބައިވެރިއަކަށް މިނިސްޓަރު އިހުސާން ސެޓިފިކެޓު ހަވާލު ކުރަނީ -- ފޮޓޯ: ދިރާގު

ދިރާގު އެޕްރެންޓިސްޝިޕް ޕުރޮގުރާމު ފުރިހަމަ ކުރި ބައިވެރިއަކަށް މިނިސްޓަރު އިހުސާން ސެޓިފިކެޓު ހަވާލު ކުރަނީ -- ފޮޓޯ: ދިރާގު

އިއްޔެ ބޭއްވި ރަސްމިއްޔާތުގައި ދިރާގުން ވަނީ 21 ބައިވެރިންނާއެކު ދިރާގު އެޕްރެންޓިސްޝިޕް ޕްރޮގްރާމްގެ 14 ވަނަ ބެޗަށް މަރުހަބާ ވެސް ކިޔައިފަ އެވެ.

ސްޓުރަކްޗާޑު ޓުރެއިނިން ޕްރޮގުރާމަކާއި ސޮފްޓު ސްކިލްސް ޑިވެލޮޕަމަންޓު ޓުރެއިނިންގެ އިތުރުން ދިރާގުގެ މައިގަނޑު ގިނަ ވިޔަފާރީގެ ދާއިރާތަކުގައި މަސައްކަތް ކުރުމުގެ ފުރުސަތު ލިބިގެންދާ މި ޕްރޮގްރާމުގެ ސަބަބުން ދަސްވެނިންނަށް ކާމިޔާބު ކެރިއަރެއް ބިނާކުރުމަށް މަގުފަހިވެގެންދެ އެވެ. މި ޕްރޮގުރާމުގެ ދަސްވެނިންނަށް މާލެއާއި ރާއްޖޭގެ އެކި ކަންކޮޅުގައި ހުންނަ ދިރާގުގެ ރީޖަނަލް އޮޕަރޭޝަން ސެންޓަރުތަކުގައި މަސައްކަތް ކުރުމުގެ ފުރުސަތު ލިބެ އެވެ.

ޒުވާނުންނަށް ހުނަރު ދަސްކޮށްދިނުމާއި ހިތްވަރު ދިނުމަކީ ދިރާގުގެ މައިގަނޑު އަމާޒުކަމަށް އެ ކުންފުނިން ބުނެ އެވެ. ދިރާގު އެޕްރެންޓިސްޝިޕް ޕުރޮގުރާމުގެ ކުރީގެ ގިނަ ދަސްވެނިންނަކީ ދިރާގާއި ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ހިންގާ އެހެނިހެން ޖަމިއްޔާތަކުގައި ކާމިޔާބު ކެރިއަރުތަކެއް މިހާރުވެސް ބިނާކުރަމުން އަންނަ ފަރާތްތަކެކެވެ.

ދިރާގުން އަންނަނީ ޒުވާނުންގެ ދިރިއުޅުން މުއްސަނދިކޮށް، ޒުވާނުންގެ ހުނަރު ތަރައްގީ ކުރުމަށްޓަކައި ހަރުދަނާ އޮންސައިޓު ތަމްރީނުތައް ކަމަށް ގާބިލު މެނޭޖުމަންޓު ޓީމެއްގެ އިރުޝާދުގެ ދަށުން ކުރިއަށް ގެންދަމުން ކަމަށް ދިރާގުން ބުނެ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

އެމްޕީއެލްއިން ޑޮލަރުން ފީ ނަގާތީ ވިޔަފާރިތަކުގެ ކަންބޮޑުވުން

އެމްޕީއެލްގެ ސްޓިވަޑޯރިން ފީ ޑޮލަރުން ނަގަން ފެށުމާ ގުޅިގެން، ކަޅު ބާޒާރުން ބޮޑު އަގުގައި ޑޮލަރު ގަންނަން މަޖުބޫރުވެ ދިވެހި ވިޔަފާރިތަކަށް ބޮޑެތި ގެއްލުންތަކެއް ވަމުންދާ ކަމުގެ ކަންބޮޑުވުން ވިޔަފާރިވެރިން ފާޅުކޮށްފިއެވެ. ރާއްޖޭގެ ހުރިހާ މުއާމަލާތެއް ރުފިޔާއިން ކުރަން ސަރުކާރުން ބާރުއަޅާއިރު، މި ބަދަލުގެ ސަބަބުން ބާޒާރުގައި ޑޮލަރަށް އޮތް ޑިމާންޑް އިތުރުވެ ޑޮލަރުގެ އަގު އުފުލުމަށް މަގުފަހިވާ ކަމަށް ވިޔަފާރިވެރިން ބުނެއެވެ.

އައިކެއާ އިން ވޯލްޑް ސައިޓް ޑޭ ޕްރޮމޯޝަން ފަށައިފި

ދުނިޔޭގެ ފެނުމުގެ ދުވަހާ ގުޅުވައިގެން، އޮކްޓޯބަރު މަހުގެ ނިޔަލަށް އައިކެއާގެ ހުރިހާ އައުޓްލެޓްތަކެއްގައި ޚާއްޞަ ޕްރޮމޯޝަނެއް ވަނީ ފަށާފައެވެ. މި ޕްރޮމޯޝަންގެ ދަށުން ކަނޑައެޅިފައިވާ ބްރޭންޑްތަކުގެ ޕްރިސްކްރިޕްޝަން ލެންސާއެކު ގަންނަ ފްރޭމްތަކުން %20 ޑިސްކައުންޓް ލިބޭނެއެވެ. މީގެ އިތުރުން، ލޮލުގެ ސިއްހަތަށް ސަމާލުކަންދީ ގަވާއިދުން ލޯ ޓެސްޓުކުރުމަށް އައިކެއާއިން ވަނީ އިލްތިމާސްކޮށްފައެވެ.

އެމްއައިބީން ފުނަދޫގައި ސޭލްސް ސެންޓަރާއި އޭޓީއެމް ހުޅުވައިފި

މޯލްޑިވްސް އިސްލާމިކް ބޭންކް (އެމްއައިބީ) އިން ށ. ފުނަދޫގައި ސޭލްސް ސެންޓަރަކާއި އޭޓީއެމްގެ ހިދުމަތް ރަސްމީކޮށް މިއަދު ވަނީ ފަށާފައެވެ. މި ހިދުމަތުގެ ސަބަބުން އެ ރަށުގެ ރައްޔިތުންނާއި ވިޔަފާރިވެރިންނަށް ފަސޭހަކަމާއެކު ފައިސާ ނެގުމާއި ޖަމާކުރުމުގެ އިތުރުން ބޭންކިންގގެ އެހެނިހެން މާލީ މުއާމަލާތްތައް ކުރެވޭނެ މަގު ފަހިވެގެންދާނެއެވެ.

ޗިޕްތަކުގެ ޑިމާންޑާއެކު ސެމްސަންގްގެ ފައިދާ ނުވަ ގުނަ އިތުރު

އޭއައި ޗިޕްތަކަށް އޮތް ޑިމާންޑު ބޮޑުވުމާ ގުޅިގެން، ސެމްސަންގް ކުންފުނީގެ މިދިޔަ ކުއާޓަރުގެ ފައިދާ ނުވަ ގުނަ އިތުރުވެ 80 ބިލިއަން ޑޮލަރަށް އަރާނެ ކަމަށް އެ ކުންފުނިން އަންދާޒާކުރެއެވެ. މިއީ އެ ކުންފުނިން ޖެހިޖެހިގެން ރެކޯޑް ފައިދާއެއް ހޯދި ހަތަރުވަނަ ކުއާޓަރަށް ވާއިރު، ޗިޕްތަކުގެ އިތުރުން އަލަށް ބާޒާރަށް ނެރުނު ފަތްޖަހާލެވޭ ފޯނުތަކުގެ ސަބަބުން ވެސް ކުންފުންޏަށް ބޮޑު ކުރިއެރުމެއް ވަނީ ލިބިފައެވެ.

ޓީޖީއެސްޓީ ދަށް ވެއްޖެ، މިއީ ޓޫރިސްޓުން މަދުވުމުގެ އަސަރު

ޓޫރިސްޓުން މަދުވުމުން ދައުލަތަށް ޓީޖީއެސްޓީގެ ގޮތުގައި ލިބުނު އާމްދަނީ 110.5 މިލިއަން ރުފިޔާ ދަށް. މެދުއިރުމަތީގެ ހަނގުރާމައާ ގުޅިގެން ދަތުރުފަތުރަށް އައި ބަދަލުތަކުގެ ސަބަބުން ޓޫރިޒަމުގެ ދުވެލި މަޑުޖެހިފައިވާއިރު، މި އަހަރުގެ ބަޖެޓުގައި އަންދާޒާކުރި އަމާޒަށް ވާސިލުވުމުގެ ފުރުސަތު އަންނަނީ ކުޑަވަމުން.

ވިއެޓްޖެޓުން ރާއްޖެއަށް ދަތުރުތައް ފަށަނީ

ވިއެޓްނާމްގެ ވިއެޓްޖެޓް އެއާލައިނުން އަންނަ ޑިސެމްބަރު މަހު ހޯޗީމިން ސިޓީއާއި ރާއްޖެއާ ދެމެދު ހަފުތާއަކު ތިން ސީދާ ދަތުރު ފެށުމަށް ވަނީ ނިންމާފަ. މި ދަތުރުތައް ފެށުމާ ގުޅިގެން ޓިކެޓުގެ އަގު ހެޔޮ ޕްރޮމޯޝަންތަކެއް އިއުލާންކޮށްފައިވާއިރު، މީގެ ސަބަބުން ވިއެޓްނާމުން ރާއްޖެއަށް އަންނަ ފަތުރުވެރިންގެ އަދަދު އިތުރުވާނެ ކަމަށް ބެލެވޭ.

ދަރަވަންދޫގައި ފަރުތައް އާލާކުރަން ދިރާގުން އެހީ

ދިރާގާއި ސޮނެވާ ސީއެސްއެމް ގުޅިގެން ބ. ދަރަވަންދޫގެ ފަރުތައް އާލާކުރުމަށް "ދިރުން ކޮމިއުނިޓީ ކޮރަލް ރީޖެނެރޭޝަން ޕްރޮގްރާމް" ފެށުމަށް ގުޅިއްޖެ. މި މަޝްރޫއުގެ ދަށުން އެ ރަށުގައި މުރަކަ ނާސަރީއެއް ގާއިމުކޮށް، ފަރުތައް ބެލެހެއްޓުމުގެ ފަންނީ ތަމްރީނާއި ހޭލުންތެރިކުރުވުމުގެ ހަރަކާތްތައް ޒުވާނުންނާއި އާންމުންނަށް އަމާޒުކޮށްގެން ކުރިއަށް ގެންދާނެ.

Newsletter

Get the latest news delivered straight to your inbox