އާޒިމްގެ ފާޑުކިއުން ފުށިދިއްގަރުފަޅު މަޝްރޫއަށް; "ރައްޔިތުން އުޅެން ޖެހޭނީ ހާލުގައި"

އެމްޑީޕީގެ ފަރާތުން މާލޭ މޭޔަރު ކަމަށް ވާދަކުރައްވާ އާދަމް އާޒިމް; ސަރުކާރުގެ ފުށިދިއްގަރުފަޅު މަޝްރޫއަށް ފާދުވިދާޅުވި -- ފޮޓޯ: އާޒިމް ކެމްޕެއިން ޓީމް

އެމްޑީޕީގެ ފަރާތުން މާލޭ މޭޔަރު ކަމަށް ވާދަކުރައްވާ އާދަމް އާޒިމް; ސަރުކާރުގެ ފުށިދިއްގަރުފަޅު މަޝްރޫއަށް ފާދުވިދާޅުވި -- ފޮޓޯ: އާޒިމް ކެމްޕެއިން ޓީމް

ފުށިދިއްގަރުފަޅު ހިއްކައިގެން, އެތަނުން މާލެ ރައްޔިތުންނަށް ގޯތި ދީފިނަމަ ރައްޔިތުން އުޅެން ޖެހޭނީ ހާލުގައި ކަމަށް ވިދާޅުވެ, މި ސަރުކާރުގެ އެންމެ ބޮޑު މަޝްރޫއު ކަމަށްވާ ފުށިދިއްގަރުފަޅު މަޝްރޫއަށް އެމްޑީޕީގެ މޭޔާ ކެންޑިޑޭޓް އާދަމް އާޒިމް ފާޑު ވިދާޅުވެއްޖެ އެވެ.

މިރޭ ބޭއްވި ކެމްޕޭން ޖަލްސާގައި އާޒިމް ވިދާޅުވީ މި ފަސް އަހަރު ނިމޭއިރު މި "މާލޭގައި ގޯއްޗެއް ނޯންނާނެ މީހެއް ނުހުންނާނޭ ސަރުކާރުން ބުނަން" ލަދު ގަންނަން ޖެހޭ ކަމަށާއި, އެކަން ކުރީ ސަރުކާރުން ކޮށް ނިންމާފައިވާ ކަމަށެވެ. މި ސަރުކާރު ގޯތި ދޭން އުޅެނީ ގަދަ ކަނޑެއްގައި ދަތި ހާލުގައި ދަތުރުކޮށްގެން ދެވޭ, ފުށިދިއްގަރުފަޅު ކިޔާ ރަށަކުން ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

އެމްޑީޕީ ސަރުކާރުން މާލޭ ރައްޔިތުން އަތުގައި ހުރި ކުދި ތަންތަން ދޫކޮށްލައިގެން ގޯތި ލިބޭނެ ފުރުސަތު ފަހިކޮށްދިންކަން ފާހަގަކުރައްވާ އާޒިމް ވިދާޅުވީ, އެ ގޯތިތަކާ ހަމައަށް ރައްޔިތުން ގެންގޮސްދެއްވާނީ ބްރިޖަކުން މާލެއާ ގުޅާލައިގެން ކަމަށެވެ.

Advertisement

"މި މާލެ ސަރަހައްދުގައި ގާތްގަނޑަކަށް 800 ހެކްޓަރުގެ ބިން އަދި އެބަހުރި އަޅުގަނޑުމެންނަށް އުފެއްދެން. އެއީ މާލެއާއި, ހުޅުމާލޭގެ ތިން ފިޔަވަހި އެއްކުރީމަ ވާހާ ބިން. އެއީ ގުޅީފަޅާއި, ގިރާވަރުފަޅާއި އުތުރުތިލަފަޅާ މި ތަންތަން ހިއްކީމަ މިހާ ބިން އެބަ އުފެދޭ." ދަނޑިކޮށި ޖަގަހާގައި ބޭއްވި ޖަލްސާގައި އާޒިމް ވިދާޅުވި އެވެ.

މާލޭގެ ރައްޔިތުން ބޭނުން ކުރުމަށްފަހު އިތުރުވާނެހާ ބިން މާލެ ސަރަހައްދުގައި އޮއްވާ, ބޮޑު ކަނޑެއް ހުރަސްކޮށް ފެރީގައި ދޮޅު ގަޑިއިރުން ދެވޭ ތަނަކަށް ލާންވީ ކީއްވެތޯ އާޒިމް ސުވާލު އުފެއްދެވި އެވެ.

އޭނާ ތުހުމަތު ކުރެއްވި ގޮތުގައި ފުށިދިއްގަރުފަޅު ހިއްކައިގެން ގޯތި ދިނުމުގެ ބޭނުމަކީ މާލެ ކައިރިން ހައްކާފައި ހުރި ބިންތައް ބޮޑު އަގުގައި ވިއްކައިގެން އޭގެ ފައިދާ ނެގުމަށެވެ.

ފުށިދިއްގަރުފަޅު މަޝްރޫއަށް އިތުރަށް ފާޑު ވިދާޅުވަމުން އާޒިމް ވިދާޅުވީ އެތަނުގައި 50 އަހަރުން ވެސް މީހުންނަށް ނޫޅެވޭނެ ކަމަށެވެ. އަދި ސަރުކާރުގެ ޕްލޭނާ އެއްގޮތަށް 30 އަހަރުން މީހުން އާބާދުވީ ނަމަވެސް އުޅެން ޖެހޭނީ ދަތި ހާލުގައި ކަމަށެވެ.

"މިހާރު ވެސް ހުޅުމާލެއަށް 20 އަހަރު ވެގެން މިދިޔައީ. އަދިވެސް ހުޅުމާލޭގެ މީހުންނަށް މާލެ ނައިހެއް ނޫޅެވޭ. އަދިވެސް ޑޮކްޓަރަށް ދައްކަން, ސްކޫލަށް, ވަޒީފާއަށް އަންނަން ޖެހޭ. މިއީ ބްރިޖަކުން ގުޅިފައި އޮތް ތަނަކަށް ވާއިރު ވީވަރު." އާޒިމް ވިދާޅުވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި ފުށިދިއްގަރުފަޅުގައި ފުރަތަމަ އާބާދުވާ މީހުން, އެތަނަށް 65,000 މީހުން ވަންދެން ކޮންމެ ދުވަހަކު ދޮޅު ގަޑިއިރު ފެރީގައި ދަތުރުކޮށްފައި ސްކޫލަށް, ވަޒީފާއަށް އަދި ހޮސްޕިޓަލަށް މާލެ އަންނަން ޖެހޭނެ އެވެ.

ފުށިދިއްގަރުފަޅަށް މީހުން ބަދަލުކޮށްފި ނަމަ, މިއަދު އުފަންވާ ކުއްޖަކު ވެސް 30 އަހަރު ވަންދެން އަދި މިހާރު 30 އަހަރުގެ މީހާ, އޭނާއަށް 60 އަހަރު ވަންދެން އުޅެން ޖެހޭނީ އެ ހާލުގައި ކަމަށް އާޒިމް ވިދާޅުވި އެވެ.

އެއާ ހިލާފަށް ބްރިޖަކުން ގުޅާލެވޭ ތަނެއްގައި އުޅޭނަމަ, ގުޅިފައިވާ ރަށްތަކަށް ޒަރޫރީ ބޭނުންތަކުގައި ފަސޭހައިން އައިސް ގޮސް އުޅެވޭނެ ކަން އޭނާ ފާހަގަކުރެއްވި އެވެ. އަދި ހަމައެކަނި ފެރީން ދަތުރު ކުރާނަމަ, ކަނޑުގަދަވެގެން ރަށުގައި ތާށިވާނެކަން ފާހަގަކުރައްވާ, އެކަމުގައި ހުރި ދަތިތައް އޭނާ ތަފްސީލުކޮށްދެއްވި އެވެ.

އޭނާގެ ޓްރާންސްޕޯޓުގެ ތަޖުރިބާއަށް އިޝާރާތް ކުރައްވަމުން އާޒިމް ވިދާޅުވީ ކަނޑުގަދަވެގެން ބައެއް ދުވަހު ވިލިމާލެއަށް ދާން 6-7 ގަޑިއިރު މަޑުކުރަން ޖެހޭ ކަމަށެވެ. އަދި ހުޅުމާލޭގައި ފެރީ ދަތުރުތައް ގެންދިޔަ އިރުގައި އެއް ދުވަސް އެއްކޮށް ވެސް ތިބެންޖެހޭ ކަން އޭނާ ފާހަގަކުރެއްވި އެވެ.

"ވިސްނާލައްވާ މިކިޔަނީ ފަސް މިނިޓާއި 20 މިނިޓުގެ ދަތުރެއްގެ ވާހަކަ, ދެން [ވިސްނާލައްވާ] ދޮޅު ގަޑިއިރުގެ ދަތުރެއްގައި ތިބޭފުޅުން އުޅެން ޖެހޭނެ ގޮތް" އާޒިމް ވިދާޅުވި އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ނަޝީދު ލިޔުއްވި ކުރުވާހަކަ ފޮތް، "80ގެ ކުރީކޮޅު" ނެރެފި

ކުރީގެ ރައީސް މުހައްމަދު ނަޝީދު ލިޔުއްވި ފަސް ކުރުވާހަކައެއްގެ މައްޗަށް އެކުލެވޭ "80ގެ ކުރީކޮޅު" ފޮތް ރަސްމީކޮށް ނެރެފިއެވެ. މި ފޮތަކީ 1990ގެ ކުރީކޮޅު އެމަނިކުފާނު ގޭބަންދުގައި ހުންނެވި ދުވަސްވަރު ލިޔުއްވާފައިވާ ވާހަކަތަކެއްގެ މައްޗަށް ތައްޔާރުކޮށްފައިވާ، 250 ރުފިޔާއަށް ވިއްކާ ފޮތެކެވެ.

އެތެރޭގެ ދަރަނި ސަތޭކަ ބިލިއަން ރުފިޔާއަށް އަރަނީ

މި އަހަރު ނިމޭއިރު ރާއްޖޭގެ އެތެރޭގެ ދަރަނި 101.3 ބިލިއަން ރުފިޔާއަށް އަރާނެ ކަމަށް ފިނޭންސް މިނިސްޓްރީގެ ބަޖެޓު އަންދާޒާތަކުން ދައްކައިފި. މި އަދަދު އިތުރުވެފައި ވަނީ ސަރުކާރުގެ ފައިނޭންސިން ބޭނުންތަކަށް އެތެރޭގެ ބާޒާރަށް ބަރޯސާވާ މިންވަރު އިތުރުވުމާ ގުޅިގެން. މި ސަރުކާރުން ވަނީ އެތެރޭގެ ބާޒާރުން 27.2 ބިލިއަން ރުފިޔާ ނަގާފައި.

ބެންކަށް ގެރެންޓީ ދޭން ޝަފީގު ކައިރީ ނޭދެން: ފައްޔާޒު

ވިޔަފާރިވެރިޔާ މުހައްމަދު ޝަފީގު ބޭންކަށް ގެރެންޓީއެއް ދިނީ ފައްޔާޒް އިސްމާއިލް އެދިގެން ކަމަށް ބުނާ ވާހަކަތައް އޭނާ ދޮގުކުރެއްވި. ފައްޔާޒް ވިދާޅުވީ އެ ގެރެންޓީއަކީ ޝަފީގުގެ ގާތް ބޭފުޅަކު ހިންގި ރިސޯޓް މަޝްރޫއަކަށް ދިން އެއްޗެއް ކަމަށާއި، ޝަފީގު އެފަދަ ވާހަކައެއް ދެއްކެވީ ހަނދާނުން ކައްސާލުމުން ކަމަށް ބެލެވޭ ކަމަށް.

އާންމު އުނދަގޫ ކުރާ މީހާ އެންޑީއޭގެ މަރުކަޒުން ފިލައިފި

މަސްތުގެ ހާލުގައި ހުރެ އާންމުންނަށް އުނދަގޫކުރާތީ ހައްޔަރުކުރި އަހުމަދު ފައިރިޝް، ފަރުވާއަށް ހިންމަފުށީ އެންޑީއޭ މަރުކަޒަށް ބަދަލުކުރުމުން އެތަނުން ވަނީ ފިލާފައެވެ. އޭނާއަކީ މީގެ ކުރިންވެސް މަރުގެ އިންޒާރު ދިން މައްސަލައެއްގައި ހައްޔަރުކޮށްފައިވާ މީހަކަށްވާއިރު، ފުލުހުން މިހާރު ދަނީ އޭނާ ހޯދުމުގެ މަސައްކަތް ކުރަމުންނެވެ.

އެލްޖީއޭގެ ބޯޑުގެ ދެ ގޮނޑި ވެސް ޕީއެންސީއަށް

އެލްޖީއޭގެ ބޯޑަށް ކައުންސިލަރުންނާއި ޑަބްލިއުޑީސީގެ ރައީސުންގެ ތެރެއިން މެންބަރުން ހޮވުމަށް ބޭއްވި އިންތިހާބުގެ ދެ ގޮނޑި ވެސް ސަރުކާރު ހިންގާ ޕީއެންސީން ކާމިޔާބުކޮށްފިއެވެ. މި އިންތިހާބުގައި ކައުންސިލަރުންގެ ފަރާތުން ފ. ނިލަންދޫ ކައުންސިލްގެ ރައީސް އަލީ އަހްމަދު ހޮވުނުއިރު، ޑަބްލިއުޑީސީތަކުގެ ފަރާތުން ހޮވުނީ ށ. ފުނަދޫ ޑަބްލިއުޑީސީގެ ރައީސް މަރްޔަމް ޒީނާއެވެ.

ވޯޓަށް ކައުންސިލަރުން ދާން އޮތް ހދ. ގެ ފެރީތައް ކެންސަލްކޮށްފި

އެލްޖީއޭ ބޯޑު އިންތިހާބުގެ ވޯޓުލުން މިއަދު ކުރިއަށްދަނިކޮށް، ހދ، ށ އަދި ހއ އަތޮޅުގެ އާރްޓީއެލް ފެރީ ދަތުރުތައް ކުއްލި ގޮތަކަށް ވަނީ ކެންސަލްކޮށްފައެވެ. މިއީ ކައުންސިލަރުން ވޯޓުލާން ދިއުމަށް ހުރަސްއަޅައި، ސިޔާސީ މަންފާއެއް ހޯދުމަށް ސަރުކާރުން ކުރި ކަމެއް ކަމަށް ބައެއް ކައުންސިލަރުން ތުހުމަތު ކުރެއެވެ.

އެލްޖީއޭ ބޯޑަށް މެންބަރުން އިންތިހާބުކުރުމުގެ ވޯޓުލުން ކުރިއަށް

ލޯކަލް ގަވަމަންޓް އޮތޯރިޓީ (އެލްޖީއޭ) ގެ ބޯޑަށް ކައުންސިލަރުންނާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ ރައީސުން އިންތިހާބު ކުރުމަށް ބާއްވާ ވޯޓުލުން މިއަދު ވަނީ ފަށާފައި. މި އިންތިހާބުގައި ޕީއެންސީ އަދި އެމްޑީޕީގެ ކެންޑިޑޭޓުން ވާދަކުރާއިރު، ޖުމްލަ 807 މީހަކަށް ވޯޓުލުމުގެ ހައްގު ލިބިގެން.

Newsletter

Get the latest news delivered straight to your inbox