މާލެ ސަރަހައްދުގެ އާބަން ޓްރާންސްޕޯޓް މާސްޓާ ޕްލޭން ހެދުމުގެ މަސައްކަތް ފަށައިފި

މާލޭގެ މަގެއްގައި އެއްގަމު އުޅަނދުތަކެއް؛ މާސްޓާ ޕްލޭނުގެ ތެރެއިން ކުރު ރާސްތާގައި އެޅެން ހުރި ފިޔަވަޅުތަކަކީ ކޮބައިތޯ ބަލައި ޓްރެފިކް މައްސަލައަށް އަވަސް ހައްލުތައް ގެނައުމަށް މަސައްކަތްކުރާނެ -- ފޮޓޯ: އިޔާން/އަދަދު

މާލޭގެ މަގެއްގައި އެއްގަމު އުޅަނދުތަކެއް؛ މާސްޓާ ޕްލޭނުގެ ތެރެއިން ކުރު ރާސްތާގައި އެޅެން ހުރި ފިޔަވަޅުތަކަކީ ކޮބައިތޯ ބަލައި ޓްރެފިކް މައްސަލައަށް އަވަސް ހައްލުތައް ގެނައުމަށް މަސައްކަތްކުރާނެ -- ފޮޓޯ: އިޔާން/އަދަދު

މާލެ ސަރަހައްދުގެ ވަށާޖެހޭ، ދެމެހެއްޓެނިވި، ތިމާވެއްޓާ ރައްޓެހި ދަތުރުފަތުރުގެ ނިޒާމެއް ގާއިމުކުރުމަށް ޓްރާންސްޕޯޓު މިނިސްޓްރީން އެކުލަވާލާ އާބަން ޓްރާންސްޕޯޓު މާސްޓާ ޕްލޭން އިފްތިތާހްކޮށްފި އެވެ.

ޓްރާންސްޕޯޓް މާސްޓާޕްލޭން އެކުލަވާލުމުގެ މަސައްކަތަކީ ގްލޯބަލް އެންވަޔަރަމަންޓް ފެސިލިޓީ (ޖީއީއެފް)ގެ ހިލޭ އެހީގެ ދަށުން އެންވަޔަރަމަންޓް މިނިސްޓްރީން ހިންގަމުން އަންނަ "އިންޓެގްރޭޓަޑް ސަސްޓެއިނަބަލް އެންޑް ލޯ އެމިޝަން ޓްރާންސްޕޯޓް އިން ދަ މޯލްޑިވްސް" ޕްރޮޖެކްޓުގެ ބައެކެވެ.

މި މަސައްކަތް އިފްތިތާހުކުރުމަށް މިއަދު ބޭއްވި ރަސްމިއްޔާތެއްގައި ޓްރާންސްޕޯޓު މިނިސްޓަރު މުހައްމަދު އަމީން ވިދާޅުވީ، މާލެ ސަރަައްދުގެ ޓްރެފިކުގެ މައްސަލައަށް ހައްލެއް ހޯދުމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ އެންމެ ބޮޑު އެއް އަމާޒު ކަމަށެވެ.

"މި މައްސަލަތަކަށް ހައްލު ހޯދުމުގެ މަސައްކަތް އަޅުގަނޑުމެން މިނިސްޓްރީ މެދުވެރިކޮށް ކޮށް އެކަށޭނެ ހައްލެއް ހޯދުނީ," މިނިސްޓަރު އަމީން ވިދާޅުވި އެވެ.

ދިހަ އަހަރަށް އެކުލަވާލާ މި ޕްލޭނުގެ ތެރެއިން ކުރު ރާސްތާގައި އެޅެން ހުރި ފިޔަވަޅުތަކަކީ ކޮބައިތޯ ބަލައި ޓްރެފިކް މައްސަލައަށް އަވަސް ހައްލުތައް ގެނައުމަށް މަސައްކަތް ކުރައްވާނެ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

"އެގޮތުން އަޅުގަނޑުމެން މިހާރު މާލޭގަ ވެހިކަލްތައް އިތުރުވަމުންދާ ދިއުން ރެގިއުލޭޓުކުރުމަށް ކަމާ ގުޅޭ ހުރިހާ ފަރާތްތަކާ އަދި ގަވައިދާ ހިލާފަށް މި ހިނގާ ކަންތައްތައް ބެލެހެއްޓުމަށް މިހިނގާ ކަންތައްތަކާ ވެސް ގުޅިގެން އަޅުގަނޑުމެން އަވަހަށް އެޅޭނެ ފިޔަވަޅުތައް ބެލުމަށްޓަކާ އެ މަސައްކަތްތައް ކުރަމުން އެބަ ގެންދަން," މިނިސްޓަރު އަމީން ވިދާޅުވި އެވެ.

މިނިސްޓަރު ވިދާޅުވީ ކުރިއަށް އޮތް ދެ ހަފްތާއެއްގެ ތެރޭގައި ބަދަލުތައް ދެނެގަނެވި މަސައްކަތް ފެށޭނެ ކަމަށެވެ.

މި މާސްޓާ ޕްލޭނުން ސަރުކާރާއި ކަމާގުޅޭ އެހެން ފަރާތްތަކުގެ މެދުގައި މުއާމަލާތްކުރުން ހަރުދަނާކޮށް، ތިމާވެއްޓާ ރައްޓެހި ދަތުރުފަތުރުގެ ނިޒާމަކަށް ފަހިކޮށްދޭނެ އެވެ. އަދި މިހާރު ހުރި ސިޔާސަތުތަކާއި ޕްރޮގްރާމުތަކާ ގުޅިގެން ގާނޫނީ ގޮތުން ހުރި ހުރަސްތައް ދެނެގަތުމާ އެކު އެކަންކަން ތަންފީޒުކުރަން އިދާރާތަކަށް ދިމާވާ ގޮންޖެހުންތައް ދެނެގަނެ، އެކަންކަން ހައްލުކުރަން ފަހިކޮށްދޭނެ އެވެ.

އޭގެ އިތުރުން ދަތުރުފަތުރު ނިޒާމު ތަރައްގީކުރަން ހިންގާ ޕްރޮޖެކްޓުތަކުގައި މާލެ ސަރަހައްދުގައި ތޮއްޖެހުން ކުޑަކުރެވޭނެ ގޮތަކަށް ޕަބްލިކް ޓްރާންސްޕޯޓް ނިޒާމުގެ ރޯޑްމެޕް އެކުލަވާލުމާއި މަގުތައް ފަރުމާކުރާއިރު ތޮއްޖެހުން ކުޑަކުރަން ކުރެވިދާނެ ކަންކަން ދެނެގަނެވޭނެ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޖިންސީ ގޯނާގެ ތުހުމަތުގައި އަބްދުالله ޝާހިދު ހައްޔަރުކޮށްފި

ފުލުހުން ބުނެފައިވާ ގޮތުގައި ޝާހިދު ހައްޔަރުކުރީ 18 އަހަރުން ދަށުގެ ކުއްޖަކަށް ޖިންސީ ގޯނާކުރިކަމުގެ ތުހުމަތުގަ އެވެ. އޭނާގެ މައްޗަށް ކުރާ ތުހުމަތުތައް ޝާހިދު ވަނީ ދޮގުކުރައްވާފައި.

މޯލްޑިވިއަންއިން ކިންގް އެއާ 360 މަރުކާރުގެ ބޯޓެއް ގެނެސްފި

މޯލްޑިވިއަން އާއި ނިލާ ކޮރަލް އައިލެންޑް ރިސޯޓު ގުޅިގެން، ލަގްޒަރީ ފެންވަރުގައި ފަތުރުވެރިން އުފުލުމަށް "ކިންގް އެއާ 360" މަރުކާގެ ބޯޓެއް ރާއްޖެ ގެނެސްފިއެވެ. އަށް ފަސިންޖަރުންގެ ޖާގަ ހިމެނޭ މި ބޯޓު މައިގަނޑު ގޮތެއްގައި ބޭނުންކުރާނީ އެ ރިސޯޓަށް ފަތުރުވެރިން އުފުލުމަށާއި ރާއްޖޭގެ އެކި ސަރަހައްދުތަކަށް ޗާޓަރު ދަތުރުތައް ކުރުމަށެވެ.

ތެލުގެ ސަބްސިޑީއަށް މި އަހަރު ރެކޯޑު 4.8 ބިލިއަން ރުފިޔާ ހޭދަވާނެ

ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު އުފުލުމާ ގުޅިގެން، މި އަހަރު ތެލުގެ ސަބްސިޑީއަށް 4.8 ބިލިއަން ރުފިޔާ ހޭދަވާނެ ކަމަށް ފިނޭންސް މިނިސްޓްރީން ވަނީ އަންދާޒާކޮށްފަ. މިއީ ކުރިން ބަޖެޓުކުރި އަދަދަށްވުރެ 2.7 ގުނަ އިތުރު އަދަދެއް ކަމަށާއި، އަންނަ އަހަރުގެ ބަޖެޓުގައި ވެސް ތެލުގެ ސަބްސިޑީއަށް ރެކޯޑު އަދަދެއް ކަމަށްވާ 3.9 ބިލިއަން ރުފިޔާ ވަނީ ހިމަނާފަ.

ރިވެލި ބީޗް ރެސްޓޯރެންޓު ހުސްކުރަން އެޗްޑީސީން އަންގައިފި

އެޗްޑީސީން ބުނީ މި ނިންމުން ނިންމާފައިވަނީ އެކަށީގެންވާ ނޯޓިސްތަކާއި ފުރުސަތުތައް ދިނުމަށްފަހު ކަމަށާއި، މިއަދުން ފެށިގެން އެ ބިމުގައި އެއްވެސް ވިޔަފާރި މުއާމަލާތެއް ނުހިންގޭނެ ކަމަށެވެ.

ރަސްމާލެ މައްސަލައިގައި ރިފަރެންޑަމްއަކަށް ދާން ހުށަހަޅައިފި

ބިދޭސީންނަށް ވަޒަންވެރިވެވޭ ގޮތަށް ރަސްމާލެއިން 500 ހެކްޓަރުގެ ބިން 99 އަހަރަށް ބޭރު ކުންފުންޏަކަށް ދިނުމާ މެދު ރައްޔިތުންގެ ފެންނަނުފެންނަ ވޯޓެއް ނެގުމަށް އެމްޑީޕީން މަޖިލީހަށް ހުށަހަޅައިފިއެވެ. މިފަދަ ވޯޓަކަށް ދާން ހުށަހެޅީ މި މަޝްރޫއުގެ ސަބަބުން ގައުމުގެ މަސްލަހަތަށް ބޮޑު އަސަރެއް ކޮށްފާނެތީ ކަމަށް އެ ޕާޓީން ބުނެއެވެ.

ޓެކްސް އަޅައިކަނޑައިދިނުމާ ގުޅޭ ނޫސް ބަޔާނަށް ބަދަލުތަކެއް

ވިޔަފާރިތަކަށް ސަރުކާރުން ދައްކަންޖެހޭ ފައިސާއިން ޓެކްސް ދެއްކޭނެ އިންތިޒާމު ހަމަޖެއްސިކަން ހާމަކޮށް ފިނޭންސް މިނިސްޓްރީން ނެރުނު ބަޔާނުން، ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ ބައި އުނިކޮށް އިސްލާހުކޮށްފިއެވެ. ނަމަވެސް މީރާގެ އުސޫލު ބުނާގޮތުން ކުންފުނިތަކުން ލިބެންޖެހޭ ފައިސާވެސް ޓެކްސްއަށް އަޅައިކެނޑޭނީ އެ ފައިސާއެއް ދައުލަތުގެ އިދާރާއަކުން ނުވަތަ ކުންފުންޏަކުން މީރާއަށް ޖަމާކޮށްދިނުމުންނެވެ. ސަރުކާރުން ވިޔަފާރިވެރިންނަށް ދައްކަންޖެހޭ ދަރަނިތައް ދެއްކުމަށް އެކި ތާރީޚުތައް ދިން ނަމަވެސް، އަދިވެސް އެ ފައިސާ ދައްކާ ހަލާސްކޮށްފައެއް ނުވެއެވެ.

"ތައުލީމީ ނިޒާމު ހިންގަން ޖެހެނީ ބެލެނިވެރިންނާ ޓީޗަރުން އަތުން"

ސްކޫލުތަކުގެ ބަޖެޓު ނެތުމުގެ ސަބަބުން އަސާސީ ތަކެތި ހޯދުމަށާއި އިތުރު ހަރަކާތްތައް ހިންގުމަށް ބެލެނިވެރިންނާއި މުދައްރިސުންގެ އަތުން ފަންޑު ހޯދަން މަޖުބޫރުވެފައިވާ ކަމަށާއި ސަރުކާރުން އަސާސީ ހިދުމަތްތަކުން ހަރަދު ކުޑަކުރަނީ ރައްޔިތުންގެ ލާބައަށްވުރެ ބޮޑަށް ރައީސުލްޖުމްހޫރިއްޔާގެ އަމިއްލަފުޅު ބޭނުމަށްކަމަށް މެންބަރު މައުރޫފް ޒާކިރު ވިދާޅުވެއްޖެ.

Newsletter

Get the latest news delivered straight to your inbox