ވާހަކަ: ލޯބިވިޔަސް

ވާހަކަ: ލޯބިވިޔަސް

(ފަހުބައި)

ވައިރޯޅިއެއްހާ ބާރުމިނުގައި އިއްބެ ގެއްލުނެވެ. އަހަންނަށް އިނދެވުނީ އެވެ. އެސްފިޔަ ވެސް ޖަހައިނުލައި ބަލާށެވެ. ކުރާންވީ ކަމެއް ބުނާންވީ އެއްޗެއް ނޭނގިފަ އެވެ. އޭރު ނޫހުމެން ހީނހީނފައި ވާހަކަ ދައްކަން ތިބި މަންޒަރު ފުސް ގޮތަކަށް އަހަންނަށް ސިފަވަމުން ދިޔަ އެވެ. ފުންނޭވާއެއް ބޭރުކޮށްލެވުނެވެ. ދެތިން ފަހަރު ވިސްނައިލެވުނެވެ. މި ހިނގާ ކަންކަމާ މެދުގަ އެވެ. މިއީ އަނެއްކާ ރޭވުމެއް ހެއްޔެވެ؟ ނޫނީ ހުވަފެނެއް ހެއްޔެވެ؟ ނޫނެކެވެ. މިއީ ހަގީގަތެކެވެ. ޝައްކުގެ އިނގިލިތައް ހިއްލައިލުމުގެ ނިޔަތަކު ނޫނެވެ. އެ ގަސްތަކު ވެސް ނޫނެވެ. ނޫހުގެ ހަރަކާތްތަކާ މެދު ފުންކޮށް ވިސްނައިލެވުނެވެ.

"ކީއްކުރަން އަހަރެން ތިކަހަލަ ކަމެއް ކުރާންވީ؟" ކޮޓަރިއަށް ވަދެ އެނދު މައްޗަށް ވެއްޓި ގަންނަމުން ނޫހު ހިތްހަމަ ނުޖެހިފައި ޖަވާބު ދިނެވެ.

"ދެން މި ކޮން ކަންތައް ގަނޑެއްތަ؟ އަހަރެން މި ރަށަށް ގެނައީ ބިރުވެރި ފިލްމު ނުބަލާތީތަ؟" ހިތްހަމަ ނުޖެހެވުނެވެ.

"ޒައީ ޕްލީޒް ހަމަޖެހިބަލަ. މީހަކު އަދި އެއްޗެކޭ ބުނެލާއިރަށް ޝައްކު ނުކޮށްބަލަ." ނޫހު އުޅުނީ އަހަންނަށް ވިސްނައިދޭށެވެ.

"އެއްޗެއްތަ ބުނެލީ؟ ނޫހަށް އެނގޭތަ ބުނެވުނު އެތި؟"

"އަހަރެން ކީކޭތަ ބުނީ؟" ނޫހު ދެ ލޯ ބޮޑުކޮށްލިއެވެ.

"ނުބުނޭ އެކައްޗެއް ވެސް،" އަހަރެނ ޖެއްސުމުގެ ރާގުގައި ބުނެލީމެވެ. "ތިމާގެ އަނބިމީހާގެ އަގު ވައްޓައިލެވުނު އިރު ވެސް ނޭނގުނުތަ؟"

"ކީކޭތަ މަ ބުނީ؟ ބުނިއެއްޗެއް ބުނެވިދާނެދޯ!" ނޫހު ހައިރާން ކަމާއެކު އަހައިލިއެވެ.

"މަ މީ ތަނަކުން ފިރިހެނަކު ފެންނަ އިރަށް ބޮލަށް އަރާ މީހަކީތަ؟" އަހަރެން ރުޅިގަނޑު ފަޅައިގެން ދިޔައެވެ.

"އޯހް ނޯ! ތި ވިސްނީ މުޅީން ނުބައިކޮށް! މުޅީން ގޯސްކޮށް!" ނޫހު ބުންޏެވެ.

"އަބަދުވެސް ގޯސްވާނީ އަހަރެން. ބުއްދިވެރިއަކީ ނޫހެއްނު!" ދެ ބުމަ ކައިރިކޮށްލަމުން ތުންފަތަށް ގޮތެއް ހަދައިލީމެވެ.

"ޒައިނާ އިހަށް ހަމަޖެހިބަލަ! އޮފީހުގަ އުޅޭނެ ޒައިފާއެއް. އޭނާއަށް އޮފީހުގައި ކިޔާނީ ޒައި. އަހަރެން އެ ގަޑީގައި އޭނާއާ ޖެއްސުމަށް ފެށީ އެ ވާހަކަ. އެއީ ފަހަރެއްގައި ވެސް ޒައިނާގެ ވާހަކައެއް ނޫން،" ނޫހު އޮޅުންފިލުވައިދިނެވެ. "ޒައިނާ އޭގެ ފަހު ބައި އަޑު ވެސް ނާހަން ދޯ!"

"ކޮން؟" އަހަންނަށް ވިސްނައިލެވުނެވެ.

"އަހަރެން ބުނީން މަގޭ ޒައިއަކީ އިއްބެގެ ޒައިކަހަލަ މީހެއް ނޫނޭ. ތަނަކުން މީހަކު ފެންނަ އިރަށް ބޮލަކަށް ނާރާނޭ. އެ ހެވޭ ހުދަންބަރެއް ފެނުނަސް." ނޫހު ފުން ނޭވާއެއް ބޭރުކޮށްލިއެވެ.

ދެން ދިޔައީ ހިމޭންކަމުގެ ވަގުތުކޮޅެކެވެ. ނޫހު އޮތީ މައްޗަށް ބަލަހައްޓައިގެންނެވެ. ނުވިސްނަށް ހުރި އެތައް ކަމެއް ވިސްނެން ފެށިއެވެ. އަމިއްލަ ކުށް ގަބޫލުކުރުމުގެ ބަދަލުގައި ހީނތަކުން ހިއްލިފައިވާ ރޮދިކޮޅުކޮޅުން ބައިގަނޑުތައް ހަދަމުން ހިޔާލުތައް ބޭރުވާން ފެށިއެވެ.

"އަހަރެން މިހާރު މޮޔަވާން ކައިރިވެއްޖެ. އަހަންނަށް ހީވަނީ ނޫހު އަހަރެން މި ރަށަށް ގެނައީ މޮޔަކޮށްލަންހެން. އަހަރެން ބޭނުމެއް ނޫން އެންމެ ސިކުންތަކު ވެސް މި ރަށުގައި ހުންނާކަށް."

"އެއްކަލަ ޒައީ." ނޫހު ޗުސް ޖަހައިލިއެވެ.

"އަހަރެން ދައްކާ ވާހަކަ ނޫހު ގަބޫލުކުރަނީއެއް ނޫން. އަޑެއް އަހަނަކީ ނޫން. އަހަންނަށް ހީވޭ ނޫހު އަހަންނަށް މަލާމަތްކުރާ ހެން ވެސް." އަހަރެން އިނގިލިތަކަށް ވާންކޮށްލަމުން އަވަސް އަވަހަށް ބުނެލީމެވެ.

"ކީއްވެ ތިހެން ތިބުނީ؟ އަހަރެން މި ރަށަށް އައިފަހުން ލޯމަތިން ދުރަކަށް ނުދަން." ނޫހު ދެރަވެފައިވާ ރާގެއްގައި ބުނެލިއެވެ.

"ނުބުނާ ވަރުތަ؟" އަހަރެން ފޫހި ރާގެއްގައި ބާރުބާރަށް ބުނެލީމެވެ. "އަހަރެން ދައްކާ ވާހަކަ ގަބޫލުކުރާނަމަ އަހަރެން މި ކުރާ އިހުސާސްތަކާ އަހަންނަށް މި ފެންނަ މީހުން ނޫހަށް ނުފެންނަ ކަމަކަށް ނުބުނާނެ."

ނޫހު އަނގަޔަކުން ނުބުންޏެވެ. އޭނާ ބޮލުން ޓީޝަރޓް ދަމައިގަނެ ކޮނޑުގައި އެޅުވިއެވެ. ޖީންސުގެ ގޮށްތަކުގައި ހިފައިލަމުން ތުވާލި ނެގިއެވެ. އަހަންނަށް އޭނާގެ ހަރަކާތުން ކުރެވުނީ ގޯސް މާނައެކެވެ. ގަދަވީ ރުޅިއެވެ.

"މަށަކަށް ނޭނގެ ޒައިގެ ވިސްނުމަށް އައީ ކޮން ބަދަލެއް ކަމެއް؟ މަށަށް ކުރެވޭ ހަރަކާތުގައި ވެސް ތި ނަގަނީ ބޭނުން މާނައެއް؟" ނޫހު ހިތްހަމަ ނުޖެހުނީ އަހަރެން ބުނި ވާހަކައިންނެވެ.

"ނޫހު ކިތަންމެ ނޫން ކަމަށް ހެދެން އުޅުނަސް ހެޔޮ! ވާހަކަ ދައްކަދައްކާ ހުއްޓާ، އަނގައިން ވެސް ނުބުނެ، ބޮލުން ޓީޝަރޓު ދަމައިގަތީމަ އޭގެ މާނަ އެނގޭނެ ކުޑަ ކުއްޖަކށް ވެސް،" އަހަރެންގެ ޖުމުލަ ތަކުރާރުކޮށްލީމެވެ. "ޖީންސުގެ ގޮށްތައް ނެއްޓީމަ.."

އަހަރެން ވާހަކަދައްކާ ހުއްޓާ ނޫހު ފާޚާނާއަށް ވަނެވެ. އަހަންނަށް ފުން ނޭވާއެއް ބޭރުކޮށްލެވުނެވެ. ދެންމެ ބުނެވުނު ވާހަކައާ މެދު ވިސްނައިލެވުނެވެ. ޓީޝާޓު ބޮލުން ދަމައިގަތުން މާނަ ކުރެވުނު ގޮތް ގޯހޭ ހިތްބުނެލިއެވެ. ފަހަރެއްގައި ވެސް އޭގެ މާނައަކީ ކަމެއް ދޫކޮށްލުމެއް ނޫންކަމަށް ހިތްބުނެލިއެވެ. އެގޮތަށް މާބޮޑަށް ހަރަކާތްތައް މާނަކުރާން ވެއްޖެ ނަމަ ވާނީ މިހެންނެވެ. ސެކްސްފިއާގެ ޕްލޭތައް ކިޔައިކިޔައި އަހަރެން ވެސް މި ހުންނަނީ އެއް ގޯސްވެފައެވެ. ކޮންމެ ހަރަކާތަކުން ވަކި މާނައެއް ނެގެނީއެވެ. ފެންނަ ކޮންމެ އެއްޗަކުން ތަފާތު މާނައެއް ދޭހަކުރެވެނީއެވެ.

"ޕްލާސްޓިކް ތިއޭޓަރއާ ދިރިއުޅުމާ ގުޅުވަންޏާ ފެންނާނީ އަބަދުވެސް ވަހުމު." ނޫހު ފާޚާނާއިން ނުކުމެ ފާނާޚާގެ ސުވިޗް ނިއްވާލިއެވެ.

ބަލައިލެވުނީ އޭނާ އަށެވެ. އުނުގައި ހުދުކުލައިގެ ތުވާލުގަނޑު އޮޅައިލައިގެން ހުރި އިރު އޭނާ ފެންނަނީ ތާޒާކޮށެވެ. އަހަރެން އަނގަޔަކުން ނުބުނަމެވެ. ނޫހަށް ބަލަހައްޓަން އިނީއެވެ. އޭނާ ބުނަން އުޅޭ ވާހަކައާއި އަހަންނަށް އުޅެވުނު ގޮތާ މެދު ފިކުރު ކުރާށެވެ.

"މި ސްވިޗް އޮފުކޮށްލީ، ދެން ފާޚާނާގައި ކުރާނެ އިތުރު ކަމެއް މި ވަގުތަށް ނެތީމަ ދިއްލައިފަ ބެހެއްޓުމުގެ މާނައެއް ނެތީމަ،" ނޫހު ފުން ނޭވާއެއް ބޭރުކޮށްލިއެވެ. "އޭގެ މާނައަކީ އަހަރެން ޒައީ ބޭނުން ނެތީއެކޭ ނޫން. ނޫނީ އަހަރެންގެ މާޒީއަކީ އަނދިރި މާޒީއެކޭ ނޫން."

ނޫހު އުޅުނީ އަހަންނަށް ވިސްނައިދޭންކަން ކަށަވަރުވިއެވެ. އޭނާގެ ލަސް ހަރަކާތްތަކާއި މަޑުމައިތިރި ބަސްމަގާއި ވާހަކަދެއްކުމުގައި ގެންގުޅުނު ދުރު މިނުން އެކަން ހާމަވެއެވެ. އެހެންވެ އަހަރެން އިނީ އަޑު އަހާށެވެ. ނޫހަކީ ބަސްބުނުމުގައި ހިކުމަތް އިސްކުރާ މީހެއް ވީމައެވެ. ނަސޭހަތްދިނުމުގައި ތަފާތު ޜޯންރާއެއް ގެންގުޅޭ މީހެއް ވީމައެވެ. ދުރުވިސްނައިގެން، ކައިރިން ދުރަށް ބަސްމަގު ތަރުތީބުކުރާ މީހެއްވީމައެވެ.

"ފިލްމަކީ އަސްލެއް ނޫން. ޕްލޭއަކީ ހަގީގަތެއް ނޫން. ޕްލޭ ލިޔަނީ ހަގީގީ ހާދިސާތަކަށް. އެކަމަކު އޭގައި ހުންނަނީ ލިޔުންތެރިޔާގެ ރަހަ ހިމަނައިފަ. ފޮނިތޮށި ކާފޫރުތޮޅި އަޅައިފަ،" ނޫހު ބުރުސް ނަގައި ބޯ އޮމާން ކޮށްލަމުން ލޯގަނޑުން ބަލައިލިއެވެ. "ދިރިއުޅުމުގައި ނުފެންނަ އެތައް މަންޒަރެއް އެތައް ކަމެއް ޕްލޭތަކުގައި ލިޔުންތެރީން ހިމަނާނެ. އެމީހުންގެ ޚިޔާލީ ދުނިޔޭގެ މަންޒަރުތަކާއި ޤަބޫލުކުރުންތައް ގެންނާނެ. އެ މަންޒަރުތައް އަސްލު މަންޒަރުގައި އެތައް ބައެއްގެ ކުރިމަތީގައި ޑައިރެކްޓަރު ބުނިއްޔާ ބުނިގޮތެއް ހަދައިގެން ކުޅުނީމަ އެވަނީ ޕްލޭ ނުވަތަ ފިލްމަކަށް."

"އަހަރެން އެބަ..."

އަހަރެން ވާހަކަދައްކަން އަނގަ ހުޅުވާލިއިރަށް ނޫހުގެ ޝަހާދަތް އިނގިލި އަހަރެންގެ ތުންފަތަށް ހުރަސްކޮށްލިއެވެ. މަޑުމަޑުން އަނގައިން އަޑެއް ލައްވާލަމުން ދެފަރާތަށް ބޯހޫރައިލި އެވެ. އޭނާގެ ހޫނު ނޭވާ އަހަރެންގެ ތުންފަތަށް އެޅުނެވެ.

"މިރޭ ވަރަށް ރީތި! ވަރަށް ލޯބިވޭ،" ނޫހު ލާނެތް ރާގެއްގައި ބުނެލިއެވެ. "މަޑުކުރޭ ނިމެންދެން."

"ގަބޫލުކުރާންވީ ހަގީގަތަކީ މިއީ. ލޯބިވިޔަސް ލޯބިކުރިޔަސް އެއްވެސް ކަމެއްގެ ތެރެއަށް ގެނބި މަރު ނުވާން. ކޮންމެ ކަމެއްގައި ވެސް އިމެއް މިނެއް ބޭއްވުމަށް،" އެނދުގައި އޮށޯވެލަމުން އޭނާގެ މޭމަތީގައި ބާލީސް ބާއްވާލި އެވެ. "ތަންތަނުގައި ފާޑުފާޑުގެ މީހުން އުޅޭނެ. އެކި މީހުން އުޅޭނީ އެކި ގޮތަށް. ނަފުސާނީ މީހުންނާއި ބަލި މީހުންނާއި ހަމަނުޖެހޭ ވާހަކަ ދައްކާ މީހުން. އެކަމަކު އެ މީހުން ދައްކާ ހުރިހާ ވާހަކައަކީ އަސްލެއް ނޫން. ތެދެއް ނޫން."

އަހަންނަށް ބޯ ޖަހައިލެވުނެވެ. ނޫހުގެ ވާހަކައަށް އެއްބަސް ވެވުނެވެ. ގަސްތަކު ނޫނެވެ. އިހުތިޔާރުން ބޭރުގަ އެވެ. ނޫހު ދެއްކި ހުރިހާ ވާހަކައަކާ މެދު ފުންކޮށް ވިސްނައިލެވުނެވެ. މި ދަތުރު ފެށުމުގެ ކުރީން އަހަރެންގެ ޚިޔާލުތައް ހުރި ގޮތެވެ. އަހަރެން ވިސްނުން ކަސިޔާރުވެފައިވާ މިންވަރެވެ. ގޭގައި އިނދެ އިނގިރޭސި ވާހަކަތަކަށް މަރުދެވުމުން އުޅެވުނު ހިޔާލީ ދުނިޔެއެވެ. ސެކުސްފިއަރގެ ޕްލޭތަކުން ނުނިކުމެވިގެން އިންނާން ޖެހުނު އިނުމެވެ.

"އަހަރެން މި ދަތުރު އައީ ވެސް ޒައިގެ މާހައުލު ބަދަލުކޮށްލަން. އެ ފޮތްތަކުން ނުކުންނާނެ ފުރުސަތެއް ހޯދައިދޭން. އެކަމަކު މި ރަށަށް އާއިރަށް، ދިމާވި މީސްމީހުންގެ ކަންކަން ޒައި ތި ގުޅުވީ މުޅީން ވެސް އެ ވާހަކަތަކަށް،" ނޫހުން މަޑުމަޑުން ބުނެލިއެވެ. "މަށަށް ހީވަނީ ޒައި އަދިވެސް ވާހަކަފޮތްތަކާއި އެ ޕްލޭތަކުން ބޭރަކަށް ނުނިކުމެވޭހެން. ރާއްޖޭގެ މާހައުލަކަށް ނާދެވޭހެން. ވާހަކަތަކުގައި އުޅޭ މީހުން ޒައިގެ ވަށައިގެން އުޅޭކަމަށް ޒައި ތި ގަބޫލުކުރަނީ."

އަހަންނަށް ހަމަ ރަނގަޅަށް ވެސް ވިސްނަން މަޖުބޫރުވެއްޖެއެވެ. ނޫހުގެ ވާހަކައިގެ ތަރުތީބާއި އޭނާގެ ވާހަކަދެއްކުމުގެ ރާގުންނެވެ. އެހެންވެ ނޫހުގެ މޫނަށް ބަލަން ލަދުގަންނަ ގޮތްވިއެވެ. އޭނާއަށް މޫނު ނުފެންނާނެހެން އެނބުރިލީމެވެ. ދެން ދިޔައީ ދިގު ދެމިގެން ދިޔަ ހުސްވަގުތުކޮޅެކެވެ. އަހަރެން ހީކުރީ އަހަންނަށް ވިސްނަން ނޫހު ވަގުތު ދިނީ ކަމަށެވެ.

އެއާއެކު މަސްހުނިވެފައިވާ އެތައް މަންޒަރެއް ސިކުނޑީގެ ސްކުރީނުން ތަކުރާރުވާން ފެށިއެވެ. އަޑުތަކާއި މަންޒަރުތައް ހީވަނީ އަވަސްވެފައިވާ ރޯލެއް ހެންނެވެ. ފަހަރަކު މަންޒަރެއް ކުޅެވެމުން ސިފަވަމުން ދިޔައެވެ. އެ ހަނދާންތައް އާވެ އާލާވަމުން ދިޔައެވެ.

ކުޑައިރުގެ ތަސްވީރުތަކެވެ. ފޮތްކިޔުމަށް މަރުދީގެން އުޅުނު ޒަމާނެވެ. ސްކޫލު ދައުރެވެ. އިނގިރޭސި ފޮތްތަކުގެ ތެރޭގައި ފިތިގެން އަމިއްލަ ކަންކަން ދޫކޮށްލެވުނު ހަނދާންތަކެވެ. ކެއިންބުއިމާއި މަޖާ ކުރުމަށްވުރެ ފޮތްތަކަށް އިސްކަން ދެވުނު ގޮތެވެ. މަޝްހޫރު ވާހަކަލިޔުންތެރިންގެ ފޮތްތައް ބާޒާރުވާއިރަށް އަތަށް އެ ނާރައިގެން ވިސްނުނު ވިސްނުންތަކެވެ.

އެއީ އަހަރުމެންގެ ޒަމާނެވެ. އަހަރުމެންގެ ޖީލުގެ ހަނދާންތަކެވެ. މުނިފޫހިފިލުވަން ވެސް ދެ ކުދިން އެއްވިޔަސް ދައްކާނީ ކޮންމެ ވެސް ވާހަކައެއްގައި އުޅޭ މީހުންގެ ވާހަކަތަކެވެ. އޭގައި އެމީހުންނަށް ކުރި އަސަރެއްގެ ވާހަކައެވެ. ވާހަކަ ކިޔައިލުމުން އޭގައި އުޅުނު މީހުން އެމީހަކަށް ސިފަކުރެވުނު ގޮތެވެ. ބައެއް ފަހަރަށް އަހަރުމެން އެއް ވާހަކައެއްގައި އުޅޭ އެއް ބަތަލެއް އެންމެން އެއް ތަނެއްގައި ތިބެގެން އެމީހަކަށް ސިފަވި ގޮތަކަށް ކުރަހަމެވެ. އަމިއްލަ އަމިއްލައަށް އެކަހަލަ މުބާރާތްތައް ވެސް ބާއްވަމެވެ. މީގައި މޮޅު ތަންކޮޅަކީ ކޮންމެ ވާހަކައެއްގައި އުޅޭ ބަތަލުންނަކީ ހަމަ އެއް ބައެއް ކަމެވެ. ކުރަހައިލީމަ ފެންނަނީ ހަމަ އެއް ސިފައެކެވެ. ތަފާތުވަނީ އެމީހުން ލާ ހެދުމެވެ. އަންނައުނެވެ. ހުންނަ ތަނެވެ. ވާހަކަ ތަފާތު ވީމަ ހިނގާ ހާދިސާއަކުން ބަޠަލަށް ލިބިފައިވާ އަނިޔާ ތަފާތުވާ ކަމެވެ. މި އަހަންނަށް އެކަނިވާ ގޮތެއް ނޫނެވެ. އަހަންނާ އެކު އުޅުނު ހުރިހާ ކުދިންގެ ކުރެހުންތައް އެއްތަން ކުރި ދުވަހު ފާހަގަކުރެވުނު ކަންކަމެވެ.

"އޭގެ މާނައަކީ ތިޔަ ކުދީންގެ ސިކުނޑީގައި ކުރެހިފައިވާ ހިޔާލީ ބަތަލު ކޮންމެ ވާހަކައަކާ ގުޅުވާލެވެނީއޭ." ދިވެހި މުދައްރިސްގެ ޖަވާބަކަށްވީ އެ ޖަވާބެވެ.

އެކަން ގަބޫލުކުރާން އަހަރުމެންގެ ހިތެއް ނުބުންޏެވެ. އެހެންވެ ދެން ޖެހުނީ ދިރާސާކުރާށެވެ. އިންޓަނެޓު ހާވާށެވެ. ދިރާސާއިން ވެސް ފެނުނީ އެއް ޖަވާބެކެވެ. ނޫހުގެ އެ ވާހަކަތަކުގެ ކުންނުން އަހަންނަށް ފެނުނީ އެ މަންޒަރެވެ.

ފުން ނޭވާއެއް ދޫކޮށްލެވުނެވެ. ފަސްއެނބުރި ބަލައިލީމެވެ. ނޫހުގެ ނިދީގެ އަޑު އިވުމުންނެވެ. ދެފަރާތަށް ބޯހޫރައިލެވުނެވެ. ނޫހު އެ ނިދީއެވެ. އަހަރެން ދޫކޮށްލައިފައެވެ. ބޭކާރު ވިސްނުންތަކަށް ހިތް ލަންބުވާފައެވެ. އެކަން ކުރުވީ ނޫހެވެ. ސުރުހީ އެޅުމަށްފަހު އޭގެ ދަށުން ލިޔާން އޭނާ ދޫކޮށްލީއެވެ. އެއީ އޭނާ ކަންކުރާ ގޮތެވެ. މައްސަލަ ހައްލުކުރާ ވައްޓަފާޅިއެވެ.ހުރިހާ ވާހަކައެއް ނުދައްކާނެއެވެ. އޭނާ އަޅައިދޭނީ ސުރުޚީއެވެ. ކޮށައިދޭނީ މަގެވެ. ދެން އެ މަގު ކޮށަމުން އަލިކުރަމުން ގޮސް މަންޒިލަށް ނުކުންނާން ޖެހޭނީ އަހަރެންނެވެ. މިރޭ ވެސް އޭނާ ކަން އެކުރީ އެ މަގުންނެވެ.

އެކަމަކު މިރޭ ވަރަށް ބޮޑު ކަމެއް ވިސްނިއްޖެއެވެ. ވަރަށް ބޮޑު ކަމެއް ދަސްވެއްޖެއެވެ. އަހަރެންގެ އަމިއްލަ ނަފުސުގައި ހުރި އިސްލާހް ކުރާންވީ ކަމެއް އެނގިއްޖެއެވެ. ވާހަކައިގެ ދުނިޔެއިން ހަގީގީ ދުނިޔެއަށް ނުކުންނަން ޖެހޭކަން ހިތާއި ނަފުސު ގަބޫލުކުރުވައިފިއެވެ. އެކަން ޔަގީންވެއްޖެއެވެ.

މި ރަށުން ފެނުނު މަންޒަރުތަކުން ބައެއް މަންޒަރަކީ އަސްލެވެ. ހަގީގަތެވެ. ޖަމީލާއެވެ. އެއީ ސިކުނޑި ހަމަނުޖެހޭ މީހެކެވެ. ނަމަވެސް، އަހަންނަށް އެ މީހާ ފެނުނީ ޕްލޭތަކުގައި ފެންނަ ފަދަ ހަރުދަނާ މީހެއްގެ ގޮތުގައެވެ. ލިޔުންތެރިޔާ ބޭނުންވާ މެސެޖު ފޯރުކޮށްދޭން ގެނައި ޝަޚްޞިއްޔަތެއް ގޮތުގައެވެ.

މަގުމަތިން ދިމާވީ ޚިޔާލީ އިއްބެއެކެވެ. އެއީ އެންމެ ފަހުން އަހަރެން ކީ ވާހަކައިގައި އުޅުނު މީހާއެވެ. އެކަނިވެރި މާހައުލުތަކުގައި، ފުންވިސްނުމުގައި ތިބޭ މީހުންގެ އިހުސާސްތައް އަޑުއަހާ މީހާއެވެ. އެ މީހުންގެ ހިތްހަމަ ނުޖެހުންތަކަށް ހިތްހަމަޖެހުން ގެނުވައިދޭ މީހާއެވެ. ނަމަވެސް، އަހަންނަށް އެ މީހާ ފެނުނީ ދިވެހިވެށީންނެވެ. އަހަރެން ބޭނުންވި ގޮތަށެވެ. ދިވެއްސެއްގެ ސިފައިގައެވެ. ތަފާތުވީ އެންމެ ކަމެކެވެ. ދީނީ އަގީދާއެވެ. ވިސްނުމުގެ މިސްރާބެވެ. އެހެންވެ ހުރިހާ ކަމެއް އޮތީ ބަދަލުވެފައެވެ.

ފާޚާނާއަށް ވަދެ ފެންވަރައިލީމެވެ. ހިތާއި ނަފުސު އެކުގައި ތާހިރުކޮށްލުމުގެ އަޒުމުގައެވެ. ވާހަކައިގެ ދުނިޔެއިން ނުކުމެ ހަގީގީ ދުނިޔެއިން ދިރިއުޅުން ބާއްޖަވެރި ކުރުމުގެ މަގުސަދުގައެވެ. އެ އަޒުމުގައެވެ. ނިދަން އޮށޯތީމެވެ. ދެ ލޯ މަރައިލީމެވެ. އެއާއެކު މަންޒަރު ކަޅުވިއެވެ.

ހުރާގެ ހިތްގައިމު ވެށީގައި ހޭދަކުރެވުނު ދުވަސްތައްވީ އަހަރެންގެ ހަޔާތުގެ ފަސާނާގެ މުހިއްމު ފަސްލަކަށެވެ. ދިރިއުޅުން ބަދަލުކޮށްލި މާޒީއަކަށެވެ. ލޯބިވާންވީ ގޮތް ދަސްވި ދަތުރަކަށެވެ. ލޯބިވިޔަސް ދުރުވާންވީ ކަންކަން ކިޔައިދިން ދަތުރުނާމާ އަކަށެވެ. އާއެކެވެ. ލޯބިކުރުމާއި ލޯބިވުމަކީ ދެކަމެކެވެ. ލޯބިވިޔަސް ހިޔާލީ ދުނިޔޭގައި ދިރިއުޅުމަކީ ވޭނެކެވެ. ކޮންމެ ވާހަކައަކީ ހަގީގަތެއް ނޫނެވެ. ނަމަވެސް، ހުރިހާ ވާހަކައަކީ ފުލޯކެއް ވެސް ނޫނެވެ. މިއީ އަހަރެންގެ ހަޔާތުނާމާއެވެ.

(ނިމުނީ)

ވާހަކައިގެ ކުރީގެ ބައިތައް

ފުރަތަމަ ބައި

ދެވަނަ ބައި

ތިންވަނަ ބައި

ކޮމެންޓް

ފަހުގެ ޚަބަރު

ބޮމުގެ އިންޒާރަކާ ގުޅިގެން ކޮންސެޓް ކުއްލި ގޮތަކަށް ކެންސަލް

އެމެރިކާގެ ކަންޓްރީ މިއުޒިކް ތަރި އެލާ ލެންގްލީ، އޮކްލަހޯމާގައި ބޭއްވުމަށް ހަމަޖެހިފައި އޮތް ކޮންސެޓެއް ބޮމުގެ އިންޒާރަކާ ގުޅިގެން ކުއްލި ގޮތަކަށް ކެންސަލްކޮށްފިއެވެ. މި ފިޔަވަޅު އެޅީ ސަޕޯޓަރުންނާއި މުވައްޒަފުންގެ ސަލާމަތަށްޓަކައި ކަމަށް އޭނާ ބުނެފައިވާއިރު، ފުލުހުން ދަނީ މި މައްސަލަ ތަހުގީގު ކުރަމުންނެވެ.

ކިނބިއްސެއްގެ ބާރުމިން: ހީކުރާ ވަރަށް ވުރެ މާ ބާރުގަދަ!

ކިނބިއްސަކީ ނޭވާލާ ނިޒާމަށް ވަންނަ ބޭރުގެ މާއްދާތަކުން ހަށިގަނޑު ސަލާމަތްކުރުމަށްޓަކައި މަސައްކަތްކުރާ ބާރުގަދަ ނިޒާމެކެވެ. ކިނބިއްސެއްގެ އަޑު ގާތްގަނޑަކަށް 90 ޑެސިބެލްއަށް އަރާއިރު، އޭގެ ވައިގެ ދުވެލި ގަޑިއަކު 100 މޭލުގެ ބާރުމިނުގައި ހުރެ، އޭގެން ބޭރުވާ ފެންތިކިތައް 26 ފޫޓު ދުރަށް ދަތުރުކުރެއެވެ.

އެއްވަނަ ލިބުނީ އޭއައި ވީޑިއޯއަކަށް ކަން ފަޅައިއަރައިފި

ނިކޮންގެ 'ސްމޯލް ވޯލްޑް އިން މޯޝަން' މުބާރާތުން އެއްވަނަ ހޯދި ވީޑިއޯއަކީ ޖެނެރޭޓިވް އޭއައި ބޭނުންކޮށްގެން އުފައްދާފައިވާ އެއްޗެއްކަން ފަޅާއެރުމުން، އެ ފަރާތް މުބާރާތުން ވަނީ ޑިސްކޮލިފައިކޮށްފައެވެ. ސައިންޓިސްޓުންތަކެއް ހުށަހެޅި ޝަކުވާތަކާ ގުޅިގެން ހިންގި ތަހުގީގަށްފަހު ނިކޮންއިން މި ނިންމުން ނިންމީ، މުބާރާތަށް ހުށަހަޅާ އުފެއްދުންތަކުގައި އޭއައި ބޭނުންކުރުމަކީ ގަވާއިދާ ހިލާފު ކަމަކަށް ވާތީއެވެ.

ބޮލީވުޑްގެ ލެޖެންޑަރީ އެކްޓަރު ނާނާ ޕަޓޭކަރު މަރުވެއްޖެ

ބޮލީވުޑްގެ މަޝްހޫރު އެކްޓަރު ނާނާ ޕަޓޭކަރު އުމުރުން 75 އަހަރުގައި ހާޓް އެޓޭކެއް ޖެހިގެން ގޯއާގައި ހުންނަ އޭނާގެ ގޭގައި މަރުވެއްޖެއެވެ. އިންޑިއާގެ ގައުމީ ފިލްމީ އެވޯޑްތައް ހާސިލްކޮށްފައިވާ މި ހުނަރުވެރި ތަރި މަރުވިއިރު، އޭނާ ވަނީ ސީރިއަސް އަދި ކޮމެޑީ ރޯލުތަކުން ބޮޑު މަގުބޫލުކަމެއް ހޯދާފައެވެ.

އެންމެ ގިނަ ޕެންގުއިން އުޅޭ ރަށުން އާބާދީގެ ބޮޑުބައެއް ނެތިގޮސްފި

ދުނިޔޭގައި އެންމެ ގިނައިން ޕެންގުއިން އުޅޭ ޒަވޮޑޮވްސްކީ އައިލެންޑުގެ "ޗިންސްޓްރެޕް" ޕެންގުއިންގެ އާބާދީ 63 އިންސައްތަ މަދުވެފައިވާކަން އާ ދިރާސާއަކުން ދައްކައިފިއެވެ. މޫސުމަށް އަންނަ ބަދަލުތަކުގެ ސަބަބުން ކާނާ ލިބުން ދަތިވެ، މި ބާވަތުގެ ޕެންގުއިން ނެތިދިއުމުގެ ބިރު އޮތްއިރު، އެ ރަށުގައި އުޅޭ "މެކަރޯނީ" ޕެންގުއިންގެ އާބާދީ ދަނީ އިތުރުވަމުންނެވެ.

މައިކަލް ޖެކްސަންގެ ޖެކެޓާއި މާކަރީގެ ނޯޓުފޮތް ވިއްކާލައިފި

މައިކަލް ޖެކްސަން ބޭނުންކުރި މިލިޓަރީ ޖެކެޓާއި، ފްރެޑީ މާކަރީ ލަވަތައް ލިޔެފައިވާ ނޯޓުފޮތް ހިމެނޭހެން މަޝްހޫރު ފަންނާނުންގެ ބައެއް ތަކެތި ނީލަމެއްގައި ބޮޑު އަގުގައި ވިއްކާލައިފިއެވެ. މީގެ އިތުރުން ޖޯން ލެނަންގެ އަވިއައިނަކާއި، ނޮއެލް ގަލަގާ ބޭނުންކުރި ގިޓާ ދުނިޔޭގެ ރެކޯޑް އަގަކަށް މި ނީލަމުގައި ވަނީ ވިކިފައެވެ.

ކެއުމަށްފަހު ލޭގައި ހަކުރު މަތިވުމަކީ ކަންބޮޑުވާންޖެހޭ ކަމެއްތަ؟

ކެއުމަށްފަހު ނުވަތަ ކަސްރަތު ކުރުމުން ލޭގައި ހަކުރުގެ މިންވަރު ވަގުތީގޮތުން މަތިވުމަކީ ހަށިގަނޑުގައި ގުދުރަތީ ގޮތުން ހިނގާ އާދައިގެ ކަމެކެވެ. ނަމަވެސް ހަކުރުބަލި ހުންނަ މީހުންގެ ހަށިގަނޑުގައި އިންސިއުލިން މަސައްކަތްކުރާ މިންވަރު ދަށްވުމުގެ ސަބަބުން، މިގޮތަށް ހަކުރު މަތިވުމަކީ ނުރައްކާތެރި ކަމަކަށް ވެދާނެއެވެ. އެހެންކަމުން ބަލި ހުންނަ މީހުން ކެއުމާއި ކަސްރަތަށް ސަމާލުވެ، ގަވާއިދުން ހަކުރު ޗެކްކުރުން މުހިންމެވެ.

Newsletter

Get the latest news delivered straight to your inbox