ވާހަކަ: ލޯބި ވިޔަސް

ވާހަކަ: ލޯބި ވިޔަސް

ދެވަނަ ބަޔާ ގުޅޭ

އަހަރެން ބޯ ހޫރައިލީމެވެ. ނޫނެކޭ ބުނުމުގެ ގޮތުންނެވެ. ނޫހުގެ މޫނުމަތީގައި ކުރެހުނު ސުވާލު މާކު ފެވިގެން ދިޔައެވެ. ގަދަކަމުން ކަހަލަ ގޮތަކަށް އަހަރެން އިއްބެއަށް ހިނިތުންވެލީމެވެ.

"އިބްރާހިމް އައުސް، އެންމެން ވެސް ކިޔާނީ އިއްބެ." އިއްބެ އަމިއްލައަށް ތައާރަފުވެލަމުން ސަލާމަތް އަތްދިއްކޮށްލީ އަހަންނަށެވެ.

އިއްބެ ދިއްކޮށްލި ސަލާން ބަލައިގަތީމެވެ. ފާޑަކަށް ޖެހިލުންވެފައި ހުރެގެންނެވެ. ނުވާންވީ ސަބަބެއް ނެތްތާއެވެ. އިރުކޮޅެއް ކުރީން އަހަންނާ އިއްބެއާ ބައްދަލުވެއްޖެއެވެ. އިއްބެ އެތައް ވާހަކައެއް ހިއްސާކޮށްފިއެވެ. ނަމަވެސް އޭނާ އަލުން އައިސް އަމިއްލައަށް ތައާރަފުވެ އެ ފެށީ ކީއްވެ ހެއްޔެވެ؟ މިއީ އަނެއްކާ އަނެއް ޑުރާމާ ހެއްޔެވެ؟

"ނޫހު ވަރަށް ދައްކާނެ ވައިފުގެ ވާހަކަ. މޮޅު ކައްކާއެކޭ އެންމެ ގިނައިން ކިޔާނީ!" އިއްބެ ލާނެތް ފާޑަކަށް ނޫހަށް ބަލައިލަމުން ބުނެލިއެވެ.

"އޭ ތި ގޯސްވަނީ!" ނޫހު އުޅުނީ ވާހަކަ ބަދަލުކޮށްލާށެވެ.

"ކިހިނެއްވީ؟ އަހަންނަށް ގޯސް ވާހަކައެއް ބުނެވުނީތަ؟" އިއްބެ އަހައިލިއެވެ.

އެމީހުންގެ ވާހަކަ އަހަންނަށް އިވޭ ކަމެވެ. އަހަރެންގެ ހިޔާލާއި ފިކުރުތައް ވަނީ ހަރާބުވެފަ އެވެ. އެއް ކަމަކަށް ވިސްނޭ ވަރަށްވުރެ ބޮޑަށް އެތައް ކަމެއް ބޮލުގައި އެނބުރެމުން އެބަދެއެވެ. މުޅިމީހާގެ ފިކުރާއި ހިޔާލާއި ވިސްނުން ތަގައްޔަރުވެފަ އެވެ.

"ހާދަ ނެގި މަޑުވެފަ. ކޮން ހިޔާލުތަކެއްގަ؟" އިއްބެ އަހަރެންގެ މޫނަށް ދެ އިނގިލިން ޗޮކެއް ކަނޑައިލި އެވެ.

"އިއްބެ ކަހަލަ މަޝްހޫރު ރީތި ބިޓުން ފެނުނީމަ ޒައިގެ ހިތް ވެސް ފަޅިވީ ކަންނޭނގެއެއްނު." ނޫހު ހޭން ފެށި އެވެ.

އަހަންނަށް ނޫހުގެ މޫނަށް ބަލައިލެވުނެވެ. އެހެން އެބުނީ ހަގީގަތުގައި ވެސް ނޫހު ހެއްޔެވެ؟ އޭނާ ވެސް އެކަހަލަ ސަމާސާ ވެސް ކުރޭ ހެއްޔެވެ؟ އެފަދަ ވާހަކައެއް ނޫހަށް ބުނަން ކެރޭނެ ހެއްޔެވެ؟ ނޫހަށް އެ ބުނެވުނު ވާހަކައާ މެދު ނޫހު ވިސްނައިލި ބާވަ އެވެ؟ އޭނާއަށް އޭގެ މާނަ އެނގޭ ހެއްޔެވެ؟

ނޫހަށް ނޭނގުނަސް އެ ބުނެވުނީ ހާދަ ބޮޑު ވާހަކައެކެވެ. އޭނާއަށް އެ ކުރެވުނީ ހާދަބޮޑު ތުހުމަތެކެވެ. އަހަންނާ މެދުގައެވެ. އަހަރެންގެ އިހުލާސްތެރިކަމާ ދޭތެރޭގައެވެ. އަމުދުން ހިލޭ މީހެއްގެ ކުރިމަތީގަ އެވެ. އަހަރެން މިވީ ލޯބީގެ އަގަށް ނޫހު އެ ދިނީ ކިހައި ރިވެތި މަގާމެއް ހެއްޔެވެ؟ ކިހައި މަތިވެރި ޝަރަފެއް ހެއްޔެވެ؟ ނޫހުގެ އެ ޖުމުލައިން އަހަރެންގެ ހިތް ކުދިކުދި ކޮށްލައިފިއެވެ. އިހުތިޔާރެއް ނެތި އަހަރެންގެ ދެލޮލުން ކަރުނަ ހިލުނެވެ. ފެންކަޅިވިއެވެ.

"ކައޭ މަށާ ފޮށޭނެ ގޮތެއް ހޯދާނެ ކޮންމެ ދަނޑިވަޅެއްގަ ވެސް." އިއްބެ ހޭންފެށިއެވެ.

ނޫހު ވެސް ޕަކަޕަކަ ލައިފަ ހެމުން ދިޔަ އެވެ. އެތަނުގައި ތިންވަނަ މީހެއް ހުރިކަން އެ ދެމީހުންނަށް ވެސް އިހުސާސް ނުވަނީ ކަން ނޭނގެއެވެ. އަމުދުން ނޫހަށް އެކަން ނޭނގެނީ ކަން ނޭނގެ އެވެ. އަނބިމީހާގެ އިއްޒަތާއި ކަރާމާތަށް ހުތުރުވާ ގޮތަށް ކަންކަން ކުރެވޭއިރު ނޫހަށް އެކަން އިހުސާސް ނުކުރެވުން އެއީ އަހަރެންގެ މައްސަލައެއް ހެއްޔެވެ؟ ނޫނީ ނޫހުގެ މައްސަލައެއް ހެއްޔެވެ؟

"ޒައި ހާދަ ބީރައްޓެއްސޭ ދޯ!" އިއްބެ އަށް ބަލައިލެވުނީ ސީދާ އަހަރެންގެ ދެ ލޮލަށެވެ. "ކިހިނެއްވީ؟ ކީއްވެ ރޮނީ؟"

ނޫހު ވެސް މައިތިރިވި އެވެ. މީހާ ހިމޭންވިއެވެ. އޭނާއަށް ބަލައިލެވުނީ ސީދާ އަހަރެންގެ މޫނަށެވެ. ދެ ލޮލަށެވެ. އަހަރެން އަތުގެ ނުފުށުން ކަރުނަތައް ފޮހެލީމެވެ.

"ކީއްވީ؟" ނޫހު ހާސްވާ ގޮތްވި އެވެ.

ބަދަލުގައި އޭނާ ހިފައިލީ ސީދާ އަހަރެންގެ ކޮލުގަ އެވެ. ދަތްދޮޅީގަ އެވެ. އަހަރެން މޫނު އަނބުރައިލީމެވެ. ހިތްހަމަ ނުޖެހޭކަން އަންގައިލާށެވެ.

"ކިހިނެއްވީ؟" ނޫހު އަހައިލި އެވެ.

"ދީބަލަ ފަސް މިނެޓް، އެކަނިވެލަން. މިތާ ގަސްދޮށުގަ." ގަދަކަމުން އަހަރެން ބުނެލީމެވެ.

ނޫހަށް ލިބުނީ ހައިރާން ކަމެކެވެ. އިއްބެ ވެސް ބަލައިލީ ސީދާ ނޫހުގެ މޫނަށެވެ. އެ މަންޒަރު އަހަންނަށް ރަނގަޅަށް ފެނުނެވެ.

"އެ ކީއްވެ؟ ކަމެއް ވީތަ؟" މިފަހަރު ސުވާލުކޮށްލީ ސީދާ އިއްބެ އެވެ.

"ޒައި ވަރަށް ބޭނުންވާނެ އެކަނިވެލަން. އޭނާ ވަރަށް ލޯބިކުރާނެ ވައިރޯޅި. ސާފުވައި. ވައި ޖެހޭ ތަންތަނަކީ ޒައިގެ އެންމެ ފޭވަރިޓް ދޯ ޒައި." ނޫހަށް ކަމެއް ވިސްނިގެން ބުނާހެން ބުނެލި އެވެ.

އިއްބެގެ ކުރިމަތީގައި ފިރިމީހާގެ އަގު ހިފެހެއްޓުމަކީ އަނތްބެއްގެ ހައިސިއްޔަތުން އަހަންނަށް ކުރާން ޖެހޭ ކަމެކެވެ. އަހަރެންގެ މައްޗަށް ވާޖިބުވެގެންވާ ކަމެކެވެ. ކޮންމެ ހާލެއްގައި ވެސް އެކަން އަހަންނަށް ކުރާން ޖެހޭނެއެވެ. އެކަން ކުރާނަން ވެސް މެ އެވެ.

"ދާންވީނު ތުނޑިއަށް. އެތަން ވަރަށް ހިތްގައިމުވާނެ. ސަޅި ވައި ވެސް ޖެހޭނެ. އަނެއްކާ ފޮޅުވާލަން ސަޅި ތަންތަން ވެސް ހުންނާނެ،" އިއްބެ ހިނިތުންވެލި އެވެ. "އަނެއްކާ އެތަނަށް ގޮސް ބޮޑު ފޮތް ހުޅުވާނުލާތި."

"އޭރުން ކަމަކު ނުދާނެ." އަހަރެން ބުނެލީމެވެ.

"އޯކޭ. ޒައި ހިތްހަމަ ޖެހެންދެން ވައި ޖައްސާލައިފަ އާދޭ. އަހަރުމެން މިތަނުގައި މަޑުކޮށްލާނަން." ނޫހު ބުނެލި އެވެ.

ލަސް ފިޔަވަޅުތަކެއް އަޅަމުން އަހަރެން މަޑުމަޑުން ކުރިއަށް ދިޔައީމެވެ. އެއީ ހިތްފަސޭހަ ސަރަހައްދެކެވެ. މަގުގެ ދެފަރާތުގައިވާ ގޭތަކުގެ ދޮރާށިތައްވަނީ ބޯގަންވިލާ ގަސްތަކުން ޖަރީވެފަ އެވެ. ގަސްތަކުގެ ފަތަށްވުރެ ބޯގަންވިލާ މާތައް ގިނަ އެވެ. ކުރިއަށް އަޅައިލި ފިޔަވަޅާއެކު ލޮލުގައި އަޅައިގަތީ ތަންކޮޅެއް ދުރުން ފެންނަމުން ދިޔަ ގަހެކެވެ. އެ ގަސް ދޮށުގައި ރީތިރީތި ގޮނޑިއެއް ހުއްޓެވެ. އަހަރެން ބޭނުންވީ އެ ގޮނޑީގައި އިށީނދެލާށެވެ.

އެހެންވެ މަޑުމަޑުން ހިނގަމުން ދިޔައީމެވެ. ގޮނޑިއާ ހަމައަށް ދެވުމުން ނޫހުއާ ދިމާއަށް ބަލައިލީމެވެ. ތަންކޮޅެއް ދުރުން އެ ދެ މީހުންގެ ހަރަކާތްތައް ފެންނަމުން ދިޔައެވެ. ގޮނޑީގައި އިށީނދެލަމުން ފުން ނޭވާއެއް ބޭރުކޮށްލީމެވެ. ބޮލުގައި ހުރި ބަރުހެލިކަމާއި ހިތުގައި ހުރި އިހުސާސްތައް ބޭރުކޮށްލަން ބޭނުންވާތީ އެވެ.

ކުއްލިއަކަށް އެއްކަލަ ހިޔާލު ބޮލަށް ސަވާރުވިއެވެ. އިއްބެއެވެ. ދެ އިއްބެއެއް އުޅެނީ ހެއްޔެވެ؟ އެއީ އަނެއްކާ ކޮން އިއްބެއެއް ހެއްޔެވެ؟ ފުންކޮށް ވިސްނައިލުމުން އެހެން ކަމެއް އެނގެމުން ދިޔައެވެ. ދެމީހުންގެ ތަފާތެވެ. ވާހަކަދެއްކުމުގެ ގޮތެވެ. ވައްޓަފާޅިއެވެ. ބޭނުންކުރާ ލަފުޒުތަކެވެ. އަޑެވެ. ނޫހުގެ ރަހުމަތްތެރިޔާގެ އަޑު ލުޔެވެ. އޭނާގެ ވާހަކަދެއްކުމުގައި ހަރު ގޮތެއް ނުހުރެއެވެ. ހިސާބަލަށް ސަކަ ގޮތެއް ހުރެއެވެ.

ނަމަވެސް ރެސްޓޯރެންޓުން ދިމާވި އިއްބެގެ ގޮތްގަނޑު ތަފާތެވެ. އޭނާ ދެނީ ނުސީދާ އިންޒާރެވެ. ބަސްބުނުމުގައި ހަރު ގޮތެއް ހުރެއެވެ. ވާހަކަދެއްކުމުގައި ވެސް އެ ގޮތްގަނޑު ފާޅުވާލެއް ބޮޑެވެ.

"ދެ މީހުންދޯ!" އަމިއްލަ ހިތަށް ބުނެލެވުނު ވާހަކައި ދުލަށް ތިލަވި އެވެ.

"އާނ! މުޅިން ހަމަ ދެ މީހެއް. އެކަމަކު ވަރަށް އެއްގޮތް ކަންތައްތަކެއް ފާހަގަވޭ ދޯ."

އަހަންނަށް އިވުނީ ސުވާލުގެ ޖަވާބުގެ އަޑެވެ. އެއީ ކާކު ކަމެއް ނޭނގުނެވެ. އިވުނީ ހަމައެކަނި އަޑެވެ. އެހެންވެ ވަށައިގެން ހޯދައިލެވުނެވެ. އެކަކު ވެސް ފެންނާކަށް ނެތެވެ. އެއީ ހީވިގޮތޭ ހިތަށް އެރިއެވެ. އެހެންވެ އަޅައި ވެސް ނުލައި އިން ގޮތަށް އިނީއެވެ.

"އެކަމާ މާ ބޮޑަށް ދެން ނުވިސްނާ."

ވަރަށް ގާތުން އެ އަޑު އިވުނެވެ. އެހެންވެ ބަލައިލެވުނެވެ. ހީވީ ހަމަ ރަނގަޅަށެވެ. އަހަރެންގެ ލޮލުގައި އަޅައިގަތީ ކުރިމަތީ ހުރި އިއްބެއެވެ. ހަގީގަތުގައި އެއީ އިއްބެއެއް ނޫނެވެ. އޭނާއާއި އިއްބެގެ އެއްގޮތް އެއްވެސް ސިފައެއް ނެތެވެ. ވައްތަރެއް ނޫނެވެ. ދެން އަހަންނަށް އެހެން ހީވީ ކީއްވެ ހެއްޔެވެ؟ އަހަންނަށް ދެ މީހުން ވައްތަރުކަމަށް ސިފަވީ ކީއްވެ ހެއްޔެވެ؟

"ތި ކާކު؟" އަހަރެން ބޭނުންވީ ސާފުކުރާށެވެ.

އޭނާ ޖަވާބެއް ނުދިނެވެ. އަނގައިން ވެސް ނުބުންޏެވެ. ފާޑަކަށް ބަލަހައްޓައިގެން ހުރީއެވެ. ރަކި ގޮތަކަށް ހެވިފައި ހުންނަ ހެންނެވެ. ބައެއް ފަހަރު އަހަންނަށް މަލާމަތްކުރަނީއޭ ހިތަށް ވެސް އަރައެވެ. ހަރަކާތެއް ނެތި އޭނާ ހުންނަ އިރު ޖަހަނީ މުޅީން އެހެން ވައްތަރެކެވެ. އެހެން ސިފައެކެވެ.

އަނެއްކާ މިއީ ޖިންނިއެއް ބާވަ އެވެ. ސިފަ ބަދަލު ވަނީ އެހެންވެ ހެއްޔެވެ؟

"ކީއްވެ އަނގައިން ނުބުނީ؟"

އިރުކޮޅެއް ކުރިން ހިތުގައި އުތުރިގަތް ބިރުވެރިކަން ނެތެމުން ނެތެމުން ގޮސް މިހާރު އެކަން ކެނޑިއްޖެ އެވެ. އެއްވެސް ޖެހިލުމެއްނެތި ވާހަކަ މި ދެއްކެނީ އެހެންވީމަ އެވެ.

"ކީއްވެ މަގޭ ފަހަތުން ތި އުޅެނީ؟"

އޭނާ މޫނުމަތީގައި ބޮޑު ހިނިތުންވުމެއް ކުރަހައިލިއެވެ. އަހަރެން ގާތަށް ރުޅި އަންނަ ކަމަށް ހެދެން ސިކުނޑި ބުނެލިއެވެ.

"ކީއްވެހޭ މަގޭ ފަހަތުން ތި އުޅެނީ؟"

ކުރިއަށްވުރެ އަޑު ބާރުކޮށްލީމެވެ. ޖެހިލުން ނުވާކަން ހާމަކޮށްދެމުންނެވެ.

"ކީއްވެތަ އަނގައިން ނުބުނަނީ؟"

"ހަމަޖެހިލާ! ހާސްކަނޑައިލާ." އޭނާ ކުރިއަށް ދެ ފިޔަވަޅު އަޅައިލި އެވެ.

"ތި ކާކުހޭ؟" އަހަރެން ކޮޅަށް ތެދުވީމެވެ.

"ތި ވާހަކަދޯ! އެހެން ސުވާލެއް ހަމަ ނެތީތަ؟" އޭނާ އުޅުނީ އަހަރެން ތަޅުވަންކަމަށް ވިސްނުނެވެ.

"ވާހަކައެއް ދެއްކޭނީ ވާހަކަ މި ދެއްކެނީ ކާކާކަން ވެސް އެނގުނީމައެއްނު." ބިރުގެ ކަންފުޅެއް ވެސް އަހަރެންގެ ކިބައިގައި ނެތެވެ.

އެހެން ނޫންނަމަ މި ގޮތަށް ވާހަކައެއް ނުދެއްކުނީހެވެ. މިހެން ބިރު ކެނޑިގެން ގޮތް ނޭނގޭ މީހަކާ ޒުވާބު ކުރާކަށް ވެސް ނުކެރުނީހެވެ.

"ކާކުކަން ދޯ!" އޭނާ ކަނާއަތު ޝަހާދަތް އިނގިލި މައްޗަށް ހިއްލައިލަމުން އުޑާ ދިމާއަށް ބަލައިލިއެވެ. "އެނގޭނީ ހަމައެކަނި އެ ފަރާތަކަށް ނޫންތަ؟"

"ކިޔާނެ ނަމެއް، އުޅޭނެ ގެޔެއް، މަންމައެއް ބައްޕައެއް އާއިލާއެއް ވެސް އޮންނަންވާނެދޯ!" އަހަރެން ވެސް މައްޗަށް ބަލައިލަމުން ޖެއްސުމުގެ ރާގުގައި ބުނެލީމެވެ. "މަތިން ވެއްޓުނު މީހެއް ނޫންކަން ޔަގީން."

"ކިހިނެއް އެކަން އެނގެނީ؟" އޭނާ އުޅުނީ މައުޟޫއު ބަދަލުކޮށްލާށެވެ.

"ގޮތް ނޭނގޭ މީހުންނާ، ނުދަންނަ މީހުންނާ އަހަރެން އާއްމުކޮށް ވާހަކަދައްކާ ނޫޅެން." އަހަރެން ގޮތް ދައްކާލަން މަސައްކަތް ކުރީމެވެ.

"އެކަމަކު ދެންމެ ވެސް އިސްވެ ވާހަކަދައްކަން ފެށީ އަހަންނެއް ނޫނެއްނު ދޯ!" އޭނާ އެއްލޯ މަރައިލި އެވެ.

އަހަންނަށް ފުން ނޭވާއެއް ދޫކޮށްލެވުނެވެ. އޭނާ އެ ބުނީ ވެސް ތެދެކެވެ. ތަނަކުން މީހަކު ފެންނަ އިރަށް އަހަންނަށް ވާހަކަދައްކަން މި ޖެހުނީ ވެސް ސަބަބެއް އޮތީމައޭ ހިތް ބުނެލިއެވެ. އެ ވާހަކަ ދުލާ ހަމައަށް ވެސް ތިލަވި އެވެ.

"ސަބަބެއް އޮތީމަ އަހަރެން ވެސް މި މުގޯލި އަޅަނީ." އޭނާ ބުނެލި އެވެ.

"އެކަން އަހަންނަށް ވެސް ހިއްސާކޮށްލަދޭށޭ ދޯ މި ކިޔަނީ." އަހަރެން އަވަސްއަވަހަށް ބުނެލީމެވެ.

"އެހެންނެއް ނޫންދޯ ވާހަކަދެއްކީ. ޒުވާބު ކުރާ އުސޫލުން ދޯ ވާހަކަފެށީ. ދެން މިހާރު ރާގު ބަދަލުކުރަން ތި އުޅެނީ."

އޭނާ ހުރީ ފާޑަކަށް ފޫހިވެފައި ކަންނޭނގެއެވެ. އެކަން އޭނާގެ އަޑުންނާއި ވާހަކަދައްކާ ގޮތުން ސާފުވެ އެވެ.

"އެންމެ ރަނގަޅު އަހަރެން ދެން ވާހަކައެއް ނުދައްކާނަން. ފެނުނަސް ބަލައި ވެސް ނުލާނަން. އެނގޭ ކަމަށް ވެސް ނުހަދާނަން. މި ވަގުތުން ފެށިގެން ތިޔައީ އަހަރެން ނުދަންނަ މީހަކަށް ހެދީ." އަހަރެން ގޮތް ދައްކާލީމެވެ.

"މަށަކަށް ޒައިނާގެ ބޭނުމެއް ނުޖެހޭނެ. ޒައިނާ ޖެހޭނީ މަ ހޯދައިގެން ވެސް މަ ބޭނުން ހިފަން. އެ ޔަގީންކަން މަށަށް އެބަ އޮތް،" އޭނާ އަހަންނަށް ފުރަގަސްދެމުން އެނބުރިލިއެވެ. "އަހަންނަކީ އެހާ ޗީޕު މީހެއް ނޫން. ބޭނުންހާ އެއްޗެއް އަހަންނާ ދިމާއަކަށް އެކަކަށް ވެސް ނުކިޔޭނެ. ކިޔުމުގެ ހައްގެއް ވެސް ނޯންނާނެ."

(ނުނިމޭ)

ކޮމެންޓް

ފަހުގެ ޚަބަރު

ބޮމުގެ އިންޒާރަކާ ގުޅިގެން ކޮންސެޓް ކުއްލި ގޮތަކަށް ކެންސަލް

އެމެރިކާގެ ކަންޓްރީ މިއުޒިކް ތަރި އެލާ ލެންގްލީ، އޮކްލަހޯމާގައި ބޭއްވުމަށް ހަމަޖެހިފައި އޮތް ކޮންސެޓެއް ބޮމުގެ އިންޒާރަކާ ގުޅިގެން ކުއްލި ގޮތަކަށް ކެންސަލްކޮށްފިއެވެ. މި ފިޔަވަޅު އެޅީ ސަޕޯޓަރުންނާއި މުވައްޒަފުންގެ ސަލާމަތަށްޓަކައި ކަމަށް އޭނާ ބުނެފައިވާއިރު، ފުލުހުން ދަނީ މި މައްސަލަ ތަހުގީގު ކުރަމުންނެވެ.

ކިނބިއްސެއްގެ ބާރުމިން: ހީކުރާ ވަރަށް ވުރެ މާ ބާރުގަދަ!

ކިނބިއްސަކީ ނޭވާލާ ނިޒާމަށް ވަންނަ ބޭރުގެ މާއްދާތަކުން ހަށިގަނޑު ސަލާމަތްކުރުމަށްޓަކައި މަސައްކަތްކުރާ ބާރުގަދަ ނިޒާމެކެވެ. ކިނބިއްސެއްގެ އަޑު ގާތްގަނޑަކަށް 90 ޑެސިބެލްއަށް އަރާއިރު، އޭގެ ވައިގެ ދުވެލި ގަޑިއަކު 100 މޭލުގެ ބާރުމިނުގައި ހުރެ، އޭގެން ބޭރުވާ ފެންތިކިތައް 26 ފޫޓު ދުރަށް ދަތުރުކުރެއެވެ.

އެއްވަނަ ލިބުނީ އޭއައި ވީޑިއޯއަކަށް ކަން ފަޅައިއަރައިފި

ނިކޮންގެ 'ސްމޯލް ވޯލްޑް އިން މޯޝަން' މުބާރާތުން އެއްވަނަ ހޯދި ވީޑިއޯއަކީ ޖެނެރޭޓިވް އޭއައި ބޭނުންކޮށްގެން އުފައްދާފައިވާ އެއްޗެއްކަން ފަޅާއެރުމުން، އެ ފަރާތް މުބާރާތުން ވަނީ ޑިސްކޮލިފައިކޮށްފައެވެ. ސައިންޓިސްޓުންތަކެއް ހުށަހެޅި ޝަކުވާތަކާ ގުޅިގެން ހިންގި ތަހުގީގަށްފަހު ނިކޮންއިން މި ނިންމުން ނިންމީ، މުބާރާތަށް ހުށަހަޅާ އުފެއްދުންތަކުގައި އޭއައި ބޭނުންކުރުމަކީ ގަވާއިދާ ހިލާފު ކަމަކަށް ވާތީއެވެ.

ބޮލީވުޑްގެ ލެޖެންޑަރީ އެކްޓަރު ނާނާ ޕަޓޭކަރު މަރުވެއްޖެ

ބޮލީވުޑްގެ މަޝްހޫރު އެކްޓަރު ނާނާ ޕަޓޭކަރު އުމުރުން 75 އަހަރުގައި ހާޓް އެޓޭކެއް ޖެހިގެން ގޯއާގައި ހުންނަ އޭނާގެ ގޭގައި މަރުވެއްޖެއެވެ. އިންޑިއާގެ ގައުމީ ފިލްމީ އެވޯޑްތައް ހާސިލްކޮށްފައިވާ މި ހުނަރުވެރި ތަރި މަރުވިއިރު، އޭނާ ވަނީ ސީރިއަސް އަދި ކޮމެޑީ ރޯލުތަކުން ބޮޑު މަގުބޫލުކަމެއް ހޯދާފައެވެ.

އެންމެ ގިނަ ޕެންގުއިން އުޅޭ ރަށުން އާބާދީގެ ބޮޑުބައެއް ނެތިގޮސްފި

ދުނިޔޭގައި އެންމެ ގިނައިން ޕެންގުއިން އުޅޭ ޒަވޮޑޮވްސްކީ އައިލެންޑުގެ "ޗިންސްޓްރެޕް" ޕެންގުއިންގެ އާބާދީ 63 އިންސައްތަ މަދުވެފައިވާކަން އާ ދިރާސާއަކުން ދައްކައިފިއެވެ. މޫސުމަށް އަންނަ ބަދަލުތަކުގެ ސަބަބުން ކާނާ ލިބުން ދަތިވެ، މި ބާވަތުގެ ޕެންގުއިން ނެތިދިއުމުގެ ބިރު އޮތްއިރު، އެ ރަށުގައި އުޅޭ "މެކަރޯނީ" ޕެންގުއިންގެ އާބާދީ ދަނީ އިތުރުވަމުންނެވެ.

މައިކަލް ޖެކްސަންގެ ޖެކެޓާއި މާކަރީގެ ނޯޓުފޮތް ވިއްކާލައިފި

މައިކަލް ޖެކްސަން ބޭނުންކުރި މިލިޓަރީ ޖެކެޓާއި، ފްރެޑީ މާކަރީ ލަވަތައް ލިޔެފައިވާ ނޯޓުފޮތް ހިމެނޭހެން މަޝްހޫރު ފަންނާނުންގެ ބައެއް ތަކެތި ނީލަމެއްގައި ބޮޑު އަގުގައި ވިއްކާލައިފިއެވެ. މީގެ އިތުރުން ޖޯން ލެނަންގެ އަވިއައިނަކާއި، ނޮއެލް ގަލަގާ ބޭނުންކުރި ގިޓާ ދުނިޔޭގެ ރެކޯޑް އަގަކަށް މި ނީލަމުގައި ވަނީ ވިކިފައެވެ.

ކެއުމަށްފަހު ލޭގައި ހަކުރު މަތިވުމަކީ ކަންބޮޑުވާންޖެހޭ ކަމެއްތަ؟

ކެއުމަށްފަހު ނުވަތަ ކަސްރަތު ކުރުމުން ލޭގައި ހަކުރުގެ މިންވަރު ވަގުތީގޮތުން މަތިވުމަކީ ހަށިގަނޑުގައި ގުދުރަތީ ގޮތުން ހިނގާ އާދައިގެ ކަމެކެވެ. ނަމަވެސް ހަކުރުބަލި ހުންނަ މީހުންގެ ހަށިގަނޑުގައި އިންސިއުލިން މަސައްކަތްކުރާ މިންވަރު ދަށްވުމުގެ ސަބަބުން، މިގޮތަށް ހަކުރު މަތިވުމަކީ ނުރައްކާތެރި ކަމަކަށް ވެދާނެއެވެ. އެހެންކަމުން ބަލި ހުންނަ މީހުން ކެއުމާއި ކަސްރަތަށް ސަމާލުވެ، ގަވާއިދުން ހަކުރު ޗެކްކުރުން މުހިންމެވެ.

Newsletter

Get the latest news delivered straight to your inbox