30 އަހަރުން ވެސް ފުށިދިއްގަރު ފަޅު ތަރައްގީއެއް ނުކުރެވޭނެ: އާޒިމް

އެމްޑީޕީގެ ޓިކެޓްގައި މާލޭގެ މޭޔަރު ކަމަށް ވާދަ ކުރައްވާ އާދަމް އާޒިމް -- ފައިލް ފޮޓޯ

އެމްޑީޕީގެ ޓިކެޓްގައި މާލޭގެ މޭޔަރު ކަމަށް ވާދަ ކުރައްވާ އާދަމް އާޒިމް -- ފައިލް ފޮޓޯ

ސަރުކާރުގެ އެންމެ ބޮޑު ބޯހިޔާވަހި ކަމުގެ ޕްރޮޖެކްޓް، ފުށިދިއްގަރުފަޅުގައި އަސާސީ ހިދުމަތްތައް ގާއިމުކޮށް ކުރިއަށް އޮތް 30 އަހަރު ދުވަހުގެ ތެރޭގައި ވެސް އެ ފަޅު ތަރައްގީ ނުކުރެވޭނެ ކަމަށް މާލޭގެ މޭޔަރު ކަމަށް ވާދަކުރައްވާ އާދަމް އާޒިމް ވިދާޅުވެއްޖެ އެވެ.

އެމްޑީޕީ ސަރުކާރުގައި ގިނަ ޕްރޮޖެކްޓްތަކެއް ހިންގި، އެމްޓީސީސީގެ މެނޭޖިން ޑިރެކްޓަރުކަން ކުރެއްވި އާދަމް އާޒިމް އެކްސް ސްޕޭސްގައި ވާހަކަ ދައްކަވަމުން ރޭ ވިދާޅުވީ މާލޭގެ ރައްޔިތުންގެ ބޯހިޔާވަހިކަން ހައްލުކުރެވޭނެ ބިން މާލެ އާއި ހުޅުމާލެ އާއި ގުޅިފަޅާއި އުތުރު ތިލަފަޅާއި ގިރާވަރު ފަޅުން ލިބޭއިރު، ފުށިދިއްގަރުފަޅު ހިއްކުމަކީ ވަރަށް ބޮޑު އިސްރާފެއް ކަމަށެވެ.

"އަޅުގަނޑު ގަބޫލެއް ނުކުރަން ފުށިއްގަރުފަޅަށް ދޯންޏަކަށް އަރުވައިގެން މާލޭގެ ރައްޔިތުން ދާންޖެހޭނެ ކަމަކަށެއް، އަޅުގަނޑު ގަބޫލުކުރަނީ ބްރިޖަކުން ގުޅިފައިވާ އަވަށްތަކަކަށޭ މާލޭގެ ރައްޔިތުން ދާންޖެހޭނީ، މާލޭގެ ރައްޔިތުންނަށް އެކަށީގެންވާ ވަރަށް ގޯތިގެދޮރު ދެވޭނެ ބިން މާލެ ކައިރީ އެބަހުރި،" އާޒިމް ވިދާޅުވި އެވެ. "އެތަނެއް ޑިވެލޮޕެއް ނުކުރެވޭނެ ކުރިއަށްއޮތް 30 އަހަރުވާއިރު ވެސް، ފެނާއި ކަރަންޓާއި ސްކޫލާއި މިސްކިތާއި ހޮސްޕިޓަލާއި، މިތަންތަން އަޅާ އެކަން ނުކުރެވޭނެ."

Advertisement

މާލެ އަތޮޅު ގުޅިއާ ޖެހިގެން އޮންނަ ފުށިދިއްގަރުފަޅަކީ ގާތްގަނޑަކަށް 1،280 ހެކްޓަރުގެ ބޮޑު ސަރަހައްދެކެވެ. އެފަޅުން 1153 ހެކްޓަރު ހިއްކާ "ރަސްމާލެ" ގެ ނަމުގައި ޒީރޯ ކާބަން ސިޓީ އެއް ތަރައްގީ ކުރުމުގެ މަސައްކަތް ސަރުކާރުން ވަނީ ޑިސެމްބަރު 18، 2023 ގައި ވަނީ ފަށައިފަ އެވެ.

އާޒިމް ވިދާޅުވީ ފުށިދިއްގަރުފަޅު ހިއްކުމަށްވުރެ މާލޭގެ ބޯހިޔާވަހިކަމާއި ޓްރެފިކް މައްސަލަތައް ހައްލުކުރަން، މާލެ ސަހަރައްދުގައި މިހާރު ހިއްކަން ފަށާފައިވާ ތަންތަން ތަރައްގީ ކުރުން މިވަގުތައް މާ ބޮޑަށް މުހިންމު ކަމަށެވެ. ފުށިދިއްގަރުފަޅަކީ، މިވަގުތަށް ބޭނުންވާ ތަނެއް ނޫން ކަމަށް އާޒިމް ގެންދަވަނީ ތަކުރާރުކޮށް ވިދާޅުވަމުންނެވެ.

އާޒިމް ވިދާޅުވީ މާލޭގެ ބިމުގެ މައްޗެކޭ އެއްގޮތަށް ބިމުގެ އަޑިވެސް އޮތީ ތޮއްޖެހިފައި ކަމަށެވެ. ފެނާއި ކަރަންޓާއި ނަރުދަމާ އަށް ބާލާއިރު ވެސް، މާލޭގައި ހައްލުކުރަން ޖެހޭ ކަންކަން އެބަހުރި ކަމަށާއި އެ ހުރިހާ މައްސަލަތަކެއް ހައްލުވާނީ ހުޅުމާލެ، ގުޅިފަޅު، އުތުރު ތިލަފަޅު އަދި ގިރާވަރުފަޅު ތަރައްގީ ކުރެވިގެން ކަމަށް އާޒިމް ވިދާޅުވި އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ނަޝީދު ލިޔުއްވި ކުރުވާހަކަ ފޮތް، "80ގެ ކުރީކޮޅު" ނެރެފި

ކުރީގެ ރައީސް މުހައްމަދު ނަޝީދު ލިޔުއްވި ފަސް ކުރުވާހަކައެއްގެ މައްޗަށް އެކުލެވޭ "80ގެ ކުރީކޮޅު" ފޮތް ރަސްމީކޮށް ނެރެފިއެވެ. މި ފޮތަކީ 1990ގެ ކުރީކޮޅު އެމަނިކުފާނު ގޭބަންދުގައި ހުންނެވި ދުވަސްވަރު ލިޔުއްވާފައިވާ ވާހަކަތަކެއްގެ މައްޗަށް ތައްޔާރުކޮށްފައިވާ، 250 ރުފިޔާއަށް ވިއްކާ ފޮތެކެވެ.

އެތެރޭގެ ދަރަނި ސަތޭކަ ބިލިއަން ރުފިޔާއަށް އަރަނީ

މި އަހަރު ނިމޭއިރު ރާއްޖޭގެ އެތެރޭގެ ދަރަނި 101.3 ބިލިއަން ރުފިޔާއަށް އަރާނެ ކަމަށް ފިނޭންސް މިނިސްޓްރީގެ ބަޖެޓު އަންދާޒާތަކުން ދައްކައިފި. މި އަދަދު އިތުރުވެފައި ވަނީ ސަރުކާރުގެ ފައިނޭންސިން ބޭނުންތަކަށް އެތެރޭގެ ބާޒާރަށް ބަރޯސާވާ މިންވަރު އިތުރުވުމާ ގުޅިގެން. މި ސަރުކާރުން ވަނީ އެތެރޭގެ ބާޒާރުން 27.2 ބިލިއަން ރުފިޔާ ނަގާފައި.

ބެންކަށް ގެރެންޓީ ދޭން ޝަފީގު ކައިރީ ނޭދެން: ފައްޔާޒު

ވިޔަފާރިވެރިޔާ މުހައްމަދު ޝަފީގު ބޭންކަށް ގެރެންޓީއެއް ދިނީ ފައްޔާޒް އިސްމާއިލް އެދިގެން ކަމަށް ބުނާ ވާހަކަތައް އޭނާ ދޮގުކުރެއްވި. ފައްޔާޒް ވިދާޅުވީ އެ ގެރެންޓީއަކީ ޝަފީގުގެ ގާތް ބޭފުޅަކު ހިންގި ރިސޯޓް މަޝްރޫއަކަށް ދިން އެއްޗެއް ކަމަށާއި، ޝަފީގު އެފަދަ ވާހަކައެއް ދެއްކެވީ ހަނދާނުން ކައްސާލުމުން ކަމަށް ބެލެވޭ ކަމަށް.

އާންމު އުނދަގޫ ކުރާ މީހާ އެންޑީއޭގެ މަރުކަޒުން ފިލައިފި

މަސްތުގެ ހާލުގައި ހުރެ އާންމުންނަށް އުނދަގޫކުރާތީ ހައްޔަރުކުރި އަހުމަދު ފައިރިޝް، ފަރުވާއަށް ހިންމަފުށީ އެންޑީއޭ މަރުކަޒަށް ބަދަލުކުރުމުން އެތަނުން ވަނީ ފިލާފައެވެ. އޭނާއަކީ މީގެ ކުރިންވެސް މަރުގެ އިންޒާރު ދިން މައްސަލައެއްގައި ހައްޔަރުކޮށްފައިވާ މީހަކަށްވާއިރު، ފުލުހުން މިހާރު ދަނީ އޭނާ ހޯދުމުގެ މަސައްކަތް ކުރަމުންނެވެ.

އެލްޖީއޭގެ ބޯޑުގެ ދެ ގޮނޑި ވެސް ޕީއެންސީއަށް

އެލްޖީއޭގެ ބޯޑަށް ކައުންސިލަރުންނާއި ޑަބްލިއުޑީސީގެ ރައީސުންގެ ތެރެއިން މެންބަރުން ހޮވުމަށް ބޭއްވި އިންތިހާބުގެ ދެ ގޮނޑި ވެސް ސަރުކާރު ހިންގާ ޕީއެންސީން ކާމިޔާބުކޮށްފިއެވެ. މި އިންތިހާބުގައި ކައުންސިލަރުންގެ ފަރާތުން ފ. ނިލަންދޫ ކައުންސިލްގެ ރައީސް އަލީ އަހްމަދު ހޮވުނުއިރު، ޑަބްލިއުޑީސީތަކުގެ ފަރާތުން ހޮވުނީ ށ. ފުނަދޫ ޑަބްލިއުޑީސީގެ ރައީސް މަރްޔަމް ޒީނާއެވެ.

ވޯޓަށް ކައުންސިލަރުން ދާން އޮތް ހދ. ގެ ފެރީތައް ކެންސަލްކޮށްފި

އެލްޖީއޭ ބޯޑު އިންތިހާބުގެ ވޯޓުލުން މިއަދު ކުރިއަށްދަނިކޮށް، ހދ، ށ އަދި ހއ އަތޮޅުގެ އާރްޓީއެލް ފެރީ ދަތުރުތައް ކުއްލި ގޮތަކަށް ވަނީ ކެންސަލްކޮށްފައެވެ. މިއީ ކައުންސިލަރުން ވޯޓުލާން ދިއުމަށް ހުރަސްއަޅައި، ސިޔާސީ މަންފާއެއް ހޯދުމަށް ސަރުކާރުން ކުރި ކަމެއް ކަމަށް ބައެއް ކައުންސިލަރުން ތުހުމަތު ކުރެއެވެ.

އެލްޖީއޭ ބޯޑަށް މެންބަރުން އިންތިހާބުކުރުމުގެ ވޯޓުލުން ކުރިއަށް

ލޯކަލް ގަވަމަންޓް އޮތޯރިޓީ (އެލްޖީއޭ) ގެ ބޯޑަށް ކައުންސިލަރުންނާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ ރައީސުން އިންތިހާބު ކުރުމަށް ބާއްވާ ވޯޓުލުން މިއަދު ވަނީ ފަށާފައި. މި އިންތިހާބުގައި ޕީއެންސީ އަދި އެމްޑީޕީގެ ކެންޑިޑޭޓުން ވާދަކުރާއިރު، ޖުމްލަ 807 މީހަކަށް ވޯޓުލުމުގެ ހައްގު ލިބިގެން.

Newsletter

Get the latest news delivered straight to your inbox