ޔުނައިޓެޑްގައި ވަގުތު އިތުރުކޮށްދޭން އޮނާނާ ކެމަރޫން ޓީމުގައި އެދެފި

Jan 1, 2024, 3:56 PM
ޔުނައިޓެޑްގައި ވަގުތު އިތުރުކޮށްދޭން އޮނާނާ ކެމަރޫން ޓީމުގައި އެދެފި

މެންޗެސްޓާ (ޖެނުއަރީ 1) - އެފްރިކަން ކަޕް އޮފް ނޭޝަންސްގައި ވާދަކުރާ ކެމަރޫން ޓީމުގެ ސްކޮޑުގައި ގޯލްކީޕަރު، އަންދްރޭ އޮނާނާ، ހިމަނާފައިވާއިރު، މެންޗެސްޓާ ޔުނައިޓެޑްގެ ބައެއް މެޗުތަކުގައި ކުޅެފައި ގައުމީ ޓީމަށް ދާ ގޮތަށް ހަމަޖައްސައިދޭން އޮނާނާ އެދިއްޖެ އެވެ.

އައިވަރީ ކޯސްޓްގައި މި މަހު 13 ވަނަ ދުވަހު ފަށާ އެފްރިކަން ކަޕަށް ތައްޔާރުވާން ކެމަރޫން ޓީމުން ސައުދީ އަރަބިއްޔާގައި ޓްރެއިނިން ކޭމްޕެއް ފުރިހަމަ ކުރަން ވަނީ ނިންމައިފަ އެވެ. އަދި އެ ކޭމްޕްގައި މެޗުތަކެއް ކުޅޭ ގޮތަށް ވެސް ވަނީ ރާވައިފަ އެވެ.

ރިޕޯޓްތައް ބުނާގޮތުން، އޮނާނާ އެދިފައިވަނީ ސައުދީ އަަރަބިއްޔާ ޓްރެއިނިން ކޭމްޕްގެ ފަހުން، ކެމަރޫން ޓީމާ ގުޅެން ފުރުސަތު ދިނުމަށެވެ. އެއީ ކުރިއަށް ހުރި ޔުނައިޓެޑްގެ މެޗުތަކުގައި ކުޅެފައި، ގައުމީ ޓީމަށް ދިއުމުގެ ގޮތުންނެވެ.

އެ ގޮތުން، އޮނާނާގެ އެދުމަކީ، މި މަހު އަށް ވަނަ ދުވަހު، އެފްއޭ ކަޕްގައި ޔުނައިޓެޑުން ވިގަން އެތުލެޓިކް ދަނޑުގައި ކުޅޭ މެޗަށް ފަހު، ކެމަރޫން ޓީމަށް ދިއުމަށެވެ.

އެފްރިކަން ކަޕްގައި ކެމަރޫން ކުޅޭ ފުރަތަމަ މެޗު އޮތީ މި މަހު 15 ގައި ގިނީއާ ދެކޮޅަށެވެ. އޮނާނާގެ އެދުމާ އެއްގޮތަށް ކުރިއަށްދާނެތޯ، ގޮތެއް ނިންމުމުގެ ފުރުސަތު އޮތީ ކެމަރޫންގެ ކޯޗު ރިގޮބާޓް ސޯންގް އަތުގަ އެވެ.

އޮނާނާ ވަނީ ޓީމާ މެދު މައްސަލަތަކެއް ޖެހިގެން، 2022 ވަނަ އަހަރުގެ ވޯލްޑް ކަޕް ތެރެއިން ގައުމީ ޓީމުން ރިޓަޔާކޮށްފަ އެވެ. އެއީ، އެ ފަހަރު ކެމަރޫން ފުޓްބޯޅަ ފެޑެރޭޝަނުން އޭނާގެ ޑިސިޕްލިނަރީ މައްސަލައެއް ބަލަން އުޅޭތީ، އުފެދުނު ހިތްހަމަނުޖެހުމެއްގެ ތެރެއިން އައި ކަމެކެވެ.

ކުރިން އަޔަކްސް އަށް ކުޅެނިކޮށް މަނާބޭހުގެ މައްސަލައެއްގައި ވެސް ކުޅުމާ ދުރަށް ދާން ޖެހުނު އޮނާނާ އަލުން ގައުމީ ޓީމަށް ކުޅެން ފެށީ މިދިޔަ ސެޕްޓެމްބަރު މަހުން ފެށިގެންނެވެ.

ޔުނައިޓެޑުން އޮނާނާ ނެތް މެޗުތަކުގައި ބޭނުންކުރާނީ އެ ޓީމުގެ ދެ ވަނަ ކީޕަރު، ތުރުކީގެ އަލްޓޭ ބަޔިންދީރް އެވެ. މީގެ އިތުރުން، ތަޖުރިބާކާރު ގޯލްކީޕަރު، ޓޮމް ހީޓަން ވެސް އެބަހުރި ކަމަށް ޔުނައިޓެޑްގެ ކޯޗު އެރިކް ޓެން ހާގް ވަނީ ބުނެފަ އެވެ.

އޮނާނާ އަށް ގެއްލޭނެ ކަމަށް ބެލެވިފައިވާ މެޗުތަކަށް ބަލާއިރު، ޕްރިމިއާ ލީގުގައި ޔުނައިޓެޑުން ކުޅެން ޖެހޭ މުހިންމު ހަތަރު މެޗެއް ހިމެނެ އެވެ. އޭގެ ތެރޭގައި ޓޮޓެންހަމް ހޮޓްސްޕާސްއާ ބައްދަލުކުރަން ޖެހޭ މެޗެއް ވެސް އެބައޮތެވެ.

އިންޓަ މިލާން ދޫކޮށް އޮނާނާ މި ސީޒަނުގައި ޔުނައިޓެޑަށް ބަދަލުވީ، 60 މިލިއަން ޑޮލަރުގެ ޑީލެއްގަ އެެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޖަރުމަނުގެ ޒްވެރެވް އަށް ދުނިޔޭގެ ރޭންކިން އެއް ވަނަ ޔަގީންވެއްޖެ

ޝަންހާއީ މާސްޓާސްއިން ކާލޯސް އަލްކަރާޒް ބަލިވުމާ ގުޅިގެން، މި އަހަރުގެ ޓެނިސް ސީޒަން ނިމޭއިރު ދުނިޔޭގެ ރޭންކިން އެއްވަނަ ޖަރުމަނުގެ ޒްވެރެވަށް ވަނީ ކަށަވަރުވެފައި. މިއީ ޖަރުމަނުގެ ކުޅުންތެރިއަކު މި ޝަރަފު ހޯދާ ފުރަތަމަ ފަހަރު ކަމަށްވާއިރު، އޭނާ މި މަގާމަށް އަންނަ މަހު އަންނާނީ މުޅިން އަލަށް އެއް ވަނަ ހޯދާ އެންމެ ދޮށީ ކުޅުންތެރިޔާގެ ގޮތުގައި

ފުޓްސަލްގައި ރާއްޖޭން ޗައިނާ، ހޮންގް ކޮންގް އަދި ކޮރެއާއާ ކުޅެނީ

އަންނަ މަހު ޗައިނާގައި ބާއްވާ އިންޓަނޭޝަނަލް ފުޓްސަލް މުބާރާތެއްގައި ރާއްޖޭގެ ގައުމީ ޓީމުން ވާދަކުރާ ގޮތަށް ހަމަޖެހި، އެ މުބާރާތަށް ތައްޔާރުވުމުގެ ފަރިތަކުރުންތައް ފަށައިފި. މި މުބާރާތުގައި ރާއްޖޭގެ އިތުރުން ޗައިނާ، ހޮންގް ކޮންގް އަދި ދެކުނު ކޮރެއާ ވާދަކުރާއިރު، ރާއްޖޭގެ ފުރަތަމަ މެޗު އޮންނާނީ އަންނަ މަހުގެ ފަސް ވަނަ ދުވަހު

އޯޕަން ވޯޓާ ގައުމީ ޗެމްޕިއަންކަން ޝައިމް އާއި އަލްޔާ އަށް

ކުޑަގިރީގައި ބޭއްވި 17 ވަނަ ގައުމީ އޯޕަން ވޯޓާ މުބާރާތުގެ 5 ކިލޯމީޓަރުގެ ފިރިހެން ޗެމްޕިއަންކަން ޝައިމް ހުސެއިން އިބްރާހިމް އަދި އަންހެން ޗެމްޕިއަންކަން އަލްޔާ އަޝްރަފް ހޯދައިފި. މި މުބާރާތުގައި ތަފާތު އުމުރުފުރާތަކުންނާއި ކެޓަގަރީތަކުން ގިނަ ފެތުންތެރިންތަކެއް ވާދަކޮށް ވަނަތައް ހާސިލްކުރި، މިއީ ކުޑަގިރީގައި މި މުބާރާތް ބޭއްވި ހަތަރު ވަނަ ފަހަރު

ޓީސީ ބަލިކޮށް އީގަލްސް ދިވެހި ޕްރިމިއާ ލީގުގެ އެއް ވަނަ އަށް

ޓީސީ ސްޕޯޓްސް ކްލަބް 3-0 އިން ބަލިކޮށް، ކުޅުނު ތިން މެޗުން ވެސް މޮޅުވެގެން ކްލަބް އީގަލްސް އިން ދިވެހި ޕްރިމިއާ ލީގުގެ އެއްވަނައަށް ޖެހިލައިފި. އީގަލްސް 9 ޕޮއިންޓާއެކު ތާވަލުގެ ކުރީގައި އޮތްއިރު، ދެވަނައިގައި އޮތް ވިކްޓަރީ އާއި ތިން ވަނައިގައި އޮތް ނިއު ރޭޑިއަންޓަށް ލިބިފައިވަނީ 7 ޕޮއިންޓު

ޑޮކޫ މެޗު ބަދަލުކޮށްލައި ލިވަޕޫލް އަތުން ސިޓީ މޮޅުކޮށްދީފި

ޖެރެމީ ޑޮކޫގެ މޮޅު ކުޅުމާ އެކު ލިވަޕޫލް 3-0 އިން ބަލިކޮށް، މެންޗެސްޓާ ސިޓީން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް އަލުން ނަގައިފި. ލިވަޕޫލްގެ ގްރަވެންބާކަށް ރަތް ކާޑު ދެއްކި މި މެޗުގައި ސިޓީގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ހާލަންޑް، ޑޮކޫ އަދި ރަޔާން ޗާކީ.

ދީނާ އާއި ޝާޒް، ރާއްޖޭގެ ޕޫލް ބިލިއާޑްގެ ތާރީހު ލިޔެފި

އިންޑިއާގައި ބޭއްވި ކޮމަންވެލްތު ކިއު ސްޕޯޓްސް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ހަސަން ޝާޒް މުހައްމަދު އާއި ދީނާ އަހުމަދު ކުއާޓާ ފައިނަލަށް ދަތުރުކޮށް، ރާއްޖޭގެ ބިލިއާޑް ތާރީހުގައި ބޮޑު ކާމިޔާބީއެއް ވަނީ ހޯދައިފައި.

ބާސެލޯނާ އިން ފޯމުގައި ކުރިއަށް، ރެއާލަށް މޮޅެއް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުތަކުން ބާސެލޯނާ އާއި ރެއާލް މެޑްރިޑް މޮޅުވިއިރު، ބާސެލޯނާ އޮތީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެ ތާވަލުގެ އެއް ވަނައިގައި. ބާސެލޯނާ އިން ގެޓަފޭ އަތުން 3-0 އިން ކުރިހޯދިއިރު، ރެއާލް މެޑްރިޑް މޮޅުވީ ވިނީޝިއުސް އަށް ރަތް ކާޑު ދެއްކި މެޗުގައި ވިޔަރެއާލް އަތުން 1-0 އިން

Newsletter

Get the latest news delivered straight to your inbox