މިރޭ ދަންވަރު ދެ ގަޑިއިރަށް ސިނަމާލެ ބްރިޖުގެ މާލެ-ހުޅުމާލެ ފަޅި ބަންދުކުރާތީ އެއްބާރުލުން ދޭން ފުލުހުން އެދިއްޖެ އެވެ.
އެކްސްގައި ފުލުހުން ކުރި ޕޯސްޓެއްގައި ބުނީ މިރޭ ސިނަމާލެ ބްރިޖުގައި މަސައްކަތެއް ކުރުމަށް ދަންވަރު 1:00 އިން ފެށިގެން ދެގަޑިއިރަށް މާލެ-ހުޅުމާލެ ފަޅި ބަންދުކުރުމަށް ނިންމާފައިވާ ކަމަށެވެ.
އެވަގުތު ސިނަމާލެ ބްރިޖުން ދަތުރުކުރާ މީހުން ދެކޮޅަށް ދުއްވުމަށް ވެސް ހުޅުވާލާނީ ބްރިޖުގެ ހުޅުމާލެ-މާލެ ފަޅި ކަމަށް ފުލުހުން ބުނެ އެވެ.
އެވަގުތު ސިނަމާލެ ބްރިޖު ބޭނުންކުރާ މީހުން ފުލުހުންނަށް އެއްބާރުލުންދީ، އިރުޝާދުތަކާ އެއްގޮތަށް އަމަލުކުރުމަށް އެދިފައިވެ އެވެ.













