މިއަހަރުގެ އެންމެ ކާމިޔާބު ސުޕާ ހިޓްވި، ބޮލީވުޑް ފިލްމުތަކުގެ ތެރޭގައި ހިމެނޭ ދެ ފިލްމު ކަމުގައިވާ "ރޮކީ އޯރް ރާނީ ކީ ޕްރޭމް ކަހާނީ" އަދި "ގަދަރް 2" ޓީވީ ސްކްރީންތަކަށް ޕްރިމިއާ ކުރަން ތައްޔާރު ވެއްޖެ އެވެ. އެގޮތުން މީޑިއާނެޓުގެ ކަސްޓަމަރުންނަށް މި ދެ ފިލްމު ބަލާލެވޭނެ އެވެ.
ރޮކީ އޯރް ރާނީ ކީ ޕްރޭމް ކަހާނީ
ހިންދީ ސިނަމާގެ އެންމެ ކުޅަދާނަ އެއް ޑައިރެކްޓަރު، ކަރަން ޖޯހަރް ޑައިރެކްޓްކޮށްފައިވާ މި ފިލްމު ސިނަމާތަކަށް ރިލީޒްކުރީ މިއަހަރުގެ ޖުލައި މަހުގަ އެވެ.
ސިނަމާތަކުގައި 42.6 މިލިއަން ޑޮލަރުގެ ވިޔަފާރިއެއްކޮށް، ބޮކްސް އޮފީހުގެ ނުވަ ވަނައިގައި އޮތް މި ފިލްމު ވަނީ އެމެޒަން ޕްރައިމް ސްޓްރީމިން ސާވިސްގައި ވެސް ރިލީޒްކޮށްފަ އެވެ.
ލޯބީގެ ވާހަކަ އަކަށް ތައްޔާރުކޮށްފައިވާ މި ފިލްމުގައި ހަރަކާތްތެރިވަނީ މިވަގުތު ހިންދީ ސިނަމާގެ އެންމެ އުހުގައި ފިޔަޖަހަމުންދާ ދެ ތަރިން ކަމުގައިވާ އާލިއާ ބަޓް އަދި ރަންވީރު ސިންގް އެވެ. މި ފިލްމަށާއި ފިލްމުގެ ލަވަތަކަށް ވަނީ ގިނަ ބަޔެއްގެ ތަރުހީބު ލިބިފަ އެވެ.
މި ފިލްމު ޕްރިމިއާ ކުރުމަށް ހަމަޖެހިފައިވަނީ މިރޭ 19:30 ގައި ކަލާޒް ސިނެޕްލެކްސް އެޗްޑީ (މީޑިއާނެޓް ޗެނަލް 860) އިންނެވެ.
ގަދަރް 2
"ގަދަރް 1" ރިލީޒްކުރިތާ 22 އަހަރުފަހުން "ގަދަރް 2" ސިނަމާތަކަށް ރިލީޒްކުރީ މި އަހަރުގެ އޮގަސްޓް 11، ގަ އެވެ. 83 މިލިއަން ޑޮލަރު ސިނަމާތަކުން މި ފިލްމު ހޯދާފައިވާއިރު މިއީ މިއަހަރުގެ ހަތަރު ވަނައަށް އެންމެ ކާމިޔާބު ފިލްމުކަން ފާހަގަކޮށްލެވެ އެވެ.
ސުޕާ ހިޓް މި ފިލްމުގެ ލީޑު ރޯލުތަކުން ފެނިގެންދާނީ މި ފިލްމުގެ ފުރަތަމަ ބައިގައި މީގެ 22 އަހަރު ކުރިން ވެސް ފެނިގެންދިޔަ ސަނީ ޑިއޯލް އަދި އަމީޝާ ޕަޓޭލް އެވެ.
1971 ވަނަ އަހަރުގެ އިންޑިއާ-ޕާކިސްތާނު ހަނގުރާމަ ތެރެއިން އާއިލާ އާއި ގައުމިއްޔަތު ދިފާއު ކުރަން މަސައްކަތްކުރާ މަންޒަރުތައް ދައްކުވައިދޭ އަދި ލޯބީގެ ރީތި ލަވަތަކެއް ވެސް ހިމެނޭ މި ފިލްމަކީ އިންޑިއާގެ ގިނަ ބައެއްގެ މަގްބޫލުކަން ހޯދާފައިވާ ފިލްމެކެވެ.
މި ފިލްމު ޕްރިމިއާ ކުރުމަށް ހަމަޖެހިފައިވަނީ ޑިސެމްބަރު 31، ގެ ހެނދުނު 11:30 އަދި ރޭގަނޑު 20:30 ގައި ޒީ ޓީވީ އެޗްޑީ (މީޑިއާނެޓު ޗެނަލް 852) އިންނެވެ.
މީޑިއާނެޓުން އަންނަނީ އަޕްގްރޭޑް އެންޑް ވިން ގެ ނަމުގައި 31 ޑިސެމްބަރުގެ ނިޔަލަށް ހާއްސަ ޕްރޮމޯޝަނެއް ވެސް ކުރިއަށް ގެންދަމުންނެވެ.
ސަބްސްކްރައިބްކޮށް މީޑިއާނެޓު ޕެކޭޖު އަޕްގްރޭޑް ކުރުމުން މި ޕްރޮމޯޝަނުގައި ބައިވެރިވެވޭނެ އެވެ. މި ޕްރޮމޯޝަނުން ހޮވޭ ނަސީބުވެރި ތިން ފަރާތަކަށް ހާއްސަ އިނާމުތަކެއް ދިނުމަށް ވެސް ހަމަޖެހިފައިވާކަމަށް މީޑިއާނެޓުން މައުލޫމާތުދެ އެވެ.
އޭގެ ތެރޭގައި އައިފޯން 15 ޕްރޯ މޯބައިލް ފޯނު، ޓީސީއެލް 55 އިންޗީގެ ޓީވީ އަދި ސެމްސަންގް ސައުންޑްބާ ސިސްޓަމް ހިމެނެ އެވެ.










