ފުލުހުންނާއި ސިފައިންނާއި ޔުނީފޯމު އެޅި އޮފިސަރުންނަށް ވަޒީފާގެ މާހައުލުން ލިބޭ ގެއްލުމުގެ ބަދަލެއް ނުލިބޭ

ސިފައިންގެ މީހަކައި ފުލުހަކާއި ކަސްޓަމްސް މުވައްޒަފެއް: މި ތިން ވަޒީފާގައި އުޅޭ މީހުންނަށް ވަޒީފާގެ މާހައުލުން ލިބޭ ގެއްލުމުގެ ބަދަލު ނުލިބޭ -- ފޮޓޯ/މުހައްމަދު ޝާބިން

ސިފައިންގެ މީހަކައި ފުލުހަކާއި ކަސްޓަމްސް މުވައްޒަފެއް: މި ތިން ވަޒީފާގައި އުޅޭ މީހުންނަށް ވަޒީފާގެ މާހައުލުން ލިބޭ ގެއްލުމުގެ ބަދަލު ނުލިބޭ -- ފޮޓޯ/މުހައްމަދު ޝާބިން

ވަޒީފާގެ މާހައުލުން ލިބޭ އަނިޔާގެ ބަދަލު ނުދެވޭ މީހުންގެ ތެރޭގައި ސިފައިންނާއި، ފުލުހުން އަދި ޔުނިފޯމު އެޅި މަދަނީ ހިދުމަތްތައް ފޯރުކޮށްދޭ މަސައްކަތްތެރިން ހިމަނައިފި އެވެ.

ނިމުނު ހަފުތާގެ ތެރޭގައި ރައްޔިތުންގެ މަޖިލީހުން ފާސްކުރި މަސައްކަތުގެ މާހައުލުގެ ސަލާމަތާއި ސިއްހީ ރައްކާތެރިކަމުގެ ބިލުގެ އަށްވަނަ ބާބުގައި އަނިޔާގެ ސަބަބުން ނަގައިދެވޭ ހަރަދާއި ގެއްލުމުގެ ބަދަލުތައް ބަޔާންކޮށްފައި ވެ އެވެ. ހަމަ އެ ބާބުގައި، ގެއްލުމުގެ ބަދަލު ނަގައިދިނުމާ ގުޅޭ އުސޫލުތައް ނުހިނގާނެ ވަޒީފާތައް ހިމަނާފައި ވެ އެވެ. އެ ވަޒީފާތަކަކީ:

  • މިނިވަން ކޮންޓްރެކްޓަރުން
  • ޑޮމެސްޓިން ވޯކަރުން
  • އަމިއްލަ މަސައްކަތް ކުރާ ފަރާތްތައް
  • ސިފައިންނާއި ފުލުހުންނާއި އެ ނޫން ވެސް ޔުނީފޯމު އެޅި މަދަނީ ހިދުމަތަކުގެ މެމްބަރުންނާއި މުވައްޒަފުން

މި ނޫން މަސައްކަތްތެރިން ވެސް، މަސައްކަތް ކުރުވާ ފަރާތުގެ ކޮންޓްރޯލް ނުހިނގާ ތަނެއްގައި މަސައްކަތް ކުރަނިކޮށް ލިބޭ އަނިޔާއަކަށް، މަސައްކަތް ކުރުވާ ފަރާތުން ބަދަލު ދޭކަށް ނުޖެހޭނެ ކަމަށް އެ ބިލުގައި ކަނޑައަޅާފައި ވެ އެވެ.

މި ވަޒީފާތައް އަދާކުރާ މީހުން ގެއްލުމުގެ ބަދަލު ލިބޭ މީހުންގެ ތެރެއިން އިސްތިސްނާ ކުރި ސަބަބެއް ސާފެއް ނުވި އެވެ. މިކަން އޮޅުންފިލުވަން އިޖުތިމާއީ ކޮމިޓީގެ މުގައްރިރު އިހަވަންދޫ ދާއިރާގެ މެމްބަރު މުހައްމަދު ޝިފާއުއާ ސުވާލުކުރުމުން އޭނާ "އަދަދު"އަށް ވިދާޅުވީ، ސަރުކާރުން ބިލު ފޮނުވި އިރު ވެސް އޮތީ އެގޮތަށް ކަމަށެވެ.

މިހެން އޮތް ނަމަވެސް، މި ގާނޫނުގައި ވެސް މި ފަރާތްތަކަށް ބަދަލަށް އެދެވޭނެ ހާލަތެއް ބަޔާންކޮށްފައި އޮވެ އެވެ. އެގޮތުން ޔުނީފޯމު އެޅި އޮފިސަރުން މަސައްކަތް ކުރަމުން ދިޔަ ތަނަކީ އޭނާގެ ނުވަތަ ވަޒީފާދޭ ފަރާތުގެ ކޮންޓްރޯލުގެ ދަށުގައި ނެތް ތަނެއް ނަމަ، އެފަދަ ތަނެއްގައި ހިނގާ ހާދިސާއަކުން ލިބޭ ގެއްލުމުގެ ބަދަލަށް އެދެވެ އެވެ.

titledesc

މި ގާނޫނުގެ ދަށުން މަސައްކަތްތެރިންނަށް ލިބިދޭ ރައްކާތެރިކަމުގެ މިންގަނޑުގެ ތެރޭގައި، ރާއްޖޭއިން ބޭރުގައި މަސައްކަތުގެ ހަރަކާތެއް ފުރިހަމަ ކުރަމުން ދަނިކޮށް ލިބޭ އަނިޔާ ވެސް ހިމަނާފައި ވެ އެވެ.

ބަދަލު ނަގައިދެވޭ އަދި ނަގައިނުދެވޭ ހާލަތްތައް

މަސައްކަތުގެ މާހައުލުގެ ސަލާމަތާއި ސިއްހީ ރައްކާތެރިކަމުގެ ބިލުގައި މަސައްކަތުގެ ތެރޭގައި ލިބޭ އަނިޔާއަކަށް ބަދަލު ދެވޭނެ ހާލަތްތަކާއި ނުދެވޭނެ ހާލަތްތައް ބަޔާންކޮށްފައި ވެ އެވެ. ބަދަލު ދެވޭނެ ހާލަތްތަތަކުގެ ތެރޭގައި ހިމެނެނީ:

  • ލިބުނު އަނިޔާއަށް ދާ ބޭސްފަރުވާގެ ހަރަދު
  • ބޭސްފަރުވާ ކުރަން ޖެހުމުގެ ސަބަބުން މަސައްކަތަށް ނުނިކުމެ ހޭދަވާ ދުވަސްތަކަށް ލިބިދެވޭ އުޖޫރަ
  • މެދުވެރިވި ދާއިމީ ނުވަތަ ވަގުތީ ނުކުޅެދުންތެރި ކަމަށް ލިބިދެވޭ ގެއްލުމުގެ ބަދަލު
  • ފުރާނަ ގޮސްފި ހާލަތެއްގައި ލިބިދެވޭ ގެއްލުމުގެ ބަދަލު

ބަދަލު ނަގައިނުދެވޭ ހާލަތްތަކުގެ ތެރޭގައި ހިމެނެނީ ގަސްދުގައި އަމިއްލަ ހަށިގަނޑަށް އަނިޔާ ދިނުމާއި، މަސްތުގެ ހާލަތުގައި ހުރެ ލިބޭ އަނިޔާގެ އިތުރުން މަސައްކަތަށް ދަނިކޮށް އެކްސިޑެންޓެއް ހިނގައިގެން ލިބޭ އަނިޔާ އާއި މަސައްކަތުގެ ތެރޭގައި، އަމިއްލަ ބޭނުމަކަށް އެހެން ތަނަކަށް ދާ ދިޔުމުގައި ލިބޭ އަނިޔާތަކެވެ. މިއިން ހާލަތެއްގައި މަސައްކަތްތެރިޔާގެ ފުރާނަ ދިޔަ ނަމަވެސް، ބަދަލު ލިބިދިނުމުގެ ހައްގު ވާރިސުންނަށް ލިބިގެން ނުވާ ކަމަށް ބަޔާން ކޮށްފައި ވެ އެވެ.

ބަދަލު ނަގައި ދިނުމަށް ވަޒީފާ އަދާ ކުރާ މީހާ، ވަޒީފާ ދޭ ފަރާތަށް ހުށަހަޅާތާ ލަސްވެގެން 30 ދުވަސް ތެރޭ ބަދަލު ނަގައިދެވޭ ކަން ނުވަތަ ނޫން ކަން، އެކަމަށް އެދި ހުށަހެޅި މީހުންނަށް ލިޔުމުން އަންގާވެނެ އެވެ.

ބިލުގައި ބަޔާންކޮށްފައިވާ އެހެނިހެން މުހިންމު ބައެއް ކަންކަމުގެ ތެރޭގައި މަސައްކަތްކުރާ މީހުންގެ ހައްގުތަކާއި ގާނޫނުގެ ދަށުން އެކުލަވާލާ ކައުންސިލާއި ކަނޑައަޅާ ޑިރެކްޓަރުގެ މަސައްކަތްތަކާއި ވަޒީފާ ދޭ ފަރާތުގެ ޒިންމާތައް ހިމެނެ އެވެ. އަދި, މި ބިލު ތަސްދީގުކުރުމަށް ފަހު ގާނޫނުގެ ދަށުން ހަދަން ޖެހޭ ގަވާއިދުތައް ވެސް ހިމަނާފައި ވެ އެވެ.

މަސައްކަތުގެ މާހައުލުގެ ސަލާމަތާއި ސިއްހީ ރައްކާތެރިކަމުގެ ގާނޫނެއްގެ މަސައްކަތް ތަސްދީގުކުރުމާ ހަމައަށް ދިޔައީ، ވަރަށް ގިނަ އަހަރުތަކެއްގެ މަސައްކަތަށް ފަހު އެވެ. މި ގާނޫނުތައް އެކުލަވާލުމަކީ މަސައްކަތްތެރިންނާ ގުޅިގެން ރާއްޖޭން ސޮއިކޮށްފައިވާ މުއާހަދާތަކުގެ ދަށުން ލާޒިމުކުރާ ކަމެއް ވެސް މެ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ގޮޅިތަކެއް އިމާރާތްކުރަން ޕޮލްކޯއާ ހަވާލުކުރުމުން ގެއްލުންތަކެއް

މާފުށީ ޖަލުގައި ގޮޅިތަކެއް އިމާރާތްކުރުމަށް ޕޮލްކޯއާ ހަވާލުކުރި މަޝްރޫއު، އެ ކުންފުނިން އެހެން ބަޔަކަށް ސަބް-ކޮންޓްރެކްޓް ކުރުމުގެ ސަބަބުން ދައުލަތަށް ބޮޑު މާލީ ގެއްލުމެއް ލިބިފައިވާކަން އޮޑިޓް ރިޕޯޓުން ހާމަވެއްޖެއެވެ. މީގެ އިތުރުން، ނުކުރާ މަސައްކަތްތަކަކަށް 2.9 މިލިއަން ރުފިޔާ ދައްކާފައިވާތީ، މި މައްސަލަ އޭސީސީއަށް ހުށަހެޅުމަށް އޮޑިޓް އޮފީހުން ވަނީ ލަފާދީފައެވެ.

ކުޅުދުއްފުށީގައި 'މަނަސްހަބް' ހުޅުވައިފި

ކުޅުދުއްފުށީ ސިޓީ ކައުންސިލާއި އޮސްޓްރޭލިއާ ހައިކޮމިޝަން ގުޅިގެން، ނަފްސާނީ ދުޅަހެޔޮކަމަށް ހޭލުންތެރިކަން އިތުރުކުރުމަށް "މަނަސްހަބް" ނަމުގައި ހާއްސަ މަރުކަޒެއް އެ ސިޓީގައި ހުޅުވައިފިއެވެ. މި މަރުކަޒުގެ މައިގަނޑު މަގުސަދަކީ ނަފްސާނީ ބަލިތަކަށް ހުރި ނުރަނގަޅު ތަސައްވަރުތައް ނައްތާލައި، އެހީތެރިކަން ބޭނުންވާ ފަރާތްތަކަށް ފަސޭހަކަމާއެކު ފަރުވާ ލިބޭނެ އިންތިޒާމު ހަމަޖައްސައިދިނުމެވެ.

ޔާމީނަށް އަބްދުއްރަހީމްގެ ހޫނު ރައްދެއް

ރަސްމާލެ މަޝްރޫއު ހުއްޓާލުމަށް ކުރީގެ ރައީސް ޔާމީން ގޮވައިލެއްވުމާ ގުޅިގެން، އެއީ ވެރިކަމުގެ ދަހިވެތިކަމުގައި ގައުމަށް ޣައްދާރުވުން ކަމަށް ވިދާޅުވެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް ވަނީ ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ. އަދި ޔާމީންގެ ވެރިކަމުގައި ފ. އަތޮޅު މަޝްރޫއަށް އެމްޑީޕީން ހުރަސްއެޅި ގޮތަށް، މިއަދު ޔާމީން ވެސް އަމަލުކުރައްވަނީ ހަމަ އެފަދައިންކަން އަބްދުއްރަހީމް ފާހަގަކުރެއްވިއެވެ.

ހައުސިން ޔުނިޓް ނިމޭއިރު ލިބޭ މީހުން ކަނޑަނޭޅޭތީ ކަންބޮޑުވުން

ލ. ގަމުގައި ތަރައްގީކުރާ 100 ހައުސިން ޔުނިޓްގެ މަސައްކަތް ނިމުމަކާ ގާތްވެފައިވާއިރު، އެ ތަންތަން ލިބޭނެ ފަރާތްތައް ކަނޑައެޅުމުގެ އެއްވެސް މަސައްކަތެއް ކުރިއަށް ނުދާތީ ކައުންސިލުން ވަނީ ކަންބޮޑުވުން ފާޅުކޮށްފައި. ކައުންސިލުން އެދެނީ މިނިސްޓްރީން ނުވަތަ ކައުންސިލް މެދުވެރިކޮށް ނަމަވެސް، ވީހާވެސް އަވަހަށް އެ ތަންތަން ހަވާލުކުރުމުގެ މަރުހަލާ ފެށުމަށް.

ތިނަދޫ ކައުންސިލް ރައީސްގެ މަގާމަށް ކުރިމަތިލުމަށް ހުޅުވާލައިފި

ވ. ތިނަދޫ ކައުންސިލްގެ ރައީސް ޝުޖާއު އަލީ ޕާޓީ ބަދަލުކުރުމާ ގުޅިގެން އޭނާގެ ގޮނޑި ގެއްލިފައިވާތީ، އެ މަގާމަށް މީހަކު އިންތިޚާބު ކުރުމަށް ބާއްވާ ބައި-އިލެކްޝަނަށް ކުރިމަތިލުމުގެ ފުރުސަތު އިލެކްޝަންސް ކޮމިޝަނުން ހުޅުވާލައިފިއެވެ. އޮކްޓޯބަރު 26 އާ ހަމައަށް ކުރިމަތިލުމުގެ ފުރުސަތު އޮތް މި އިންތިޚާބު ބޭއްވުމަށް ހަމަޖެހިފައިވަނީ ނޮވެމްބަރު 28 ގައެވެ.

ރަސްމާލެ މަޝްރޫއު ހުއްޓާލަން ޔާމީން ގޮވައިލައްވައިފި

އެކްސްގައި ޔާމީން ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އީގަލް ހިލްސް ކުންފުނިން ދަނީ، ރައްޔިތުންގެ ތާއީދާއި އިތުބާރު ގެއްލިފައި އޮތް ރާއްޖޭގެ ސަރުކާރުގެ ނާޖާއިޒު ފައިދާ ނަގަމުން ކަމަށް. ސަރުކާރުން ރަސްމާލެ ދޫކޮށްލީ ލޭންޑް އިކުއިޒިޝަން ފީއެއް އަދި ބިމު ކުުއްޔެއް ނުނަގާ ގޮތަށް.

އެމްޓީސީސީއަށް "މެގަ" ޑްރެޖަރު ގަންނަ އަގު ހާމަނުކުރި

އެމްޓީސީސީގެ "މަހާޖައްރާފު" އަށް ނުފޯރާ ފުންމިނުން ވެލިނެގުމަށްޓަކައި 75 މީޓަރު އަޑިން މަސައްކަތްކުރެވޭ އާ ޑްރެޖަރެއް ގަތުމުގެ ޕްރޮކިއުމަންޓް މަސައްކަތް އެ ކުންފުނިން ދަނީ ކުރަމުން. ނަމަވެސް، އެއީ ބޮޑު އެސެޓަކަށްވެފައި ޕްރޮސެސް ކުރިއަށްދާތީ އެ ޑްރެޖަރު ގަންނަ އަގު ހާމަކޮށްފައެއް ނުވޭ.

Newsletter

Get the latest news delivered straight to your inbox