ޒަމާނީ މާރުކޭޓު އެޅުމުގެ މަސައްކަތް އަންނަ ހަފުތާގައި ފަށަނީ

މާލޭ މަސް މާރުކޭޓު: އާ މަސް މާރުކޭޓު އެޅުން ކުރީގެ ސަރުކާރުން ހުއްޓުވި -- އަދަދު ފައިލް ފޮޓޯ

މާލޭ މަސް މާރުކޭޓު: އާ މަސް މާރުކޭޓު އެޅުން ކުރީގެ ސަރުކާރުން ހުއްޓުވި -- އަދަދު ފައިލް ފޮޓޯ

މާލޭގެ މަސް މާރުކޭޓާއި ލޯކަލް މާރުކޭޓު ހިމެނޭ ޒަމާނީ މާރުކޭޓެއް އިމާރާތް ކުރުމުގެ މަސައްކަތް މި އަންނަ ހަފުތާގެ ތެރޭގައި ފައްޓަވާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

ލޯކަލް ކައުންސިލްތަކަށް ދޭ "ކަންގަތި" އެވޯޑް ދިނުމަށް ރޭ ބޭއްވި ރަސްމިއްޔާތުގައި ރައީސް ވިދާޅުވީ އާ މަސް މާރުކޭޓު އެޅުމުގެ މަސައްކަތް އަންނަ ހަފުތާގައި ފައްޓަވާނެ ކަމާށާއި އަދި މާލޭގެ މަގުތަށް ޒަމާނީ ފެންވަރަކަށް ހެދުމުގެ މަސައްކަތް، ސިޓީ ކައުންސިލް މެދުވެރިކޮށް، އަންނަ އަހަރު ކުރިއަށް ގެންދަވާނެ ކަމަށެވެ.

"މި ސަރުކާރު މިއައީ މިފަދަ އެތައް ފަސޭހަތަކެއް، އެތައް ކުރިއެރުމެއް ރައްޔިތުންނަށް ގެނެސްދޭން. އެކަމުގެ ފުރިހަމަ ޕްލޭނާއެކު، އެކަމުގެ ހެޔޮ ނިޔަތާއި ޢަޒުމާއެކު،" މުއިއްޒު ވިދާޅުވި އެވެ.

މާލޭ މާރުކޭޓު އަލުން އިމާރާތް ކުރުމުގެ މަސައްކަތް، މާލޭގެ މޭޔަރު ކަމުގައި މުއިއްޒު ހުންނެވި އިރު، ކޮންޓްރެކްޓާ ފައިނޭންސިންގެ އުސޫލުން ބަޔަކާ ހަވާލުކުރި އެވެ. އަމަލީ މަސައްކަތް ފެށުމުގެ ކުރިން ސަރުކާރުން ވަނީ އެކަން ހުއްޓުވައިފަ އެވެ. އެއީ، ޕްލޭނިން މިނިސްޓްރީން ހުއްދަ ނުހޯދާ އޮތުމުންނާއި ކޮންސެޕްޓް ޑިޒައިން ފާސް ނުކޮށް އޮތުމުންނެވެ.

"އަޅުގަނޑު މާލޭސިޓީގެ މޭޔަރު ކަމުގައި ހުރެގެން ރައްޔިތުންނަށް ކޮށްދޭން އުޅުނު މުހިންމު ބޮޑެތި ގިނަ ކަންތައްތަކެއް. އެނގިވަޑައިގަންނަވާނެ ފަދައިން، އޭރު އޮތީ ހުއްޓުވާފައި. އަޅުގަނޑުމެން މަސައްކަތް ކުރިން، އޭރު މާލޭގެ މަގުތައް ޒަމާނީ ފެންވަރަކަށް ހަދަން. ލޯކަލް މާރުކޭޓާއި މަސް މާރުކޭޓު، އެއް ފުރާޅެއްގެ ދަށަށް ގެނެސް، އެންމެ ޒަމާނީ ފެންވަރަށް ބިނާވެފައިވާ އިމާރާތަކަށް ހަދަން." ރޭގެ ވާހަކަފުޅުގައި މުއިއްޒު ވިދާޅުވި އެވެ.

މޭޔަރު ކަމުގައި ހުންނެވިއިރު، މުއިއްޒު ވިދާޅުވެފައިވާ ގޮތުގައި އާ މާރުކޭޓަކިީ ހަތަރު ބުރީގެ އިމާރާތެކެވެ. އެ އިމާރާތުގެ ބޭސްމަންޓުގައި ޕާކިން އޭރިއާ، ގްރައުންޑު ފްލޯގައި މަސް މާރުކޭޓު، 1-3 ވަނަ ފްލޯއަށް އާންމު މާރުކޭޓުތައް އެޅުމަށް ނިންމާފައިވާއިރު އެ އިމާރާތުގެ ޓެރަސް ބޭނުން ކުރަން ހަމަޖައްސާފައި އޮތީ ކެފޭ އަކަށެވެ.

ރޭގެ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން މުއިއްޒު އިތުރަށް ވިދާޅުވީ މާލީ އެއްވެސް ތަކުލީފެއް، އުފުލަން ނުޖެހޭ ގޮތަށް މާލެ އާއި ވިލިމާލޭގައި ހުރި މާލޭހިޔާ އަދި ސިނަމާލެ ފްލެޓްތައް އަލުން އިމާރާތް ކުރުމުގެ މަސައްކަތް ފެބްރުއަރީ މަހު ފައްޓަވާނެ ކަމަށެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޖިންސީ ގޯނާގެ ތުހުމަތުގައި އަބްދުالله ޝާހިދު ހައްޔަރުކޮށްފި

ފުލުހުން ބުނެފައިވާ ގޮތުގައި ޝާހިދު ހައްޔަރުކުރީ 18 އަހަރުން ދަށުގެ ކުއްޖަކަށް ޖިންސީ ގޯނާކުރިކަމުގެ ތުހުމަތުގަ އެވެ. އޭނާގެ މައްޗަށް ކުރާ ތުހުމަތުތައް ޝާހިދު ވަނީ ދޮގުކުރައްވާފައި.

މޯލްޑިވިއަންއިން ކިންގް އެއާ 360 މަރުކާރުގެ ބޯޓެއް ގެނެސްފި

މޯލްޑިވިއަން އާއި ނިލާ ކޮރަލް އައިލެންޑް ރިސޯޓު ގުޅިގެން، ލަގްޒަރީ ފެންވަރުގައި ފަތުރުވެރިން އުފުލުމަށް "ކިންގް އެއާ 360" މަރުކާގެ ބޯޓެއް ރާއްޖެ ގެނެސްފިއެވެ. އަށް ފަސިންޖަރުންގެ ޖާގަ ހިމެނޭ މި ބޯޓު މައިގަނޑު ގޮތެއްގައި ބޭނުންކުރާނީ އެ ރިސޯޓަށް ފަތުރުވެރިން އުފުލުމަށާއި ރާއްޖޭގެ އެކި ސަރަހައްދުތަކަށް ޗާޓަރު ދަތުރުތައް ކުރުމަށެވެ.

ތެލުގެ ސަބްސިޑީއަށް މި އަހަރު ރެކޯޑު 4.8 ބިލިއަން ރުފިޔާ ހޭދަވާނެ

ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު އުފުލުމާ ގުޅިގެން، މި އަހަރު ތެލުގެ ސަބްސިޑީއަށް 4.8 ބިލިއަން ރުފިޔާ ހޭދަވާނެ ކަމަށް ފިނޭންސް މިނިސްޓްރީން ވަނީ އަންދާޒާކޮށްފަ. މިއީ ކުރިން ބަޖެޓުކުރި އަދަދަށްވުރެ 2.7 ގުނަ އިތުރު އަދަދެއް ކަމަށާއި، އަންނަ އަހަރުގެ ބަޖެޓުގައި ވެސް ތެލުގެ ސަބްސިޑީއަށް ރެކޯޑު އަދަދެއް ކަމަށްވާ 3.9 ބިލިއަން ރުފިޔާ ވަނީ ހިމަނާފަ.

ރިވެލި ބީޗް ރެސްޓޯރެންޓު ހުސްކުރަން އެޗްޑީސީން އަންގައިފި

އެޗްޑީސީން ބުނީ މި ނިންމުން ނިންމާފައިވަނީ އެކަށީގެންވާ ނޯޓިސްތަކާއި ފުރުސަތުތައް ދިނުމަށްފަހު ކަމަށާއި، މިއަދުން ފެށިގެން އެ ބިމުގައި އެއްވެސް ވިޔަފާރި މުއާމަލާތެއް ނުހިންގޭނެ ކަމަށެވެ.

ރަސްމާލެ މައްސަލައިގައި ރިފަރެންޑަމްއަކަށް ދާން ހުށަހަޅައިފި

ބިދޭސީންނަށް ވަޒަންވެރިވެވޭ ގޮތަށް ރަސްމާލެއިން 500 ހެކްޓަރުގެ ބިން 99 އަހަރަށް ބޭރު ކުންފުންޏަކަށް ދިނުމާ މެދު ރައްޔިތުންގެ ފެންނަނުފެންނަ ވޯޓެއް ނެގުމަށް އެމްޑީޕީން މަޖިލީހަށް ހުށަހަޅައިފިއެވެ. މިފަދަ ވޯޓަކަށް ދާން ހުށަހެޅީ މި މަޝްރޫއުގެ ސަބަބުން ގައުމުގެ މަސްލަހަތަށް ބޮޑު އަސަރެއް ކޮށްފާނެތީ ކަމަށް އެ ޕާޓީން ބުނެއެވެ.

ޓެކްސް އަޅައިކަނޑައިދިނުމާ ގުޅޭ ނޫސް ބަޔާނަށް ބަދަލުތަކެއް

ވިޔަފާރިތަކަށް ސަރުކާރުން ދައްކަންޖެހޭ ފައިސާއިން ޓެކްސް ދެއްކޭނެ އިންތިޒާމު ހަމަޖެއްސިކަން ހާމަކޮށް ފިނޭންސް މިނިސްޓްރީން ނެރުނު ބަޔާނުން، ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ ބައި އުނިކޮށް އިސްލާހުކޮށްފިއެވެ. ނަމަވެސް މީރާގެ އުސޫލު ބުނާގޮތުން ކުންފުނިތަކުން ލިބެންޖެހޭ ފައިސާވެސް ޓެކްސްއަށް އަޅައިކެނޑޭނީ އެ ފައިސާއެއް ދައުލަތުގެ އިދާރާއަކުން ނުވަތަ ކުންފުންޏަކުން މީރާއަށް ޖަމާކޮށްދިނުމުންނެވެ. ސަރުކާރުން ވިޔަފާރިވެރިންނަށް ދައްކަންޖެހޭ ދަރަނިތައް ދެއްކުމަށް އެކި ތާރީޚުތައް ދިން ނަމަވެސް، އަދިވެސް އެ ފައިސާ ދައްކާ ހަލާސްކޮށްފައެއް ނުވެއެވެ.

"ތައުލީމީ ނިޒާމު ހިންގަން ޖެހެނީ ބެލެނިވެރިންނާ ޓީޗަރުން އަތުން"

ސްކޫލުތަކުގެ ބަޖެޓު ނެތުމުގެ ސަބަބުން އަސާސީ ތަކެތި ހޯދުމަށާއި އިތުރު ހަރަކާތްތައް ހިންގުމަށް ބެލެނިވެރިންނާއި މުދައްރިސުންގެ އަތުން ފަންޑު ހޯދަން މަޖުބޫރުވެފައިވާ ކަމަށާއި ސަރުކާރުން އަސާސީ ހިދުމަތްތަކުން ހަރަދު ކުޑަކުރަނީ ރައްޔިތުންގެ ލާބައަށްވުރެ ބޮޑަށް ރައީސުލްޖުމްހޫރިއްޔާގެ އަމިއްލަފުޅު ބޭނުމަށްކަމަށް މެންބަރު މައުރޫފް ޒާކިރު ވިދާޅުވެއްޖެ.

Newsletter

Get the latest news delivered straight to your inbox