ޓެންޑާ ބޯޑުގެ ހިންގާ ގަވާއިދެއް ފުރަތަމަ ފަހަރަށް އެކުލަވާލައިފި

ޓެންޑާ ބޯޑުގެ ހިންގާ ގަވާއިދެއް ފުރަތަމަ ފަހަރަށް އެކުލަވާލައިފި

ދައުލަތުގެ ޕްރޮކިއުމަންޓުގެ ކަންކަން ހިންގާ ބަލަހައްޓާ ނޭޝަނަލް ޓެންޑާ ބޯޑުގެ ހިންގާ ގަވާއިދެއް ފުރަތަމަ ފަހަރަށް އެކުލަވާލައި، އިއްޔެ އެ ގަވާއިދަށް އަމަލުކުރަން ފަށައިފި އެވެ.

ނޭޝަނަލް ޓެންޑާ ބޯޑަކީ ވަކި އަދަދަކަށް ވުރެ މަތީގެ މުދަލާއި ހިދުމަތާއި މަސައްކަތްތަކާއި ކޮންސަލްޓެންސީ ހިދުމަތްތައް ހޯދުމަށް ކުރާ އާންމު ޓެންޑާތައް (ބީލަންތައް) ރެގިއުލޭޓްކޮށް ހިންގުމުގެ ޒިންމާ މަތިކުރެވިފައިވާ، ފިނޭންސް މިނިސްޓްރީގެ ދަށުން އޮންނަ ބޯޑެކެވެ. މި ބޯޑުގެ މައިގަނޑު މަސައްކަތަކީ ޕްރޮކިއުމަންޓު މަރުހަލާގެ އިންސާފުވެރިކަން ކަށަވަރުކުރުމާ އެކު ވީހާ ވެސް ހާމަކަން ބޮޑުކޮށް ބީލަން މަރުހަލާ ކުރިއަށް ގެންދިއުމެވެ.

ހަތް މެމްބަރުން ތިބޭ މި ބޯޑަށް މެމްބަރުން އައްޔަނުކުރަނީ ފިނޭންސް މިނިސްޓަރުގެ ލަފާގެ މަތިން ރައީސުލްޖުމްހޫރިއްޔާ އެވެ.

ބޯޑުގެ މަސްއޫލިއްޔަތުތަކަކީ:

ބޯޑަށް ހުށަހެޅިފައިވާ ޓެންޑަރުތަކުގެ ކަންކަން ގަވާއިދާ އެއްގޮތަށް ކުރިއަށް ގެންގޮސްފައިވާކަން ކަށަވަރުކުރުމާ އެކު، ޓެންޑަރުތަކާ މެދު ގޮތް ނިންމުން

  • އެއްބަސްވުންތަކާ ގުޅިގެން ދެބަސްވުމެއް އުފެދޭ ހާލަތުގައި އެޖުޑިކޭޓަރަކީ ނުވަތަ އެޖުޑިކޭޓަރެއް އައްޔަނުކުރާ ފަރާތަކީ ޓެންޑާ ބޯޑު ކަމަށް ބަޔާންކުރާ ހާލަތުގައި އެކަން ކުރުން
  • ބޯޑުގެ މަސްއޫލިއްޔަތެއް އަދާކުރަން ހާއްސަ އުސޫލެއް އެކުލަވާލަން ބޯޑަށް ފެންނަ ހާލަތުގައި އެފަދަ އުސޫލުތައް އެކުލަވާލުން
  • ބޯޑުގެ ހުއްދައަށް އެދި ހުށަހަޅާ ވޭރިއަޝަންތަކާ މެދު ގޮތް ނިންމުން

އާ މާލިއްޔަތު ގަވާއިދުގެ ދަށުން ޓެންޑާ ބޯޑުން އެކުލަވާލި ގަވާއިދުގައި ބޯޑުގެ ޗެއާޕާސަނާއި ވައިސް ޗެއާޕާސަން އާއި މެމްބަރުންގެ މަސްއޫލިއްޔަތުތަކާއި ސުލޫކީ މިންގަނޑާއި ބޯޑުގެ ބައްދަލުވުންތަކުގެ ބާވަތްތަކާއި ކަންކަން ނިންމުމުގައި ފުރިހަަމަ ކުރަން ޖެހޭ އިޖުރާއަތްތައް ބަޔާންކޮށްފައި ވެ އެވެ.

އޭގެ އިތުރުން ބޯޑުގެ ހުރިހާ ބައްދަލުވުންތަކެއް ޔައުމިއްޔާ ލިޔެ ބަލަހައްޓަން ލާޒިމުކޮށް، އޭގައި ހިމަނަން ޖެހޭ މައުލޫމާތުތައް ވެސް ގަވާއިދުގައި ބަޔާންކޮށްފައި ވެ އެވެ. މި ނިންމުންތައް ފިނޭންސް މިނިސްޓްރީން ކަނޑައަަޅާ އުސޫލެއްގެ ތެރެއިން އާންމުކުރެވޭނެ ކަމަށް ގަވާއިދުގައި އޮތަސް، ބޯޑުން ސިއްރުކުރުމަށް ކަނޑައެޅިދާނެ ކަމަށް ގަވާއިދުގައި އޮވެ އެވެ. ނަމަވެސް ސިއްރުކުރެވޭނެ ހާލަތްތަކެއް ގަވާއިދުން ފެންނާކަށް ނެތެވެ.

ރައީސް ޑރ. މުހައްމަދު މުއިއްޒު ވަނީ މިފަހުން ޓެންޑާ ބޯޑު އަލުން އެކުލަވާލާފަ އެވެ. އެ ބޯޑުގެ ޗެއާޕާސަން އަކަށް ހަމަޖެއްސީ ފިނޭންސްގެ މިނިސްޓްރީގެ ނައިބު އަހުމަދު ސާއިދެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ރަސްމާލެ މަޝްރޫއުގެ ދެފުށް ފެންނާކަށް ނެތް: ނަޝީދު

ގައުމިއްޔަތުގެ ނަމުގައި ރައްޔިތުންނަށް އޮޅުވާލައިގެން ގައުމު ވިއްކާނުލެވޭނެ ކަމަށާއި، މި މަޝްރޫއުގެ އެއްވެސް ތަފްސީލެއް މަޖިލީހަށާއި ރައްޔިތުންނަށް އެނގެން ނެތްކަމަށް ނަޝީދު ވިދާޅުވި އެވެ.

ގުޅީފަޅު ތަރައްގީކުރި ނަމަ ތިލަމާލެ ބްރިޖުން ފައިދާ ނުކުތީސް

ރަސްމާލެ ހިއްކުމަށް ކުރާ ހަރަދުން ގުޅީފަޅާއި ގިރާވަރުފަޅު ތަރައްގީކުރި ނަމަ، ތިލަމާލެ ބްރިޖުގެ ފައިދާ ރައްޔިތުންނަށް ކުރާނެ ކަމަށް ކުރީގެ ނައިބު ރައީސް ފައިސަލް ނަސީމް ވިދާޅުވެއްޖެއެވެ. އެމްޑީޕީގެ ޖަލްސާއެއްގައި ވާހަކަދައްކަވަމުން ފައިސަލް ވަނީ ގުޅީފަޅާއި ގިރާވަރުފަޅުގައި އަސާސީ ހިދުމަތްތައް ގާއިމުނުކޮށް ރަސްމާލެ މަޝްރޫއު ކުރިއަށްގެންދާތީ އެކަމަށް ފާޑުވިދާޅުވެފައެވެ.

ފަހި ފްލެޓުތަކުގެ ދެ ޔުނިޓުގެ އެގްރީމެންޓު ބާތިލުކޮށްފި

ގަވާއިދުން ކުލި ނުދައްކާތީ ހުޅުމާލޭގެ ފަހި ދިރިއުޅުން ފްލެޓުތަކުގެ ދެ ޔުނިޓެއްގެ އެއްބަސްވުން ބާތިލުކޮށް، 15 ދުވަހުގެ ތެރޭގައި ތަން ހުސްކުރަން އެ ކޯޕަރޭޝަނުން ވަނީ އަންގައިފައެވެ. އެފްޑީސީން ބުނި ގޮތުގައި މި ފިޔަވަޅު އެޅީ ފައިސާ ދެއްކުމަށް ތަކުރާރުކޮށް ފުރުސަތު ދިނުމަށްފަހު، ކަނޑައެޅިފައިވާ މުއްދަތުގައި ފައިސާ ނުދެއްކުމުންނެވެ.

ދިރާގު ގޭމަރސް ގިލްޑްއިން އައިފޯން 18 ޕްރޯ މެކްސް ހޯދޭ

ދިރާގު ގޭމަރސް ގިލްޑް (ޑީ.ޖީ.ޖީ) އަށް ސަބްސްކްރައިބްކޮށް، ޕްރޮފައިލް ވެރިފައިކުރާ ފަރާތްތަކުގެ މެދުގައި ނަގާ ގުރުއަތުން ހޮވޭ ނަސީބުވެރިއަކަށް އައިފޯން 18 ޕްރޯ މެކްސްއެއް ހޯދުމުގެ ފުރުސަތު 31 ޑިސެންބަރު 2026 ގެ ނިޔަލަށް ވަނީ ހުޅުވާލާފައެވެ. މި ހަރަކާތަކީ ރާއްޖޭގެ ގޭމިންގ މުޖުތަމައު ކުރިއަރުވައި، ގޭމް ކުޅުންތެރިންނަށް އެކި މުބާރާތްތަކުގައި ބައިވެރިވެ ހުނަރު ދައްކާލުމަށް މަގުފަހިކޮށްދިނުމަށް ދިރާގުން ކުރިއަށްގެންދާ މަސައްކަތެކެވެ.

ހަފުތާއެއްފަހުން ޓްރެފިކް އަދަބު ޑިޖިޓަލްކޮށް ދޭން ފަށަނީ

މި މަހުގެ 21 ވަނަ ދުވަހުން ފެށިގެން ޓްރެފިކް ގަވާއިދާ ހިލާފުވާ ފަރާތްތަކަށް ޑިޖިޓަލްކޮށް ފިޔަވަޅު އަޅައި، އެސްއެމްއެސް ނުވަތަ އީމެއިލް މެދުވެރިކޮށް ޖޫރިމަނާގެ މައުލޫމާތު ފޮނުވަން ޓްރާންސްޕޯޓް މިނިސްޓްރީން ވަނީ ނިންމާފައެވެ.

ފެނަކައިގެ މެނޭޖިން ޑިރެކްޓަރުގެ މަގާމުން އަފީފް ވަކިކޮށްފި

ފެނަކަ ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރުގެ މަގާމުން މުހައްމަދު އަފީފް މިއަދު ވަކިކޮށްފިއެވެ. އޭނާ މަގާމުން ވަކިކުރި ސަބަބު ހާމަކޮށްފައި ނުވާއިރު، މިއީ މި ސަރުކާރުގައި އެ މަގާމަށް އައްޔަންކުރި ތިންވަނަ ބޭފުޅާއެވެ. އަފީފް ވަކިކޮށްފައި މިވަނީ ސަރުކާރުގެ ހަރަދު ކުޑަކުރުމުގެ ގޮތުން ފެނަކަ އުވާލައި، އެ ކުންފުނީގެ ހިދުމަތްތައް ސްޓެލްކޯގެ ދަށަށް ބަދަލުކުރުމުގެ މަސައްކަތް ކުރަމުންދާ ދަނޑިވަޅެއްގައެވެ.

ކަނޑުއޮޅިތައް ބަލަހައްޓަން ބޭރުގެ އެހީއަށް ނޭދޭނަން: ސަރުކާރު

ރާއްޖޭގެ ކަނޑުގެ ސަރަހައްދު ބެލެހެއްޓުމަށް ބޭރުގެ އެހީތެރިކަން ހޯދުމަށް ކުރީގެ ރައީސް ނަޝީދު ދެއްކެވި ވާހަކަފުޅުތަކަށް ސަރުކާރުން ވަނީ ރައްދު ދީފައެވެ. ސަރުކާރުން ބުނެފައިވަނީ ރާއްޖޭގެ މިނިވަންކަމާއި ސިޔާދަތު ހިމާޔަތްކުރުމަށްޓަކައި، ކަނޑުއޮޅިތައް ބެލެހެއްޓުމަށް ބޭރުގެ އެއްވެސް ފަރާތެއްގެ އެހީއަށް ނޭދޭނެ ކަމަށެވެ.

Newsletter

Get the latest news delivered straight to your inbox