ކަސްޓަމަރުންނަށް ހިލޭ މައިފައި ޑިވައިސްއެއް ލިބޭ ހާއްސަ ޕްރޮމޯޝަނެއް ދިރާގުން ތައާރަފުކޮށްފި އެވެ.
މި ޕްރޮމޯޝަންގެ ދަށުން އައު މޮބައިލް ބްރޯޑްބޭންޑް 749 ނުވަތަ މަތީގެ ކަނެކްޝަންތަކަށް ސަބްސްކްރައިބް ކުރާ ހުރިހާ ކަސްޓަމަރުންނަށް ހިލޭ މައިފައި ޑިވައިސްއެއް ލިބޭނެ އެވެ.
ޕޯސްޓްޕެއިޑް އަދި ޕްރީޕެއިޑް މޮބައިލް ބްރޯޑްބޭންޑް ޕެކޭޖަކަށް ސަބްސްކްރައިބްކޮށްގެން ވެސް މި ޕްރޮމޯޝަންގައި ބައިވެރިވެވޭނެ އެވެ. މިއާއެކު ސްކޫލް ޗުއްޓީ އަދި އައު އަހަރުގެ ދަތުރުތަކުގައި ހުރިހާ ތަނަކަށްވެސް ދިރާގު ޑޭޓާ ހިފައިގެން ދެވޭނެ އެވެ.
"އަޅުގަނޑުމެން އަބަދުވެސް މަސައްކަތް ކުރަނީ ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ދިރިއުޅޭ ފަރާތްތައް މެދުކެނޑުމެއްނެތި ގުޅުވާލަދިނުން. މި ޕްރޮމޯޝަނާއެކު ޗުއްޓީ މޫސުމުގައި ދަތުރުކުރާ ހުރިހާ ފަރާތްތަކަށްވެސް ފަސޭހަކަމާއެކު ރައްޓެހިންނާއި އާއިލާއާ ވާހަކަދައްކާލާ ގުޅުން ބަދަހިކޮށްލެވޭނެ،" ދިރާގުގެ މެނޭޖާ ޕަބްލިކް ރިލޭޝަންސް، ޖައިޝާން ހަމީދު މި ޕްރޮމޯޝަނާއި ގުޅިގެން ވިދާޅުވި އެވެ.
މި ލިމިޓެޑް ޓައިމް މޮބައިލް ބްރޯޑްބޭންޑް ޕްރޮމޯޝަން ކުރިއަށްދާނީ އަންނަ ޖެނުއަރީގެ ނިޔަލަށެވެ.
މި ލިންކު މެދުވެރިކޮށް މި ޕްލޭންތަކަށް ސަބްސްކަރައިބްކޮށްލެވޭނެ އެވެ. އަދި ދިރާގު ޑޭޓާ ޕްލޭންތަކާ ބެހޭ އިތުރު މައުލޫމާތު ވެސް ލިބޭނެ އެވެ.
ދިރާގުން އަބަދުވެސް މަސައްކަތް ކުރަމުންދަނީ ތަފާތު ގިނަ އައު އޮފާތައް އެންމެ ހެޔޮ އަގުގައި ކަސްޓަމަރުންނާ ހަމައަށް ގެނެސްދިނުމަށެވެ.










