ދިރާގު ޕްރީޕެއިޑް ކަސްޓަމަރުންނަށް ހުރިހާ ބޭނުމަކަށް ވެސް ބޭނުންކުރެވޭނެ 100ޖީބީގެ ޑޭޓާ ޕެކްތަކެއް ތައާރަފުކޮށްފި އެވެ.
މި 100ޖީބީގެ ޑޭޓާ ޕެކްތަކާއެކު އެ ކަސްޓަމަރެއްގެ އިންޓަނެޓް ބޭނުންތަކަށް އެންމެ އެކަށީގެންވާ އަދި ފްލެކްސިބަލް ޕެކޭޖް އިހްތިޔާރު ކުރުމުގެ ފުރުސަތު ލިބިގެންދާނެ ކަމަށް ދިރާގުން ބުނެ އެވެ.
ދިރާގު 100ޖީބީ ޑާޓާ ޕެކްތައް
- 100ޖީބީ ތިން ދުވަހުގެ މުއްދަތަށް - 100ރ. އަށް
- 100ޖީބީ ފަސް ދުވަހުގެ މުއްދަތަށް - 149ރ. އަށް
- 100ޖީބީ ހަތް ދުވަހުގެ މުއްދަތަށް - 225ރ. އަށް
- 100ޖީބީ 15 ދުވަހުގެ މުއްދަތަށް - 400ރ. އަށް
- 100ޖީބީ 21 ދުވަހުގެ މުއްދަތަށް - 550ރ. އަށް
- 100ޖީބީ 30 ދުވަހުގެ މުއްދަތަށް - 750ރ. އަށް
މި ޑޭޓާ ޕެކްތައް ދިރާގު އެޕް މެދުވެރިކޮށް ހުރިހާ ޕްރީޕެއިޑް ކަސްޓަމަރުންނަށް ފަސޭހަކަމާއެކު އެކްޓިވޭޓްކޮށްލެވޭނެ އެވެ. މި ޕެކްތަކާއި ބެހޭ އިތުރު މައުލޫމާތު މި ލިންކުން ލިބޭނެ އެވެ.
ދިރާގުން އަބަދުވެސް މަސައްކަތް ކުރަމުން ދަނީ ތަފާތު ގިނަ އައު އޮފާތައް ހެޔޮ އަގުގައި ކަސްޓަމަރުންނަށް ގެނެސްދިނުމަށެވެ.










