މިފްކޯއިން 2011 ގައި އުފެއްދި ކުންފުންޏެއް މެދުވެރިކޮށް އެތައް މިލިއަން ރުފިޔާގެ ޖަރީމާތަކެއް!

މިފްކޯގެ މަސް ބޯޓެއް: މިފްކޯ އަށް ގެއްލުންވާ ގޮތަށް އަމިއްލަ ކުންފުންޏަކަށް ވަނީ ނުހައްގު ފައިދާ ހޯދައިދީފައި -- ފައިލް ފޮޓޯ/ މިފްކޯ

މިފްކޯގެ މަސް ބޯޓެއް: މިފްކޯ އަށް ގެއްލުންވާ ގޮތަށް އަމިއްލަ ކުންފުންޏަކަށް ވަނީ ނުހައްގު ފައިދާ ހޯދައިދީފައި -- ފައިލް ފޮޓޯ/ މިފްކޯ

ރައީސް މުހައްމަދު ނަޝީދުގެ ވެރިކަމުން ފެށިގެން މިހާތަނަށް ސަރުކާރުން މިފްކޯ މެދުވެރިކޮށް، ޖޮއިންޓް ވެންޗާ ކުންފުންޏެއް އުފައްދައި ޖަރީމާތަކެއް ހިންގާފައިވާ ކަމަށް މިފްކޯ އާ ގުޅޭ ހާއްސަ އޮޑިޓް ރިޕޯޓެއްގައި ފާހަގަ ކޮށްފި އެވެ.

އޮޑިޓާ ޖެނެރަލްގެ އޮފީހުން އާދީއްތަ ދުވަހު އާންމު ކުރި، "މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކޮމްޕެނީ ލިމިޓެޑް (މިފްކޯ) ބައިވެރިވާ ޖޮއިންޓް ވެންޗާ ކުންފުނިތަކާ ގުޅޭ ހާއްސަ އޮޑިޓް ރިޕޯޓް" ގައި މިފްކޯ އަށް ގެއްލުންވާ ގޮތަށް ކޮށްފައިވާ ސީރިއަސް މައްސަލަ ތަކެއް ފާހަގަ ކޮށްފައިވެ އެވެ.

މެރިން މޯލްޑިވްސް ޕްރޮޑަކްޓްސް ޕްރައިވެޓް ލިމިޓެޑް (އެމްއެމްޕީ) - ބޮޑު އޮޅުވާލުން

އެމްއެމްޕީ އަކީ، މިފްކޯގެ 30 ޕަސެންޓް ހިއްސާ އާއި ތައިލެންޑުގެ އެމްއެމްޕީ އިންޓަނޭޝަނަލް ޕްރައިވެޓް ލިމިޓެޑް (އެމްއެމްއީ އިންޓަނެޝަނަލް) ގެ 35 ޕަސެންޓް ހިއްސާ އާއި ދިވެހި އަމިއްލަ ކުންފުންޏެއްް ކަމަށްވާ އައިއޯއެފް ކޯޕަރޭޝަން ޕްރައިވެޓް ލިމިޓެޑް (އައިއޯއެފް) ގެ 35 ޕަސެންޓް ހިއްސާވާ ގޮތަށް 2011 ވަނަ އަހަރު އުފެއްދި ކުންފުންޏެކެވެ. މި ކުންފުނި އުފެއްދުމަށް ފަހު މިފްކޯގެ 25 ޕަސެންޓް ހިއްސާ އާންމުކޮށް ވިއްކުމަށް ވެސް އޭރުގެ ރައީސް މުހައްމަދު ނަޝީދު ނިންމެވި އެވެ.

އަލަށް އުފެއްދި ކުންފުނިން މަސްވެރިކަމުގެ އިތުރުން ޓޫރިޒަމާއި ކޮންސްޓްރަަކްޝަން ދާއިރާގައި އިންވެސްޓް ކުރުމަށް ނިނާމާފައިވި ނަމަވެސް އެ ކުންފުނި އުފެއްދި މަގުސަދު ހާސިލު ނުވެ، 2011 އިން 2016 އަށް 44.5 މިލިއަން ރުފިޔާ ގެއްލުންވެފައިވެ އެވެ. އޭގެ އިތުރުން, އެ ކުންފުނި ހިންގުމަށް 13 މިލިއަން ރުފިޔާ މިފްކޯގެ ބަޖެޓުން ހަރަދުކޮށް، އެ ފައިސާ ވެސް މިފްކޯ އަށް އޮތީ ނުލިބި އެވެ.

އަލަށް އުފެއްދި ކުންފުނީގެ ހިއްސާ ގަތުމަށް، ތައިލެންޑުގެ އެމްއެމްއީ އިންޓަނޭޝަނަލް އިން ދައްކަން ޖެހޭ 30،2 މިލިއަން ރުފިޔާ އެ ކުންފުނިން ދައްކާފައެއް ނުވެ އެވެ. އަދި, އައިއޯއެފް އިން ދައްކަން ޖެހޭ 30.2 މިލިއަން ރުފިޔާގެ ތެރެއިން 5.5 މިލިއަން ރުފިޔާ ނުދައްކާ އޮތްއިރު، 24.7 މިލިއަން ރުފިޔާ ދައްކާފައި ވަނީ ފައިސާ ދިނުމުގެ ބަދަލުގައި ބާޖެއް ދީގެންނެވެ.

ބިޒްނަސް ރެޖިސްޓްރީގައި ވާގޮތުން ހ. މާދޫގައި ރަޖިސްޓްރީ ކޮށްފައިވާ، އައިއޯއެފްގެ ހިއްސާ ދާރުންނަކީ މުހައްމަދު މަނިކު ކިޔާ މީހަކާއި އަލީ ނިމާން ކިޔާ މީހެކެވެ. ކައުންޓާ ވިޔަފާރި ހުއްދައެއް ފިޔަވާ އެހެން ވިޔަފާރި ހުއްދައެއް މިވަގުތު އެ ކުންފުނިން ނަގާފައި ނުވެ އެވެ.

މިފްކޯގެ އެންމެ ކުޑަ ހިއްސާއެއް އޮންނަ ގޮތަށް އުފެއްދި އެމްއެމްޕީ ގެ ހިއްސާ ގަަތުމަށް މިފްކޯގައި އޭރު އޮތް އެންމެ ބޮޑު ބޯޓު، 18.5 މިލިއަން ރުފިޔާގެ އެމްވީ ބަރޯސާ ވެސް އެ ކުންފުންޏަށް ދިނެވެ. އެއީ 1،999 މެޓްރިކް ޓަނުގެ މަސް ރައްކާ ކުރެވޭ ބޯޓެކެވެ. އެ ބޯޓު އެމްއެމްޕީ އަަށް ދިނުމަށް ފަހު، މިފްކޯ އިން ވަނީ އެބޯޓުގައި ބޭރަށް މަސް ބޭރުކުރުމަށް ހަ އަހަރު ދުވަހުގެ ތެރޭގައި 117 މިލިއަން ރުފިޔާ އެމްއެމްޕީ އަށް ދައްކާފަ އެވެ.

އެމްއެމްޕީގެ މުދާ ރަހުނު ކޮށްގެން ލޯނު ނަގައި ބޭނުންކުރީ ވެސް އައިއޯއެފް އިން

މިފްކޯ އިން އެމްއެމްޕީ އަށް ދޫކުރި 43.2 މިލިއަން ރުފިޔާގެ ދެ އުޅަނދެއް ހިމެނޭހެން، އެމްއެމްޕީގެ 'އޮޅުވާލުމެއް' ކަމަށް ބެލެވޭ ބޯޑު ރިޒޮލިއުޝަން އަކުން ރަހުނުކޮށް، 77 މިލިއަން ރުފިޔާގެ ލޯނެެއް އައިއޯއެފް އަށް 2015 ވަނަ އަހަރު ނެގި އެވެ. ބީއެމްއެލް އިން މި ލޯނު ނެގީ އޭގެ ތެރެއިން 31 މިލިއަން ރުފިޔާ އެމްއެމްޕީ އަށް ދޭން އެއްބަސްވެގެންނެވެ.

ނަމެވެސް, އެ ފައިސާ އެއްބަސްވި ގޮތަށް ދީފައިނުވާއިރު، މިއީ ހުރިހާ މަންފާއެއް އައިއޯއެފް އަށް ލިބޭ ގޮތަށް ނާޖާއިޒު ގޮތެއްގައި ކޮށްފައިވާ ކަމެެއް ކަމަށް، އޮޑިޓް ރިޕޯޓުގައި ފާހަގަކޮށްފައިވެ އެވެ. އައިއޯއެފް އިން މި ލޯނު ދައްކަމުން ނުދިއުމުން 2020 ވަނަ އަހަރުގެ ނިޔަލަށް ދައްކަން ޖެހޭ އަދަދު ވަނީ 79 މިލިއަން ރުފިޔާ އަށް ވަނީ އަރާފަ އެވެ.

ފުނައްޑޫ މިފްކޯ އަށް ގަތުމުގެ ފަހަތުގައި ވެސް އައިއޯއެފް އަށް ނާޖާއިޒު ފައިދާ

މިފްކޯގެ ބޯޑުގެ ބަހެއް ނެތި، 2021 ވަނަ އަހަރު ސަރުކާރުން މިފްކޯ އަށް ފައިސާ ހަމަޖައްސައިދީގެން، ފުނައްޑޫ ފިޝަރީޒް ފެސިލިޓީ 1.5 މިލިއަން ޑޮލަރު (23.1 މިލިއަން ރުފިޔާ) ގަތުމުގެ ފަހަތުގައި ވެސް އައިއޯއެފް ހިމެނެ އެވެ. އޮޑިޓް ރިޕޯޓުގައި ފާހަގަ ކޮށްފައިވާ ގޮތުގައި ފުނައްޑޫ އަކީ އައިއޯއެފް ގެ ތަނެކެވެ.

އެ ކުންފުނިން ބީއެމްއެލެ އިން ނަގާފައިވާ ލޯނެއް ނުދައްކައިގެން ވިއްކާލުމަށް މަސައްކަތްކޮށް ނުވިކި އުޅެނިކޮށް، ފުނައްޑޫ މިފްކޯއަށް ގަތީ ޑައިރެކްޓް ސޭލްސް އުސޫލުން އައިއޯއެފް ގެ އަތުންނެވެ. އޮޑިޓް ރިޕޯޓުގައި ބުނެފައިވާ ގޮތުގައި ފުނައްޑޫ ގަތް އިރު އޮތް ހާލަތުން އޮފަޝަނަލް ތަނަކަށް ހެދުމަށް 154 މިލިއަނަށް ވުރެ ގިނަ ރުފިޔާ ހަރަދުވާނެ އިރު، އެ ފައިސާ 2022 ވަނަ އަހަރުގެ ނިޔަލަށް ވެސް އޮތީ ހަމަނުޖެހި އެވެ.

ތައިލެންޑްގެ ކުންފުންޏަށް ވެސް ނަޖާއިޒު ފައިދާ

މިފްކޯ އިން އުފެއްދި ޖޮައިންޓް ވެންޗާ ކުންފުޏާއި ބެހޭ ތަފުސީލެއް އޮޑިޓް ރިފޯޓުގައި ހިމަހާފައެއް ނުވެ އެވެ. ނަމަވެސް "އަދަދު" އިން ބެލި ބެލިމުން ފާހަގަ ކުރެވުނީ، އެމްއެމްޕީ ގައި ހިއްސާ ވުމުގެ ސަބަބުން ތައިލެންޑުގެ އެމްއެމްއީ އިންޓަނެޝަނަލް އަށް ވެސް ބޮޑެތި ފައިދާތަކެއް ވާގޮތަށް އޮތް ކަމެވެ.

އެމްއެމްއީ އިންޓަނެޝަނަލް ގެ ވެބްސައިޓުގައި ބުނެފައިވާ ގޮތުގައި ޖޮއިންޓް ވެންޗާ ކުންފުނި އުފެއްދުމަށް ސަރުކާރާ އެކު ވި އެއްބަސްވުމުގެ ސަބަބުން ކަޅުބިލަ މަހާއި ކަންނެލި ރާއްޖެއިން އެ ކުންފުންޏަށް ލިބޭނެކަން ޔަގީން ކުރެވެ އެވެ. އެއާއެކު ރާއްޖެ އިން އަހަރަކު ބޭރުކުރާ މަހުގެ ތިން ބައިކުޅަ އެއްބައިގެ ކޮންޓްރޯލް އެ ކުންފުންޏަށް ލިބިގެންދާނެ އެވެ.

އެ އެއްބަސްވުމުގެ ދަށުން ފެލިވަރު ހިންގުން ވެސް އެ ކުންފުޏާއި ހަވާލު ކުރާނެ ކަމަށް، އެ ކުންފުނީގެ ވެބްސައިޓުގައި ބުނެފައިވެ އެވެ.

އުކުޅަސް މިފްކޯ އުފައްދައިގެން ވެސް މިފްކޯ އަށް ގެއްލުން

މިފްކޯގެ 49 ޕަސެންޓް ހިއްސާ ވާގޮތަށް މިފްކޯ އުކުޅަސް މޯލްޑިވްސް ފިޝަރީޒް ކޮމްޕެނީ (މިފްކޯ އުކުޅަސް) އުފައްދައިގެން، މިފްކޯ އަށް 1.55 މިލިއަން ރުފިޔާގެ ޖުމްލަ ގެއްލުމެއް ވެފައިވާ ކަން ވެސް އޮޑިޓް ރިޕޯޓުގައި ފާހަގަކޮށްފައިވެ އެވެ.

ޖޮއިންޓް ވެންޗާ ކުންފުނި އުފައްދައިގެން މަގުސަދު ހާސިލު ނުވެ، މިފްކޯ އަށް ބޮޑު ގެއްލުންވަފައިވާ އިރުވެސް، މިހާތަނަށް މިފްކޯ އިން އެކަމާމެދު އެކަށީގެންވާ ފިޔަވަޅެއް އަޅާފައި ނުވާކަން އޮޑިޓް ރިޕޯޓުގައި ބުނެފައިވެ އެވެ.

މިފްކޯ އިން އެމްއެމްޕީ އުފައްދާ، މިފްކޯ އިން އެ ކުންފުންޏަށް ދޫކޮށްފައިވާ އުޅަނދު ފަހަރު ރަހުނު ކޮށްގެން، އައިއޯއެފް އަށް ލޯނު ނެގުމަކީ ދައުލަތުގެ ހަރުމުދާ ބޭނުންކޮށްގެން އަމިއްލަ ފަރާތަކަށް ނުހައްގު މަންފާ ވާ ގޮތަށް ކޮށްފައިވާ ކަމެއް ކަމަށް ބެލެވޭތީ، އާއި މިފްކޯ އިން އެމްއެމްޕީގެ ބޯޑަށް ކަނޑައަޅާފައިވާ ފަރާތްތަކުގެ ބައިވެރިވުން މިކަމުގައި ހިމެނޭ ކަމަށް ބެލެވޭތީ އެންޓި ކޮރަފްޝަން ކޮމިޝަނުން މިކަން ބެލުމަށް، އޮޑިޓް ރިޕޯޓުގައި ލަފާދީފައިވެ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

އައިކެއާ އިން ވޯލްޑް ސައިޓް ޑޭ ޕްރޮމޯޝަން ފަށައިފި

ދުނިޔޭގެ ފެނުމުގެ ދުވަހާ ގުޅުވައިގެން، އޮކްޓޯބަރު މަހުގެ ނިޔަލަށް އައިކެއާގެ ހުރިހާ އައުޓްލެޓްތަކެއްގައި ޚާއްޞަ ޕްރޮމޯޝަނެއް ވަނީ ފަށާފައެވެ. މި ޕްރޮމޯޝަންގެ ދަށުން ކަނޑައެޅިފައިވާ ބްރޭންޑްތަކުގެ ޕްރިސްކްރިޕްޝަން ލެންސާއެކު ގަންނަ ފްރޭމްތަކުން %20 ޑިސްކައުންޓް ލިބޭނެއެވެ. މީގެ އިތުރުން، ލޮލުގެ ސިއްހަތަށް ސަމާލުކަންދީ ގަވާއިދުން ލޯ ޓެސްޓުކުރުމަށް އައިކެއާއިން ވަނީ އިލްތިމާސްކޮށްފައެވެ.

އެމްއައިބީން ފުނަދޫގައި ސޭލްސް ސެންޓަރާއި އޭޓީއެމް ހުޅުވައިފި

މޯލްޑިވްސް އިސްލާމިކް ބޭންކް (އެމްއައިބީ) އިން ށ. ފުނަދޫގައި ސޭލްސް ސެންޓަރަކާއި އޭޓީއެމްގެ ހިދުމަތް ރަސްމީކޮށް މިއަދު ވަނީ ފަށާފައެވެ. މި ހިދުމަތުގެ ސަބަބުން އެ ރަށުގެ ރައްޔިތުންނާއި ވިޔަފާރިވެރިންނަށް ފަސޭހަކަމާއެކު ފައިސާ ނެގުމާއި ޖަމާކުރުމުގެ އިތުރުން ބޭންކިންގގެ އެހެނިހެން މާލީ މުއާމަލާތްތައް ކުރެވޭނެ މަގު ފަހިވެގެންދާނެއެވެ.

ޗިޕްތަކުގެ ޑިމާންޑާއެކު ސެމްސަންގްގެ ފައިދާ ނުވަ ގުނަ އިތުރު

އޭއައި ޗިޕްތަކަށް އޮތް ޑިމާންޑު ބޮޑުވުމާ ގުޅިގެން، ސެމްސަންގް ކުންފުނީގެ މިދިޔަ ކުއާޓަރުގެ ފައިދާ ނުވަ ގުނަ އިތުރުވެ 80 ބިލިއަން ޑޮލަރަށް އަރާނެ ކަމަށް އެ ކުންފުނިން އަންދާޒާކުރެއެވެ. މިއީ އެ ކުންފުނިން ޖެހިޖެހިގެން ރެކޯޑް ފައިދާއެއް ހޯދި ހަތަރުވަނަ ކުއާޓަރަށް ވާއިރު، ޗިޕްތަކުގެ އިތުރުން އަލަށް ބާޒާރަށް ނެރުނު ފަތްޖަހާލެވޭ ފޯނުތަކުގެ ސަބަބުން ވެސް ކުންފުންޏަށް ބޮޑު ކުރިއެރުމެއް ވަނީ ލިބިފައެވެ.

ޓީޖީއެސްޓީ ދަށް ވެއްޖެ، މިއީ ޓޫރިސްޓުން މަދުވުމުގެ އަސަރު

ޓޫރިސްޓުން މަދުވުމުން ދައުލަތަށް ޓީޖީއެސްޓީގެ ގޮތުގައި ލިބުނު އާމްދަނީ 110.5 މިލިއަން ރުފިޔާ ދަށް. މެދުއިރުމަތީގެ ހަނގުރާމައާ ގުޅިގެން ދަތުރުފަތުރަށް އައި ބަދަލުތަކުގެ ސަބަބުން ޓޫރިޒަމުގެ ދުވެލި މަޑުޖެހިފައިވާއިރު، މި އަހަރުގެ ބަޖެޓުގައި އަންދާޒާކުރި އަމާޒަށް ވާސިލުވުމުގެ ފުރުސަތު އަންނަނީ ކުޑަވަމުން.

ވިއެޓްޖެޓުން ރާއްޖެއަށް ދަތުރުތައް ފަށަނީ

ވިއެޓްނާމްގެ ވިއެޓްޖެޓް އެއާލައިނުން އަންނަ ޑިސެމްބަރު މަހު ހޯޗީމިން ސިޓީއާއި ރާއްޖެއާ ދެމެދު ހަފުތާއަކު ތިން ސީދާ ދަތުރު ފެށުމަށް ވަނީ ނިންމާފަ. މި ދަތުރުތައް ފެށުމާ ގުޅިގެން ޓިކެޓުގެ އަގު ހެޔޮ ޕްރޮމޯޝަންތަކެއް އިއުލާންކޮށްފައިވާއިރު، މީގެ ސަބަބުން ވިއެޓްނާމުން ރާއްޖެއަށް އަންނަ ފަތުރުވެރިންގެ އަދަދު އިތުރުވާނެ ކަމަށް ބެލެވޭ.

ދަރަވަންދޫގައި ފަރުތައް އާލާކުރަން ދިރާގުން އެހީ

ދިރާގާއި ސޮނެވާ ސީއެސްއެމް ގުޅިގެން ބ. ދަރަވަންދޫގެ ފަރުތައް އާލާކުރުމަށް "ދިރުން ކޮމިއުނިޓީ ކޮރަލް ރީޖެނެރޭޝަން ޕްރޮގްރާމް" ފެށުމަށް ގުޅިއްޖެ. މި މަޝްރޫއުގެ ދަށުން އެ ރަށުގައި މުރަކަ ނާސަރީއެއް ގާއިމުކޮށް، ފަރުތައް ބެލެހެއްޓުމުގެ ފަންނީ ތަމްރީނާއި ހޭލުންތެރިކުރުވުމުގެ ހަރަކާތްތައް ޒުވާނުންނާއި އާންމުންނަށް އަމާޒުކޮށްގެން ކުރިއަށް ގެންދާނެ.

ލޯނު ނުދެއްކުމުން މާލޭގެ ދެ ގެއެއް ސީބީއެމްއިން ވިއްކާލަނީ

ކޮމާޝަލް ބޭންކް އޮފް މޯލްޑިވްސް (ސީބީއެމް) އަށް ދައްކަންޖެހޭ ފައިސާ ނުދައްކައިގެން މާލޭގެ ދެ އިމާރާތެއް ނީލަމުގައި ވިއްކާލަން އެ ބޭންކުން ވަނީ އިޢުލާނުކޮށްފަ. މި ބިޑްތައް ފެށޭ އަގަކީ ހަތަރު މިލިއަން ރުފިޔާ ކަމަށްވާއިރު، މި މަހުގެ 14 ވަނަ ދުވަހުގެ ކުރިން ދަރަނި ހަލާސްނުކޮށްފިނަމަ މި މުދާ ވިއްކާލުމުގެ މަސައްކަތް ކުރިއަށް ދާނެ.

Newsletter

Get the latest news delivered straight to your inbox