އެސޯސިއޭޝަން ކަޕް: އާބަންކޯ އަތުން މޮޅުވެ ވެމްކޯ އަށް ވަރުގަދަ ފެށުމެއް

Dec 18, 2023, 5:26 AM
ވެމްކޯގެ ކުޅުންތެރިން އިއްޔެގެ މެޗުގެ ތެރެއިން އުފާފާޅުކުރަނީ.--- ފޮޓޯ: އަބްދުﷲ އިޔާން/ އަދަދު

ވެމްކޯގެ ކުޅުންތެރިން އިއްޔެގެ މެޗުގެ ތެރެއިން އުފާފާޅުކުރަނީ.--- ފޮޓޯ: އަބްދުﷲ އިޔާން/ އަދަދު

ވޮލީބޯލް އެސޯސިއޭޝަން ކަޕްގެ ފިރިހެން ޑިވިޝަންގެ ފައިނަލް ބުރުގެ ފުރަތަމަ މެޗުގައި ކްލަބް ވެމްކޯ އިން ކްލަބް އާބަންކޯ އަތުން 3-2 ސެޓުން މޮޅުވެ، ވަރުގަދަކޮށް މުބާރާތް ފަށައިފި އެވެ.

ފައިނަލް ބުރުގެ ގްރޫޕް އެކެއްގައި އާބަންކޯ އާއި ވެމްކޯގެ އިތުރުން ދެން އޮތީ ދިވެހި ސިފައިންގެ ކްލަބް އެވެ.

ޒުވާނުންގެ މަރުކަޒު އެތެރެ ކޯޓުގައި އިއްޔެ ހަވީރު ކުޅުނު މެޗުގެ ފުރަތަމަ ސެޓު ވެމްކޯ އިން 25-22 އިން ގެންދިޔަ އެވެ. ބްރެޒިލްގެ ކުޅުންތެރިންނާ އެކު، ގައުމީ ޓީމުގެ ކެޕްޓަނަކަށް ކުރިން ހުރި އަލީ ހުޒާމް (ހުޒަންޓެ)ގެ މޮޅު ކުޅުމާ އެކު ފުރަތަމަ ސެޓުގައި، ވެމްކޯ އިން ސެޓު ނިންމުމުގައި ކުރިހޯދި އެވެ. ޕްރިމިލިނަރީ ބުރުގެ ހުރިހާ މެޗަކުން މޮޅުވެގެން، ފައިނަލް ބުރަށް އައި އާބަންކޯ އިން އިސްމާއިލް ސާޖިދު (ކުޑަކާއްޓެ)ގެ ރަނގަޅު ކުޅުމާ އެކު، ދެ ވަނަ ސެޓާއި ތިން ވަނަ ސެޓު، 19-25، 19-25 އިން ގެންދިޔަ އެވެ.

ވެމްކޯ މޮޅުވީ ފޯރިގަދަ ކުޅުމަކަށް ފަހު ދެން ކުޅުނު ދެ ސެޓު ގެންގޮސްގެންނެވެ. އެ ގޮތުން، ވެމްކޯގެ ބްރެޒިލް ކުޅުންތެރިޔާ، ބްރޫނޯ އެންރީކޭ ޑި ސޫޒާގެ ތަފާތާ އެކު، އެ ޓީމުން ފަހު ދެ ސެޓު ގެންދިޔައީ، 26-24 އާއި 20-18 އިންނެވެ.

ފައިނަލް ބުރުގެ ގްރޫޕް ދޭއްގައި ރޭ ޕޮލިސް ކްލަބް އަތުން ސިޓީ ސްޕޯޓްސް ކްލަބް މޮޅުވެފައިވަނީ ސީދާ ތިން ސެޓުންނެވެ. ސިޓީ ސްޕޯޓްސް ކްލަބަކީ ޕްރިލިމިނަރީ ބުރުން އައި ޓީމެކެވެ. މި ގްރޫޕްގައި ދެން އޮތް ސްޕޯޓްސް ކްލަބް ސިޓީ އަކީ އެންމެ ފަހުގެ ޗެމްޕިއަން އެެވެ.

ސިޓީ ސްޕޯޓްސް ކްލަބުން އިއްޔެ ޕޮލިސް ބަލިކުރި މެޗުގައި ސެޓުތައް ގެންދިޔައީ، 25-18، 25-07 އަދި 25-21 އިންނެވެ. މެޗުގެ މޮޅު ކުޅުންތެރިއަކީ ސިޓީ ސްޕޯޓްސް ކްލަބްގެ ނުއެމުހައްމަދު ޓޮކްޓޮއޭފް އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޖަރުމަނުގެ ޒްވެރެވް އަށް ދުނިޔޭގެ ރޭންކިން އެއް ވަނަ ޔަގީންވެއްޖެ

ޝަންހާއީ މާސްޓާސްއިން ކާލޯސް އަލްކަރާޒް ބަލިވުމާ ގުޅިގެން، މި އަހަރުގެ ޓެނިސް ސީޒަން ނިމޭއިރު ދުނިޔޭގެ ރޭންކިން އެއްވަނަ ޖަރުމަނުގެ ޒްވެރެވަށް ވަނީ ކަށަވަރުވެފައި. މިއީ ޖަރުމަނުގެ ކުޅުންތެރިއަކު މި ޝަރަފު ހޯދާ ފުރަތަމަ ފަހަރު ކަމަށްވާއިރު، އޭނާ މި މަގާމަށް އަންނަ މަހު އަންނާނީ މުޅިން އަލަށް އެއް ވަނަ ހޯދާ އެންމެ ދޮށީ ކުޅުންތެރިޔާގެ ގޮތުގައި

ފުޓްސަލްގައި ރާއްޖޭން ޗައިނާ، ހޮންގް ކޮންގް އަދި ކޮރެއާއާ ކުޅެނީ

އަންނަ މަހު ޗައިނާގައި ބާއްވާ އިންޓަނޭޝަނަލް ފުޓްސަލް މުބާރާތެއްގައި ރާއްޖޭގެ ގައުމީ ޓީމުން ވާދަކުރާ ގޮތަށް ހަމަޖެހި، އެ މުބާރާތަށް ތައްޔާރުވުމުގެ ފަރިތަކުރުންތައް ފަށައިފި. މި މުބާރާތުގައި ރާއްޖޭގެ އިތުރުން ޗައިނާ، ހޮންގް ކޮންގް އަދި ދެކުނު ކޮރެއާ ވާދަކުރާއިރު، ރާއްޖޭގެ ފުރަތަމަ މެޗު އޮންނާނީ އަންނަ މަހުގެ ފަސް ވަނަ ދުވަހު

އޯޕަން ވޯޓާ ގައުމީ ޗެމްޕިއަންކަން ޝައިމް އާއި އަލްޔާ އަށް

ކުޑަގިރީގައި ބޭއްވި 17 ވަނަ ގައުމީ އޯޕަން ވޯޓާ މުބާރާތުގެ 5 ކިލޯމީޓަރުގެ ފިރިހެން ޗެމްޕިއަންކަން ޝައިމް ހުސެއިން އިބްރާހިމް އަދި އަންހެން ޗެމްޕިއަންކަން އަލްޔާ އަޝްރަފް ހޯދައިފި. މި މުބާރާތުގައި ތަފާތު އުމުރުފުރާތަކުންނާއި ކެޓަގަރީތަކުން ގިނަ ފެތުންތެރިންތަކެއް ވާދަކޮށް ވަނަތައް ހާސިލްކުރި، މިއީ ކުޑަގިރީގައި މި މުބާރާތް ބޭއްވި ހަތަރު ވަނަ ފަހަރު

ޓީސީ ބަލިކޮށް އީގަލްސް ދިވެހި ޕްރިމިއާ ލީގުގެ އެއް ވަނަ އަށް

ޓީސީ ސްޕޯޓްސް ކްލަބް 3-0 އިން ބަލިކޮށް، ކުޅުނު ތިން މެޗުން ވެސް މޮޅުވެގެން ކްލަބް އީގަލްސް އިން ދިވެހި ޕްރިމިއާ ލީގުގެ އެއްވަނައަށް ޖެހިލައިފި. އީގަލްސް 9 ޕޮއިންޓާއެކު ތާވަލުގެ ކުރީގައި އޮތްއިރު، ދެވަނައިގައި އޮތް ވިކްޓަރީ އާއި ތިން ވަނައިގައި އޮތް ނިއު ރޭޑިއަންޓަށް ލިބިފައިވަނީ 7 ޕޮއިންޓު

ޑޮކޫ މެޗު ބަދަލުކޮށްލައި ލިވަޕޫލް އަތުން ސިޓީ މޮޅުކޮށްދީފި

ޖެރެމީ ޑޮކޫގެ މޮޅު ކުޅުމާ އެކު ލިވަޕޫލް 3-0 އިން ބަލިކޮށް، މެންޗެސްޓާ ސިޓީން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް އަލުން ނަގައިފި. ލިވަޕޫލްގެ ގްރަވެންބާކަށް ރަތް ކާޑު ދެއްކި މި މެޗުގައި ސިޓީގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ހާލަންޑް، ޑޮކޫ އަދި ރަޔާން ޗާކީ.

ދީނާ އާއި ޝާޒް، ރާއްޖޭގެ ޕޫލް ބިލިއާޑްގެ ތާރީހު ލިޔެފި

އިންޑިއާގައި ބޭއްވި ކޮމަންވެލްތު ކިއު ސްޕޯޓްސް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ހަސަން ޝާޒް މުހައްމަދު އާއި ދީނާ އަހުމަދު ކުއާޓާ ފައިނަލަށް ދަތުރުކޮށް، ރާއްޖޭގެ ބިލިއާޑް ތާރީހުގައި ބޮޑު ކާމިޔާބީއެއް ވަނީ ހޯދައިފައި.

ބާސެލޯނާ އިން ފޯމުގައި ކުރިއަށް، ރެއާލަށް މޮޅެއް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުތަކުން ބާސެލޯނާ އާއި ރެއާލް މެޑްރިޑް މޮޅުވިއިރު، ބާސެލޯނާ އޮތީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެ ތާވަލުގެ އެއް ވަނައިގައި. ބާސެލޯނާ އިން ގެޓަފޭ އަތުން 3-0 އިން ކުރިހޯދިއިރު، ރެއާލް މެޑްރިޑް މޮޅުވީ ވިނީޝިއުސް އަށް ރަތް ކާޑު ދެއްކި މެޗުގައި ވިޔަރެއާލް އަތުން 1-0 އިން

Newsletter

Get the latest news delivered straight to your inbox