މިލާންގެ ދެ ޓީމަށް ވެސް މުހިންމު މޮޅެއް

Dec 18, 2023, 6:48 AM
މިލާންގެ ދެ ޓީމަށް ވެސް މުހިންމު މޮޅެއް

މިލާން (ޑިސެމްބަރު 18) - އިޓާލިއަން ލީގުގައި ރޭ މިލާނަށް ނިސްބަތްވާ ދެ ޓީމު ކަމަށްވާ، އޭސީ މިލާނާއި އިންޓަ މިލާނުން މުހިންމު މޮޅެއް ހޯދައި، ލީގުގެ ރޭހުގައި ކުރިއަށް ޖެހިލައިފި އެވެ.

ލާޒިއޯ އަތުން އިންޓަ މޮޅުވީ 2-0 އިންނެވެ. މިލާނުން މޮންޒާއާ ދެކޮޅަށް ނުކުތް މެޗުން މޮޅުވީ 3-0 އިންނެވެ.

ލީގުގެ އެއް ވަނައިގައި އޮތް އިންޓަ މިލާން 16 މެޗުން 41 ޕޮއިންޓް ހޯދައިފަ އެވެ. ދެ ވަނައިގައި ޔުވެންޓަސް އޮތީ 37 ޕޮއިންޓާ އެކުގަ އެވެ. ތިން ވަނައިގައި މިލާން އޮތީ 32 ޕޮއިންޓް ހޯދައިގެންނެވެ.

އިންޓަ އިން ލާޒިއޯ ބަލިކުރި މެޗުގައި ގޯލްތަށް ޖެހީ ލަޓާރޯ މާޓިނޭޒް އާއި މާކަސް ތުރާމް އެވެ. ލީގު ތާވަލްގެ ލަނޑު ލިސްޓުގެ އެއް ވަނައިގައި މާޓިނޭޒް އޮތީ 15 ގޯލު ޖަހައިގެންނެވެ.

ރޭގެ މެޗުގައި ލާޒިއޯގެ މެނުއެލް ލަޒާރީ އަށް ވަނީ ރަތް ކާޑެއް ވެސް ދައްކައިފަ އެވެ. މިއީ ރެފްރީގެ ނިންމުމަށް ހިތްހަމަނުޖެހުން ފާޅުކުރުމުގެ ސަބަބުން މެނުއަލް ލަޒާރީއަށް ދެއްކި ކާޑެކެވެ.

މި މެޗުން ބަލިވި ލާޒިއޯ ތާވަލްގެ 11 ވަނަ އަށް ވެއްޓިފަ އެވެ.

މިލާންގެ ގޯލްތައް ޖަހައިދިނީ ޓިޖާނީ ރެއިންޑާސް، ޔަން ކާލޯ ސެމިޗް އަދި ނޯއާ އަކަފޯ އެވެ.

ލީގުގައި ރޭ ކުޅުނު އެހެން މެޗުތަކަށް ބަލާއިރު، ރަށުން ބޭރުގައި ރޯމާ ވަނީ ބޮލޮންޔާ އަތުން ބަލިވެފަ އެވެ. މި ސީޒަންގައި ރަނގަޅު ކުޅުމެއް ދައްކަމުން އަންނަ ބޮލޮންޔާ އިން ރޯމާ ބަލިކުރީ 2-0 އިންނެވެ. މި މެޗުގައި ރޯމާގެ މުހިންމު ދެ ފޯވާޑުން ކަމަށްވާ ޕައުލޯ ޑިބާލާ އާއި ރޮމެލޫ ލުކާކޫ ނުކުޅެ އެވެ.

ރޯމާ އަތުން މޮޅުވުމުން ބޮލޮންޔާ ވަނީ ލީގުގެ ހަތަރު ވަނަ އަށް ޖެހިލައިފަ އެވެ. ކުރިން ގަދަ ފަސް ޓީމުގެ ތެރޭގައި އޮތް ރޯމާ ވަނީ ލީގުގެ ހަތް ވަނަ އަށް ވެއްޓިފަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޖަރުމަނުގެ ޒްވެރެވް އަށް ދުނިޔޭގެ ރޭންކިން އެއް ވަނަ ޔަގީންވެއްޖެ

ޝަންހާއީ މާސްޓާސްއިން ކާލޯސް އަލްކަރާޒް ބަލިވުމާ ގުޅިގެން، މި އަހަރުގެ ޓެނިސް ސީޒަން ނިމޭއިރު ދުނިޔޭގެ ރޭންކިން އެއްވަނަ ޖަރުމަނުގެ ޒްވެރެވަށް ވަނީ ކަށަވަރުވެފައި. މިއީ ޖަރުމަނުގެ ކުޅުންތެރިއަކު މި ޝަރަފު ހޯދާ ފުރަތަމަ ފަހަރު ކަމަށްވާއިރު، އޭނާ މި މަގާމަށް އަންނަ މަހު އަންނާނީ މުޅިން އަލަށް އެއް ވަނަ ހޯދާ އެންމެ ދޮށީ ކުޅުންތެރިޔާގެ ގޮތުގައި

ފުޓްސަލްގައި ރާއްޖޭން ޗައިނާ، ހޮންގް ކޮންގް އަދި ކޮރެއާއާ ކުޅެނީ

އަންނަ މަހު ޗައިނާގައި ބާއްވާ އިންޓަނޭޝަނަލް ފުޓްސަލް މުބާރާތެއްގައި ރާއްޖޭގެ ގައުމީ ޓީމުން ވާދަކުރާ ގޮތަށް ހަމަޖެހި، އެ މުބާރާތަށް ތައްޔާރުވުމުގެ ފަރިތަކުރުންތައް ފަށައިފި. މި މުބާރާތުގައި ރާއްޖޭގެ އިތުރުން ޗައިނާ، ހޮންގް ކޮންގް އަދި ދެކުނު ކޮރެއާ ވާދަކުރާއިރު، ރާއްޖޭގެ ފުރަތަމަ މެޗު އޮންނާނީ އަންނަ މަހުގެ ފަސް ވަނަ ދުވަހު

އޯޕަން ވޯޓާ ގައުމީ ޗެމްޕިއަންކަން ޝައިމް އާއި އަލްޔާ އަށް

ކުޑަގިރީގައި ބޭއްވި 17 ވަނަ ގައުމީ އޯޕަން ވޯޓާ މުބާރާތުގެ 5 ކިލޯމީޓަރުގެ ފިރިހެން ޗެމްޕިއަންކަން ޝައިމް ހުސެއިން އިބްރާހިމް އަދި އަންހެން ޗެމްޕިއަންކަން އަލްޔާ އަޝްރަފް ހޯދައިފި. މި މުބާރާތުގައި ތަފާތު އުމުރުފުރާތަކުންނާއި ކެޓަގަރީތަކުން ގިނަ ފެތުންތެރިންތަކެއް ވާދަކޮށް ވަނަތައް ހާސިލްކުރި، މިއީ ކުޑަގިރީގައި މި މުބާރާތް ބޭއްވި ހަތަރު ވަނަ ފަހަރު

ޓީސީ ބަލިކޮށް އީގަލްސް ދިވެހި ޕްރިމިއާ ލީގުގެ އެއް ވަނަ އަށް

ޓީސީ ސްޕޯޓްސް ކްލަބް 3-0 އިން ބަލިކޮށް، ކުޅުނު ތިން މެޗުން ވެސް މޮޅުވެގެން ކްލަބް އީގަލްސް އިން ދިވެހި ޕްރިމިއާ ލީގުގެ އެއްވަނައަށް ޖެހިލައިފި. އީގަލްސް 9 ޕޮއިންޓާއެކު ތާވަލުގެ ކުރީގައި އޮތްއިރު، ދެވަނައިގައި އޮތް ވިކްޓަރީ އާއި ތިން ވަނައިގައި އޮތް ނިއު ރޭޑިއަންޓަށް ލިބިފައިވަނީ 7 ޕޮއިންޓު

ޑޮކޫ މެޗު ބަދަލުކޮށްލައި ލިވަޕޫލް އަތުން ސިޓީ މޮޅުކޮށްދީފި

ޖެރެމީ ޑޮކޫގެ މޮޅު ކުޅުމާ އެކު ލިވަޕޫލް 3-0 އިން ބަލިކޮށް، މެންޗެސްޓާ ސިޓީން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް އަލުން ނަގައިފި. ލިވަޕޫލްގެ ގްރަވެންބާކަށް ރަތް ކާޑު ދެއްކި މި މެޗުގައި ސިޓީގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ހާލަންޑް، ޑޮކޫ އަދި ރަޔާން ޗާކީ.

ދީނާ އާއި ޝާޒް، ރާއްޖޭގެ ޕޫލް ބިލިއާޑްގެ ތާރީހު ލިޔެފި

އިންޑިއާގައި ބޭއްވި ކޮމަންވެލްތު ކިއު ސްޕޯޓްސް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ހަސަން ޝާޒް މުހައްމަދު އާއި ދީނާ އަހުމަދު ކުއާޓާ ފައިނަލަށް ދަތުރުކޮށް، ރާއްޖޭގެ ބިލިއާޑް ތާރީހުގައި ބޮޑު ކާމިޔާބީއެއް ވަނީ ހޯދައިފައި.

ބާސެލޯނާ އިން ފޯމުގައި ކުރިއަށް، ރެއާލަށް މޮޅެއް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުތަކުން ބާސެލޯނާ އާއި ރެއާލް މެޑްރިޑް މޮޅުވިއިރު، ބާސެލޯނާ އޮތީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެ ތާވަލުގެ އެއް ވަނައިގައި. ބާސެލޯނާ އިން ގެޓަފޭ އަތުން 3-0 އިން ކުރިހޯދިއިރު، ރެއާލް މެޑްރިޑް މޮޅުވީ ވިނީޝިއުސް އަށް ރަތް ކާޑު ދެއްކި މެޗުގައި ވިޔަރެއާލް އަތުން 1-0 އިން

Newsletter

Get the latest news delivered straight to your inbox